ފައިރޫޝް ފުލުހެއްގެ ގޮތުގައި ހުންނެވި އިރު މީޑިއާ ބްރީފިންއެއްގައި ވާހަކަ ދައްކަވަނީ. އޭނާ ރިޓަޔާކުރި ގޮތާ މެދު އެމްޑީޕީގެ ޗެއާޕާސަން ހަސަންް ލަތީފު ފާޑުވިދާޅުވި. .-- ފޮޓޯ: ޕޮލިސް
07 ސެޕްޓެމްބަރ 2021 - 12:45
ކުރީގެ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް ޝަރަފުވެރިކަމާ އެކު ފުލުހުންގެ ހިދުމަތުން ރިޓަޔާ ކުރެއްވުމުގެ ފުރުސަތު ދެއްވާފައި ވާތީ، އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް މިއަދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
ފައިރޫޝް ޝަރަފުވެރިކަމާ އެކު ރިޓަޔާ ކުރެއްވުުމުގެ ފުރުސަތު ދިން ގޮތް ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓުގެ ބަހުސްގައި ހަސަން ވިދާޅުވީ، ގާނޫނެއް ފާސްކުރުމަށް ފަހު އެ ގާނޫނަށް އަދި އަމަލުކުރަން ނުފެށެނީސް ހޯމް މިނިސްޓަރުގެ ނިންމުންތައް ނިންމަވާއިރު އެ ގާނޫނުގެ މަފްހޫމަށް ރިއާޔަތް ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.
އެމްޑީޕީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަސަން ލަތީފް ވާހަކަ ދައްކަވަނީ.- ފައިރޫޝް ރިޓަޔާކުރަން ފުުރުސަތު ދީފައިވާތީ ހޯމް މިނިސްޓަރު އިމްރާނަށް ހަސަން ފާޑުވިދާޅުވި. - ފޮޓޯ: މިހާރު ފައިލް ފޮޓޯ
ފައިރޫޝް ރިޓަޔާ ކުރައްވަން ފުރުސަަތު ދިން މައްސަލަ މަޖިލީހުގެ ސަލާމަތާ ބެހޭ ކޮމިޓީން ދިރާސާކުރި އިރު މިނިސްޓަރު އިމްރާން ވިދާޅުވީ، ފައިރޫޝާ ދެކޮޅަށް އެއްވެސް މައްސަލައެއް ހުށަހަޅާފައި ނުވާ ކަަމާއި ތައުދީބީ މަސައްލަައެއް އޭނާއާ ދެެކޮޅަށް ހުށަހަޅާނެ ހާލަތު ވެސް ނެތް ކަމަށެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހަސަން ވިދާޅުވިގޮތުގައި، އިމްރާނަށް ކުރެއްވިފައި އެ ވަނީ ކުށް ހީއެކެވެ.
އެމްޑީޕީން އަބަދުވެސް ބުނާ ގޮތުގައި އޭރު އެމްޑީޕީގެ ވެރިކަން ވައްޓައިލީ ބަޣާވާތަކުންނެވެ. މިހާރު އަމަލުކުރަން ފަށާފައިވާ ފުލުހުންގެ ހިދުމަތުގެ ގާނޫނު ބުނާ ގޮތުން ބަޣާވާތް ކުރުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ފުލުހުން ޖެހޭނީ ވަކިކުރާށެވެ. ޝަރަފުވެރިކަމާ އެކު ރިޓަޔާ ކުރުމުގެ ފުރުސަތު އެފަދަ ފުލުހުންނަކަށް ނުދެވޭނެ އެވެ.
"ގާނޫނު ފާސްވުމަށް ފަހު، އެ ގާނޫނު އެކުލަވައިލުމުގެ ބޭނުމާއި އަދި މަގްސަދު އެއީ ރިއާޔަތް ކުރަން ޖެހޭނެ ކަންތައްތައް ކަމުގައި އަޅުގަނޑު ގަބޫލުކުރަން ހޯމް މިނިސްޓަރު [އިމްރާން އަބްދުﷲ] މި ކަމުގައި ގޮތެއް ނިންމެވި އިރު،" ހަސަން ވިދާޅުވި އެވެ.
