ފުލުހުންގެ ބެރިކޭޑެއްގެ ކައިރީ ސިފައިންގެ މީހަކު ހަތިޔާރާ އެކު ފޯރިމަރަނީ. -- ފޮޓޯ: ނިޝާން އަލީ/މިހާރު
03 ޖޫން 2021 - 17:51
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ހަމަލާ ދެވޭ ގޮތަށް ސެކިއުރިޓީ ބްރީޗްވި ގޮތް މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން ބަލާއިރު ވަކިވަކި ސިފައިން އެ ކޮމިޓީއަށް ހާޒިރު ނުކުރެވޭނެ ކަމަށް އެމްއެންޑީއެފުން ބުނި އެ ބަޔާނުގައި ބުނެފައިވާ ގޮތާ ޚިލާފަށް މީގެ 10 އަހަރު ކުރިން ސުޕްރީމް ކޯޓުން މަޖިލީހަށް ދީފައިވާ ލަފައެއް އޮތްކަން ހާމަވެއްޖެ އެވެ.
އެ ލަފަޔަކީ އެމްޑީޕީގެ އެންމެ ފުރަތަމަ ވެރިކަމުގެ ދުވަސްވަރު ސިފައިންގެ އޭރުގެ ޗީފް މޫސާ އަލީ ޖަލީލާއި ޕޮލިސް ކޮމިޝަނަރު އަހްމަދު ފަސީހު މަޖިލީހުގެ ގައުމީ ސަލާމާބެހޭ (241 ކޮމިޓީ) ކޮމިޓީއަށް ހާޒިރުވާން އެންގުމުން އެކަމަށް އިންކާރު ކުރައްވާފައި ވާތީ މަޖިލީހުގެ އެދުމަށް ސުޕްރީމް ކޯޓުން މާޗް 10، 2011 ގައި ދީފައިވާ ލަފައެކެވެ.
ވަކިވަކި ސިފައިން 241 ކޮމިޓީއަށް ހާޒިރުވުމުގެ ބަދަލުގައި ޖަވާބުދާރީ ވާނީ މުއައްސަސާއިން ކަމަށާއި، ވަކިވަކި ސިފައިން ހާޒިރުވާން ލާޒިމުކުރާ، ޝަރުއީ ކޯޓެއްގެ ނިހާއީ ހުކުމެއް ނުވަތަ ނިންމުމެއް ނެތް ކަމަށް ސިފައިން މިއަދު އެކަމާ ބެހޭ ގޮތުން ނެރުނު ބަޔާނުގައި ވަނީ ބުނެފަ އެވެ. ދިފާއީ ކަންކަމުގައި މިނިސްޓްރީން ރައީސާއި މަޖިލީހަށް ޖަވާބުރާރީވާން ޖެހޭނެ ކަމަށް ގާނޫނުގައި އޮންނަނީ އެކަމާ ބެހޭ ވަޒީރު ކަމަށާއި ޗީފް އޮފް ޑިފެންސް ފޯސް ޖަވާބުދާރީވާން ޖެހެނީ މިނިސްޓަރަށް ކަމަށް ގާނޫނާ ހަވާލާދީ ބަޔާނުގައި ބުނެފައިވެ އެވެ. އަދި ވަކިވަކި ސިފައިން ހާޒިރުކޮށް ޖަވާބުދާރީވާން ޖެހޭ ނަމަ މުޅި ގައުމީ ސިފާއީ ބާރާއި އެ ބާރުގެ އެކިއެކި ސަބޯޑިނޭޓް އެޗެލޯންތަކުގެ މައްޗަށް އޮންނަ ކޮމާންޑު އެންޑް ކޮންޓްރޯލް ގެއްލި، ސިފައިންގެ ގާނޫނީ ޒިންމާ އަދާކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.
