ސިޓީ ކައުންސިލްގެ ވިލިމާލެ ދާއިރާގެ މެމްބަރު ނަހުލާ މަސް މާރުކޭޓުގެ ހާލަތު ބައްލަވައިލައްވަނީ--
04 ޖޫން 2021 - 17:03
ވިލިމާލޭގައި ލޯކަލް މާރުކޭޓަކާއި މަސް މާރުކޭޓެއް ހުޅުވަން މާލެ ސިޓީ ކައުންސިލުން އިއްޔެ ނިންމައިފި އެވެ.
ސިޓީ ކައުންސިލްގެ ވިލިމާލެ ދާއިރާގެ މެމްބަރު ނަހުލާ އަލީ ވިދާޅުވީ ވިލިމާލޭގައި ލޯކަލް މާރުކޭޓަކާއި މަސް މަރުކޭޓެއް ނެތުމުން ރައްޔިތުންނަށް ދަތިތަކާ ދިމާވާ ކަމަށެވެ. އަދި އެކަން ހައްލުކޮށް ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި މި މާރުކޭޓުތައް ހުޅުވުމަށް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަހުލާ ވިދާޅުވިގޮތުގައި މިހާރު ކުރިއަށްދަނީ ތަންފީޒީ މަރުހަލާގެ މަސައްކަތްތަކެވެ. އަދި އަމަލީ މަަސައްކަތް ވެސް ވަރަށް އަވަހަށް ފެށޭނެ ކަމަށް އެނާ ވިދާޅުވި އެވެ.
"ތަރުކާރީ ގަންނަންވިޔަސް މަސް ގަންނަން ވިޔަސް ބޮޑު ކަނޑެއް ހުރަސްކޮށްފައި އަންނަ މި ޖެހެނީ މާލެ. އެހެންވެ އަޅުގަނޑު ކެމްޕޭން ކުރި ދުވަސްވަރު ވެސް ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެފައި އޮތީ މިކަން. އަޅުގަނޑު އުއްމީދު ކުރަނީ ވީހާވެސް އަވަހަށް މި މަސައްކަތް ނިމި ވިލިމާލެ ރައްޔިތުންނަށް ހިދުމަތް ދޭން ފެށުން،" ނަހުލާ ވިދާޅުވި އެވެ.
ސިޓީ ކައުންސިލުން އަންނަނީ މާރުކޭޓު ހުޅުވުމުގެ އިތުރުން ވިލިމާލޭގެ ފެރީ ޓާމިނަލާއި ފެރީތައް އޭސީ ކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. މި މަސައްކަތް ވެސް ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ނަހުލާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަރުތަ
05 June 2021
"ސިޓީ ކައުންސިލުން އަންނަނީ މާރުކޭޓު ހުޅުވުމުގެ އިތުރުން ވިލިމާލޭގެ ފެރީތައް އޭސީ ކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ". ފެރީތައް އަޕްގްރޭޑްކޮށް އޮޕަރޭޓުކޮށް ބެލެހެއްޓުންވެސް އޮންނަނީ ސިޓީ ކައުންސިލްގެ އިޙްތިސާސްގެ ތެރޭގަބާ! އަނެއްކާ ކިހިނެއްވާން މިއުޅެނީ!
އަލްމާނީ
04 June 2021
ކަމެއް ކުރާނަމަ މާލޭ މަސްމާރުކޭޓް ދެތިން މީހަކު ހިސޯރުކޮށްފަ އޮތްއޮތުން ރަނގަޅު ކުރޭ..މާލެ އަތޮޅު ރައްތަކުންނާއި އެހެނިހެން ރައްތަކުން މަސްހިފައިގެން އަންނަ ދޯނިތަކަށް ބޮޑުތަކްލީފަކަށް ވަނީ..ފަޅުތެރޭ އެތައް ދޯންޏެއް ބާއްވައިގެން ގުދަންކޮށް އެތައް ދުވަހެއްވެފަ ހުންނަ މަސްވިއްކަނީ..ފަޅުތެރޭ ޖާގަނެތްއިރު ގިނަ ބަޔަކު ތިބީ ފަޅުތެރޭ ގުދަން ހަދައިގެން..ކުރީގެ ކައުންސިލަރުންނާއި ގުޅިގެން ހިންގާ ޖަރީމާއެއް އެއީ..މަސްމާރުކޭޓް އަށިތައް ހިސޯރުކޮށްފަ 3މީހަކު.
