07 ޖުލައި 2021 - 21:02
އުމުރުން 13 އަހަރުގެ ކުއްޖަކު މަރާލި މައްސަލައިގައި ހައްޔަރުކޮށްފައިވާ 17 އަހަރުގެ ކުއްޖާގެ ބަންދަން ޖުވަނައިލް ކޯޓުން އިތުރު 13 ދުވަސް މިއަދު ދީފި އެވެ.
ކުޑަކުއްޖަކު ރަހީނުކޮށް މަރާލި މައްސަލައިގައި ހައްޔަރުކުރި 17 އަހަރުގެ ކުއްޖާގެ ބަންދަށް 15 ދުވަސް ޖަހާފައިވަނީ މިދިޔަ މަހު 22 ގަ އެވެ. ކުއްޖާގެ ބަންދަށް 13 ދުވަސް އިތުރު ކޮށްފައިވަނީ، އެ ކުއްޖާގެ ބަންދުގެ މުއްދަތު ހަމަވުމުން، ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުން ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައިގައި 27 އަހަރުގެ މީހަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އެ މީހާ ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.
މަރާލާފައި އޮއްވާ ކުއްޖާގެ ހަށިގަނޑު ފެނިފައި ވަނީ ހުޅުމާލޭގެ ދެ ވަނަ ފޭހުގެ މޫދުންނެވެ. އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ އިރު ކުއްޖާގެ ހަށިގަނޑު ވަނީ ޕޯސްޓްމޯޓަލް ހެދުމަށް ހޯމަ ދުވަހު އިންޑިއާ އަށް ފޮނުވައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙިނި
08 July 2021
އަހަރުދުވަސް ވާއިރައް ކިރިޔާ ދައުވާކުރެވޭ ވަރުވާނީ
1828
07 July 2021
މުހިންމީ މަތިމައްޗަށް މުއްދަތު ޖެހުމެއްނޫން. ނަމަވެސް ތުހުމަތު ކުރެވޭ ފަރާތްތަކަށް ޤާނޫނުން ލިބިދޭ ހުރިހާ ހައްޤެއް ކަށަވަރު ކުރުމާއެކު އަވަހަށް ތަހުޤީޤް ނިންމާ ދައުވާ އުފުއްލުން.