ޓްރެފިކް ފުލުހުން މާލޭގައި ހަރަކާތްތެރިވަނީ. -- ފޮޓޯ: ނިޝާން އަލީ/މިހާރު
06 ޖޫން 2021 - 14:32
ވިޔަފާރިތަކަށް ދޫކޮށްފާއިވާ ވެހިކަލް ޕާމިޓްތައް އަންނަ އަންގާރަ ދުވަހުން ފެށިގެން ބޭނުން ނުކުރެވޭނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދުގައި ހުއްދައަކާ ނުލައި ބޭރަށް ނުކުމެ އުޅުން މަނާކޮށްފައިވާއިރު ފުލުހުން ވަނީ ކެފޭ/ހޮޓާ އަދި ރެސްޓޯރަންޓުތަކާއި ވިޔަފާރިތަކުން ޑެލިވަރީ ކުރުމަށް ވެހިކަލް ޕާމިޓް ދޫކޮށްފަ އެވެ.
ފުލުހުން މިއަދު ކުރި ޓުވީޓެއްގައި ބުނީ، ހުރިހާ ވެހިކަލް ޕާމިޓްތަކެއް "ސަޕޯޓް ޕާމިޓް" އަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށެވެ. އެހެންކަމުން ޑެލިވަރީ ކުރުމަށް ދޫކޮށްފައިވާ ވެހިކަލް ޕާމިޓްތައް މި ހަފުތާގެ އަންގާރަ ދުވަހުން ފެށިގެން ބޭނުމެއް ނުކުރެވޭނެ ކަމަށާއި ޕޮލިސް ޕޯޓަލް މެދުވެރިކޮށް ސަޕޯޓް ޕާމިޓް ހޯދަން އެދެވޭނެ ކަމަށް ފުލުހުން ބުންޏެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން، އެޗްޕީއޭ އިން ވަނީ މާލެ ސަރަހައްދުގައި ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން ހެނދުނު 8:00 އަށް ކާފިއު ހިންގައިފަ އެވެ. އަދި އެ ނޫން ވަގުތުތަކުގައި ވެސް ބޭރަށް ނުކުމެ އުޅެވޭނީ ހާއްސަ ހުއްދަ ލިބިފައިވާ މީހުންނަށެވެ. ކޮންމެ ގޭބިސީއަކަށް ވަނީ ހައުސް ހޯލްޑް ޕާމިޓެއް ދޫކޮށްފަ އެވެ.
އެ ފިޔަވަޅުތައް އެޅިއިރު މާލެ ސަރަހައްދުގައި ކޮވިޑް އޮތް ވަރު މިހާރު ކުޑަވެފައިވީ ނަމަވެސް އެޗްޕީއޭ އިން އަންނަނީ އެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރަމުންނެވެ. އެގޮތުން މާލެ އިން ރަށްރަށަށް ފުރައިގެން ދިޔުމަށް ކުރިން އަމަލު ކުރާ އުސޫލު ވެސް މިހާރު ވަނީ އިތުރަށް ހަރުކަށި ކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާޓިން ބަޝީރު
06 June 2021
ރައްޔަތުންނަށް ތިހާ ދުއްތުރާ ނުކޮށް އާ ވެހިކަލް ޕާމިޓްތައް ކުރިން އެޕާމިޓް ރިކްއެސްޓް ކުރި ފޯންނަންބަރުތަކަށް ފޮނުވާދީނީއްތާ ކީއްތަވާނީ. ރައްޔަތުންނަށް އެހާ އުދަގޫކުރަނީ ކީއްކުރަން! ހުރިހާކަމެއް އެހާ ބޮޑުކަމަކަށް ހަދަނީ ކީއްވެގެން، ބަލިމަޑުކަމެއްގަ ހުރިހާގޮތަކުންވެސް ރައްޔަތުންނަށް ކުޑަވެސް ފަސޭހައެއް ދެވޭތޯނުންތަ ބަލަންވީ!
މައުމޫޒް
06 June 2021
ހުކުރު ދުވަހު އަނެއްކާ ބަދަލުވާ ސަޕޯ ޓު ޕުލަސް ޕާމި ޓަށް. ދުވާލަކު ގޮތެއް ހެއްދިއްޔަ ނުލޫނީ ކަމެއްވާކަމަކަށް ނުވާނެ!
އަރުތަ
07 June 2021
ލިބޭ ހިތި ތަޖުރިބާއާ ފޮނި ތަޖުރިބާއަށް ބަލައިގެން އަބަދުވެސް ކަންކަން ރަނގަޅުކޮށް އިސްލާހުކުރުން އޮންނަންވާނެ، އެހެންވީމަ ގޯހެއް ނޫން. ހުޅުމާލޭ ބުރިޖުގެ ހައިވޭގެ ވަކިހިސާބެއްގަ ޖަހާފަ ހުރި ނިކަން ނަލަ ފެންސް ތަކަށް ވީގޮތް ފެނޭނު، ދުނިޔޭގެ ކޮންތާކު އެކަހަލަ ހައިވޭއެއްގަ އެޒާތުގެ ފެންސް ޖަހާފަހުރީ، އެކަމަކު އަހަރުމެނަށް ކުރިން ނޭގޭތީ އެގޮތަށް އެކަންކުރީ، ފަހުން އެކަންވެސް އިސްލާހުކުރީތާ.
