ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ އެމްޑީޕީ މެމްބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް މީގެ ކުރިން "މިހާރު" އަށް އިންޓަވިއުއެއް ދެވަނީ. އޭނާ މިއަދު ވިދާޅުވީ ތިލަފުށީގައި ބިދޭސީން ހަތިޔާރު ގެންގުޅެފާނެ ކަމަށް. ފޮޓޯ: ނިޝާން އަލީ/ މިހާރު
30 ޖޫން 2021 - 11:43
ޓެރަރިޒަމްގެ އަމަލުތައް ރާއްޖޭގައި ހިންގަން ބާރުއަޅާ ބިދޭސީން ގިނަވަމުންދާ ކަމަށާއި ތިލަފުށީގައި ބިދޭސީން ދަނީ ނޭދެވޭ ހުރިހާ ކަމެއް ކުރަމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އާޒިމް ވިދާޅުވީ ތިލަފުއްޓަކީ ބިދޭސީންގެ ބޮޑު ހާއްޔެއް ކަމަށާއި އެތަނުގައި ގިނައިން އުޅެނީ ވެސް ގަވައިދާ ހިލާފަށް އުޅޭ މީހުން ކަމަށެވެ. ތަންފީޒީ އިދާރާތަކުން ތިލަފުށީގެ ހާލަތު ނުބަލަނީ ކީއްވެކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެތަނުގައި ހަތިޔާރު ގެންގުޅުމަކީ ގާތްކަމެއް. އެތަނުގައި ބޮން ގޮއްވުމުގެ ކަންކަން ރާވައި، އެ ދަސްކޮށްދީ އެކަންކަން ކުރުމަކީ ވެސް ގާތްކަމެއް،" ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް ބަދަލުގެންނަން ހުށަހެޅި ބިލުގެ ބަހުސްގަައި އާޒިމް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވިގޮތުގައި މުޅި ތިލަފުށި ސާފުކޮށްް އެތަން ރަނގަޅަށް ބަލަހައްޓަންޖެހޭ ކަމަށާއި އެތަނުގައި އުޅޭ ބިދޭސީން ރާއްޖޭގެ ސަލާާމަތީ ބާރުތަކާ ކުރިމަތިލުން ވަރަށް ގާތް ކަމަށެވެ. އޭރުން އެކަން ވާނީ ޓެރަރިޒަމްގެ އަމަލަކަށް ކަަމަށާއި އެކަމާ މެދު ދުރާލައި ފިޔަވަޅުތައް އަޅަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިއަށް ވެސް އެޅެން ހުރި ފިޔަވަޅުތަކެއް މިކަންކަން ތަންފީޒުކުރަން ތިބި ފަރާތްތަކުން އަޅާނެ ކަމަށް އަޅުގަނޑު ވަރަށް ބޮޑަށް އުއްމީދުކުރަން،" އާޒިމް ވިދާޅުވި އެވެ.
މަޖިލީހުގައި މިއަދު ފުރަަތަމަ ބަހުސްކުރީ ޓެރަރިޒަމްގެ ގާނޫނަށް ބަދަލު ގެންނަން ސަރުކާރުގެ ފަރާތުން ކުރެންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުލް ޣަނީ އަބްދުލް ހަކީމް ހުށަހެޅުއްވި ބިލަށެވެ.
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް ބަދަލު ގެންނަ އެއް ބޭނުމަކީ ސަރުކާރުން ކުރިން ބުނެފައިވާ ގޮތުގައި ޓެރަރިޒަަމްގެ ކުށްތައް ތަހުގީގުކުރުމުގައި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް މިހާރު ހުރި ބައެއް ގޮންޖެހުންތަކަށް ހައްލު ހޯދައި ދިނުމެވެ. އަނެއް ބޭނުމަކީ ހަނގުރާމަތައް ހިނގާ ސަަރަހައްދުތަކަށް ދިއުމަށް ފަހު އެނބުރި އަންނަ މީހުންނާ މެދު އަމަލުކުރާނެ ގާނޫނީ އިޖުރާއަތްތަކެއް ކަނޑައެޅުމެވެ.
ޓެރަރިޒަމްގެ ކުށްތައް ތަހުގީގުކުރަން ފަސޭހައަކަށް ގެންނަ މައިގަނޑު އެއް ބަދަލަކީ ޓެރަރިޒަަމްގެ ބޮޑެތި ކުށްތަކުގެ ތުހުމަތަށް ހައްޔަރުކުރާ މީހުން ކޯޓަކަށް ހާޒިރުނުކޮށް 48 ގަޑިއިރަށް ބަންދުގައި ބެހެއްޓުމުގެ ބާރު ފުލުހުންނަށް ދިނުމެވެ. މިހާރު އޮންނަ ގޮތުން ކޮންމެ ތުހުމަތެއްގައި ހައްޔަރުކުރި ނަމަވެސް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރު ނުކޮށް އެންމެ ގިނައިރު ބަންދުގައި ބެހެއްޓޭނީ 24 ގަޑިއިރު އެވެ.
ކޯޓަށް ހާޒިރުނުކޮށް 48 ގަޑިއިރު ބެހެއްޓޭ ގޮތް ހެދުމުގެ އިތުރުން ތުހުމަތުމާ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުމާއި ބަންދާ މެދު ގޮތެއް ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތްތައް އިތުރަށް ތަފްސީލުކުރުމަކީ ވެސް އޭޖީ އޮފީހުން ބުނި ގޮތުގައި އަލަށް ހުށަހަޅާ ބިލުން ކުރާނެ ކަމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
30 June 2021
ދިވެހިންގެއަތުން ޤައުމު ބީވެގެންދިްުމުގެކުރިން ދުނިޔޭގައިހިގާފައިވާ މިފަދަކަންކަމުގެ ތެރޭގައިހިމެނޭ އަހަރުމެން ދިވެހިންނަށް ވަރަށްމަޝްހޫރުވެގެންދިޔަ މަޔަންމާގެ ރަކީންސްޓޭޓްގެ ރޯހިންގޔާ އާބާދީގެ ޙަޤީގީއުފެދުންއައިގޮތް ބަޔަކުވެއްޖެނޫންތޯ ރާއްޖޭގެ ޤާނޫނުހަދާ މަޖިލިސްމެންބަރުންނަށާއި އިމިޤްރޭޝަން، ފުލުހުންނާއި ޑިފެންސްފޯސް އަދި ކައުންޓަރ ޓެރަރިޒަމް އާއި ޤައުމީސަލާމަތާއިބެހޭ މަޖިލިސްފަދަ ކަމާއިގުޅުންހުރި ދައުލަތުގެ ބާރުތަކުގެވެރިންނަށް ކިޔާދޭން.
އޮނަރަބްލް އަފީފު ދީދީ
30 June 2021
މަޖިލީހުގެ ރައީސް އަވަހާރަކޮށްލަން ޓެރަރިސްޓް ހަމަލަ ދިންއިރު އިންޓަރލިޖަންސް މައުލޫމާތު ސިފައިންނާއި ފުލުހުންނަށް ހޯދުމަށް ނުކުޅެދިފައިވާކަން އިގޭއިރު National Intelligence and Security Authority ފަދަ މުއައްސަސާއެއް އުފައިދައި މަޖިލީހާއި ޑިފެންސް، ޕޮލިސް، ކަސްޓަމްސް، އިމިޤްރޭޝަން، ސެންޓްރަލް ބޭންކް ފަދަ މިފަދަ މައުލޫމާތު ކޮންމެހެންބޭނުންވާ ފަރާތްތަކަށް އެފަރާތުން ބޭނުންވާ މައުލޫމާތުއެއްކޮށް ހަމާކޮށްދޭނެ މިނިވަންފަރާތެއް އުފައްދަވާން ވީ ނޫންތޯ؟
އޮނަރަބްލް އަފީފު ދީދީ
30 June 2021
އިލީގަލް ބިދޭސިންގެސަބަބުން ފަތުރުވެރިކަމުގެވިޔަފާރިއަށް ގެއްލުމެއްނުލިބެނީސް އީޔޫގެ ޤައުމުތަކާއި، ސްވިޓްޒަލެންޑް، އެމަރިކާ، ކެނަޑާ، ޗައިނާ، ޖެޕާން، ސިންގަޕޯރ، ކޮރެއާ، ސައުދީ، ޤަޓަރ، ކުވެއިތު، ޔޫއޭއީ، ސައުތުއެފްރިކާ، އޮސްޓްރޭލިއާ، ނިއުޒީލަންޑް، ރަޝިޔާ، އަދި އިންޑިޔާ އާއި ސްރީލަންކާގެ އޯލްޑިނެރީ ޕާސްޕޯޓް ހޮލްޑަރުންނަށް މެނުވީ އެޑްވާންސް ވީސާނެތި ރާއްޖެނާދެވޭގޮތަށްހަދާ އެހެން ހުރިހާ ޤައުމުތަކުގެ ރައްޔަތުން ވީސާނަގާންޖެހޭގޮތަށް ޤަވާއިދު ބަދަލުކުރޭ.
