ސައިކަލް ޓެކްސީގެ ހިދުމަތް ދެނީ: އެ ހިދުމަތް ދިނުމުގެ ގަވާއިދު އޮތްގޮތުން ބައެއް ކުންފުނިތަކުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައި.
27 ނޮވެމްބަރ 2016 - 14:23
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް ދިނުމަށް އެކުލަވާލި ގަވާއިދުގެ ދަށުން އެކަން ކުރެވެން ނެތް ކަމަށް، ކުރިން ލައިސަންސް ދީފައިވާ ކުންފުނިތަކުން ބުނެފައި ވަނިކޮށް މި ޚިދުމަތް ދޭނެ ބަޔަކު ހޯދަން ޓްރާންސްޕޯޓް އޮތޯރިޓީން އަނެއްކާވެސް އިއުލާންކޮށްފި އެވެ.
ސައިކަލް ޓެކްސީގެ ޚިދުމަތް ދިނުމުގެ ހުއްދަ ދެ ކުންފުންޏަކަށް ކުރިން ދިނެވެ. ނަމަވެސް އެ ކުންފުނިތަކުން ބުނެފައި ވަނީ ސައިކަލް ޓެކްސީގެ ގަވާއިދު އޮތްގޮތުން އެ ޚިދުމަތް ނުދެވޭނެ ކަމަށެވެ. އެ ކުންފުނިތަކުން ބުނަނީ ސައިކަލް ޓެކްސީގެ ޚިދުމަތް ބޭނުންކުރާ މީހުންގެ ރައްކާތެރިކަން އެ ގަވާއިދުގެ ދަށުން ކުންފުނިތަކުން ކަށަވަރު ކުރަން ޖެހޭއިރު އެކަން ކުރެވޭނެ ގޮތެއް ނެތް ކަމަށެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން ނެރުނު އިއުލާނެއްގައި ވަނީ ޓެކްސީ ކުރުމުގެ ގަވާއިދާ އެއްގޮތަށް އެ ޚިދުމަތް މާލޭގައި ދޭން އެދޭ ފަރާތްތަކަށް އެ ހުއްދަ ދޭން ނިންމާފައިވާ ކަމަށެވެ. އެކަމަށް އެދި ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށް އެ އިއުލާނުގައިވެ އެވެ.
އިކޮނޮމިކް މިނިސްޓްރީން ކުރިން ބުނެފައިވަނީ ސައިކަލް ޓެކްސީގެ ގަވާއިދު ގެޒެޓް ކުރާތާ ދެ ހަފުތާ ތެރޭގައި އެ ޚިދުމަތް ފަށާނެ ކަމަށެވެ. އެކަމަކު މިދިޔަ މަހު އެ ގަވާއިދު ގެޒެޓް ކުރިތާ މަހެއްހާ ދުވަސްވީއިރު އަދިވެސް އެ ޚިދުމަތް ނުފެށެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަތްދަ
27 November 2016
ޢަހުންނަށް ފެންނަނީ ޓްރާންސްޕޯޓް އޮތޯރިޓީ އުވާލައިފައި ޕަބްލިކް ޓްރާންސްޕޯޓް ކުންފުންޔެއް ހަދަން އެއިރުން ކިދުމަތުގެ ފެންވަރު ރަނގަޅުވެ މީހުން ބަލައި ގަންނަ ތަނަކަށް ތި އިދާރާ ވާނެ. މިހާރުވެސް ތިޔަތާގައި 8ކައުންޓަރ ހުންނަ އިރު ޚިދުމަތް ދެނީ 2 ކައުންޓަރ އިން ރަނގަޅަށް. ކައޔންޓަރ ސްޓާފުންނަށް ކަސްޓަމަރ ކެއަރ ކިޔަވައި ދިނުން މާ އައުލާކަން ބޮޑު. ސަލާމް
މިޒާލު
27 November 2016
ތީ އަޅުވާ އަނދުނެއް. ތިކަމެއް ނުވާނެ. މާލޭ މަގުމަތީ އަދިވެސް ދުވާނީ ބޮޑެތި ބޭފުޅުންގެ ކާރުތައް ޓެކްސީގެ ގޮތުގައި ގަވައިދާ ހިލާފުވާން ކެރޭ ޑުރައިވަރުން ލައިގެން...... ލޮލް.
ވޯލް
27 November 2016
ސިންގަޕޫރަށް ވާންއުޅޭއިރު ސައިކަލް ޓެކްސީ ލޮލް.
އުދުހޭ
27 November 2016
ސަރުކާރުގެ އެކި ފަންތީގަ ނާގާބިލް ސިޔާސީ މީހުންތަށް ތިބީމަ ވާނީ މިހެން. މަގުމައްޗަށް ކުޅުޖެހުމާ މިފަދަ ނާތަހުޒީބު އަމަލުތަކުގެ ބަޔަކު ގަވާއިދު ހެދީމަ ޒަމާނަކަށް ނުފެތޭނެ. މެލޭޝިޔާ އިންޑަނޭޝިޔާ ޔޫރަޕް އެމެރިކާ ފަދަ ތަންތާގެސް ޓެކްސީގެ ޚިދުމަތްތެނީ ސްމާޓްފޯން އެޕް ބޭނުންކޮށްގެން. ޔޫރަޕްގަ އެންމެ ގިނަމީހުން ބޭނުންކުރާ އެޕަކީ އޫބަރ. މެލޭޝިޔާ އަދި އިންޑަނޭޝިޔާގަ އެންމެ ހިނގަނީ ގްރޭބް. ރާއްޖެއިން ކުރިމަތިލި ކުންފުނިތަކުންވެސް ބޭނުންވީ މިގޮތަށް އެޕުން ޚިދުމަތްދޭން އެކަމަކު ގަވާއިދު ހަދަންތިބޭ މީހުންގެ ވިސްނުން އަދި މިހިސާބަކަށް ނުފޯރާ.
ކަތްދަ
27 November 2016
ޠިޔާ ޓްރާންސްޕޯޓް އިން ރަނގަޅަށް ޚިދުމަތއް ނުދެވޭ ބަޔަކަށް ތިޔަކަން ވެއްޖެއްޔާ ކިޔައްމެހާވްސް ރަނގަޅު. ލަދުން ބޯހަލާކު
ާޢަބްދުﷲނާފިޒް
27 November 2016
ލިޓިލް ސިންގަޕޫރަށް ވާން އުޅޭ އިންތިޤާލީ މަރުހަލާގަ ތިހެންވާނެ.