ސުޕްރީމް ކޯޓުން ކުރިން ދީފައިވާ ލަފާގައި ބުނެފައިވަނީ 241 ކޮމިޓީ އަކީ ސަލާމަތީ ހިދުމަތްތައް ހިނގާ ނުހިނގާ ގޮތް ބެލުމުގެ ޒިންމާ ރައްޔިތުންގެ މަޖިލީހުން ދީފައިވާ ކޮމިޓީ ކަމަށް ވާތީ ސިފައިންނާއި ފުލުހުންނާ ބައްދަލުކޮށް މައުލޫމާތު ހޯދޭނެ ކަމަށެވެ. މީގެ އިތުރުން ސިފައިންނާއި ފުލުހުން ހަރަކާތްތެރިވަނީ ގާނޫނުއަސާސީން ކަނޑައަޅާފައިވާ އިމުގެ ތެރޭގައިތޯ ޔަގީންކުރުމަކީ 241 ކޮމިޓީގެ ޒިންމާއެއްކަން ވެސް ގާނޫނުއަސާސީގެ 99 ވަނަ މާއްދާގެ ހ. އަދި ށ. އިން އެނގޭ ކަމަށް ވެސް އެ ލަފާގައިވެ އެވެ.
ސަލާމަތީ ކޮންމެ ހިދުމަތެއް ހިންގަން ވާނީ ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ބެލުމުގެ ދަށުން ކަމަށް ވެފައި ކޮންމެ ވަޒީރަކު މަޖިލީހަށް ޖަވާބުދާރީވާން ގާނޫނުއަސާސީން ލާޒިމްކޮށްފައި ވުމީ ސަރުކާރުގެ އެހެން އިދާރާތަކާއި ސަރުކާރުގެ މަގާމެއްގައި ހުރި ކޮންމެ މީހަކު ވެސް ރައްޔިތުންގެ މަޖިލީހަށް ނުވަތަ މަޖިލީހުން ކަނޑައަޅާ ގޮތެއްގެމަތިން ޖަވާބުދާރީވުން ނަފީކުރާ ކަމެއް ނޫން ކަމަށް ސުޕްރީމް ކޯޓުން އޭރު ބުނެފައިވެ އެވެ.
އެ ލަފާގައިވާ ގޮތުން، މަޖިލީހާއި އެ މަޖިލީހުގެ ކޮމިޓީތަކަށް ހާޒިރުވެ ޖަވާބުދާރީވާން އެންގުމާއި ޖަވާބުދާރީ ކުރުވުމަކީ ގާނޫނުއަސާސީގެ 98 އަދި 99 ވަނަ މާއްދާގެ ދަށުން މަޖިލީހާއި އެތަނުގެ ކޮމިޓީތަކަށް އޮތް ދުސްތޫރީ މަސްއޫލިއްޔަތެކެވެ.
މި ކަންކަމުގެ އިތުރުން މަޖިލީހައި އެތަނުގެ ކޮމިޓީތަކަށް ހާޒިރުވެ އެތަނުން ކަނޑައަޅާ ގޮތެއްގެމަތިން ހެކިބަސް ދިނުމާއި ބޭނުންވާ ލިޔުމެއް ހުށަހެޅުމާއި މަޖިލީހުން ކޮންމެ މީހަކާ ކުރާ ސުވާލަކަށް އެ މީހަކަށް އެނގި ހުރި އެންމެ ތެދު ބަހަކުން ޖަވާބުދޭން ޖެހޭނެ ކަމަށް ގާނޫނުއަސާސީގައި އޮންނާތީއާ އެކު "މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ މަގާމެއްގައި ހުރި ކޮންމެ މީހަކާއި މޯލްޑިވްސް ޕޮލިސް ސާވިސްގެ މަގާމެއްގައި ހުރި ކޮންމެ މީހެއްގެ މައްޗަށް ރައްޔިތުންގެ މަޖިލީހާއި އެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ބާރު ހިނގާނެ" ކަން އެނގޭ ކަމަށް ސުޕްރީމް ކޯޓުގެ ލަފާގައި ބުނެފައިވެ އެވެ.
އެމްއެންޑީއެފުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުން ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގައި ލިބޭ އެއްވެސް މައުލޫމާތެއް ސިފައިންގެ ގާނޫނުގައި ބަޔާންކޮށްފައިވާ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް ހާމަކުރުމަކީ ކުށަކަށް ވާތީ އާއި ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބާ ގުޅުންހުރި ކަންކަމުގައި ކޮމާންޑަރެއްގެ ހުއްދަނެތި އަމިއްލަ ހައިސިއްޔަތުން އެކިއެކި ފަރާތްތަކާ މުއާމަލާތްކުރުމުގެ އިހުތިޔާރު ސިފައިންގެ އާއްމު ގަވައިދުގައި ވެސް މަނާ ކަމަކަށް ވާތީ ވަކިވަކި ސިފައިން މަޖިލީޙަށް ނުފޮނުވަން ނިންމީ ސިފައިންގެ ލަފާދޭ މަޖިލީހުގެ ލަފައާ އެއްގޮތަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުމަރުބެ
04 June 2021
މުއައްސަސާއިން މަޖިލީހަށް ހާޒިރުވެފަ އެއްވެސް ސިފައިންގެ މީހަކު ތި މައުލޫމާތެއް ނޫހަކަށް ނުދެޔޭ ބުނެފަ ނުކުމެގެން ދިޔައީމަ ނިމުނީ.
