ވިޔަފާރި / ކޮވިޑް-19

އެންމެ ބޮޑު ކޮވިޑް ޓެސްޓް ލެބް ސަން އައިލެންޑްގައި

ސަން އައިލެންޑް ރިސޯޓް. އެ ރިސޯޓުގައި ރާއްޖޭގައި މިހާތަނަށް ހުޅުވި އެންމެ ބޮޑު ކޮވިޑް ޓެސްޓް ލެބު ވަނީ ހުޅުވައިފަ--

ރާއްޖޭގެ އެންމެ ބޮޑު ކޮވިޑް ޓެސްޓް ލެބް ސަން އައިލެންޑް ރިސޯޓުގައި ހުޅުވައިފި އެވެ.

މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ ސަން އައިލެންޑް ރިސޯޓުން މިއަދު ބުނީ، އެ ލެބް އިއްޔެ ހުޅުވައި ހިދުމަތް ދޭން ފަށާފައިވާ ކަމަށެވެ. އެއީ އެންމެ ބޮޑު ކޮވިޑް ޓެސްޓް ލެބް ކަމަށް ސަން އައިލެންޑުން ބުންޏަސް އެތަނުން އެއްފަހަރާ ޓެސްޓް ކުރެވޭ ވަރެއް ނުބުނެ އެވެ.

ރާއްޖޭގައި ކޮވިޑް ވަރަށް ހަލުވިކަމާ އެކު ފެތުރެމުންދާއިރު، ކޮވިޑް ޓެސްޓް ހެދުމަށް އަމިއްލަ ގިނަ ކްލިނިކްތަކަކުން ވެސް ލެބްތައް އަންނަނީ ހުޅުުވަމުންނެވެ.

އޭގެ ތެރެއިން އެއް ތަނަކީ ހެޕީ މާކެޓްގެ ހިއްސާދާރުން އިސްވެ އުފައްދާފައިވާ އެލީޓް މެޑިކަލް ސެންޓަރެވެ.

އެ ކްލިނިކުން ވަނީ ކުރިއަށް އޮތް ހަފުތާއެެއްގެ ތެރޭގައި ކޮވިޑް ޓެސްޓް ލެބެއް ހުޅުވަން ތައްޔާރުވެފަ އެވެ.

އެލީޓް މެޑިކަލް ސެންޓަރުގެ މެނޭޖިން ޑިރެކްޓަރު އަދި ހެޕީ މާކެޓުގެ ވެސް މެނޭޖިން ޑިރެކްޓަރު އަލީ އިހުސާނު މިއަދު ވިދާޅުވީ، ލެބަށް ބޭނުންވާ ހުރިހާ ސާމާނެއް މިހާރު ގެނެސްފައިވާ ކަމަށެވެ. މިހާރު ކުރިއަށް ގެންދަނީ އޭނާ ވިދާޅުވިގޮތުގައި، ލެބަށް ބޭނުންވާ ހުއްދަތައް ހޯދުމެވެ.

މި ވަގުތު ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް 22،000 މީހުން އެބަ ތިއްބެވެ. މިހާތަނަށް ރާއްޖެ އިން 54،000 މީހުންނަށް ކޮވިޑް ޖެހިފައިވެ އެވެ. ރާއްޖޭގައި ކޮވިޑް ވެކްސިން ޖެހި ތިން ލައްކަ އަށް ވުރެ ގިނަ މީހުން އެބަތިއްބެވެ.

24 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 9%
icon sad icon sad 9%
icon angry icon angry 45%
icon wow icon wow 0%
icon inlove icon inlove 36%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވަހުތާން

25 May 2021

ތި ލެބުން ޓެސްޓްކުރާނީ، ކުރެވޭނީ ކޮންބައެއް! އެ މަނިކުފާނުގެ އަހުލުންނާއި ވަހުލުންނަށް އެކަނިތޯ؟

The name is already taken The name is available. Register?

1828

24 May 2021

އަތުގައި ކިރިޔާވެސް ފައިސާ ފޮއްޗެއް އޮތް މީހެއްވިއްޔަ ކޮވިޑްއަށް ޓެސްޓްކުރާ ލެބެއް ހުޅުވާނެ. އެއީ މިލަޔަން ޑޮލަރޭ.

The name is already taken The name is available. Register?

ޙަސަން އަޙްމަދު

24 May 2021

މަށަށް ހީވަނީ ތިޔަ ލެބްތައް ހުޅުވަންވީ ސާންޕަލްތަކަށް ފަސޭހައިން ވާސިލްވެވޭނެ ތަންތަހެން. ހުވަދޫ ކަނޑު މެދުގަ ލެބު ހުޅުވައިގެން ސާންޕަލްގެ ނަތީޖާ ލިބޭނީ ކޮން އިރަކުންބާ

The name is already taken The name is available. Register?

