މއ. މޯނިންވިއުގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއަށް ގެއްލުންވެފައި--
30 މެއި 2021 - 11:44
މއ. މޯނިންވިއު ގޭގެ ހުޅަނގަށް ހުންނަ ފަސް ބުރީގެ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުން ބެލުމަށް އެސެސްމެންޓް ހެދުމުގެ މަސައްކަތް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ފަށައިފި އެވެ.
އެ އަލިފާނުގެ ހާދިސާގައި 32 މީހަކު ހާލުގައި ޖެނުނު ނަމަވެސް އެ ދުވަހު ވަގުތީ ހިޔާތަކަށް ގެންދިޔައީ އޭގެ ތެރެއިން 29 މީހެކެވެ. ބާކީ ތިން މީހުން ތިބީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ކަމުން، އެ މީހުން ގެންދިޔައީ ހުޅުމާލޭ މެޑިކަލް ފެސިލިޓީ އަށެވެ.
އެންޑީއެމްއޭގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް މެނޭޖަރު އުމަރު ފިކުރީ ވިދާޅުވި ގޮތުގައި ކޮވިޑަށް ޕޮޒިޓިވްވި ތިން މީހުން ބަލިން ރަނގަޅުވުމާ ގުޅިގެން މިހާރު ވަނީ ދޫކޮށްލައިފަ އެވެ. އަދި އެ މީހުން ވެސް މިވަގުތު ތިބީ އާއިލާތަކާ އެކު ވަގުތީ ހިޔާތަކުގަ އެވެ.
މާލޭގެ ހަތް ގެސްޓްހައުސްއަކުން އެ މީހުންނަށް ބޯހިޔާވަހިކަން ހަމަޖައްސައިދީފައިވާއިރު އެ މީހުން ދިރިއުޅެމުން އައި ގެއަށް ލިބުނު ގެއްލުން ބެލުމަށް މިއަދު ހެނދުނު އެސެސްމެންޓެއް ހަދަން ފަށައިފައިވާ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ. ލިބުނު ގެއްލުން އެނގޭނީ އެ އެސެސްމަންޓަށް ފަހު އެވެ.
އެ ހާދިސާއާ ގުޅިގެން ގެއްލުން ލިބުނު އާއިލާ އިން ކުރިން "މިހާރު" އާ ވާހަކަ ދެއްކި މެމްބަރަކު ބުނި ގޮތުގައި އެ އިމާރާތުގައި ހުރި ހުރިހާ ސާމަނެއް ބޭނުން ނުކުރެވޭ ވަރަށް ގެއްލުން ލިބުނެވެ. އެ އިމާރާތަކީ ތިން މިލިއަން ރުފިޔާގެ އިމާރާތެއް ކަމުން، އާއިލާ އިން ލަފާ ކުރާ ގޮތުގައި އިމާރާތާއި މުދަލަށް ލިބުނު ގެއްލުން ތިން މިލިއަން ރުފިޔާ އަށް ވުރެ މައްޗަށް އަރާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައިސްތު
30 May 2021
29 މީހުން ވަގުތީ ހިޔާއަކަށް ނުގެންދޭ އިގޭތޯ، ހަބަރެއް ނޫނީ ރިޕޯޓެއް ލިޔާ އިރު ތެދު މައުލޫމާތު ގެނެސްދެއްވިއްޔާ ވަރަށް ރަގަޅު
ހިމާރުލްގައުމު
30 May 2021
އެސެސްމެންޓަ ހައްދަން ސްޓޭޓް މިނިސްޓަރު ފެންވަރުގެ ބޭފުޅެއް ހަމަ ނުޖައްސަވާތޯ ސާލިހު.
ނިރު
30 May 2021
އެސެސްމެންޓް ހެދިދާނެ ދަރާ ބަގުރޫޓްވަމުންދާ ސަރުކާރަކަށް އެހީގެ އަތެއް ދިއްކޮއްލެވިދާނެބާ؟ ސައިހޮޓާ ކެފޭ އަދި ކަންމަތީ ފިހާރަތަށް ހިންގާ އެތަށްބަޔަކު މިހާރުވެސް އެތިބީ ކުލި މުވައްޒަފުންގެ މުސާރަ ދެވޭނެގޮތް ނެތިގެން ގޮތްހުސްވެފަ.