ކުރީގެ ރައީސް ނަޝީދު ގަތުލުކުރާނެ ކަމުގެ އިންޒާރު ދިން މީހާ.
23 އޯގަސްޓް 2021 - 14:24
އަބޫޖަހުލަށް ހަދާލި ގޮތް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ހަދާނެ ކަމަށް ބުނެ ފޭސްބުކްގައި އިންޒާރު ދިން މީހާ ރ. މީދޫން ދެންމެ ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ، އުމުރުން 40 އަހަރުގެ އެ މީހާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
މީދޫ ކައުންސިލުން ބުނީ އޭނާ އަކީ އެ ރަށުގެ މީހަކާ އިނދެގެން އުޅޭ މާލޭގެ މީހެއް ކަމަށާއި ހައްޔަރުކުރީ އޭނާގެ އަންހެނުންގެ ގޭގައި ހުއްޓާ ކަމަށެވެ.
ފޭސްބުކް ޕޯސްޓެއްގައި ކުރި ކޮމެންޓެއްގައި މީގެ ދެ ދުވަހެއް ވަރު ކުރިން އެ މީހާ ބުނެފައި ވަނީ "[ނަޝީދު] ދެން ރާއްޖެ އަތުވެއްޖެ ނަމަ ބަދުރު ދުވަހު އަބޫޖަހުލަށް ހެދިގޮތް ހަދާނަން،" ކަމަށެވެ. އަބޫޖަހުލު ގަތުލުކޮށްލީ ބަދުރު ހަނގުރާމައިގަ އެވެ.
މިދިޔަ މޭ 6 ވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާގައި ނަޝީދު ވަރަށް ބޮޑަށް ޒަހަމްވެ، އެ ޒަހަމްތަކަށް ފަރުވާ ހޯއްދަވަން ވަޑައިގެން ހުންނެވީ އިނގިރޭސި ވިލާތުގަ އެވެ. އެ މަނިކުފާނަށް ދިން ބޮމުގެ ހަމަލާ ވެސް ގުޅިފައި ވަނީ ހަރުކަށި ފިކުރުގެ އަމަލުތަކާ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކާބުލް
24 August 2021
އަބޫ ޖަހުލަކީ ވަރަށް ނުބައި މީހެކެވެ. މީ ކޮން އަބޫ އެއް؟
އާވާރާ
24 August 2021
މިއީ ސްލީޕާ ސެލްއެއްގެ މެމްބަރަކަށް ވެދާނެ ބާ؟
ކަް ކައްޕި
24 August 2021
މިތަނުގަ އުޅެންވީ ރާބޯމީހުން ރާބޯމީހުނާ ލަވަ ކިޔާ ބިރެއްނެތި މަޖާ ކުރާ މީހުންއެ ކަނި އެއީބޭނުންވާގޮގް މިގޮތް އޮ ކޭތަ؟؟؟
އައްސަ 2
24 August 2021
ވަކިބަޔަކު ހައްޔަރު ކުރެވެނީ ކޮބާ އަދުލު އިންސާފު
ށލސް
24 August 2021
ޢަދުން އަޅައްޔާ ހަމަޔަރުކުރަންވީ،
ނަސީމް
24 August 2021
އެކަކުވެސް މިކަން ދީނީ ނަޒަރަކުން ބަލައިގެން ނުވާނެ! އަރަބި ބަހުން އޭނަ ކޮންމެ އެއްޗެކޭ ކިޔަސް. އޭނައަކައް ނޭގޭނެ ވިއްޔަ އެކިޔޭ ނުކިޔޭ އެއްޗެއް. މިއީ އިސްލާމް ދީނުގެ ހަމަޔާއި އުސޫލާ ޙިލާފް ވާހަކަ ދައްކާ ހަރުކަށި ފިކުރެގެ މީހެއް ބަލާބަލަ ޖަހާނުބައި ސިފަ މޫނުމަތިން. މީނަވީ އަފްޤާން އަށް ފޮނުވަން ތޯލިބާނުންގެ ކައިރިއަށް.