ބާނުވާ

24 May 2021

އެމަނިކުފާނު ކޮވިޑަށް ފިއްލަވައިގެން ހުންނެވީވެސް ހަމަ އެރިޒޯޓްގައިތަ؟ އެހެންނަމަ ތިއީ ވަރަށް ހަމަޖެހޭ ޚަބަރެއް. ކޮވިޑްޖެހުން ކައިރިވަމުންދާއިރު ކައިރީގަ ތިބި އެންމެން ޓެސްޓްކޮށްގެން އަދި ތިމާވެސް 2 އިރަށް ޓެސްޓްކޮށްގެންތާ ކޮވިޑަށް ފިލާ ހުރެވޭނީ.

The name is already taken The name is available. Register?

Happy 123

24 May 2021

މި ދަނޑިވަޅުގައި ވިޔަފާރި ނުކޮށް ކޮވިޑް ފެސިލިޓީއެއް ހަދާލިނަމަ ތަންތަންފުރިގެން ބަންޑުންވަނީ?

The name is already taken The name is available. Register?

ބްލަޑް

24 May 2021

ލަދުގަންނަނީ މިޒާތުގެ ޚަބަރު ކިޔާފަ. ރިސޯރޓް ވިޔަފާރިވެރިންނަށް މޮޅުކަމެއް ނޫން ތިކުރެވެނީ ރައްޔިތުން މަރަށް ތެޅޭ އިރު، ބޮޑެތި ލެބް ހުޅުވާ އަމިއްލަ ފައިދާއަށް މަސައްކަތް ކުރުން. ކޮންމެ ރިސޯރޓަކުން ވެންޓިލޭޓަރެއް ހަދިޔާކޮށްބަލަ، ނޫނީ ކޮވިޝީލްޑް ވެސިން ކޮޅެއް ގެނެސް ދީބަލަ.

The name is already taken The name is available. Register?

އައްނޯ

24 May 2021

ޓެސްޓް ނުކުރެވިގެން މިއުޅެނީ، ޓެސްޓް ކުރާށޯ ޓެސްޓް ކުރާށޯ އެއީ އޭ ބަލިން އަރާގަތުމަށް ކުރެވެން އޮތް އެއްމެ މުހިއްމު ކަމަކީ އެއީ މިބަލި ގެ ޗެއިން ބްރޭކް ކުރަން ކޮބާ ލަދު ނޭގެ ކޮމެންޓް ކުރާއިރު

The name is already taken The name is available. Register?

ބަގުޑި

24 May 2021

ވިޔަފާރި ޕާޓީ ސަރުކާރު އެލިގަނެގެން އޮވެ ފައިދާ ވަރަށް ރަނގަޅަށް ނަގާ. ކޮވިޑް ގައި ވަޒީފާ ގެއްލި 5000ރ. އެންމެ ގިނައިން ލިބުނީ ވިލާ ކުންފުނީގެ މުއަޒިފުންނަށް. މިހާރު އެއުޅެނީ ސަރުކާރަށް އަގުނަގައިގެން ކޮވިޑް ޓެސްޓް ހަދައިދޭން. ކުރިޔާލާ ސަރުކާރުގެ ނިންމުންތަށް އެނގޭތީވެ ރަނގަޅަށް ތަށްޔާރުވާން މީނައަށް އެނގޭ. ކޮންމެ މިނިސްޓްރީ އެއްގައިވެސް ޕޮލިސީ ލެވެލްގައި ވިޔަފާރި ޕާޓީގެ މީހުން ތިބޭ.

The name is already taken The name is available. Register?

ކަކުނިބޯ

24 May 2021

ޢީޒީ މަނީ ދޯ ސޭޓޫ

The name is already taken The name is available. Register?

މުއްސަދި ފަޤީރުކޮއި

24 May 2021

މުއްސަދިވުމަށް ކޮށްފަ ނުކުރާނެ ކަމެއް ނޯންނާނެ. ހަމައެކަނި ނުވާނީ ތިމާގެ މުވައްޡަފުންނަށް ބަރާބަރަށް މުސާރަދިނުން

The name is already taken The name is available. Register?

މީހާތާ

24 May 2021

ދެން ވެރިކަން.

The name is already taken The name is available. Register?

1828

24 May 2021

ސަރވިސް ޗަރޖް ޓޫ

The name is already taken The name is available. Register?

މަޒް

23 May 2021

ބަލަ މިތިބީ ކޮވިޑް ވެކްސިން ދެވަނަ ޑޯޒް ނުޖެހިފައި.. އަޅެ އިހުމާލެއް ނޫންތަމީ؟

The name is already taken The name is available. Register?

އަރުތަ

24 May 2021

ވެކްސިން އެންމެ ގިނައިން އުފައްދާ ޤައުމުވެސް ވެކްސިނަށް ޖެހިފަ، ދެން އަހަރުމެނަށް ޖެހޭނީ ކޮން ހާލެއް..........

The name is already taken The name is available. Register?

ހުސެންް

24 May 2021

އަމިއްލަ ކުންފުންޏެއް އިންވެސްޓްކޮށް ލެބެއްހެދީމަ ކޮބާ އިހުމާލަކީ. މަޒް ވެސް ލެބެއްހަދާބަލަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454