ފާތުމަ ގޮރު
04 June 2021
ޢިސްތިއުފާ ދީ އަވަހަށް
ތަމެންދޯ
04 June 2021
ވިލިމާލޭގައި މީހުން ދިރިއުޅޭތާ 30 އަހަރުވީއޭ އަދި ވެސް މިއުޅެނީ މަސްމާރުކޭޓެއް ނެހެދިގެންނޭ ދެން މިސަރުކާރު އޮތުމުގެ ބޭނުމަކީ ކޮބާއިތޭ އެއީ މަމެން ކުރާ ސުވާލަކީ އިނގޭތޭ...
އަރުތަ
05 June 2021
އޭ މަބުނީ އޯކޭހޭ، މިބައިގަނޑު ވެރިކަމުގަ ތިބޭތާ 30 އަހަރުވީތޭ، މަސްމާރުކޭޓާ ފައިކޭޓާ މުއިއްޒުމެންގެ ބިއުޓިފުލް އެންޑް އޯސަމް ސަރުކާރުން ނޭޅީ ކީއްވެގެންހޭ!
ނިރު
04 June 2021
ކަން ކުރެވޭ ކަންކުރަން ދަންނަ ބަޔަކު މިހާރު މާލޭސިޓީ ކައުންސިލްގަ ތިބިކަން އިގިއްޖެ.. މިފަހަރު ވަކި ކުލަޔަކަށް ނުބަލާ ކަމުގެ ޤާބިލް ކަމަށްބަލާ މޭޔަރު ހޮވީމަ ރައްޔެތުންނަށް ވަމުންދާ ފައިދާ ފެންނަމުން އެދަނީ.. 2023 ވަނަ އަހަރު ވޯޓް ލާއިރުވެސް ކުލަޔަށް ބަލާނުލާ ގާބިލް މީހަކު ހޮވާފިމަނަ މުޅި ޤައުމަށް އެކަމުން ފައިދާ ކުރާނީ.. މީގެ ކުރިން މާލޭސިޓީ ކައުންސިލް އެއީ ހަމަ އެކަނި ވިހާ މަރުވާ ދަފްތަރު ބަލަހައްޓަމުން އައި ބައެއް.. މިފަހަރުގެ ޗޮއިސް ރަގަޅު
މުންޑުބުރި
04 June 2021
ނަހުލާ ވިދާޅުވިގޮތުގައި މިހާރު ކުރިއަށްދަނީ ތަންފީޒީ މަރުހަލާގެ މަސައްކަތްތަކެވެ. އަދި އަމަލީ މަަސައްކަތް ވެސް ވަރަށް އަވަހަށް ފެށޭނެ ކަމަށް އެނާ ވިދާޅުވި އެވެ. ތަފީޒީ މަރުހަލާގައި ކުރާނީ ކޮންކަމެއް. އަމަލީ މަސައްކަތަކީ ކޮބާ؟ ކަމެއް ތަންފީޒުކުރީމާ ވާނެ ގޮތަކީ ކޮބާ؟
ޞޮޓު
04 June 2021
plan އިދާރީ implement އަމަލީ ނޫނީ ތަންފީޒީ ވެދާނެ ނަހުލާއައް އަގަ އޮޅުނީ މަކަ.
އާލިމް އެސް
04 June 2021
ދިވެހި ކިލާހުގަ ނިދި މީހުން މި ފެންނަނީ!