ފުލުހުން ބޭއްވި ހަފްލާއެއްގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ބައިވެރިވެވަޑައިގަންނަވަނީ. ކުރީގެ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ރިޓަޔާކުރުމުގެ ފުރުސަތު ދެއްވުމުން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު އިމްރާނަށް ފާޑުވިދާޅުވި. ފޮޓޯ: އަހްމަދު އަވްޝަން އިލްޔާސް/މިހާރު
ފައިރޫޝާ ދެކޮޅަށް ތައުދީބީ މައްސަލައެއް [އިދާރީ ފިޔަވަޅެއް އެޅޭ ފަދަ މައްސަލައެއް] ހުށަހަޅާނެ ހާލަތު ނެތް ކަމަށް ކޮމިޓީގައި އިމްރާން ވިދާޅުވެފަައި ވާތީ އެކަމަށް ވެސް ހަސަން ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.
"7 ފެބްރުއަރީ 2012، އެ ބަޣާވާތުގައި ޑރ. އަބްދުﷲ ފައިރޫޝް ހުންނެވީ ކޮންތާކުކަން އަޅުގަނޑުމެން އެންމެންގެ ލޯމަތިން އަދިވެސް ފެންނަން އެ ހުރީ. މަންޒަރުތަކުންނާއި އަދި އޯޑިއޯތަކުން އެއަޑުތައް އިވެން،" ހަަސަން ވިދާޅުވި އެވެ.
އެ ދުވަހު ފުލުހުންގެ މުއައްސަސާ ހިންގުމާ ހަވާލުވެ ހުންނެވިކަން ފައިރޫޝް އަމިއްލައަށް އިއުލާނު ކުރެއްވި ކަމަށާއި އެ އަށް ފަހު ބަޣާވާތުގައި އިސްކޮށް ހުރި މަންޒަރު ސާފުކޮށް ފެންނަން އެބަހުރި ކަމަށް ވެސް ހަސަން ވިދާޅުވި އެވެ.
އެފަދަ މީހަކު ޝަރަފުވެރިކަމާ އެކު ރިޓަޔާކުރަން އިމްރާން ފުރުސަތު ދެއްވީ އެއިން އެއްވެސް ކަމަކަށް ރިއާޔަތް ނުކުރައްވައި ކަމަށް ހަސަަން ވިދާޅުވި އެވެ.
ފައިރޫޝަށް ކުރައްވަން ފުރުސަތު ދިނުމުން އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި އެ މައްސަލަަ ބަލައިދޭން 241 ކޮމިޓީ ގައި އެދިވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. ކޮމިޓީން އެ މައްސަލަ ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހެޅީ މިހާރު ކުރިއަށް ގެންދާ ޖަލްސާގަ އެވެ.
އެ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ފައިރޫޝް ރިޓަޔާކުރަން ނިންމި ނިންމުމަކީ އެންމެ ފުރިހަމަ އަށް ބަލައިގެން ނިންމާފައިވާ ނިންމުމެއް ކަަަމަށް، ކޮމިޓީއަކަށް ގަބޫލެއް ނުކުރެެވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަހުދު
07 September 2021
އެމްޑީޕީ އިން ކޮންމެގޮތަކައް ގަބޫލުކުތިޔަސް ސަމާލުކަމެއް ދޭނެ ބަޔަކު މިގައުމަކު ނެތް. ދިވެހި ދައުލަތުން އެއޮތީ އެއިރު ހުރި ރައީސް މީހާ އިސްތިއުފާ ދިންކަމައް ކަންޑައަޅާފައި. ޕްލީސް މޫވް އޯން.
ޑޮކްޓާރ. ބަނާނާ
07 September 2021
"ޑަކުތަރު ރިޓަޔަރޑް އެސިސްޓެންޓް ކަމިޝަނަރު އަބުދު ﷲަ ފައިރޫޝު " މިފަ ދިގު ޓައިޓެލް އެއް ފައިރޫޝް ނަމުގެ ކުރިޔަށް ނުގެނޭވޭގޮތަށް މަޖިލީސްއިން ގާނޫނެއް ފާސްކޮށް ހަމައެކަނި "އިއްޒަތްތެރި" މިލަފުޒު ފައިރޫޝް ގެ ނަމުގައި ބޭނުންކުރުމަށް ހަމަޖައްސަވާ!
