ޚަބަރު / ކްއީން އެލިޒަބަތު

ސަފާތުގެ މަސައްކަތަށް އިނގިރޭސި ރާނީގެ ތައުރީފު

ކްއީންސް ކޮމަންވެލްތު ޓްރަސްޓުން ދިން އެހީގައި ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމުގައި އިނގިރޭސި ރާނީ އަދި ސަފާތު ބައިވެރިވަނީ.-

ކޮވިޑު-19 ގެ ލޮކްޑައުންގެ ސަބަބުން ޖިސްމާނީ އަދި ނަފްސާނީ ގޮތުން އަސަރު ކުރި އަންހެނުންނަށް އެހީވުމަށް، ކުއީންސް ޔަންގް ލީޑާސް އެވޯޑް ލިބުނު ރާއްޖޭގެ ސަފާތު އަހުމަދު ކުރި މަސައްކަތްތަކަށް، އިނގިރޭސިވިލާތުގެ ރާނީ ކުއީން އެލިޒަބަތު ތައުރީފުކުރައްވައިފި އެވެ.

ގައުމުތަކުން ފާހަގަކޮށްލެވޭ ޒުވާން ލީޑަރުންނަށް ހާއްސަކޮށްގެން ދެމުން އަންނަ ޔަންގް ލީޑާސް އެވޯޑު ސަފާތަށް ލިބުނީ 2016 ވަނަ އަހަރެވެ. ހަމަ އެ އަހަރު އޭނާ ވަނީ "ވިމަން އެންޑް ޑިމޮކްރަސީ"ގެ ނަމުގައި އަމިއްލަ ޖަމިއްޔާއެއް އުފައްދައި މަސައްކަތް ފަށައިފަ އެވެ.

ރާނީއާ ބައްދަލުކުރުމަށް ކޮމަންވެލްތުގެ ހަތަރު ގައުމެއްގެ ޒުވާނަކަށް ފުރުސަތު ލިބުނެވެ. ރާއްޖެއިން އެ ޝަރަފު ލިބުނީ ސަފާތަށެވެ. އޭނާގެ އިތުރުން އިނގިރޭސިވިލާތް، ކެރީބިއަން އަދި އެފްރިކާގެ ތިން ޒުވާނުން ބައިވެރިވެފައި ވެ އެވެ.

ކްއީންސް ކޮމަންވެލްތު ޓްރަސްޓުގެ އެހީގައި ވިމަން އެންޑް ޑިމޮކްރަސީން ކުރިއަށްގެންދާ ޕްރޮޖެކްޓް.

ވެބެކްސް މެދުވެރިކޮށް މިދިޔަ ހޯމަ ދުވަހު ބޭއްވި ބައްދަލުވުމުގައި ވަނީ 2018 ވަނަ އަހަރު އުފެއްދި ކްއީންސް ކޮމަންވެލްތު ޓްރަސްޓުން ދިން އެހީގައި ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފަ އެވެ.

އެގޮތުން، އެ ބައްދަލުވުމުގައި ސަފާތު ބުނީ، އޭނާގެ ޖަމިއްޔާއަށް ލިބުނު އެހީގައި އެކި އަނިޔާ ތަހައްމަލުކުރަމުން ދިޔަ 130 އަށްވުރެ ގިނަ އަންހެނުންގެ ރައްކާތެރިކަމާއި އެހީތެރިކަން ފޯރުކޮށް ދީފައިވާ ކަމަށެވެ.

އެ ޖަމިއްޔާއަށް މިވީ ހަ އަހަރުގެ ތެރޭގައި ކާމިޔާބު ހޯދިފައިވާ ކަމަށާއި ނަމަވެސް އެ މަސައްކަތްތައް ނިމެން އަދި ކައިރި ވެސް ނުވާ ކަމަށް ސަފާތު ބުންޏެވެ. ކޮންމެ ހާލަތެއްގައި ވެސް އަންހެނުންނާއި އަންހެން ކުދިން ރައްކާތެރިކުރާނެ ކަމަށާއި އަދި ހުނަރު ކުރިއަރުވައި ހުރިހާ ދިމާލެއްގައި ވެސް ފުރުސަތުތައް ފަހިކޮށް ދޭނެ ކަމަށް ބުންޏެވެ.