ބޫމަރު
30 June 2021
އެކަމަކު މި މީހުންނަށް އިންޑިޔާ ސިފައިން ހަތިޔާރާއެކު ރާއްޖޭގެ އެކި ހިސާބުތަކުގައި ތިބެން އޯކޭ. މިހާރު އެއުޅެނީ އެމީހުންނަށް އަައްޑޫގައި ޑިޕްލޮމެޓިކް އިމިއުނިޓީ ލިބޭނެ ގޮތް ހަދަން ކޮންސިއުލޭޓެއް ނުހުޅުވިގެން.
އޮނަރަބްލް އަފީފު ދީދީ
30 June 2021
ކޮންސިއުލާރ އޮފީހަކަށްވުރެން ޕެރިސް އަދި ޖެނީވާ ކޮންވަންޝަނާއި ރިޒޮލިއުޝަން ތަކުން ބާރުލިބިގެންވަނީ ޤައުމުތަކުގެ އެމްބަސީތަކަށާއި ހައިކޮމިޝަން ތަކަށް. # އިންޑިޔާގެ ކޮންސިއުލޭޓް އޮފީހެއް އައްޑޫގައި ޤާއިމް ކުރާން އުޅޭ ސަބަބު ދިއްލީ ސަރުކާރުން އޮތީ މާލޭސަރުކާރަށް ހާމަކޮށްދީފައި. އަދި ތިޔަބުނާ ކޮންސިއުލާރ އޮފީސް ހުޅުވާންއުޅޭތީ މިސިޓީގައި "ދިރިއުޅޭ ރައްޔިތުން" ކަންބޮޑުވެގެނެއް ނޫޅޭ. ކ.އަތޮޅު މާލޭގައި އިންޑިޔާ އެމްބަސީ ހުރުމުން މިނިވަންކަން ގެއްލޭތޯ؟!
ކޯޅުން ބެލާނަށް
30 June 2021
ތަންފީޒީ އިދާރާތަކުން ތިލަފުށީގެ ހާލަތު ނުބަލަނީ ކީއްވެކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ޙާލުނުބަލައިގެން ބައިވަރު މިނިސްޓަރުން ވަކިކުރަން ތިބިބައެއްނު ޢާޒުމުމެންނަކީ. ކޮބާ ގެންގޮސްގެން ތަޅުވާ ތަޅުވާ ހަންބާލަބަލާ.
ކޮރޯނާ
30 June 2021
ދަބަހުގައި އުފުލި ދިޔާއެއްޗެތީގެ ވާހަކަ ދައްކާ!
ސައިތަށި
30 June 2021
މަޖިލީހުގަ ތިބި މީހުންގެ ނުރައްކާ މިގައުމަށް މާބޮޑު
ނަސްރު121
30 June 2021
ރައްޔިތުންގެ ލާރިކޮޅުކެއީމާވެސް ވާ ގެއްލުން ކުޑައެއްނޫން މި މީހުން ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތީތޯ ؟
ސައިތަށި
30 June 2021
މަޖިލީހުގަ ތިބި މީހުންގެ ނުރައްކާ މިގައުމަށް މާބޮޑު
އެމްސް
30 June 2021
މާލޭގަނއުޅޭ ގިނަ ގޭންގތަކަށް ފަންޑުކުރަނީވެސް މިހާރު ބަންގލަދޭޝް މީހުން!