ރާއްޖެއަށް އައި މީހެއްގެ އަތުން ކަސްޓަމްސް އިން އަތުލައިގަތް މަސްތުވާތަކެތި --- ފޮޓޯ: ކަސްޓަމްސް
22 އޯގަސްޓް 2021 - 15:56
ސޯޅަ ކިލޯގެ ކޮކެއިން އާ އެކު ބްރެޒިލްގެ އަންހެނަކު ބުދަ ދުވަހު ވެލާނާ އެއާޕޯޓުން އަތުލައިގެންފި އެވެ. މިއީ، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު ބްރެޒިލްގެ އަންހެނަކު މި މަހުގެ ތެރޭގައި އަތުލައިގަތް ދެވަނަ ފަހަރެވެ.
ކަސްޓަމްސް އިން ބުނީ، ބުދަ ދުވަހު ރާއްޖެ އަދި 29 އަހަރުގެ ބްރެޒިލް އަންހެނެއްގެ އަތުން މަސްތުވާތަކެތި ފެނިގެން އޭނާ ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެ މީހާގެ އަމަލުތައް ހުރި ގޮތުން ޝައްކު ކުރެވިގެން އޭނާގެ ލަގެޖް ބަލައި ފާސްކުރިއިރު، ލަގެޖުގެ ތެރެއިން ޑްރަގްސް ފެނުނު ކަމަށް ކަސްޓަމުން ބުނެ އެވެ.
ކަސްޓަމްސް ބުނީ އެ ތަކެތި ޓެސްޓު ކުރުމުން ކޮކެއިން އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެ މީހާގެ އަތުން ޖުމުލަ 16.72 ކިލޯގެ ކޮކެއިން އަތުލައިގެންފައިވާ ކަމަށާއި، އެ ތަކެތީގެ މަގުމަތީ އަގު 83 މިލިއަން ރުފިޔާ އަށް އަރާ ކަމަށް ވެސް ކަސްޓަމްސް އިން ބުނެ އެވެ.
މި މައްސަލަ ކަސްޓަމުން މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ.
އެ އަންހެން މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އޭނާ ކްރިމިނަލް ކޯޓަށް ގެންދިއުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް ފަސް ދުވަސް ދީފަ އެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމައި ނެރުނު ކޯޓު އަމުރުގައި، އޭނާ ހައްޔަރު ކޮށްފައި ވަނީ ގާނޫނީ އިޖުރާއަތުގެ މަތިންކަން ފާހަގަ ކޮށްފައިވެ އެވެ.
ބްރެޒިލުން އައި އަންހެނަކު ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު މި މަހު 13ގައި ވެސް ކަސްޓަމްސް އިން ވަނީ އަތުލައިގެންފަ އެވެ. އޭނާގެ އަތުން 15 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ފެނިފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަންނު
23 August 2021
ތިބުނާ ބޮރެޒީލް މީހާއަށް ކޮންޓްރެކްޓް ދީފަވާނީ ކަސްޓަމާ ހިސާބަށް ގެނައުމަށް. އޭނަގެ ޓާސްކް އޭނަ ފުރިހަމަ ކޮށްފި. ދުވަސްކޮޅަކުން އަމިއްލަ ގަވުމަށް އޭނަ ދެވޭނެކަމުގެ ޔަގީންކަން އެބޮތް. ސުވާލަކީ މި އަތުލަައިގަތް ތަކެއްޗަށް ދެންވާނީ ކިހިނެއްބާއޭ..
ކޯކުކާކޯލާ
23 August 2021
މިގޮތަށް ރާއްޖޭގައި ކުށްކުރާ މީހުންނަށް ހުކުމްކޮށް އަދަބު ތަންފީޒު ކުރޭތަ؟ 3-2 ހަފުތާ ބަންދުގައި ބަހައްޓާފައި އަމިއްލަ ޤައުމަށް ޑިޕޯޓުކޮށްލީމައި މިދަފަ ބޮޑެތި ކުށްކުރަށް މާބޮޑަކަށް ޖެހިލުމެއް ނުވާނެދޯ.
ޔޫޝާއު
23 August 2021
ޑާކްވެބް ޑެލިވަރީސް..
ގަލަން
22 August 2021
ސިންގަޕޫރަށް ވާހިތުން އަހަރުމެން ވަރަށްއުޅޭ އަޑު ބައެއްފަހަރު އިވޭނެ. ހިނގާބަލަ މިކަމުގައި ސިންގަޕޫރަށްވާން. ޑްރަގް އެތެރެކުރާމީހާ ޑްރަގް ވިއްކާމީހާ ޑްރަގް އިސްތިއުމާލުކުރާމީހާ މެރުމުން ދެން މިވަބާއިން މިގައުމުގެ ޒުވާން ޖީލު ސަލާމަތްވާނެކަން ކަށަވަރު. އިންސާނީ ހައްގޭ ކިޔަކިޔާ ތިއްބާ މިގައުމުގެ މުޅި ޒުވާންޖީލު އެއްކޮށް މިއޮށްގެން ހަލާކުވެނެތިގޮސް ނިމެނީ. ދެންވެސް ހަމަ ބަލަން ތިބެންވީބާ؟
ސިމްޕަލް
22 August 2021
ކުރިން އަހަރުމެން ނޫހުން ކިޔަނީ ބްރެޒިލްގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިން ރާއްޖޭގެ ރީތި ރަށްތަކަށް ޗުއްޓީ ހޭދަކުރަން އަންނަ ޚަބަރުތައް. ހަފްތާއެއް ތެރޭ އެތައް މިލިއަން ރުފިޔާއެއްގެ އަގުހުރި މަސްތުވާތަކެތި ހިފައިގެން ބްރެޒިލްގެ ދެމީހަކު ރާއްޖެއެތެރެވާން މަސައްކަތް ކުރިކަމީ، ވަރަށް ކަންބޮޑުވާން ޖެހޭ ކަމެއް.
