ރައީސް ވިދާޅުވީ ނަޝީދަށް ދިން ހަމަލާގެ އަސްލު ގެއްލޭ ވަަރަށް އެހެން ވާހަކަތައް ދެކެވޭ ކަމަށާއި އެހެން ނުހަދައި، ހަމަލާގެ އަޑި ހޯދަން މަސައްކަތްކުރަންޖެހޭ ކަމަށް
ރައީސް އިބްރާހިމް މުހަންމަދު ސޯލިހާއި ރައީސް ނަޝީދު -- ފައިލް ފޮޓޯ: މިހާރު
08 ޖޫން 2021 - 18:03
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ މަހު ދިން ހަމަލާ އާ ގުޅިގެން މަޖިލީހުން ހިންގާ އިންކުއަރީ އަށް ހުރަސް ނާޅާނެ ކަން ނަޝީދަށް އެނގިވަޑައިގަންނަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ، ޓެރަރިސްޓް ހަމަލާއާ ގުޅޭ އިންކުއަރީ އަށް ވަކިވަކި ސިފައިން ހާޒިރު ކުރުމަށް ހުރަސް އަޅަމުން ގެންދަނީ ސީދާ ރައީސް ލޮބީކުރައްވައިގެން ކަމަށް ވިދާޅުވެ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ނަޝީދުގެ ފަރާތުން މެސެޖެއް ފޮނުވާފައި ވަނިކޮށެވެ.
ރައީސް އޮފީހުގައި ވާޗުއަލްކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭ ގޮތުން "މިހާރު" އިން ސުވާލު ކުރުމުން ރައީސް ވިދާޅުވީ އިންކުއަރީ ކޮމިޓީ އަށް ސަރުކާރުން އެއްބާރުލުން ދޭކަން އެ ކޮމިޓީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސާފުކޮށްދީފައިވާ ކަމަށެވެ.
ވަކިވަކި ސިފައިން ހާޒިރު ނުކުރެވޭނެ ކަމަށް ބުނެ ޑިފެންސް މިނިސްޓްރީން ހާމަކުރީ ސިފައިންގެ ގާނޫނުގައި ބަޔާންކުރާ ކަމަކާ ހަވާލާދީ ކަމަށާއި ނަމަވެސް އެއްބާރުލުން ދިނުމަށް މިހާރު ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"ނަޝީދަށް އެނގިވަޑައިގަންނަވާނެ އަޅުގަނޑު ތަހުގީގަށް ހުރަސް ނާޅާނެކަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ނަޝީދަށް ދިން ހަމަލާގެ އަސްލު ގެއްލޭ ހިސާބަށް، އެކަމާ ބެހޭ ގޮތުން ދެކެވޭ އެކި ވާހަކަތަކާ ހެދި އެބަދާ ކަމަށެވެ. އެންމެންގެ އަމާޒަކަށް ވާން ވާނީ ހަމަލާގެ އަސްލަށް ވާސިލްވާން މަސައްކަތްކުރުން ކަމަށް ރައީސް ވިދާޅުވި އެވެ.
"ކާކުތޯ އެކަން ކުރީ، ކޮންބައެއް ބުނެގެންތޯ އަދި ފައިސާ ހަރަދު ކުރިތޯ ބެލުން، މުޅި ގައުމު ސަލާމަތް ކުރުން. މިއީ ކުރަންވީ ކަމަކީ، އެއާ ހިލާފަށް އޭގެން ނެއްޓި މުޅިން އެހެން ދިމާލަކަށް އަމާޒު ހިފައިގެން ދާތަން،" ރައީސް ވިދާޅުވި އެވެ.
ނަޝީދުގެ ތަހުގީގަށް ސަރުކާރު ތެރެއިން ހުރަސް އަޅާ ކަމުގެ އަޑުތަކާއެކު އެމްޑީޕީ ތެރޭގައި ރައީސަށް ތާއީދު ކުރާ ފަރާތްތަކާއި ނަޝީދަށް ތާއީދުކުރާ ފަރާތްތަކުގެ މެދުގައި މައްސަލަތައް ހޫނުވެ، އެ ބަހުސް ވަނީ އާންމުންނާ ހަމައަށް ތިލަވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަހަމަގަބީ
09 June 2021
އެހެންވީމައި ރައީސް އެވިދާޅުވީ ނަޝީދު އިތުރުފުޅު ހައްދަވަން ވަރަށް ފަރިތަވާނޭ. ވިސްނައްޗޭ!
މަމޮޅު މަމޮޅު
08 June 2021
ބުންޏޭ ބުންޏޭ ކިޔަން އަޑު އަހަން ރައްޔިތުން ތިބެންވީ ތިޔަ ދެމީހުން ތިޔަޖަހާ ސަކަރާތުން ރައްޔިތުންނަށް އޮތީ ކޮންފައިދާއެއް
ގުއިއްޒު
08 June 2021
ލިޔާމީހުން އެބަޖެހޭ އަދަބާއި ހަމަތައް ހިފަހައްޓައިގެން ލިޔުމަށް.
ހިތިކަނޑޫ
08 June 2021
މިއަދު ތިޔަދެއްކެވީ ރިލްވާން, ޔާމީން ރަޝީދު އަދި އަފްރާޝީމް މައްސަލަތަކުގައިވެސް ގެންގުޅެންވީ ވިސްނުމާ އުސޫލު. ނަަމަވެސް ސިޔާސީ ފައިދާއަށް ވަކިބައެއްގެ ބޮލުގައި އެޅުވުމުގެ ސަބަބުން, އަސްލުކަންކުރިމީހުން ސަލާމަތްވާން ފުރުސަތުލިބި އާއިލާތަކަށް އިންސާފު ނުލިބި އެދަނީ.
އަނެއްދިވެހިރާޖާ
08 June 2021
އަޅާފާނެ
އަސުލުވެސް
08 June 2021
އަދިކިރިޔާ ހިތްތިރި ރައީސެއް ، ރާއްޖޭގެ ވެރިކަމަށް އައީ
ާދޔހަހަ
08 June 2021
އަޅާފައޮތީ
ފޫހި
08 June 2021
ތިޔަ ދެ މީހުން މީޑިޔާގެ ސަމާލު ކަން ހޯދަން ޖަހާ ސސކަރާތްތީ. ތިޔަ ސަކަރާތުގައި ދިވެހިން ޖައްސާފަ އިންޑިޔާ އެދޭގޮތް ހަދާނީ.
ފޫހި
08 June 2021
ތިޔަ ދެ މީހުން މީޑިޔާގެ ސަމާލު ކަން ހޯދަން ޖަހާ ސސކަރާތްތީ. ތިޔަ ސަކަރާތުގައި ދިވެހިން ޖައްސާފަ އިންޑިޔާ އެދޭގޮތް ހަދާނީ.
ޅަބޭ
08 June 2021
އިބުރާހިމަ ކަމެއް ނުވާ ސޯލިހު ހަމަ މިޙާރު އިސްތިއުފާދީ!