އެމްއެންޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނާޒިމް ވާހަކަ ދައްކަވަނީ: އެ ޕާޓީއަށް 5000 މެމްބަރުންގެ ސޮއި ވަނީ ހަމަކޮށްފައި. -- ފޮޓޯ/މިހާރު
12 ސެޕްޓެމްބަރ 2021 - 12:11
ގައުމީ ފިކުރުގެ ގޮތުގައި ކުރިއަރުވާ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އުފެއްދުމުގެ ހުއްދަ ދިންތާ ދެ މަހެއްހާ ދުވަހުގެ ތެރޭގައި 5،000 ސޮއި ހަމަކޮށް ރަޖިސްޓްރީކުރަން އަންނަ ބުދަ ދުވަހު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ނިންމައިފި އެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދަގެނތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އިސްވެ ހުންނަވައި މަޖިލީހުގެ އިތުރު ހަތަރު މެމްބަރުންނާ އެކު ޕާޓީ އިއުލާންކުރީ ޖުލައި 15ގަ އެވެ. ޕާޓީ އުފެއްދުމުގެ ހުއްދަ ދިނުމާ އެކު ރަށްތަކަށް ދަތުރުކޮށް އެ ޕާޓީ ރަޖިސްޓްރީކުރަން ބޭނުންވާ އަދަދަށް ވުރެން އިތުރަށް މެމްބަރުން ވަނީ ހޯދައިފަ އެވެ.
އިލެކްޝަންސް ކޮމިޝަންގައި ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކޮށްދޭނީ ސައްހަ 3000 މެމްބަރުންގެ ސޮޔާ އެކުގަ އެވެ.
އެމްއެންޕީގައި އެންމެ އިސްކޮށް މިވަގުތު ހުންނެވި ނާޒިމް "މިހާރު"އަށް ވިދާޅުވީ ޕާޓީ ރަޖިސްޓްރީކުރަން މެމްބަރުން ހަމަކުރުމުގައި އަމާޒަށް ވާސިލްވެ، ދެން އޮތީ އިލެކްޝަންސަށް ހުށަހެޅުން ކަމަށެވެ.
ދެން އޮންނަ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމުގެ މަގްސަދުގައި އުފައްދާ ޕާޓީން އަމާޒު ހިފާފައި އޮތީ މި އަހަރު ނިމޭއިރު 10،000 މެމްބަރުން ހަމަކުރުމެވެ. ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ޕާޓީގެ މަގާމަށް އާދެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވެސް ނާޒިމް ވަނީ ވިދާޅުވެފަ އެވެ.
ނާޒިމް އިސްވެ އުފައްދާ ސިޔާސީ ޕާޓީ އެމްއެންޕީގެ ފުރަތަމަ ޕްރެސް ކޮންފަރަންސްގައި އޭނާ އާއި އެ ޕާޓީގެ ބައެއް އިސްވެރިން މިއަދު މީޑިއާއާ ބައްދަލުކުރައްވަނީ.--- ފޮޓޯ: ނިޝާން އަލީ/މިހާރު
ނާޒިމްގެ އިތުރުން އެ ޕާޓީގައި ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް އާއި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލްމުހްސިން ހަމީދާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ހިމެނިވަޑައިގަންނަވަ އެވެ. މީގެ އިތުރަށް މަޖިލީހުގެ ދެ މެމްބަރަކު އެ ޕާޓީއާ އެކު މަސައްކަތް ކުރައްވާނެ ކަމަށް ނާޒިމް ވިދާޅުވެ އެވެ.
ސަރުކާރު ޖަވާބުދާރީކުރުވާ އިދިކޮޅުު ޕީޕީއެމާއި ޕީއެންސީ ކޯލިޝަންގައި ތިއްބެވީ ނުވަ މެމްބަރުންނެވެ.
އެއީ ޕީޕީއެމްގައި ހަ މެމްބަރުންނާއި ޕީއެންސީގެ ތިން މެމްބަރުންނެވެ. އެހެންވެ މަޖިލީހުގެ މައިނޯރިޓީ ޕާޓީއަކީ މިހާރު ޕީޕީއެމެވެ.
