ހުކުރު މިސްކިތުގައި އަންހެނަކު އަޅުކަމެއް ކުރަނިކޮށް އާންމުވެފައިވާ ވީޑިއޯގެ ސްކްރީންްޝޮޓެއް--
22 ޖުލައި 2021 - 12:56
މާލޭގެ ހުކުރު މިސްކިތަށް އަރައި ބިދޭސީ އަންހެނަކު އެ މިސްކިތުގެ ހުރުމަތް ކެނޑޭ ގޮތަށް އަޅުކަމެއް ކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެ އެވެ.
އަންހެން މީހާ، "މެޑިޓޭޝަން" ގައި އިންނައިރު، އޭނާގެ ކުރިމަތީގައި އެއްޗެއް އޮތް މަންޒަރު ވެސް އެ ވީޑިއޯ އިންް ފެނެ އެވެ. ޔޯގާ ކަސްރަތު ކުރާއިރުގަ އާއި ދީނުގެ އަޅުކަމުގައި ވެސް އެގޮތަށް ބައެއް މީހުން ތިބެ އެވެ.
ހުކުރު މިސްކިތުގެ ތެރޭގައި އެ އަންހެންމީހާ އެހެން ދީނެއްގެ އަޅުކަން ކުރާ މަންޒަރު ފެންނަ ވީޑިއޯ އަށް ބަލައިލާއިރު، އެ ގަޑީގައި އެ މިސްކިތުގައި ބަޔަކު ނެތްކަން އެނގެ އެވެ.
މި މައްސަލައާ ގުޅޭ ގޮތުން ސުވާލު ކުރުމުން ފުލުހުން މިއަދު ބުނީ، އެކަމުގެ ރިޕޯޓު ލިބިގެން ފުލުހުން މިސްކިތަށް ދިޔަ ކަމަށާއި އެކަމަކު އޭރު އެފަދަ އެއްވެސް ކަމެއް ހުކުރު މިސްކިތުން ފެންނަން ނެތް ކަމަށެވެ.
އެ އަންހެންމީހާ މިސްކިތުގެ ހުރުމަތް ކަނޑައިލި ވީޑިއޯ އާންމުވެ ގިނަ ބަޔަކު ފާޑުކިޔަމުންދާއިރު، މިކަމުގައި އަދި އިސްލާމިކް މިނިސްޓްރީގެ ބަހެއް ނުލިބެ އެވެ.
މިސްކިތަށް އަރައި އަޅުކަމެއް ކުރަން އިނީ ކޮން ގައުމެއްގެ، ކޮން ދީނެއްގެ މީހެއް ކަމެއް ސާފެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަގޭމިތުރާ ހަނދައް ދާން ހިނގާ!
24 July 2021
ދިވެހިން: “އެހެން އެއްވެސް ބަޔަކައް ރަގަޅަކައް މި ދީނެއް ނެނގޭ!” ހަމަ ދިވެހިން: އަރަބި ބަހުން “އޭ ފޮރ އެޕަލް” “ރާ، ރުއް” %99 ދިވެހިންނައް ނޭނގޭ! އެކަމު އެހެން ހުރިހާއެންމެނައްވުރެ މޮޅައް ދަނެ، ދީން ކިޔައިދޭން ޖެހޭ! ދިވެހިން ނައް ދިމާވެފައިވާ ޑިސޯސިއޭޓެޑް މަލްޓިޕަލް ޕަރސަނާލިޓީ ޑިސްއޯޑަރ އައް ބޭސް ހޯދާފަ ޝިފާ ލިބޭތޯ މަސައްކަތް ފަށަންވެއްޖެ. އެ ބޭހަކީ ސްކޫލް ތަކުން އުނގެނުން ރަގަޅު ކުރުން!