މައުލޫމާތު ބޭނުން
06 June 2021
އަނެއްކާ ސަޕޯޓް ފާސްހިފައިގެން ބައިސްކަލު ސައިކަލުގަ ޑެލިވަރީ ކުރަން ދުއްވޭނެތަ؟ ކުރިން ސަޕޯޓް ފާސް ހިފައިގެން ދުއްވީމަ ހިފަހައްޓާފަ ބުނީ ނުކުރެވޭނެއޭ! މައުލޫމާތެއް އަންގަނީކީއެއްނޫން! މައުލޫމާތު ލިބެން އިންނަ ހަމައެކަނި ނަމްބަރަށް ގުޅެނީކީއެއް ނޫން! ދެންވެސް ޓު ސާރވް އެންޑް ޕްރޮޓެކްޓް!
ރާނިޔާ
06 June 2021
ވެހިކަލް ޕާމިޓްތައް ބަދަލުކުރަން ޖެހޭ ސަބަބެއް ނުބުނޭތަ؟ އަނެއްކާ އެއް ދުވަހުގެ މުއްދަތެއް މިދިނީ ބަދަލުކުރަން އެދެންވެސް! މިމުއްދަތުގެ ތެރޭގައި ޕޮލިސްއަށް އެދޭ ހުރިހާ ޕާމިޓްތަކެއް ބަދަލުކޮށްދިނުމުގެ ގާބިލުކަމެއްވެސް ލިބިގެން ނުވޭ.
ޢިއްސެ ދޫނި
06 June 2021
މުއިއްޒުއާ ހަވާލުކޮށްބަލަ.ކަންކަން ދާނީ ކުރިޔަށް
އަރުތަ
07 June 2021
ހުޅުމާލެއަށްދާން މާލެއިން ފުރާ ފެރީޓަމިނަލް ދޮރުމަތީ ބިއްލޫރިންހަދާފަ ބަހައްޓާފަ އެހަރަ ކްލޮކްޓަވަރ ކިހާރީތި ކިހާ ފުރިހަމަ، އެއީވެސް މުއިއްޒުގެ މަސައްކަތް.
ށަވިޔަނި
06 June 2021
އެންމެނަށް ވެކްސިން ނުދެވެނީސް ދޫދީފިއްޔާ އަނެއްކާ ނުރައްކަލަށް ހުށަހެޅޭނެ. ވީމާ އެކަންކުރެވޭތޯ ބަލަންވީ. ކޮވިޝީލްޑް ޖެހިމީހުނަށް ދެވަނަ ޑޯޒް ޖެހޭވަރަށް އިންޑިއާއިން ގެންނަންވީ. ރާއްޖެއަށް އިންޑިއާއިން ގެނައުމަކީ އެކްސްޕޯޓުކުރުން ހުއްޓިފަ އޮތުމާ ފުށުއަރާ ކަމަކަށް ނުވާނެނޫން. ވެގެން ވެސް ނުވާނެ.
އަރުތަ
07 June 2021
އެކަމަކު ކޮވިޝީލްޑް ގެ ފުރަތަމަ ޑޯޒުޖެހި މީހުންގެ ތެރެއިން ބަޔަކު މިހާރުތިބީ ވަރަށް ރުޅިގަދަވެފަ، ބުނަނީ އިންޑިއާގެ ކޮވިޝީލްޑް ވެކްސިނެއް ބޭނުމެއް ނެތޯ، އެކަމަކު އެވެކްސިން ނުލިބިގެން ދެވަނަ ޑޯޒު ނުޖެހިގެންވެސް ބަޔަކު އުޅެނީ ރުޅިގަދަވެގެން.
ޔާޔާ
06 June 2021
މީދެން ވަރަށް ދެރަކަމެއް. އަދިކިރިއާ ޕާމިޓްތައް ލިބުނީ، މިހާރު މިޖެހުނީ އަނެއްކާ ބަދަލުކުރަން. މައުލޫމާތު ހޯދަން ނަންބަރެއް އެބުނާ 1665 ގުޅާއިރު އަބަދުވެސް ބޮޑު ކިއުއެއް އޮވޭ. އަދި އެއީ ހިލޭ ގުޅޭނަންބަރެއްނުުން، މިކަހަލަ ބޮޑު ޕެންޑެމިކެއްގައި ރައްޔަތުންނަށް ލުއި ފަސޭހަކުރަން ހިލޭ ގުޅޭ ގޮތަށް ހަދާލާނަމަވެސް...
ޖަޒީރާ ޕޮލިސް
06 June 2021
މިހަފްތާގަ ލުއިތަކެއްދޭންވެގެން ކުރި ކަމަކާ ބޮޑަށް ވައްތަރީ
އަރުތަ
07 June 2021
ލުއިދިނަސް ކަމަކު ނުދާނެ، ނުދިނަސް ކަމަކު ނުދާނެ، މަމެން މީ ދިވެހިންނޭ، ދިވެހިން ތަފާތުވާނެ.
ނިރު
06 June 2021
ތިއީ ފުލުހުން ކުރަންޖެހޭނެ ކަމެއްނޫން މަލޭސިޓީއިން ތިކަން މިހާރު ކުރެވޭނެ.. މާލޭސިޓީން އަންގާގޮތަށް ކަންކަން ތަންފީޒް ކުރަން ތިބީމަ ނިމުނީ.. ތިގޮތަށް ކަންކުރަން ބޭނުންނަމަ ހޯމް ނިމިސްޓްރީ ދަށުން ޕޮލިސްސާވިސް ނަގާފަ ސިޓީފޮލިސް އުފައްދާ. މުޅި އޮޑީގަ ހަސަނުގެ ދެފައޭ ބުނާހެން ހުރިހާކަމަކަށް އަތްބާނާ އަތް ގަދަކުރަނީ
މިވެރިންނޭ
06 June 2021
ކޮލިޓީ ޕްރޮފެށަނަލް އެއްވެސް ބަޔަކު މިގައުމުގައި ނުތިބޭނެ އެއްވެސް މުއައްސަސާއަކު ކަމާބެހޭ