ޚަބަރު / ދައުލަތުގެ އާމްދަނީ

ބޭނުން ނުކޮށް ހުރި ރެވެނިިއު ސްޓޭމްޕަށް ފައިސާ ދޭން ނިންމައިފި

މީރާ: ބޭނުން ނުކޮށް ހުރި ރެވެނިއު ސްޓޭމްޕަށް ފައިސާ ދޭން މީރާއިން ވަނީ ނިންމާފައި --- ފޮޓޯ/މިހާރު

ރެވެނިއު ސްޓޭމްޕް ޖެހުން ހުއްޓާލާފައިވާތީ، ބޭނުން ނުކޮށް ހުރި ރެވެނިއު ސްޓޭމްޕްތަކަށް ފައިސާ ދޭން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ނިންމައިފި އެވެ.

ރަސްމީ ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕް ޖެހުން 50 އަހަރަށް ފަހު ހުއްޓައިލީ ރެވެނިއު ސްޓޭމްޕް ޖެހުމުގެ ގާނޫނު މިދިޔަ މަހު އުވައިލުމުންނެވެ.

މީރާ އިން ބުނީ ރެވެނިއު ސްޓޭމްޕްގެ ގާނޫނު އުވައިލިއިރު، ބޭނުން ނުކޮށް ހުރި ސްޓޭމްޕްތަކަށް ފައިސާ ބޭނުންވާ ފަރާތްތަކުން އަންނަ ނޮވެމްބަރު 15 ވަނަ ދުވަހުގެ ކުރިން އެ ކަމަށް އެދި އެ އިދާރާ އަށް ހުށަހެޅޭނެ ކަމަށެވެ.

ރެވެނިއު ސްޓޭމްޕް ޖެހުމުގެ ގާނޫނު އުވައިލީ ރެވެނިއު ސްޓޭމްޕުން މާ ބޮޑު އާމްދަނީއެއް ނުލިބޭތީ އެވެ.

މީގެ އިތުރުން އާންމުންގެ ގިނަ ފާޑުކިޔުންތަކެއް ވެސް އެކަމަށް އަމާޒު ވެފައިވެ އެވެ.

2 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 67%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ތިޔަ ސްޓޭމްތައް

20 August 2021

ފޯނަކަށްވެސް، އީމެއިލް އަކަށްވެސް، ފޯމަކަށްވެސް ޖަވާބު ނުދެވޭ މިނިސްޓްރީ ތަކުގައި ތިބޭ މުއައްޒަފުންނަކީވެސް ތިޔަ ސްޓޭމްތައް ކަހަލަ ބައެއް.މިސާލަކަށް މަގާމުތަކުގަ އެއްބަޔަކު ގިނައަހަރުތަކަކަށް ތިބޭތީ ނުފޫޒުންނޫނީ އެއްކަމެއްވެސް ނުވާނެ މިނިސްޓްރީއެއް މިނިސްޓްރީ އޮފް އެޑިއުކޭޝަނައީ.

The name is already taken The name is available. Register?

ޖިޒި

20 August 2021

މިނިސްޓްރީތައް އެކަންޔެއް ނޫން. ހެޑުއޮފީސްވެސް އެ ހާލުގައި

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454