ޚަބަރު / މަގުމަތީގެ އެކްސިޑެންޓް

ބްރިޖުގައި ދެ އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެ

ސިނަމާލެ ބްރިޖް ހައިވޭގައި ކުރިން އެކްސިޑެންޓެއް ހިނގައި ސައިކަލެއް ވެއްޓިފައި--

ސިނަމާލޭ ބްރިޖުން މާލެ އިން ހުޅުމާލެ އަށް ދާ ލޭނުގައި މިއަދު ހަވީރު ދެ އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ އެއް އެކްސިޑެންޓު ހިނގީ ބްރިޖުގައި ދުއްވާފައި ދިޔަ ސައިކަލެއް ޑިވައިޑަރެއްގައި ޖެހިގެން ކަމަށެވެ. އެ އެކްސިޑެންޓްވުމުން ސައިކަލުގައި އިން މީހާ ގެންދިޔައީ ހުޅުމާލޭ ހޮސްޕިޓަލަށް ކަމަށް ފުލުހުން ބުންޏެވެ.

އެ ހޮސްޕިޓަލުގެ ބަހެއް ނުލިބޭތީ، އެ މީހާ އަށް ލިބުނު އަނިޔާގެ ތަފުސީލެއް ނުލިބެ އެވެ.

ބްރިޖުމަތީގައި ދެވަނަ އެކްސިޑެންޓް ހިނގީ ދެ ކާރެއް ޖެހިގެންނެވެ. އެތަނުން އެއް ކާރުގައި އިން މީހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏަސް ފަރުވާ އަށް އޭނާ ގެންދިޔައީ ކޮން ހޮސްޕިޓަލަކަށް ކަމެއް ސާފެއް ނުވެ އެވެ.

އެ ދެ އެކްސިޑެންޓު ހިނގިއިރު އެ އުޅަނދުތައް ދުއްވަން ތިބީ ލައިސަންސް އޮންނަ ބައެއް ކަމެއް ނުވަތަ ނޫން ކަމެއް ވެސް ފުލުހުން ނުބުނެ އެވެ. އެކަމަކު ފުލުހުން ބުނި ގޮތުގައި މި ދެ އެކްސިޑެންޓު ވެސް އަންނަނީ ތަހުގީގުކުރަމުންނެވެ.

12 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 33%
icon angry icon angry 67%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަސަނު1

28 August 2021

ޔުނިފޯމް އެޅި ފުލުހުންނާއި ސިފައިންނާއި ފުލުހުންގެ އެސްބޯޑު ޖެހި ކާރުތަކާއި އެމްއެންޑީއެފް ވެހިކަލްތައް 70-80 ގައި ދުއްވީމައި ކޮންކަހަލަ މެސެޖެއްތޯ އާންމުންނަށް މިދެވެނީ؟؟؟؟ ޔުނިފޯމް އަޅާލައިގެން އިންނައިރު އެބަޖެހޭ ޑިސިޕްލިން ވާން.. ސަރުކާރުގެ ވެހިލަތައް އެބަޖެހޭ ހަމަމަގަށް އަޅުވަން،.. އެހެން ނޫނީ އާންމުންކައިރީގައި ތިހެން ނުދުއްވާށޭ ބުންޏަސް ގަބޫލުކުރަން ދަތިވާނެ.

The name is already taken The name is available. Register?

ހުސެންްް

28 August 2021

ދުނިޔޭހެ ހުރިހާ ގައުމެއްގަވެސް ހައިވޭ ތަކުގަ ދުއްވަން ޖެހެނީ ބާރައް.. މަޑުން ދުއްވައިފިޔާ ފައިން ކުރާނެ...

The name is already taken The name is available. Register?

ހަސަނު1

28 August 2021

އެކަމަކު މަގު ޑިޒައިން ކޮށްފަިއ ހުރީ 60 އެންމެ ގިނަވެގެންވެސް 60 ކިލޯ މީޓަރުގައި ދުއްވަން.... އެއްވެސް އިރެއްގައި އެއީކީ ހައިވޭއެއްކަމަށް ކަނޑައަޅާފައެއް ނެތް. އަދު ހައިވޭގެ ސިފަތަކެއްވެސް ނެތް. އެހެންނަމަ އެތަނުގެ ސްޕީޑް ލިމިޓަކަށް 90 ކަނޑައަޅާފައި ހުރީސް. އޮޅުވާނުލާ

The name is already taken The name is available. Register?

