ޚަބަރު / ފަޔާ އެންޑް ރެސްކިއު

އަލިފާނު ހާދިސާ: ހާލުގައި ޖެހުނު 29 މީހަކު ގެސްޓް ހައުސްތަކަށް

މއ. މޯނިން ވިއު ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު އާއިލާތަކަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވަނީ--

މިއަދު ފަތިހު 4:45 ގައި މއ. މޯނިންވިއު ގޭގެ ހުޅަނގަށް ހުންނަ ފަސް ބުރީގެ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުންތަކާ އެކު ހާލުގައި ޖެހުނު 32 މީހެއްގެ ތެރެއިން 29 މީހަކު ވަގުތީ ހިޔާވަހިތަކަށް މިހާރު ބަދަލުކޮށްފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން (އެންޑީއެމްއޭ) އިން ބުނެފި އެވެ.

އެ މީހުންގެ ތެރެއިން ތިން މީހަކު ކޮވިޑަށް ޕޮޒިޓީވްވެފައި ވާތީ، އެ ތިން މީހުން ގެންދިޔައީ ހުޅުމާލެ ކޮވިޑް މެޑިކަލް ފެސިލިޓީ އަށެވެ. އަދި ބާކީ ތިބި މީހުން ބަދަލުކުރީ މާލޭގެ ހަތް ގެސްޓް ހައުސްއަކަށެވެ.

މި އަލިފާނުގެ ހާދިސާއާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް އެންޑީއެމްއޭ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ އެ އޮތޯރިޓީގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް މެނޭޖަރު އުމަރު ފިކުރީ ވިދާޅުވީ މއ. މޯނިންވިއު އަކީ ދެ އިމާރާތެއް ހުންނަ އެއް ގޯއްޗެއް ކަމަށާއި ގެއްލުންވެފައި ވަނީ ބުރުޒު މަގަށް ވާގޮތަށް ހުންނަ އެ ގޭގެ ހުޅަނގު ފަރާތު އިމާރާތަށެވެ.

"މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ނުވި ނަމަވެސް، ތިން މީހަކަށް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވޭ. އެ މީހުން ވަނީ މާ ގިނައިރެއް ނުވެ ދޫކޮށްލައިފައި،" އުމަރު ވިދާޅުވި އެވެ.

މި ދެ އިމާރާތުގައި ޖުމްލަ 56 މީހެއް ދިރިއުޅެ އެވެ. އަދި ގެއްލުންވި އިމާރާތުގައި ދިރިއުޅޭ 32 ދެމީހުންގެ ތެރެއިން 17 މީހުންނަކީ 18 އަހަރުން ދަށުން ކުޑަކުދިންނެވެ.

މއ. މޯނިންވިއުގޭގައި އަލިފާން ރޯވެފައި: މި ހާދިސާ ހިނގީ ރޭ 5:00 ޖާހަކަށް ހާއިރު.

އެ ގޭގެ އިރުމަތީ ފަރާތު އިމާރާތަށް މާ ބޮޑު ގެއްލުމެއް ލިބިފައި ނުވާތީ، އެމްއެންޑީއެފް އިން ވަނީ އެ އިމާރާތުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފަހު، އެ ގެއަށް ވަނުމުގެ ހުއްދަ ދީފަ އެވެ. އެހެންވެ އެ މީހުން މިހާރު ގެއަށް ބަދަލުވެފައިވާ ކަމަށް އުމަރު ވިދާޅުވި އެވެ.

އަލިފާން ރޯވެގެން އެ މައްސަލަ އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއުގެ ސަމާލުކަމަށް ގެނެސްފައި ވަނީ ފަތިހު 5:00 ގަ އެވެ. އަލިފާން ނިއްވާލެވުނު ކަމަށް ސިފައިން ބުނީ ރޯވި ކަމުގެ ރިޕޯޓް ލިބުނުތާ ދޮޅު ގަޑިއެއްހާއިރު ފަހުންނެވެ. އޭރު ތަނުގައި ހުރި ހުރިހާ އެއްޗެއް ވަނީ އަނދައި ހުލިވެފަ އެވެ.

ލިބުނު ގެއްލުން އެނގޭނީ އެސެސްމަންޓް ހެދުމުން: އުމަރު

ރޯވި އިމާރާތަކީ ފަސް ބުރިއަށް، ލަކުޑިން ޑެކް އަޅައިގެން ހަދާފައިވާ ތަނެކެވެ. އަދި އެންމެ މަތީ ފްލޯ ހަދައިފައި ވަނީ ޓިނުންނެވެ. މި ހާދިސާގައި ގެއްލުން ލިބުނު އާއިލާ އިން ވާހަކަ ދެއްކި މީހަކު މިއަދު "މިހާރު" އަށް ބުނީ ބޭނުންނުކުރެވޭ ވަރަށް އެ ގޭގެ ހުރިހާ ސާމާނެއް ހަލާކުވެފައިވާ ކަމަށާއި އަދި އެއްވެސް އެއްޗެއް ސަލާމަތްނުކުރެވުނު ކަމަށެވެ. އޭނާ ލަފާ ކުރާ ގޮތުން މުދަލާއި އިމާރާތަށް ލިބުނު ގެއްލުމުގެ އަގު ތިން މިލިއަން ރުފިޔާ އަށް އަރާނެ އެވެ.