ނާޒިމް ވިދާޅުވެފައިވާ ގޮތުގައި ރާއްޖޭގެ އެހެން ސިޔާސީ ޕާޓީތަކާ އެމްއެންޕީ ތަފާތުވާނެ އެވެ. މައިގަނޑު ބަދަލަކީ އެ ޕާޓީއަކީ ވަކި ލީޑަރެއްގެ ވަށައިގެން ނޭނބުރޭ ޕާޓީއަކަށް ވުން ކަމަށާއި ޕާޓީގެ ލީޑަޝިޕްގައި އެކަކަށް އެންމެ ގިނައިން ހުރެވޭނީ ދެ ދައުރުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނާޒިމް އާއި ރިޔާޒް އެމްއެމްޕީ އުފައްދެވުމުގެ މަސައްކަތް ފެއްޓެވީ ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންނެވެ. އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާ އޮތް ގާތް ގުޅުން ހީނަރުވެ ޕާޓީ ދޫކޮށްލެއްވީ ސިޔާސީ މުސްތަގުބަލެއް ނެތުމުން ކަމަށް ނާޒިމް ވިދާޅުވެފައިވެ އެވެ.
ރާއްޖޭގައި 10 ސިޔާސީ ޕާޓީއެއް މިހާރު ވެސް ރަޖިސްޓްރީކޮށްފައި އެބައޮތެވެ. އޭގެތެރެއިން ގާނޫނުގައި ޕާޓީއެއް އުފައްދަން ބޭނުންވާ 3،000 މެމްބަރުން ހަމަވަނީ މަދު ޕާޓީއެއްގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފާރިހަތު ޖަލީލު
13 September 2021
ތިޔަޕާޓީއަށް މާބޮޑު ކުރިއެރުމެއް ލިބޭނެހެނެއް ހިއެއްނުވޭ. އެކަމަކު އަހަރެން ކޮންމެވެސް ވަރަކަށް ތާއީދުކުރަން. އަހަރެން ތާއީދުކުރިއަސް، ރާއްޖޭގެ ވެރިކަމަށް އައުމުގެ ކެޕޭސިޓީއެއް ނުފެނޭ. ފަހަރެއްގައި ބަޔަކާ ކޯލިޝަނެއް ހަދައިގެން ކޮންމެވެސް މަގާމްތަކެއް ލިބުމުގެ ފުރުސަތު އެބައޮތް!
ނާޖިމް
12 September 2021
ބަލަ މިހާރު ވެސް ނާޒިމް ވަށައިގެން އެނބުރޭ ގޮތަށް ބައްޓަން ވެފައިއޮތް ޕާޓީއެއްތީ. ނާޒިމަކީ އިންޑިއާއަށް ކުރުނީސްކުރާ މީހެއް. ގައުމީކަމެއް އަމިއްލަވަންތަކަމެއް ނެތް. ވެރިކަމާ ފައިސާއަށް ގައުމު ވިއްކާނުލާ.
ރަދީފްއޮފިޝިއަލް
12 September 2021
އެއްވެސް ކަހަލަ ޝައުގުވެރިކަމެއް ނެތް.ތިޔާ ޕާޓީ ކިހާ ދުވަހަކަށް ސަވައިވް ވާނެ ތޯ؟؟
ފާގަ
12 September 2021
އެކަމެއް ނޭނގެ! ދޮޅަހަކަށް ކޮމެންޓޭޓަރުން ތިތިބަ ހަލާކުވަނީ ހެހެހެ
ދިގުމުއްދަތު
12 September 2021
ލީޑަރޝިޕަށް ދެދައުރު އެކަނި ހުރެވޭއިރު ކޮންމެ ދައުރެއްގެ ދިގުމިނަކީ އަނެއްކާ ކޮބައިބާ؟ 10 އަހަރުތަ؟ އަންނިގެ ވެރިކަން ވައްޓާލީ ވެރިކަން ކުރާ ހިތަކުން ނޫން؟ ޔާމީން އިރުގަ ރައްޔިތުން ބޭނުންނަމަ ތިމަންނާ ވެރިކަމާ ހަވާލުވެދާނަމޭ ބުނީ ވެރިކަން ކުރާ ހިތަކުން ނޫން؟ އަދީބާ އަރްތޫރު ބްރަދާރސްއާ އެހާ ގުޅުން އޮތީ ހަމަ ކަމެއްނެތި؟ އިންޑިއާގެ ފަރާތުން އެއްވެސް ހިމާޔަތެއް ނުކޮށްދޭނެ ތިޔަ ޕާޓީންނެއް. އަމިއްލަ ވިޔަފާރިތައް އިތުރަށް ކުރިއަރުވާނެ.