ޒަމާން
23 August 2021
މިޢި އެޒަމާނެއްނޫނޭ. މިޢި ޢަންނިގެ ޑިމޮކްރޮސީގެނައިފަހުން އައިސްގެންއުޅޭ ހަމަހޭގައި ނުތިބެވޭ ޒަމާން. މިހާރު ބޭނުންއެއްޗެއް ބޮވޭނެ، ބޭނުންއިރަކު . އެތެރެކުރެވޭނެ ބޭނުންއިރަކި، މަގިމަތީގައި ހަޅޭއްފަޅޭއް ޖެހޭނެ ބޭނުންއިރކު މަޖަލިސް ތެރޭގައި ހަޅޭއްފަޅޭއްޖެހޭނު ހުލިވަނެދެން. މިއީ އިގިރޭސީންގެ ފްރީ ސްޕީޗޯ. ހެހެހހެހެ.
ފާލަންދަށު ފުރޭތަ
22 August 2021
ފުލުހުންނަށް ޑްރަގް އަތުލައިގަނެވޭ ހަމައެކަނި ގޮތަކީ އެ އެތެރެކުރާ މީހާގެ އަމަލުތައް ހުންނަގޮތުން ކަމަށް ވަންޏާ ތި ދެން ވަރަށް ބޮޑު މައްސަލައެއް. ތަންކޮޅެއް ހަމަޖެހިލައިގެން ހުންނަ މީހަކަށް އެތައް ސަތޭކަ މިލިއަން ރުފިޔާގެ ޑްރަގްވެސް އެތެރެ ކުރެވިދާނެ ތިވާގޮތުން. އަނެއްކާ މިކަން މި ހިނގާގޮތުން ބޮޑަށް ވައްތަރީ 'އަތުލައިގަތުމުގެ' ނަމުގައި ރާއްޖެއަށް ފަސޭހައިން ޑްރަގް އެތެރެކުރަން ދޮރެއް ހުޅުވީ ކަމަށް.
1828
22 August 2021
ކަސްޓަމްސް އިން އެބުނާ ޑްރަގްސް އެއް އަތުލައިގަތީ. ހަމަ ހުރެފައި މީހަކު ޑްރަގްސް ހިފައިގެން ރާއްޖެއެއް ނާންނާނެ. ޔަޤީންނަށްވެސް މުއާމަލާތްތަކެއް މިޤައުމުގައި ތިބި ބަޔަކާ ހިންގާނެ. ފުލުހުންނަށް އެ މުއާމަލާތް އަޑު އެހުމުގެ ޤާބިލްކަން ހުންނާނެ. އަޑުވެސް އަހާ. އެކަމަކު އަޑު އަހަނީ ލޮއީފް މީހުންގެ ކޯލްތަށް.
އަބުލް ޚަައިރު
22 August 2021
މިހާރު ކޯކަށް ރާއްޖޭގަ ވ.ބޮޑު ޑިމާންޑެއް އޮތްކަމަށް ޕާޓީކުރާކުދިންގެ ތުންތުންމަތިން އަޑުއިވޭ
ޑއިޓީ
23 August 2021
ކޯކަކީ އަހަރެން ކުޑައިރުވެސް ބޯއެއްޗެއް، ފެންޓާ އަދި ޗެރީފެންޓާވެސް ހުންނާނެ މޭޒުމަތީ ހުންނާނެ އަތުރާލާފަ
މުލޭ
22 August 2021
މިއަތުލައިގަނެވެނީ ހަމައެކަނި ޢަމަލުޔައް ހުންނަގޮތުން ޝައްކުވާ މީހާ އެކަނި. ވަންނަ ޑްރަގްސްގެ މަދުު ޕަސެންޓޭޖެއް. ނުވިތާކަށް އަތުލައިގަނެވޭ މީހާވެސް އަދަބެއް ނުލިބި ދޫވެގެން ދާތަން ފެންނާނީ. ދެން ކިހިނެއް މިކަން ހުއްޓުވޭނީ. އެތެެރެކުރާ މީހުންނަށް މަރުގެ އަދަބު ދީގެން ނޫންގޮތަކަށް މިކަމަށް ހައްލެއް ލިބޭނެކަމަކަށް ނުފެނޭ.
1828
22 August 2021
ކިތައްމެ ވަރަކަށް މަސްތުވާތަކެއްޗާއެކު ހައްޔަރުކުރިޔަސް މަސްތުވާތަކެއްޗަށް އޮތް ޑިމާންޑް ކުޑަ ނުކުރެވޭހާ ހިނދަކު އެތެރެކުރާނެ އަދި އެތެރެކުރަން މަސައްކަތް ކުރާނެ. މިހާރު އެބަހީވޭ ފުލުހުން ކުރަނީ ބޭކާރު މަސައްކަތެކޭވެސް. ފުލުހުން މަސައްކަތެއް ނުކުރޭ މަސްރުވާތަކެއްޗަށް އޮތް ޑިމާންޑް ކުޑަކުރާކަށް.
ކޮރަލް
22 August 2021
މިނިވަން ކަމާ އެކު ފަސޭހައިން އަދަބެއް ނުލިބި އެކަން ކުރެވޭތީ އެކަން ކުރަނީ އެވެ. ތިޔަ ކަމުގެ އަޑީގަ ހުރި މީހުން ޖަހަލަށް ނުލާ ތިޔަކަން ނުހުއްޓު ވޭނެ އެވެ. ބޮޑުންގެ ބޮޑު ނެޓް ވޯކް އެކެވެ.