ރިޓާޔަޑު ކާރނަލް
04 June 2021
މާރިޔާ މޮޔަފުޅުނުވާތި ސިފައިންގެ ވަކި ވަކިފަރުދުން 241 ކޮމިޓީއައް ހާޒިރުކޮއްގެން ބަޔާން ނަގާ ބިރުދައްކައިގެން ސިފައިންގޭގެ ސިއްރު ހޯދާހާމަކުރުވައެއް ނުހެދޭނެ އެގޮތައް ހާޒިރުކުރެވޭނީ އެމީހުންގެ އަމިއްލަ ޒާތީކަންތަކުގަ ސިފައިންގެ ޢާބެހޭއެ އްވެސް ކަމެއްގާ ވަކިވަކިސިފައިން ގެންގޮސްގެން ބިރެއްނުދެއްކޭނެ، ތިކަމާގުޅިގެން މާރިޔާ ދީފަތިއޮތީ ސައްޙަ ޖަވާބު މިހާރުގެ ސުޕުރިމްކޯޓަކުން ތި ހުއްދައެއްް ތިގޮތަކައް ނުދޭނެ!!
ިެިިެޖޖސ
04 June 2021
ތިޔައީ ބަޔާސްޑް ލަފައެއް. ތިޔަ ލަފާ ނެރުނު ފަނޑިޔާރުންގެ ނަޒާހަތްތެރިކަމެއް ނެތް މިހާރު.
ފަލަކް
04 June 2021
މަޖިލީހުން ކަންކަން ނިންމާ ގޮތް ބަލައި، ފިޔަވަޅު އަޅަން ޖެހިއްޖެނަމަ ފިޔަވަޅު އެޅޭނެ ގޮތެއް ނޯވޭ! އެކަމަކު 3 ބާރު ވަތްކޯ! މަހާނަ ތޯއްޗެއް! އެކަމަކު ފައިސާގޯނި ހިފައިގެން ވެސް ދުވަންވޭ! އަނެއްފަހަރުވެސް އެ ފައިސާގޯނިން މުއްޖަހައި ނެގިމީހާއަށް މަޤާމަށް އާދެވޭ! މި މީހުންނަށް ކުށެއްވެސް ނުކުރޭ! އާއްމުމީހާ، ކުށުގެ "ތުހުމަތުގަ" ހައްޔަރުވެސް ކުރެވޭ! ހަމަ ސަދޫމް! މީ ސަދޫމް އިންސާފު!
ޗޮސްބެ
04 June 2021
ތިން ބާރު ވަކިކުރީވެސް ރައްޔިތުންގެ މަޖިލިހުން ( ރައްޔިތުން) ރައްޔިތުންގެ މަޖިލީހަށް ރައީސުލް ޖުމްހޫރިއްޔާ ވެސް މަގާމުން ދުރުކުރެވޭއިރު، އެކަމަކު ރައީސުލް ޖުމްހޫރިއްޔާއަކަށް މަޖިލިސް އުވައެއް ނުލެވޭނެ. ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރު ނުކުރުވޭނެ ގޮތެއް ނޯންނާނެ. ތިންބާރު ވަކިކުރުމުގެ މާނަޔަކީ އެޔެއްނޫން. އަނެއް ދެބާރު ހިނގަނީ މަޖިލީހުގެ ފަހަތުން.