މަހުރަަމުލް ގަސިއްޔާ
23 July 2021
އެ ގައުގާ ބޭރު ބަޔަކު ނަމާދު ކުރާތަން ފެނުނީމަ، އެ ގައުމުގެ ފަސްގަޑުގެ ހުރުމަތް ކަނޑާލަނީއޭ ކިޔާފަ، ލަންކާ މީހުން ނޫހުގަ ޖަހާ ފިތުނަ އުފައްދައިފިއްޔާމުން، ކީކޭބާ ދިވެހިން ބުނާނީ؟
ހރދޅ
23 July 2021
މިއީ މައްސަލައެއްނޫން. ބަޔަކު މީހުންތަކެއް މިކަންތައް ބޮޑުކޮށްލަން އުޅެނީ.
މަގެދީނާމަގެގައުމު
23 July 2021
އިންޑިއާމީހުންނަކީ ވ ރިޓުއަލްސް ބައެއް. އެމީހުންގިނަވަމުންދާ ކޮންމެތާކު ފައްޅިއަޅަންޖެހޭ.މެލޭ،ސިންގަޕޯރ..ދިވެހިންވެސް ދާގައުމެއްގަ މިސްކިތެއްހުރިއްޔާ އަރާފާނެ. ނެތިއްޔާ ހުރިތަނެއްގަ އަޅުކަންކުރާނީ.ދިވެހިންގޮސް ޕްރެޝަރ ނުކުރާނެ މިސްކިތެއްނެތް ގައުމެއްގަ އެ އަޅާކަށް.މުސްލިމުންނޭ އިސްލާމްދީނާ ގައުމު ހިމާޔަތްކުރޭ. ދިވެހިން އިސްލާމްދީން ކަމުނުދަންޏާ އޯކޭއޭ ވަޒަންވެރިކަންދޫކޮއްދާށޭ ނާންނަގޮތަށް އަބަދަށް.އިންޝާ ﷲ ދީނީމިނިވަންކަން ނުލިބޭނެމިތާ..
ގަސްކުޑޭ
23 July 2021
އެހެން ދީނަކަސްވިޔަސް އަޅުކަންކުރާ މީހުން އިސްލާމްވާލެއް އަވަސްވާނެ. އަހަރެމެން ބަލަންވީ އިސްލާމްދީން ދަސްކޮށްދީގެން އިތުރު މީހަކު އިސްލާމްދީނަށް ވެއްދޭތޯބެލުން.
ސަރުދާރުު
23 July 2021
"މަޑުކަށި" ފިކުރުގެ މީހަކު މިކަމަކީ ވަރަށް ނޯމަލް ކަމެއް ކަމުގައި ދިވެހިންނަށް ވިސްނަދޭން މަސައްކަތް ކޮއްފަހުރި ކަމަށް ފާހަގަވޭ ކޮމެންޓު ތަކުން. މީ އެމީހުންގެ އެޖެންޑާ ފަތުރާގޮތަކީ އާންމުކޮން.
ސުންބުލި
23 July 2021
"މަޑުކަށި" ކިޔަނީ ހަރުކަށި ފިކުރުގެ ގޮތްދޫނުކުރާ މީހުން. އެމީހުނަށް ރަގަޅަށް އިސްލާމްދީނެއްވެސް ނޭގޭނެ. އިމީހުނަށް ދަސްކޮށްދީފައިވަނީ ދީނަކީ ހަރުކަށު ދީނައްގެ ގޮތުގަ. އެމީހުންގެ ނަޒަރުގަ އިސްލާމްދީނަށް ނޫޅޭ ކޮންމެ މީހަކީ ލޭހުށްދަ ބައެއް.
ޙުރުމަތް
23 July 2021
ޓިވީޑިއޯ އަކުން މަށަކަފް ނުފެނޭ ހުރިމަތް ކެޑި ތަނެއް. ޢެ ވެދާނެ ތާ މީހަކު މިސްކިތައް. ޢިހ ހް ތިރަަމް އަދާ ކުރީ ކަމަށް ވެސް. ޢެމީހަކަށް އެގޭ ގޮތައް.
ގަހޭ
23 July 2021
އޭނަޔަކީ އަޅުކަންކުރާހިތްވާ މީހެއް. އޭނަޔަށް ދަސްކޮށްދޭންވީ އިސްލާމްދީން. އޭރުން ވަރަށް ވަރުގަދަ އަޅުވެރިޔަކަށްވާނެ. އެކަމަކު އޭނަޔަށް ދީން ދަސްކޮށްދޭން އިޔާޒާ ހަވާލްނުކުރާތި.
