އިންޑިއާގެ އެހީގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަށް ގަނެފައިވާ ދެ ވެހިކަލް. އިންޑިއާގެ އެހީގައި ހޯދި ތިން ވެހިކަލެއް މިއަދު ރަސްމީކޮށް ހަވާލުކުރި. ފޮޓޯ: މޯލްޑިވްްސް ކަރެކްޝަނަލް ސާވިސް.
14 ޖުލައި 2021 - 16:39
އިންޑިއާ ސަރުކާރުގެ އެހީގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަށް ހޯދާފައިވާ ވެހިކަލްތަކެއް އެ އިދާރާއާ މިއަދު ރަސްމީކޮށް ހަވާލުކޮށްފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ، ޖަލުތައް ބަލަހައްޓާ އިދާރާ އަށް ބޭނުންވާ އުޅަނދުފަހަރު ހޯދަން އިންޑިއާ އިން އަށް މިލިޔަން ރުފިޔާގެ އެހީއެއް ހަމަޖައްސާފައިވާ ކަމަށާއި އެ ފައިސާ އިން މިހާތަނަށް ތިން ވޭނާއި ކާރެެއް ގަނެފައިވާ ކަަމަށެވެ.
އިންޑިއާ އިން ކަރެކްޝަނަލް ސާވިސް އަށް ދިން ފައިސާ އިން ސްޕީޑް ބޯޓެއް ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ. ވެހިކަލްތައް ހޯދަން އިންޑިއާ އިން އެހީވީ ކަރެކްޝަަނަލް ސާވިސްގެ މަސަައްކަތްތައް ފުރިހަމަ ގޮތުގައި ކުރުމާއި ދަތުރުކުރުމުގައި ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް ކަަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެ އެވެ.
Virtual Ceremony held today to handover vehicles acquired under India Grant Assistance Scheme to
— Maldives Correctional Service (@CorrectionsMv) July 14, 2021
Maldives Correctional Service. The ceremony was joined by Minister of Foreign Affairs Hon. Abdulla Shahid, High Commissioner of India H.E. Sunjay Sudhir & CP Ahmed Mohamed Fulhu. pic.twitter.com/YeeJjII0D7
އިންޑިއާގެ އެހީގެ ފައިސާ އިން ހޯދާނީ އެންމެ ސްޕީޑް ބޯޓު ކަމަށް ފޮރިން މިނިސްޓްރީން ބުންޏަސް އިންޑިއާ ހަ އިކޮމިޝަނުން ބުނީ ދެ ސްޕީޑް ބޯޓު ހަދިޔާ ކުރާނެ ކަމަށެވެެ.
ކަރެކްޝަނަލް ސާވިސް އަށް އެއްގަމާއި ކަނޑުއުޅަނދު ގަތުމަށް ހަރަދުކުރީ ރާއްޖޭގެ އިޖުތިމާއީ އަދި އިގުތިސާދީ ތަރައްގީ އަށް އެހީވާން އިންޑިއާ އިން ކަނޑައަޅާފައިވާ 200 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ދަށުން ކަމަށް ވެސް ހައި ކޮމިޝަނުން މިއަދު ބުންޏެވެ.
އިންޑިއާގެ ހިލޭ އެހީ އިން ރާއްޖޭގައި ކުދި އަދި މެދުފަންތީގެ 30 މަޝްރޫއު މިހާރު ވެސް ހިންގަމުން އަންނަ ކަމަށާއި އެ އެހީގެ ބޭނުމަކީ އިޖުތިމާއީ ގޮތުންނާއި އިގްތިސާދީ ގޮތުން ރާއްޖެ ކުރިއެރުވުން ކަމަށް ވެސް އިންޑިއާ ހައި ކޮމިޝަނުން މިއަދު ނެރުނު ބަޔާނުގައި ބުންޏެވެ.