ބުރުގާ
12 September 2021
ކެނެރީގޭ ނަޝީދުމެން ވަރައް މޭކަރާނެ. ކާނަލް ނާޒިމް ޖަލައްލެވޭނެ ފަންޑިތަ މެޖިލިސްތެރެއިން ހާދާނެ.
ރަދީފްއޮފިޝިއަލް
12 September 2021
އޭނަ ޖަލަށް ލާން ތާއީދުކުރަން.
ރަދީފްއޮފިޝިއަލް
12 September 2021
ކަލޯ 2023ގަ މަަހަށް.
އުންމީދު
12 September 2021
ﷲގެ އިރާދަފުޅާއެކު ދިވެހީން ދެކެންބޭނުންވާދުވައެއް އިސާހިތަކު އާދެވިދާނެ ކަމުގެ ކޮޅުމަތި ފެންނަން ފަށައިފި ރާއްޖޭގައި މިހާރު ތިކިޔާ ދެފިކުރުވެސް އޮތީ ފެއިލްވެފައި އެއީކީ ފިކުރެއްނޫން އެއީ ވަކި މީހަކަށް މުޑިނަގަމުން ދުވާ ބައެއް އެއީ މަދުބައެއް ރާއްޖޭގެ އާބާދީގެ ބޮޑުބައެއް އޮތީ ތިބުނާ ފިކުރުތަކަކާ ދިމާލަކަށް ނޫން ކަން ޔަގީން އެރައްޔިތުން %80 މީހުން ބޭނުން ވަނީ ޕިންކާއި ޔެލޯނޫން ބައެއް މިގައުމަށް ބޭނުންވޭ ހަރަދު ދަނާ ރަގަޅުބަޔަކު
ކަރީމު
12 September 2021
ޔާމިނުގެ ދައުރުގައި ފެނުނީ މީނަގެ ހިންގުންތެރިކަމޭ ހީވެދާނެ މީހުން މިހާރު ގަބޫލެއް ނުކުރޭ ތީ އޭރުވެސް މިހާރުވެސް ބާގީއެއް ތިއައްވުރެ ރަނގަޅުވާނެ އުމަރު ނަސީރު ގެންގުޅު ހުދު ވާވެސް
ބިލް ކުލިންޓަން
12 September 2021
ތިންވަނަފިކުރު ބޮޑަށް ވައްތަރުވާންދަނީ ޖޭޕީފިކުރާ. އިހައްދުވަހުވެސް ފިލްމުސްޓާރުބައިގަނޑެއް ވަނީ އެމްއެންޕީއާ ގުޅިފާ. އެހެންވެގެން ފިކުރު އެއްގޮތޭ ބުނެވެނީ.
ބައިރޯ
12 September 2021
5000 ހަމަވާނެ 100 ރުފިޔާ، ޕާޓޭއަކަށް ދިނީމަ، 100 ރުފިޔާއަށް އެމީހުން ސޮއިކުރާނެ ކޮންމެ މީހަކު ދިއަޔަސް. ތިއަދި ޕާޓީއެއް ހެދެނީނޫން
ސެލްފީވައިޕީ
12 September 2021
ދެމީހަކު ސިޔާސީޕާޓީ ހަދާތީ ބަޔަކު މިތިބަ ހޭބަލިވެ ހިތްފަޅައިގެން ދަނީ!