އެޗުއީއޯސީގެ މީޑިއާ ބްރީފިން އެއް ގައޮ އެޗްޕީއޭގެ ޑިރެކްޓަރު ނާސިރު ވާހަކަ ދައްކަވަނީ. އޭނާ ރޭ ވިދާޅުވީ އެޓެންޑެންސް ބެލެހެއްޓުމުގައި މައްސަލަތަކެއް އެބަހުރި ކަމަށް.
22 މެއި 2021 - 13:23
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި މަސައްކަތްކުރާ ވޮލަންޓިއަރުންގެ އެޓެންޑެންސް ބެލެހެއްޓުމުގައި މައްސަލަތަކެއް އެބަހުރި ކަމަށާއި އެ ފަރާތްތަކަށް ދޭން ކަނޑައެޅި އެލަވަންސް ލިބުން ލަސްވުމުގެ އެއް ސަބަބަަކީ އެއީ ކަަމަށް އެ ސެންޓަރުން ރޭ ބުނެފި އެވެ.
އެޗްއީއޯސީން ރޭ ބޭއްވި ބްރީފިންއެއްގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޑިރެކްޓަަރު އަހުމަދު ނާސިރު ވިދާޅުވީ ފޯމްތައް ފުރުމާއި އެޓެންޑެންސް ބެލެހެއްޓުމުގައި މައްސަލަތަކެއް ހުރީ ބަލަހައްޓަން ޖެހެނީ ވަރަށް ގިނަ ބައެއްގެ މައުލޫމާތު ކަމަށް ވާތީ ކަމަށެވެ. ވޮލަންޓިއަރުން މަސަކަތްކުރަމުން އަންނަނީ އެކަން ދެނެ ތިބެ، ގައުމީ ކަމެއްގެ ގޮތުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ފޯމްތައް ފިލްކުރުމާ އަދި ހަމަ އެހެންމެ އެ ކުދިންގެ އެޓެންޑެންސް ބެލެހެއްޓުމާ، ވަަރަށް ގިނަ ފަރާތްތަކެއް މި ބަލަހައްްޓަނީ އިނގޭތޯ އެހެންކަމުުން އެކަހަލަ އިޝޫތަކެއް އެބައުޅޭ،" ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވި އެވެ.
ނާސިރު ވިދާޅުވީ އެލަވަންސް އެއްކޮށް ޖަމާކުރުމުން އެއްކޮށް ނޫން ކަމަށާއި އެކި މުއްދަތުތަކަށް ބަހާލައިގެން ޖަމާކުރަމުން އަންނަ ކަމަށެވެ.
ވޮލަންޓިއަރުންނަށް އެލަވަންސް ލިބުން ލަސްވާ ކަމުގެ ޝަކުވާ އޮތްކަން އެނގޭ ގޮތަށް ކުރި ސުވާލަށް ޖަވާބު ދެއްވަމުން ނާސިރު ވިދާޅުވީ ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތްކުރަން އަންނަ މީހުންނަށް އެޗްއީއޯސީން ދީފައި ވާނެ މެސެޖަކީ، އެގޮތަށް ބައިވެރިވީތީ ޝުކުރު އަދާކުރާ ކަމަށާއި، އެލަވަންސެެއް ދޭން ސަރުކާރުން ހަމަޖައްސާފައި އޮތް ހާ ދުވަހަކު އެލަވަންސެއް ލިބޭނެ ކަމުގެ މެސެޖެެވެ. މީގެ މާނައަކީ އެއީ ކޮވިޑް މެނޭޖްކުރުމުގެ މަސައްކަތުގައި ވޮލަންޓިއަރުންގެ ގޮތުގައި ބައިވެރިވި ފަރާތްތަކަކީ އެލަވަންސެއް ދޭނެ ވާހަކަ ބުނެގެން، އެލަވަންސް ލިބޭނެ ކަމަށް ބަލައިގެން ބައިވެރިވި ފަރާތްތަކެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ފްރޮންޓްލައިން މަސައްކަތްކުރާ ސިއްހީ ހިދުމަތްތެރިންނާއި ވޮލަންޓިއަރުންނަށް ވެސް ސަރުކާރުން އަންނަނީ އެލަވަންސް ދެމުންނެވެ. އޭގެ ތެރެއިން ބައެއް ފަރާތްތަކަށް އެލަވަންސް ނުލިބޭ ކަމުގެ ޝަކުވާ އެކަމަކު އަބަދުވެސް އިވެ އެވެ. އެގޮތުން މާލޭގައި މަސައްކަތް ކުރާ ފަރާތްތަަކަށް ލިބިފައި، އަތޮޮޅުތަކުގައި މަސައްކަތް ކުރާ މީހުންނަށް އެ ލަވަންސް ލިބުން ލަސްވާ ކަމަށް ވެސް ކުރިން ވާހަކަ ދެކެވުނެވެ.