ވެހިކަލްތައް ކަރެކްޝަނަލް ސާވިސްއާ ހަވާލުކުރުމަށް ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރި އަބްދުﷲ ޝާހިދާއި ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު ސަންޖޭ ސުދީރާއި ކަމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ބައިވެރިވެވަޑައިގަތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިސްނާލާ22
15 July 2021
ހާދަ ސަޅި ވެހިކަލް ތަކެކޭ! އެކަމަކު ޓެކްސް އެވަރަށް ސަރުކާރުން މީހުން އަތުން ނަގާ އިރު ވެސް މިކަހަލަ ވެހިކަލެއް ވެސް ނުގަނެވޭވަރު ސަރުކާރު ތަކެއް މި ރާއްޖޭގަ މި އޮންނަނީ! ވ ރީތި ތި ވެހިކަލް ތައް!
ޜައްޔެތު
15 July 2021
ޖަޕާނުން ދިން 20 ޓްރަކް އޮތްގޮތައް އެއާޕޯޓްގަ އެބަހުރި. ދަބަރަށްވަނީ މިހާރު
އަރުތަ
16 July 2021
އެކީއްކުރަން ދިން އެއްޗެއްބާ!
އަތްޖަހާ
14 July 2021
މީގެ އެއއޗެއް ގަނެވޭހާ ވަރު ނެތިއްޔާ އިސްތިއުފާ ދީ
މިވަރެއްނެތް
14 July 2021
މާލޭގެ ކަންކަންމަތީގައި އުޅޭ ގޭންގުކުދިންވެސް ގެންގުޅެނީ ޕަޖޭރޯ، ރޭންޖްރޯވަރ ފަދަ ކާރުތައް. އެކުދިންކާރި ބުނެލިނަމަވެސް ތިއުޅަނދުތައް ހިލޭ ގެނެސްދީފާނެދޯ؟ އަޅޭހަމަ ތިވަރުގެ ކަމެއްވެސް ދިވެހި ސަރުކާރަށް ނުކުރެވެނީބާ؟ ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކުގެ އިސްވެރިން ފަސްޓްކްލާހުން ކުރާ ދަތުރުތައް ބިޒްނަސްކްލާހަށް ބަދަލުކޮށްލިއަސް 3 މަސްދުވަސްތެރޭގައި ތިހުރިހާ އުޅަނދެއް ގަނެވޭވަރަށް ސޭވްކުރެވޭނެ. މަމެންގެ ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތްދޯ!
ރާއްޖެ
14 July 2021
ބަޖެޓުން ވެހިކަލެއް ގަނެލެވޭނެހާ ފެންވަރު ނެތިއްޔާ މިއީ ކީއްކުރަން ނަގާހާ ޓެކްސް ތަކެއް؟
ދެނީ
14 July 2021
ސިޔާސީންތަކަށް މުސާރަދޭން. މަގާމުތައް އެހާ ގިނައޭ.
ބޮޑުމީހާ
14 July 2021
ނާށިގަނޑު ހިފައިގެން ސަލާންޖެހުން...ލިބޭ ހުރިހާ ލާރިއެއް މިވެރިންގެ ޖީބަށް!
ކަކުނިބޯ
14 July 2021
ޢެދުއްވަން އިންޑިޔާސިފައިން ބައިތިއްބާންވާނީީ އަދި މަރާމާތުކުރަން އިންޖިނޭރުންނަށްވެސް އިންޑިޔާސިފައިން ބަހައްޓާ އަދި ތިޔަވެހިކަލް އޮޕަރޭޓިންޔުނިޓް އިންޑިޔަން ހައިކޮމިޝަނުން މެނޭޖްކުރަންވާނީ
ދެނޯ
14 July 2021
އެތަކެތި ފޮހެން އެކަނި ދިވެހިން ތިބެންވާނީ.
މަލިކުލްއަމުރު
14 July 2021
ބަގުކޮށްފައި ހުރެއްޖިއްޔާ އިނގޭނެތޯ?
އެމެރިކާ
14 July 2021
ހަމަމިހާރުން މިހާރައް ސަރުކާރު އިސްތިއުފާދީ
އަރުތަ
14 July 2021
ޤައުމުތަކުން ރާއްޖެއަށް ހިލޭ އެހީވާކަމަށްޓަކާ އުފާކުރަން. ދެން ބަދަލު............
ހަސަނު
14 July 2021
ޝުކްރިޔާ އިންޑިޔާ
އެއްފަހަރު
14 July 2021
އަނބުރާ މިކޮޅުން ދެނީ މާ އަގުބޮޑު ތަކެތި.