އަހުމިއްޓޭ

28 August 2021

30ކމ އަށްވުރެ ބާރަށް ދުއްވުން މަނާކުރަންވީ. ސްޕީޑްކެމެރާ ހަރުކުރިވާހަކަ ކުރިން ސީޕީބުނި. އެދުވަސްވަރު މީހުންގެ ސްޕީޑް ތަންކޮޅެއްރަނގަޅު. ނަމަވެސް ދުވަސްކޮޅެއް ފަހުން ސްޕީޑްކެމެރާ އަދި ހަރެއްނުކުރެއޭ ބުނީމަ އަނެއްކާ ހޭބަލިވާންފަށައިފި. ދެން އެހެންނޫނަސް މިއުޅޭ ގޮޅިޖެހި ގްރޫޕް ހުއްޓުވުމުގެ ހިތްވަރެއް ފުލުހުންގެ ނުހުރޭ.

The name is already taken The name is available. Register?

ހުސެންް

28 August 2021

ދުނިޔޭހެ ހުރިހާ ގައުމެއްގަވެސް ހައިވޭ ތަކުގަ ދުއްވަން ޖެހެނީ ބާރައް.. މަޑުން ދުއްވައިފިޔާ ފައިން ކުރާނެ... 100ކމ އައް ވުރެ މަޑުން ދުއްވަން ޔާ ފައިން ކުރާ ގޮތައް ހަދަން ވީ އޭރައް ތިކަހަލަ ނުފަރިތަ މީހުން އެމަކުގަ ނުދުއްވާނެ

The name is already taken The name is available. Register?

އެމްސް

28 August 2021

އެކްސިޑެންޓް ހިނގަނީ ސްޕީޑް ބާރު ވެގެނެއް ނޫން، ޤަވާޢިދުން ނުދުއްވޭތީ! އޯވަރޓޭކް ކުރުމުގަ ތެރޭ، ގޯޅި އެޅުމުގެ ތެރޭ!

The name is already taken The name is available. Register?

ބުރިޖު

28 August 2021

ބައެއް މީހުންނަށް ހީވާކަހަލަ ތިމަންނަމީ ވަރަށް ކުޅަދާނަ މީހެކޭ

The name is already taken The name is available. Register?

ޟަޒް

27 August 2021

ޙައިވޭ ގައި ދުއްވާ މީހުން ހޭލުން ތެރިކުރަން ޖެހޭ. 7000 ފުލެޓަށް މީހުން ބަދަލުވީމާ ދެން އެކްސިޑެންޓް ގިނަވާނެ.

The name is already taken The name is available. Register?

ބައި

27 August 2021

ބުރިޖުމަތީގައި ސައިކަލްތަކުގައި ދާ ބައެއްމީހުން އެކަކު އަނެކަކާ ވާހަކަދައްކަމުން އެއްހަމައެއްގައި ދުއްވާތީ ވަރަށް އުދަގޫވޭ. މިއީ ވަރަށް ނުރައްކާތެރިވެ ސް ކަމެއް.

The name is already taken The name is available. Register?

ހަސަނު

27 August 2021

ބުރިޖު މައްޗާ ހުޅުމާލޭގައި ބާރަށް ވެހިކަލް ދުއްވަނީ ރަސަމީ ފަރާތް ތަކުގެ ހުއްދަ ލިބިގެން.. އެ ހުއްދަ ދިން ބަޔަކަށް ވެސް އަދަބު ދޭންޖެހޭ...

The name is already taken The name is available. Register?

678543

28 August 2021

ދުއްވާ އެއްޗެހީގެ ސްޕީޑް ބަހައްޓަން ޖެހެނީ، މަގުގެ ސާފޭސް، މަގުގެ ގުދުތައް، މޫސުމް، ވެހިކަލްގެ ކަންޑިޝަން، ވެހިކަލްގެ ބާވަތް، ދުއްވާމީހާގެ ތަޖުތިބާ އަށް ބަލާފަ. ހަމަ ބުރިޖެކޭކިޔާފަ ނުކުމެ ހޭހުސްވާންވީކީނޫން. މިފަދަ ފަރުވާކުޑަ މީހުން މުޖުތަމައުން ދެނެގަނެ އެމީހުންގެ ފަރާތުން ސަލާމަތް ވާންވީ. ރައްކާތެރިކަމާ، ގަވައިދަށް ނުބަލާ އިޅެނިކޮށް އެކްސިޑެންޓް އަނިޔާ ވާ ނުވަތަ މަރުވާ މީހުންގެ ނަންލިޓެއް ބުރިޖު ފަށާތާ ބަހައްޓަންވީ.

The name is already taken The name is available. Register?

8769

27 August 2021

ހާދަބާރަށް ދުއްވާތީ ކާރުތެރޭގަ އިންނަ މީހާއަށް އަނިޔާވަނީ.ދެން ހިލޭ ސަރުކަރުން ބޭސް ކުރާނެތާ.ލައިސަންސް ކެންސަލެއް ނުކުރާން.ހަދަނީ ފަސޭހައިން ލައިސެންސް ލިބޭގޮތް.އެހެންވީމަ އެކްސިDންޓްވާނެތާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454