އެ މައްސަލަތައް ދިމާވަނީ ފޯމްފުރުން ފަދަ އިދާރީ ކަންތައްތަކާ ހެދި ކަމަށް އެޗްއީއޯސީން ކުރިން ވެސް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮސްބީ
23 May 2021
ވޮލަންޓިއަރުންނަކަށް ނުވާނެދޯ ދުވާލަކެ ބައިވަރު ޕޭ ކޮށްފަ ބެހެއްޓީމަ. އެއީ ޑެއިލީ ވޭޖު ސްޓާފުން. ބޯހަލާކު
ސިސް
23 May 2021
ތީ ހަމަ ފެންވަރު...ފުރަތަމަވެސް ނުލިބޭނެ ކަމަށް ބުނިނަމަ!!
ޖާބެ
22 May 2021
މިދިޔައަހަރު މަސަކަތް ކުރި މިހުންނަ އް އެބަހުރި 3 މަހުގެ އެލަވަންސްގެ ގޮތުގަ އި 200ރ ޖަމާކޮށްދީފަ 3 ފަހަރަ އް ހާޒިރީ ނަގާ ހެދި މަ އްސަލަ ޖެ އްސުމުން މިބަލަނީގަ މިކަން އެންގޭނެ ރަ އީސް ސޯލިހް އަށްވެސް. މިޔަ ކިޔަނީ ވަ އްކަން މަކަރާ ހިލަތްހެދުން. ކޮވިޑު ފައިސާ ވަގުން
އެޗްޕީއޭ ފެއިލް
22 May 2021
އެޗްޕީއޭ އަކީ ފެއިލްވެފައިވާ ތަނެއް. މިއޮއްފަދަ ޒަމާނެއްގައި އިންޓަނެޓާއި ފޯނާއި ލެޕްޓޮޕް ހުންނައިރުވެސް ހުއްދަ މިދެވެނީ މައިކްރޮސޮފްޓް ވޯޑްއިން ހަދާ ހުއްދައަކުން. އަނެއްކޮޅުން ދަތުރު ކުރާ ފަރާތްތަކަށް ހުއްދަދޭ ވެބް ޕޯޓަލް ބަލާފައި ހޮޑުލެވޭ ގޮތްވޭ. އެވަރަށް މުޑުދާރު ވެބްސައިޓް މިހަދަނީ "މާސްޓާސް" ލެވެލްގެ މީހުން ލައްވާ، އެޗްޕީއޭގެ އީއޯސީ ހުރިހާ މައްސަލައެއް އެންމެ އެޕަކުންވެސް ހައްލު ކުރެވިދާނެ. އެކަމަކު ކުރާކަށް ބޭނުމެއް ނުވޭ.
މިވަރެއްނެތް
22 May 2021
ތިނަގާ އެލަވަންސުން ރަނގަޅަށްވެސް ދައުލަތުގެ ޚަޒާނާ ދޮވެލާ! ތިބޭފުޅުންނަށް މިއަދު މިއަދު ތިނަގަނީ ގައުމުގައި ކޮވިޑުފެތުރުމުގެ އެލަވަންސްދޯ؟ ހުއްޓުނުކަމެއް ނެރެވުނު ނަތީޖާއެއް ނެތްއިރު މީގެ 1އަހަރު ކުރިން ހަރުއަޑުން ބުނީ ތިމަންނާމެން މިތީ އެންމެ ނުބައި ހާލަތަށްވެސް ތައްޔާރުވެޔޭ! މަނަމަ ލަދުންވެސް އާންމުގެމީހަކު ފެންނަހިސާބަކަށްވެސް ނުދާނަން
ޑައޮޜީ
22 May 2021
ޙަމަ އަސްލުވެސް ވޮލަންޓިއަރުންގެ މާނަ އޮޅިއްޖެ؟
ދަންޑެހެހެހެލް
22 May 2021
‘ވޮލަންޓިައަރުން’ ކިޔަނީ ކީއްވެތަ؟
ރާއްޖެ
22 May 2021
އާދައިގެން ނިކަމެތިން ވީމަ މަސައްކަތް ކުރަން ވީ ހިލޭ ސާބަހަށް. މި ވެރިންނަށް އެންމެ ދުވަހަކު މުސާރަ ނުދީ މަސައްކަތް ކުރުވަބަލަ. ޢޮފީހަށް ވެސް ނުދާނެ.
މަރީނާތ
22 May 2021
ނަމުގަ ވޮލަންޓިއަރުން އެކަމު ވަޒީފާ އަދާކުރާ މީހުނަށްވުރެ ގިނަ ލާރިދޭ އެބަ. ޑޮކްޓަތިންނާ ނަރުހުންނަށާ އެކަނި ދޭން ޖެހެނީވެސް
ބޮޑުމީހާ
22 May 2021
އެލަވަންސް ޖަމާކުރަން ފޮނުވިތާ އަހަރު ދުވަސް ފަހުން ދޭން އެންމެ އެކަށީގެންވާ ޖަވާބުތީ. އެއްވެސް ކަމެއްގަ މިސަރުކާރުގެ އިހުމާލެއް ނޯންނާނެ ކުށްވެރިވާނީ ރައްޔިތު މީހާ. ބޮން ގޮއްވިއިރު ހިލަމެއް ނުވިބަޔަކަށް އެޑެންޓެންސް ކިހިނެއް ބެލޭނީ