ސަލްމާން.
24 ޖުލައި 2021 - 07:55
މިދިޔަ އަހަރު ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭ "ފްރެޝް" ގެ ނަމުގައި އަމިއްލަ ބްރޭންޑެއް ތައާރަފުކޮށް، އޭގެ ދަށުން ސެނިޓައިޒާ ބާޒާރަށް ނެރުނު ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ސެންޓް ވެސް ނެރެފި އެވެ.
"ފްރެޝް" ގެ ދަށުން ނެރުނު މިނީ ސެންޓް ކަލެކްޝަނުގައި ހިމެނެނީ ހަތަރު ވަހެކެވެ. އެއީ ހަތަރު ހާލަތަކަށް ހާއްސަ ހަތަރު ވަހެކެވެ. އޭގެ ތެރޭގައި ހިމެނެނީ "ޕާޓީ". "ޑޭޓް"، "ރޫލް" އަދި "ވޯކްއައުޓް" އެވެ.
ސަލްމާން ބުނި ގޮތުގައި "ފްރެޝް" ސެންޓަކީ ދުވަހުގެ ހުރިހާ ވަގުތެއްގައި ވެސް ގައިން މީރު ވަސް ދުއްވަން ވަރަށް ވެސް ރަނގަޅު ހިތްގައިމު އުފެއްދުމަކަށް ވާނެ އެވެ. މި ސެންޓް ޕްްރޮމޯޓްކުރަން އޭނާ އިޝްތިހާރުތަކެއް ވެސް ހަދައި އެ އެއްޗެހި ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފައިވެ އެވެ. "ފްރެޝް" ސެންޓް frshworld.com ވެބްސައިޓުން ގަންނަން ލިބޭނެ އެވެ.
ސަލްމާނަކީ އޭނާގެ ފައުންޑޭޝަން "ބީންހިއުމަން" ގެ ދަށުން ވެސް އެތައް އުދެއްދުމެއް ނެރެފައިވާ އެކްޓަރެކެވެ. އޭގެ ތެރޭގައި ހެދުމާއި ބައިސްކަލާއި ކަސްރަތުކުރަން ބޭނުންކުރާ ސާމާނު ފަދަ ތަކެތި ހިމެނެ އެވެ.
ސަލްމާން، 55، އަކީ ބޮލީވުޑްގެ އެކްޓަރުންގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެކެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy