ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ފުލުހުންގެ ކާރަކަށް ގެއްލުންވެފައި.--
09 ޖޫން 2021 - 20:12
ސިނަމާލެ ބްރިޖުގެ ހައިވޭގައި ހިނގި އެކްސިޑެންޓެއްގެ މައުލޫމާތު ލިބިގެން އެ ތަނަށް ދިޔަ ފުލުހުންގެ ކާރަކާއި އެހެން ވެހިކަލެއް ޖެހި މިއަދު އެކްސިޑެންޓެއް ހިނގައިފި އެވެ.
ފުލުހުން ހައިވޭ އަށް ދިޔައީ ހުޅުމާލެ އިން މާލެ އަށް ދަތުރުކުރި ސައިކަލަކާއި ޕިކަޕެއް ޖެހި ހިނގި އެކްސިޑެންޓެއްގެ ރިޕޯޓް ލިބިގެން ހަވީރު 4:10 ގަ އެވެ. އެ އެކްސިޑެންޓުގައި ދެ މީހަކަށް އަނިޔާވެ، އަންނަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ، ހައިވޭގައި އެކްސިޑެންޓެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުންގެ ކާރެއް އެތަނަށް ދިޔަ ކަމަށާއި އެކްސިޑެންޓުވީ އެތަނުގައި މަޑުކޮށްގެން އޮއްވައި މާލެ އިން ހުޅުމާލެ އަށް ދުއްވާފައި ދިޔަ ޕިކަޕެއް ފުލުހުންގެ ކާރުގައި ޖެހިގެން ކަމަށެވެ. އެ އެކްސިޑެންޓު ރިޕޯޓު ކޮށްފައި ވަނީ ހަވީރު 4:45 ގަ އެވެ.
ފުލުހުންގެ ކާރުގައި ޕިކަޕަކުން ޖެހި ހިނގި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކުން ފެންނަ ގޮތުގައި ފުލުހުންގެ ކާރުގެ ފަހަތު ޑިކީއާ ދިމާލުން ވަނީ ވަރަށް ބޮޑަށް ގެއްލުން ވެފަ އެވެ.
"ޕޮލިސް ވެހިކަލަށާއި ޕިކަޕަށް ވެސް ގެއްލުން ވެފައިވޭ. ޕިކަޕު މިހާރު ވަނީ ޓޯ ކޮށްފައި،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
މި ދެ އެކްސިޑެންޓު ވެސް ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަގުފޮށި
10 June 2021
ބޮޑެތި ސިންގާ ސައިކަލުތަށް އެތެރެކޮށްގެން އަދި އެދުއްވިޔަސް ކަމަކުނުދާނެ.އޭގެ އެހެންމީހުންގެ ހައްގެއް އޮތކަންވެސް ދަންނަންޖެހޭނެ. އެ ފެންނަ ސައިކަލު އޭނީވެސް ގަވާއިދާ ޚިލާފަށް ބައިންދާފަ.
މޮހިތު
09 June 2021
ފުލުހުންވެސް ދުއްވާއިރު ތަނެއްދޮރެއް ނުބަލާ! ފުލުހުނަށްވެސް ސައިރިން އާ ނުލާ އޮވާސްޕީޑެއް ނުކުރެވޭނެ!
އެލެގްޒެންޑާ
10 June 2021
ވާނުވާ_އެނގިގެން_ނިކަން_ރަނގަޅަށް_ޚަބަރު _ކިޔާފަ_ކޮމެންޓް_ކޮށްބަލަ...