އެ ވާހަކައާ ގުޅިގެން ރާނީ ވިދާޅުވީ އެއީ ޝައުގުވެރިވި ވާހަކައެއް ކަމަށާއި އެކަން މިހާރު ވެސް ކާމިޔާބު ކަމަށެވެ. އަދި އެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެކަމަނާ އެދިވަޑައިގަތެވެ.

12 ކޮމެންޓް, 32 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 38%
icon wow icon wow 13%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެލިޒަބަތު

19 July 2021

ސަފާތު އަ މެމްބާ އޮފް ދަ ބްރިޓިޝް އެމްޕަޔަރ

The name is already taken The name is available. Register?

އަލީރާޖާ

19 July 2021

ދިވެއްސަކަށް ކާމިޔާބެއް ލިބި އެމީހާ ކުރާ މަސައްކަތް ބަޔަކު ފާހަގަ ކުރިޔަސް އެކަމާ އުފާވެ ހިތްވަރުދޭ ދިވެހިންނަށްވުރެ ގިނަވާނީ ތިމާއަށް އެކަމުން މަންފާއެއް ނުކުރީތީ ޝަކުވާކޮށް ރުޅިއައިސް ހަސަދަވެރިވާ މީހުން. މިތާ ހުރި ކޮމެންޓުތައް ކިޔާލިޔަސް އެކަން އިގޭނެ. މިއަށްވުރެ އަމިއްލައެދުން ބޮޑު ބަޔަކު ދުނިޔޭގައި މަދުވާނެ.

The name is already taken The name is available. Register?

އެމްސް

20 July 2021

ކުރާކަމަކުން ނުވަތަ ޙާސިލުވާ މަޤާމު ފާހަގަވަނީ ވަކި ބަޔަކަށް ލިބުމުން! ފެށުނީއްސުރެ މިޤައުމަކީ ނަސްލީ އިމްތިޔާޒުގެ ހާއްޔެއް!

The name is already taken The name is available. Register?

ޑުރެކިއުލާ

18 July 2021

ދުނިޔޭގެ އެތައް ގައުމެއް އަޅުވެތިކޮށްގެން މުއްސަނދިވެގެންތިބެ މިބަލިމަޑުކަމުގަވެސް ރަށުގަ ވެކްސިން ހަދައިގެން ޖަހަމުންދާއިރު ވެކްސިން ޑޯޒެއްހާހިސާބު ދިއްކޮލަން ނުކެރުނު ބައެއް ތިޔާ، ކޮންމެހެން ތިޔަ ރާނީއެއްގެ ޕުރޮމޯޝަނަށް ދޮޅަހަކަށް ޕައުންޑުދީގެން ތާޑުވޯލްޑު ގައުމުތަކަށް ތިހެން ހިންގާ ޕުރޮޕެގެންޑާތަކުގަ ދިވެހިން ބައިވެރިކޮށްގެން ތިކަހަލަ ގޭސް އަނބުރާނެކަމެއްނެތް.

The name is already taken The name is available. Register?

ރާނިޔާ

18 July 2021

އެލިޒަބަތުމެންގެ ލަދު ކޮބާ؟ ގަރުނެއް ވަންދެން މުޅި ދުނިޔެ ހިސާރު ކޮށް އެފްރިކާގެ ނިކަމެތި ގައުމުތައް އަޅުވެތިކޮށް، އަންހެނުންނާއި ކުޑަކުދިންގެ ހައްގުތައް ނިގުޅައިގަނެ ތިބެ އެވޯޑް އެބަ ދޭ. ކިތައް ގައުމުތަކުގެ މުއްސަނދި ކަންތޯ ފޭރުނީ؟ މިމީހުންގެ ފަރާތުން އެވޯޑެއް ލިބުނީމާ އަހަރެމެން ކޮން ކަމަކާތޯ އުފާކުރަންވީ؟

The name is already taken The name is available. Register?

