ކެފޭ ރެސްޓޯރަންޓުތަކުގެ ވެރިން މީގެ ކުރިން މުޒާހަރާ ކުރަނީ--
27 ޖޫން 2021 - 01:13
ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން ކެފޭ/ރެސްޓޯރަންޓުތަކުގައި ތިބެގެން ކެއުންބުއިމުގެ ހިދުމަތް ހޯދުން މެދުކަނޑާލާފައިވާތީ އެކަމާ ދެކޮޅަށް އަޑުއުފުލައި، މުޒާހަރާ އަށް ނުކުންނަން ރެސްޓޯރަންޓް އެސޯސިއޭޝަން (ރޭމް) އިން ނިންމައިފި އެވެ.
މާލެ ސަރަހައްދުގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެން ފެށުމުން، ކެފޭ/ރެސްޓޯރަންޓުތަކުގައި ތިބެގެން ހިދުމަތް ހޯދުން އެޗްޕީއޭ އިން މެދުކަނޑާލާފައިވާތާ މަހަކަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު އޭގެ ގެއްލުން އެ ވިޔަފާރިތަކަށް ކުރާތީ ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ ތަންތަނުން މިހާރު ހަމައެކަނި ދެވެނީ ޓޭކްއަވޭ އާއި ޑެލިވަރީގެ ހިދުމަތެވެ.
ރޭމުން ކުރި ޓުވީޓެއްގައި ބުނީ "ކާންދޭ އަތުގައި ދަތް ނާޅާ" ގެ ނަމުގައި ސުލްހަވެރި އަޑުއުފުލުމެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.
ހޯމަ ދުވަހުގެ ހަވީރު 4:00 ގައި ކާނިވާ ސްޓޭޖް ސަރަހައްދުގަައި ބާއްވާ އެ އިހުތިޖާޖުގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވުމަށް އެ އެސޯސިއޭޝަނުން އެދެ އެވެ.
ނަމަވެސް މާލެ ސަރަހައްދުގައި ނުކުމެ އުޅެވެނީ ޒަރޫރީ ބޭނުންތަކަށް ފުލުހުންގެ ހާއްސަ ހުއްދައެއް ލިބިގެންނެވެ.
ބައެއް ރެސްޓޯރަންޓްތަކުގެ ވެރިން މީގެ ކުރިން ވެސް ވަނީ ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު ހިންގާ ދަރުބާރުގޭގެ ކައިރީގައި ވެސް މުޒާހަރާ ކޮށްފަ އެވެ.
މާލޭގައި ކޮވިޑްގެ ކޭސްތައް މަދުވުމާއެކު ސަރުކާރުން ދިން ބައެއް ލުއިތަކުގެ ތެރޭގައި ޖިމްތަކަށް ހުއްދަ ދިނުމާއި ވަކި ވަގުތެއްގައި ކަސްރަތު ކުރުމަށް ނުކުމެ އުޅުމުގެ ފުރުސަތު ދިނުން ހިމެނެ އެވެ. އެކަމަކު، ކޮންމެ ދުވަހަކު ވަކި ވަގުތެއްގައި ކާފިއު ހިންގާތީ އާއި ފުލުހުންގެ ހުއްދައާ އެކު ނޫން ގޮތަކަށް ބޭރަށް ނުނިކުމެވޭތީ ވިޔަފާރިތައް ވަނީ ގާތްގަނޑަކަށް ހުއްޓިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިޙްސާސް
29 June 2021
ތިޔަތަންތަން ނުހުޅުވައިގެން ވާހަކަ ދައްކާއިރު އަހަރެމެންގެ ޅަދަރީން މާލޭގައި މިތިބީ ގޭބަންދުގަ. ކޮވިޑް ހާލަތު ގޯސްވާ އެއްސަބަބު އެއީ ހޮޓާ، ރެސްޓޯރަންޓުގަ މާސްކުނާޅާ އަނގަތަޅާ ކާން ތިބުން. ގިނައިން ދަނީ އެކި ތަންތާ އުޅޭ ރަހުމަތްތެރިން ގޮވައިގެން. މިކަން ރެސްޓޯރަންޓު އޯނަރުންނަށް ހައްލުވާނެބާ؟
މަންޑޭލާ
27 June 2021
ތި ސަކަރާތްޖެހުން ހުއްޓާލަންވެއްޖެއް. މާސްކް ހުރާލާ އެއްމެން ވެކްސިންގ ޖަހައި ނިއްމަބަލަ. ވެކްސިން ނުލިބެނީތަ. އިންޑިޔާ މީހުން ކައިރީ 500000 ވެކްސިން ދިނުމަކީ އެއްވެސް ކަމެއްނޫން.