ސަލީމު އިދުރީސް
24 August 2021
އަޅުގަނޑު ދަންވާނީ ވައްހާބިޒަމް އައުމުގެ ކުރިން ވަރައް އެކުވެރިކޮން އުޅުންބަކޭ ދިވެންމިއީ އަދި ހަށިގަނޑު ގެ ސާފުތާހިރުކަމައް ވަރައް ސަމާލުކަން ވެސް ދިބަޔެއްމެ!
ށަވިޔަނި
24 August 2021
ވައްހާބީއެއް އެހެންބީއެއް މަށަކަށް ނޭގޭ. ދީނީގޮތުން ދިވެހިން ބައިބައިކުރި މީހުނަށްވުރެ ނުބައި ނުލަފާ ބައެއް މިގައުގެ އިސްލާމީ ތާރީޚުނުދެކޭ. ކޮންމެ ސަރުކާރެއް އޮތަސް މިފިތުނަ މިގައުމުން ފޮހެލަން މަސައްކަތް ކުރަން އެބަޖެހޭ. މުސްލިމު ބައެއްގެ މެދުގައި ފިތުނަ އުފެއްދުމަށްވުރެ ނުބައިކަމެއް ނެތް.
ސަލީމު އިދުރީސް
24 August 2021
ތިހެންވީއާ ވަކި ސަގާފަތެއް ދަސްކުރުމަކީ ސަރުކާރުން ބަލަދުއާރާ ބޭކާރު މުއައްސަސާ އުފައްދާ މުސާރަދޭން ޖެހޭބަޔަކަން ނުހަދާ އެއިރުން މުޖުތަމަޔައް ފައިދާކުރާ ރޮނގުތަކުން ކިއަވަން މީހުން އޫޅެނެ!
ވާނުވާ.
23 August 2021
ރަސޫލާ ޔަށް އެއްޗެހި ކިޔާ މީހުން ކޮބާ؟ ޙައްޔަރު ކޮއްބަލަ އެމީހުން ފުރަތަމަ
ބާނުވާ
24 August 2021
އެވެރިން ގޮސް ބޮންގޮއްވާ މީހުން މަރައެއް ނޫޅޭ.
ނޭނގޭނެ
24 August 2021
ބާނުވާ، ނިއުޒިލޭންޑް މިސްކިތް ހަމަލާ؟ ހެހެ ހަނދާނެއް ނެތް ދޯ
ބާނުވާ
25 August 2021
ނިއުޒީލޭންޑް މިސްކިތައް ހަމަލާދިނީ ދިވެހިންތަ؟؟
ޙިނި
23 August 2021
ޢެސޮރު އެހެރީ ފޮޓޯނަގަން އަންދުންވެސް އަޅައިގެން
މިމީހުން ކީއްވެތަ؟
23 August 2021
މަވެސް ރައީސް ނަޝީދަކަށް ތާޢީދެއް ނުކުރަމެވެ. މި ޖާހިލު ބައިގަނޑު މިއުޅެނީ އިސްލާމްދީން ޙިމާޔަތް ކުރާކަށެއް ނޫނެވެ. އިސްލާމްދީނަށް ހުތުރު އަރުވާށެވެ. އެހެން ނޫންނަމަ ފާރަވެރި ވާނީކީ ހަމައެކަނި ރައީސް ނަޝީދުގެ ބަސްމަގަކަށް ނޫނެވެ. ވައްކަން ކުރިއްޔޭ ކިޔާފައި އަތްކަނޑަން ނޫޅެނީ ކީއްވެގެން ހެއްޔެވެ؟ ގައިމު މިރާއްޖޭގެ ވެރިޔަކު ވައްކަމުގެ ޙުކުމް ތަންފީޒް ކުރައްވަމުން އެބަ ގެންދަވައެވެ.
ރެޓޭ
23 August 2021
ރަނގަޅަށްވިއްޔާ ވާނީ މިބައިގަނޑުގެމީހުންނަށް ދިވެހިން މިހާރުމާބޮޑަށް އަޅާނުލާތީ ހެޑްލައިންއެއް ހޯދާ މަޝްހޫރުވާންވެގެން ކުރިކަމަކަށް.