ޝަރީފާ

18 July 2021

މިއީ އަނގައިން ހިފަހައްޓާ އެއްވެސް ކަމެއް ނުވާ މީހެއް. މިރާއްޖޭގައި ކޮވިޑްބަލިމަޑުކަމުގައި އަމިއްލަ މީހުންވެސް އެމީހަކަށް ވެދެވުނު އެހީއެއް ވި. ތިޖަމްއިއްޔާއިން ތިކިޔާ އެހީއެއްވެދިންކަން ދެނެތިބިބަޔަކީ ކޮބައިބާއޭ ހީވޭ. މިނަށްވުރެން އަނގަގަދަ ނަންމަޝްހޫރު މީހުންނަކީ މާކަންކަން ކުރެވޭ ބައެއް ނޫން.

The name is already taken The name is available. Register?

ކޮތަރު

18 July 2021

ވަަރަށް ބޮޑަށް މަރުހަބާ ރާއްޖެއަށް ތިފަދަ ރީތި ނަމެއްހޯދައިދިނީތީ.

The name is already taken The name is available. Register?

އިއްލެޓާ

18 July 2021

އެކަމަކު އެމްޑީޕީ ޕްރައިމަރީގައި ލިބުނީ އެންމެ 17 ވޯޓުދޯ - އެންޑީޕީން އަންހެނުންގެ ކުރިއެރުމަށް މަސައްކަތެއްނުކުރޭ- ރާއްޖޭގެ އަނެހުން ކުރިއަރުވަން އޫލުނު ލީޑަރަކީ ހަމަ މައުމޫން، އަނީސާއްތަ މެން އަދިވެސް އެއުޅެނީ

The name is already taken The name is available. Register?

ފަންގި

18 July 2021

ރާނީގެ ކޮއެލިތެރޭގަ ނަސްލީތަފާތު ކުރުން ބާއްވާފަ އެހެންމީހުންނަށް ކޯންޗެއް ކިޔާދެން މިއުޅެނީ. މާމަދަރިން ވެސް އެއުޅެނީ އެކީގަ ނޫޅެވިގެން! ގައުމުތަކުގެ ހުރިހާ ވެލްތެއް ލޫޓުވުމަށްފަހުވކޮން ކޮމަން ވެލްތެއް ކިޔާކަށް!

The name is already taken The name is available. Register?

މޮހޮރު

18 July 2021

ކޮމަންވެލްތުން މިއަހަރުވެސް ކުރުވާހަކަ މުބަރާތެއްގަ ބައިވެރިވާން ރާއްޖެއަށް ފުރުސަތުދިން. އެފަދަ ބޮޑެތި އެހީތެރިކަން ލިބޭއިރު ތިކަހަލަ ވަހަކަ ދައްކާކަށްނުވާނެއެއްނު.

The name is already taken The name is available. Register?

އެމްސް

20 July 2021

ތިޔަ އިމްތިޔާޒުގެ އެންމެ ކުރީސަފުގަ އޮތީ ރާއްޖެ! މިތަނުގަ ވަޒީފާވެސް އަދި މަޝްހޫރުކަންވެސް އޮތީ، އަޑުގަދަ މީހާއަށް، ޙަޔާތްކުޑަ މީހާއަށް، ސިޔާސީ މީހާއަށް، ޓިކްޓޮކް ކުޅޭ މީހާއަށް!

The name is already taken The name is available. Register?

ބޒރ

18 July 2021

އެމީހުން ރަނީ ދަމަހައްޓައިފައި އެހެން މީހުންނަށް ޑިމޮކުރަސީ ކިޔަވައިދެނީ .

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454