ކައުންސެލަރު
07 September 2021
މިދާވަރުންދަންޏާ މިމީހުންގެ "ކަރުންނާރުނަގާވީދޭ" އަށް ސަޖިދަޖަހާނެތާދޯ
އެނދިމަރިޔަނބު
07 September 2021
ބަލަ ރަސްމީ މަސައްކަތް ނިންމާނީ ހަސަނަށް ހީވާ ހީވުމަކަށް ނޫން. ކޯނީ ރިޕޯޓު ބުނަނީ ބަޣާވާތެއް ނޫނޭ، ދެން ހަސަނަަށް ކާސިމަކަށް ކަތްދައަށް ހީވާ ހީވުމަކަށް ފިޔަވަޅެއް ނޭޅޭނެ
މައުލޫމަތާތު
07 September 2021
ޙަސަނުމެން މިހަރު ދިރުބަލަށް ލެވީފަ ތިބީމަ ބަސްމަގު ތިގޮތަށް ހުއްޓަކަސް ފަރުވާލެއް ނެތް
ޙިނި
07 September 2021
ޢިމްރާނު ވަކި ސަހަލުތަ، އެމްޑީޕީގެ ހަންދާނެކޭ ގަރަހިތަ ހަންދާނެކޭ އެއްވަރު. ޢެމްޑީޕީ ވެރިކަމެއްގަ ފެނިދާނެ އަދީބު އެސަޓު ރިކަވަރީ ކޮމިސަންގެ ވެރިޔަކައް ހުއްޓަވެސް، ފައިރޫޒަކައް އެއްވެސް ފިޔަވަޅެއް ނާޅާނެ.
ޝޮކްތެރަޕީ
07 September 2021
އަޅުގަނޑުމެންނަ މާގޯސް އެމްޑީޕީގެ އިސްވެރިން ރައްޖެއާ ދޭތެރޭ ގެންގުޅުއްވާގޮތް. ރައްޖެ ހިފަންގޮވާ ރައްޖެއަ ދަތިކުރުމުގެ ފިޔަވަޅުއަޅަންގޮވާ ދިވެހިން ފަލީހެއްކޮ ރައްޖޭގެ އިގުތިސޯދު ފުނޑަލަން ގޮވާފަ ތިބި ބަޔަކު ދައްކާ ވާހަކަ އަޑު އަހާނީ އަނިޔާ ވެރިން.
ޢަލިސް
07 September 2021
ޙަސަނުމެން ރޭރު ވާނެ ކަމެއްނެތް. ހިންދިރުވާލައިގެން ހުންނަން ޖެހޭނީ. ފައިރޫޝް އަކީ ހަސަނަށް ވުރެއް ޤާބިލު ކިޔާވާގެން ހުރި މޮޅު މީހެއް.
އަލިކޮއި
07 September 2021
ހަސަންކޮއިމެން އަބަދުވެސް އުޅެނީ މާޒީން ނުނެއްޓިގެން. 6 ކުޅި ކުރިއަށް ކުޅުއްވާ ޕާޓީގެ މައްސަލައަކީ މިއީ. ފެބް 7 އެއީ ބަގާވަތަކަށް ވަންޏާ، މައުމޫނާ ދެކޮޅަށް ހިންގި ހަރަކާތްތަކަކީވެސް ބަގާވާތް. ފެބް 7 ގައިވެސް ނިކުމެތިބީ ހަމަ ރައްޔިތުން. ހަސަންކޮއިމެން ހަޖަމްކުރަން ދަސްކޮށްބަލަ. ތިފަތިވަރުދަމާތީއޭ އަގުވެއްޓެނީ. ސަޕޯޓް ގެއްލެނީ. މާޒީ ދޫކޮށްނުލެވޭތީއޭ ވެރިކަން 2ވަނަފަހަރަށްލިބި އެކަމަކު ބީވެގެންތިޔަދަނީ. #ހަޖަމް #އިސްތިއުފާދިންފެބް7 #އިންޑިއާއައުޓް
ކަމީލާ
07 September 2021
ރައީސް ނަޝީދު އަބްﷲ ގާޒީ ހައްޔަރު ކުރިގޮތް ރަނގަޅުތޯ؟ ނަޝީދު އަދި އޭނަގެ އެކްޓިވިސްޓުން މީހުންގެ އަބުރު ކަތިލުން އޯކޭތޯ! ހިނދުކޮޅުގަ ރޭގަނޑު ވަގުތުތަކުގައި ތިބުން ރަނގަޅުތޯ؟