ޢަބްދުލް
04 June 2021
އެޔޯ؟ މާރިޔާ ގެންދިޔައިމަ ނުވާނެ؟ މިބުނީ އެމްބިއުލާންސް ލަސްވުމުން ހޮސްޕިޓަލް މެނޭޖްމަންޓް ބާއްވާފަ މިނިސްޓަރު ބޮލަށް ވީޔާ ކަނޑާލީ…
ޖަހަންގީރު
04 June 2021
ބޭފުޅުންނޭ، އަދި މޮޔަފުޅުވެގެން ނޫޅުއްވާ. އަދި ބަރުލަމާނީ ނިޒާމަކަށް މި ގައުމު ބަދަލެއް ނުވޭ. އަދި ހަމަ ބޮޑުވަޒީރު ދެކިލައްވާ ހުވަފެނެއް އެއީ. އެފަދަ ދުވަހެއް އައިއްސިއްޔާ ސިފައިން ކީއްކުރަން އުއްތަމަ ފަނޑިޔާރު ވެސް ތިތާ ކޮލިޓީތަކަށް ޙާޟިރު ކުރެވޭނެ ތޯއްޗެއް. އަދި ޕޮލިހުން ކުރާ ތަހުގީގު ތަކުން މަޖިލީހަށް ފެންނަ މައްސަލަތައް ވެސް މަޖިލީހުން ތަހުގީގު ކުރެވޭނެ ތޯއްޗެއް. އެކަމަކު އަދި ތިއީ ހަމަ ވަކި ބާރެއް. ހުރިހާ ކޮށްޓަކަށް އަދި ދަނޑިއެއް ނުބޭނޭނެ.
ކުރަނގި
04 June 2021
ބަލަގަ ސިޓީ ކައުންސިލްގެ ސްޓޯރ ކީޕަރު މަޖިލީހުގެ ކޮމިޓީއަށް ގެންގޮސް މިމަހު ކިތައް އޭ4ރީމް ޚަރަދުވީތޯ ބާކީކިހާ ރީމެއްހުރިތޯ އެހިޔަސް ސިފައިންގެ ބަޑިގުދަނުގެ ވެރިޔާ ގެންގޮސް ކިހާވަޒަނެއް ބާކީހުރިތޯއެއް ނޭހޭނެ. މަޖިލީހަކީ ސިޔާސީތަނެއް. ސިޔާސީ މީހަކު ގެންގޮސް ތިގަންނަ ގަނޑެއްގަނޭ. ވަކިވަކި ސިފައިންނެއް ނުޖެހޭނެ ސިޔާސީވެރިންނަކަށް ޖަވާބުދާރީވާކަށް. ސިޔާސީބޭނުމަށް މާކުރީގަ ސކޯަޓުން ދިންލަފައެއް މިފަހަރު ބޭނުންކޮށްފިއްޔާ އެގޭނެ އެމީހުންގެ މުނާފިގުކަން
އަލި
04 June 2021
ސެކިއުރިޓީ ފެއިލް ވިއްޔާ އެކަމެއް އެވީ މުއައްސަސާއަށް އެކަން މެނޭޖް ނުކުރެވުމުން. އެކަމުގެ ޒިންމާ ވަކިވަކި ފަރުދުން އުފުލަންޖެހޭނީ މުއައްސަސާތެރޭގެ އިންކްއަރީގައި. މަޖިލީހުން ކުރާ އިންކްއަރީއަށް ޖަވާބުދާރީވާންޖެހޭނީ މުޅިމުއައްސަސާގެ ފަރާތުން. އެކަން ވަރަށް ސާފު.
ޗޮސްބެ
04 June 2021
ވަކިވަކި ފަރުދުން ހުވާކުރާކަށްވެސް ނުޖެހޭނެ. މުއައްސަސާ ހުވާކޮއްލީމަ ރަގަޅުވާނެ.
މާކު
04 June 2021
ރައްޔިތުންގެ މަޖިލީހަކީ ތަހުގީގު ކުރާތަނެއްތަ؟ އަސްލު މަސައްކަތަކީ ކޮބާ؟
ބައި
04 June 2021
މިރާއްޖޭގައި އޭރަކު ތިމާމެނަށް ނުރައްކާކުރެވިދާނެ ބާރުއޮންނަ ފަރާތް ބޭނުންވާގޮތަށް ކަންކަން މުއައްސަސާތަކުން ނިންމުމުގެ ގޯސްނަތީޖާ ރާއްޖޭގައި އަބަދު ފެންނަނީ. މިއީވެސް މިފ ފަދަ ކަމެއް.