ދިރުވާލައިގެން އެތެެރެކުރި މަސްތުވާއެއްޗެހިތަކެއް: ދިރުވާލައިގެން ޑްރަގް އެތެރެކުރި މީހަކު ޖަލަށްލާން ވަނީ ހުކުމްކޮށްފައި --ފޮޓޯ/ކަސްޓަމްސް
28 ނޮވެމްބަރ 2016 - 09:41
ދިރުވާލައިގެން ބައި ކިލޯއެއްހާ މަސްތުވާތަކެތި ރާއްޖެ އެތެރެކުރި މީހަކު އުމުރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
ސ. ފޭދޫ އާގޭ އަހުމަދު ވަހީދުގެ މައްޗަށް އެ ހުކުމް އައީ ފެބްރުއަރީ 2013 ގައި އޭނާ އިންޑިއާ އިން ރާއްޖެ އައިއިރު ދިރުވާލައިގެން 99 ބުލެޓް މަސްތުވާތަކެތި އެތެރެކުރި މައްސަލައިގަ އެވެ. ބަރުދަނުގައި 413 ގްރާމް ހުރި މަސްތުވާތަކެތި އޭނާ އެތެރެކުރީ އިތުރު ބަޔަކާ ގުޅިގެން ކަމަށް އޭރު ފުލުހުން ބުނެފައިވެ އެވެ. އެކަމަކު ދެން ތިބި މީހުންގެ މައްޗަށް އެ މައްސަލާގައި ދައުވާ ކުރިކަން ސާފެއް ނުވެ އެވެ.
ކޯޓުގެ ހުކުމުގައި ވަނީ މަސްތުވާތަކެތި ވަހީދު އެތެރެ ކުރިކަން ސާބިތުވާތީ އޭނާ އުމުރަށް ޖަލަށްލުމާ އެކު 100،000ރ. އިން ޖޫރިމަނާ ކުރާ ކަމަށެވެ. އަދި ޖޫރިމަނާ ފައިސާ އެއް މަސް ތެރޭގައި ދައްކަން ހުކުމުގައި ވަނީ އަންގައިފަ އެވެ.
މަސްތުވާތަކެތި ރާއްޖެ އެތެރެ ކުރުމަކީ 100،000ރ. އިން ފެށިގެން 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދުން ޖޫރިމަނާ ކުރެވޭ ކުށެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ެއެއެނެ
28 November 2016
އެހެންވީމަ 100،000 ރުފިޔާ މިކުރީ ދެވެން އޮތް އެންމެކުޑަ އަދަބުދޭންވެގެންދޯ