ހުސޭނުބޭ
23 July 2021
އަޅެ ތިޔަ ފޮޓޯނެގި މީހަކު ދަތުރުވެރިޔާއަށް ނުބައި މައުލޫމާތެއް ދީގެން އޭނާ ތިޔަތަނަށް ވެއްދީ ހެނެއް ހިޔެއް ނުވޭތަ؟
ޒަރުދާރީ
22 July 2021
އެމީހާގެ މަގުސަދަކީ މިސްކިތުގެ ޕީސްފުލްކަން ފެނުނީމާ މެޑިޓޭޓުކޮށްލުން ކަމަށް ވެދާނެ. ޓުވަރިސްޓުން އުނަގަނޑުގަ ފޮތިގަނޑެއް ބަނދެގެން މިސްކިތައް ވަދެ ދިމަދިމާއަށް ކަރުދިއްކޮށްގެން އެތަން މިތަން ބަލަން އުޅުމުން ހުރުމަތް ކެނޑޭކަމަށް ނުވާއިރު މިއީ ބަޔަކު ހަލަބޮލިކުރަންވީ ކަމެއް ނޫން.. ނަބަވީ މިސްކިތައް ކުޑަކަމު ދިޔަ މީހާއާ މެދު އަމަލުކުރެއްވި ފަދަ ހިކުމަތްތެރި ގޮތަކަށް އަމަލުކުރާާ ނަމަ މިފަދަ މީހުންނަށް ހިދާޔަތް ލިބުމުގެ ސަބަބަކަށް ވެސް އެކަން ވެދާނެ.
ކިޔުންތެރިއެއް
22 July 2021
ޙިމާރުލްޤައުމުގެ ކޮމެންޓައް އަޅުގަޑުވަރައްތާއީދު ކުރަމެވެ. ބިދޭސިއެއްގެފަރާތުން ކުޑަކުޑަކަމެއްދިމާވިއަސް ތަނެއްދޮރެއްނުބަލާ ނޫސްތަކުގަ އޭތިމީތިގޮވާބަވާނެ! އެއަޑައް ރައްޔިތުންނައްވާނެދައްޗަކައްނުބަލާ ގަވާޢިދުތައްހަދައިގަންނާނެ އެހަދާއިރުވެސްހަދާނީ ދިވެހިިމީހަޔައްދަތިވެ އެމީހާފުޑުފުޑުވާކަހަލަ ޤަވާއިދެއް ހަމަޓަސްލާފަ އިޢުލާނުކޮއްފާނެ ފަހާމީހުންނާ, ބޯކޮށާމީހުންނާ ގޭގާމަސައްކަތްކުރާމީހުންނުގެނެވޭނެކަމައް, އެކަމަކު މިނިސްޓަރު އިސްތަށިފުޅުކޮއްޓަވަންއިށީދެވަޑައިގަންނަވާނީ ބަންގާޅީއަކުބޯކޮސާގޮޑއެއްގަ!ތުރުކުރައްވާނީއިމްޕޯޓުކުރިިހެދުންކޮޅު,ވީމާއެކަހަލައަމުރުތައްނެރޭއިރަކުމާބޮޑަކައްނުވިސްނަވާނެ!!
ރާއްޖެ
22 July 2021
ގައުމު އޮތީ އޮޓޯ މޯޑްގަ. މިއީ ބިދޭސީންނަށް ފްރީ ގައުމެއް.
މިރާއްޖެ
23 July 2021
ގައުމު އޮންނަންޖެހޭނީވެސް އޮޓޯ ގައުމެއްގެގޮތުގަ. ކޮންމެދީނެއްގެ މީހަކަށްވެސް މިގައުމުގަ އުޅެވެންޖެހޭނެ. އިސްލާމް ދީނަކު ނޯވެ އެހެންދީންތަކުގެ މީހުނަށް މަރުހަބާ ނުކިޔާކަށް. ދީން ދަސްކުރަންޖެހޭ.