ދޮހުއްތު ބެ
27 June 2021
ކަލޭމެން އިސްކުރަނީި އަމމިއްލަ ޤައުމު ގެ ސަލާމަތްތަ؟ ނޫނީި އަމިއްލަަ ޖީބުތަ؟
ކޮވިޑް
27 June 2021
ކަލޭމެން މުޒާހަރާކޮށް ކުރިފާހަރު ވެސް ހުޅުވާލީމަ އެތައް ބަޔަކު ކޮވިޑަށް ޕޮޒިޓިވް ވެ އެތައް ބަޔަކު މަރުވެއްޖެ، އެކަމަށް ޒިންމާވާނަންތަ؟
އަލްޖިބްރާ
27 June 2021
ތިޔަގޮތަށް މީގެ ކުރިންވެސް ކޮވިޑަކީ ސަރުކާރުން ނެރެގެން އުޅޭ ކަމެކޭ ގޮވަމުން މުޅިމާލޭގައި މުޒާހަރާ ކުރަމުން ދުވި ! އެންމެފަހުން މުޒާހަރާގެ ބޮޑުމީހާ އަށް ކޮވިޑް ޖެހުނީމާ މިހާރު ހިލަމެއްވެސް ނުވޭ ! ކޮންރެސްޓޯރެންޓްގެ ވެރިންނެއް ؟ ކަލޭމެންގެ ޖީބަށް އެކަނި ފައިސާވަނީމަ ނިމުނީތަ ؟ މިއުޅެނީ ވަޒީފާގަޑުވެސް ސަލާމަތް ނުކުރެވިގެން ! އެކަމުވެސް ހޭބަލިވެގެން ރެސްޓޯރަންޓް ނުހިންގިގެން ހަޅޭއްލަވާ ! ތިހުރިހާ ތަނެއްވެސް ހުޅުވޭނީ އެންމެން ސަލާމަތް ވެގެން !
އިޙްސާސް
27 June 2021
ފަރުޟު ފަސްނަމާދު ޖަމާއަތުގައި ކުރުމަށް މިސްކިތްތައް ހުޅުވާނުލާ ހުޅުވަންޖެހޭ ކެފޭ، ރެސްޓޯރަންޓު އަދި ސައި ހޮޓާ ތަކެއް ނުހުންނާނެ.. މާލޭގައި ކޮވިޑު އެންމެ ގަދަޔަށް ފަތުރާ ތަންތަނަކީ ތިޔަ ސައި ހޮޓާ ރެސްޓޯރަންޓު ފަދަ ތަންތަން. މިސްކިތެއް ނޫންކަން ވަރަށް ސާފު.
ހާސަރު
27 June 2021
ލުއިދޭން އުޅޭކަން އެގިގެން މި މުޒާހިރާ ކުރަންއުޅެނީ އޭރުން ބުނާނެ މުޒާހިރާ ކުރީމައޭ ލުއި ދިނީ!
ތެދު
27 June 2021
މިއީ ހަމަ ކުރަންޖެހޭކަމެއް. ބަލި އެތެރެވަނީ ބޭރުން. އެކަމަކު ބޯޑަރ އޮތީ ހުޅުވާފަ. ކަސްޓަމް އޮތީ ހުޅުވާފަ. ޕޯޓްތަށް ހުޅުވާފަ. މީރާ ހުޅުވާފަ. އިންޑިޔާ މީހުންނަށް އާދެވޭ. ޢެކަމަކު އަހަރެ.މެންގެ ކުދިވިޔަފާރި ބަންދުކޮށްފަ. އިންސާފުވެރިދޯ.
ފޫހި
27 June 2021
ކުރީފަހަރުވެސް ކޮވިޑް ފެތުރުނީ ރެސްޓޯރެންޓް ތަކަކުންނެއްނޫން. ކޮވިޑް އެތެރެވަނީ ރާއްޖޭންބޭރުން. އޭރު މިތަނަކީ އިންޑިޔާގެ ކަރަންޓީން ފެސިލިޓީއަކަށް ހަދާފަ އޮތްތަނެއް. ދެން ބޮޑު އިންތިހާބެއްބޭއްވީ. ޢަތޮޅުތެރެއަށް ކޮވިޑް ފެތުރީ މި ދެންނެވި ދެގޮތުން. މިސްކިތްތަކާއި ރެސްޓޯރެންޓް ތަކަކުންނޫން. ދެން ވެސް ރާއްޖޭގަ ފެތުރޭނީ ސިޔާސީ ހަރަކާތްތަކުންނާ އިންޑިޔާގެ މީހުންގެ ފަރާތުން. މިހަގީގަތް ސަރުކާރުން ސިއްރުކުރަނީ. އޭގެ ހެއްކެއް އިންޑިޔާ ވޭރިއަންޓް އުޅޭކަން ބުނެލަންވެސް ނުކެރި ސިއްރުކޮށްގެންއުޅުންފުދޭ. ހައްލަކީ ބަދަލުހޯދަން ކޯޓަށްދިއުން.
މުހައްމައިދީދީ
27 June 2021
ކޮވިޑު ކަންތަކަށް ރަނގަޅު ފިޔަވަޅު ނޭޅެނީސް ހުޅުވާ ރެސްޓޯރެންޓު ތައް ބޯއިކޮޓު ކުރަން ގޮވާލަން. އެއީ އެހެންބަޔަކަށް ބެލުމެއްނެތި އަމިއްލަ ޖީބާމެދު ވިސްނާމީހުން.