އުމަރު ވިދާޅުވީ ލިބުނު ގެއްލުންތައް ޔާގީންކޮށްދެވޭނީ ލިބުނު ގެއްލުންތަކުގެ އެސެސްމަންޓް ހެދުމުން ކަމަށާއި އަދި ކަމާބެހޭ އިދާރާތަކާ ގުޅިގެން ވަރަށް އަވަހަށް އެ މަސައްކަތް ފަށާނެ ކަމަށެވެ.

އަލިފާން ރޯވި ސަރަހައްދުގައި މިއަދު ހެނދުނު ސިފައިން ހަރަކާތްތެރިވަނީ.--

"މި ވަގުތު އިސްކަންދޭނީ ހާލުގައި ޖެހުނު އާއިލާތަކަށް އެހެނިހެން ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް،" ނޫސްވެރިންގެ ބައްދަލުވުމުގައި އުމަރު ވިދާޅުވި އެވެ.

ހާލުގަޖައި ޖެހުނު މީހުން ގެސްޓް ހައުސްތަކަށް ބަދަލުކުރުމުގެ ކުރިން މިއަދު ހެނދުނު އެ މީހުން ބޭތިއްބީ ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގައި ގާއިމްކުރި ވަގުތީ އިވެކުއޭޝަން ސެންޓަރުގަ އެވެ.

އުމަރު ވިދާޅުވީ އެ މީހުންގެ ކެއިން ބުއިމުގެ ކަންކަން ހަމަޖެއްސުމަށްޓަކައި އެންޑީއޭއިން ބޮލަކަށް ދޭ 200ރ. ގެ ފުޑް ޕެކޭޖާއި އަދި ފޭރާން ހޯދުމަށް ބޮލަކަށް ދޭ 1،050ރ. ގެ ޕެކޭޖު ދިނުމުގެ މަސައްކަތް ވެސް މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި ސާފުތާހިރުވާނެ އެއްޗެހި ހޯދުމަށް ހައިޖީން ޕެކޭޖެއް ވެސް ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ހާދިސާ އަށް ފަހު ޑިފެންސްޓް މިނިސްޓަރު މާރިޔާ މުހައްމަދު ދީދީ އާއި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ހާލުގައި ޖެހުނު އާއިލާތަކާ ބައްދަލުކުރައްވައިފަ އެވެ.

މީގެ ކުރިން ވެސް މާލޭގައި ވަރަށް ނުރައްކާތެރި އަލިފާނުގެ ހާދިސާތައް ހިނގާފައިވެ އެވެ. އެންމެފަހުން ހިނގި އެންމެ ނުރައްކާތެރި ހާދިސާއެއް ގޮތުގައި ފާހަގަކޮށްލެވެނީ އަބަދަށްފެހި މަގުގައި ހުންނަ ހ. ތިލަފުށިގޭގެ ކެމިކަލް ގުދަނެއްގައި ރޯވުމުގެ ސަބަބުން ހިނގި ހާދިސާ އެވެ. އެ ހާދިސާގައި 400 އަށް ވުރެ ގިނަ މީހުންގެ ގެދޮރު ގެއްލި، ހާލުގައި ޖެހުނެވެ.

2 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދެކޮޅު ވިސްނާ

27 May 2021

މާލޭގައި ތަންތަން ކުއްޔަށް ދޫކޮށް އެތަންތަނުން ނަފާ ލިބޭއިރު ކީއްވެބާ އިންޝުއަރެންސް އެންމެ ކުޑަ ޕެކޭޖް ނަމަވެެސް ނުނަގަންވީ. މާލޭ ގިނަ ގެތަކަކީ ވިޔަފާރި އުސޫލުން ކުއްޔަށް ދޫކުރާ ތަންތަން. ކޮންމެ ކަމަކަށް ގާނޫނެއް ނެހެދިޔަސް އަމިއްލަ ސަލާމަތަށް ވެސް މިކަން ކޮށްލާ. ކަމެއްހިނގީމަވާ ގެއްލުން މާ ބޮޑު. ހާލުގައި ޖެހުނު ފަރާތްތަކަށް ކެތްތެރިކަމާ އަވަސް ރިކަވަރީއަކަށް އެދެން.

The name is already taken The name is available. Register?

އަހުމަދުބޭ

27 May 2021

ހާލްގައި ޖެހުނު އާއިލާތަކަށް ކެތްތެރިކަން ދެއްވާދޭއެވެ. އަދި އެއާއިލާތަކަށް ކުރިން އުޅުނު ދިރިއުޅުމަށް ލަސްނުކޮށް އިއާދަވެވޭނެ ގޮތް މިންވަރުކޮއްދެއްވުމަށް އެދި ދުއާކުރަމެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454