ޚަބަރު / މުހައްމަދު ނާޒިމް (މާފަންނު އުތުރު ދާއިރާ)

މަޖިލީހުގެ މެމްބަރުންތަކަކާއެކު ނާޒިމް ސިޔާސީ ޕާޓީއެއް އުފައްދަނީ

ނާޒިމް އުފައްދަވާ ސިޔާސީ ޕާޓީގެ ބައެއް މައުލޫމާތު ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ހާމަކުރާނެ.

ދަނގެތި ދާއިރާ އަށް ނާޒިމް ކެމްޕެއިން ކުރެއްވި އިރު ބޭއްވި ހަފުލާައެއްގައި ބައެއް ސިޔާސީ ބޭފުޅުންނާއެކު.---ފައިލް ފޮޓޯ: މިހާރު

10 ޖުލައި 2021 - 13:13

128 comments

ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އިސްވެ ހުންނަވައިގެން ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމަވައި، 3،000 މެމްބަރުންގެ ސޮއި ހޯއްދަވައިފި އެވެ.

މިހާރު ޖުމްހޫރީ ޕާޓީގައި ހުންނެވި ނާޒިމް އަމިއްލަ ސިޔާސީ ޕާޓީއަކާ ދިމާއަށް މިސްރާބު ޖައްސަވަނީ ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެމްބަރަކާ އެކު އެވެ. އޭގެ ތެރެއިން އެއް ބޭފުޅަކީ ނާޒިމާ އެންމެ ގާތް އެއް މެމްބަރު ކިނބިދޫ ދާއިރާގެ އަބްދުﷲ ރިޔާޒެވެ. ނާޒިމާއި ރިޔާޒްގެ އިތުރުން ދެން ތިއްބެވީ މަޖިލީހުގައި ވަކި ސިޔާސީ ޕާޓީއަކަށް ނިސްބަތް ނުވާ ތިން ބޭފުޅެކެވެ.

މަޖިލީހުގެ އިދާރާގެ ވެބްސައިޓުގައިވާ ގޮތުން ސިޔާސީ ޕާޓީއަކާ ނުގުޅި މިހާރު ތިއްބެވީ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމާއި ނޮޅިވަރަމް ދާއިރާގެ މުހައްމަދު ނަޝީދު އަބްދުﷲ އާއި ތުލުސްދޫ ދާއިރާގެ އިބްރާހިމް ނަސީމާއި ނިލަންދޫ ދާއިރާގެ އަބްދުލް މުހުސިން ހަމީދު (ޖޭފޯ) އަދި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިނެވެ.

މަޖިލީހުގެ ފަސް މެމްބަރުންނާއެކު، ނާޒިމްގެ ސިޔާސީ ޕާޓީ ވުޖޫދަށް އައިސްފި ނަމަ، މަޖިލީހުގައި ތިންވަނަ އަށް އެންމެ މެމްބަރުން ގިނަ ޕާޓީ އަަކަށް ވާނީ އެ ޕާޓީ އެވެ. މަޖިލީހުގައި 65 މެމްބަރުންނާއެކު ސުޕަ މެޖޯރިޓީ އެމްޑީޕީ ދަމަހައްޓާއިރު މިހާރު ދެވަނަ އަށް އެންމެ މެމްބަރުން ގިނައީ އިދިކޮޅު ޕީޕީއެމެވެ. ނަމަވެސް ޕީޕީއެމާއެކު ކޯލިޝަން ހަދާފައިވާ ޕީއެންސީގެ ތިން މެމްބަރުން އެއްކޮށްލުމުން އެ ކޯލިޝަންގެ މެމްބަރުންގެ އަދަދު ނުވަ އަކަށް އަރަ އެވެ. ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމް ތަމްސީލުކުރާ މެމްބަރުންގެ އަދަދަކީ މިހާރު ހައެކެވެ.

ނާޒިމާއި ރިޔާޒް ޖުމްހޫރީ ޕާޓީން ވަކިވުމުން އެ ޕާޓީގެ މަޖިލިސް މެމްބަރުންގެ އަދަދު ވެސް ތިނަކަށް ދަށްވާނެ އެވެ.

އެނގިފައިވާ ގޮތުގައި ނާޒިމް އުފައްދަވާ ސިޔާސީ ޕާޓީގެ ބައެއް މައުލޫމާތު ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ހާމަކުރަން ވަނީ ނިންމައިފަ އެވެ.

ނާޒިމްގެ ޕާޓީ ވުޖޫދަށް އައިސްފި ނަމަ އެ ޕާޓީ ވާނީ ރާއްޖޭގެ 11 ވަނަ ސިޔާސީ ޕާޓީއަށެވެ. އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައިވާ ގޮތުން މިހާރު ރާއްޖޭގައި 10 ސިޔާސީ ޕާޓީއެއް ހިންގާއިރު، އެންމެ ފަހުން ރަޖިސްޓަރީ ކުރީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމް އެވެ. އެމްއާރުއެމް ރަޖިސްޓަރީ ކުރީ ނޮވެމްބަރު 20، 2019 ގަ އެވެ.

ކުރީގެ ރައީސް މުހައްމަދު ވަހީދާއެކު 2012 ގައި ސިޔާސީ ދާއިރާ އަށް ނުކުންނެވި ނާޒިމްގެ ޕާޓީއާ ގުޅޭ ގޮތުން އޭނާ އަދި މީޑިއާގައި ވާހަކަައެއް ނުދައްކަވަ އެވެ.

ސިފައިންގެ ހިދުމަތުގައި 20 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކތް ކުރެއްވި ނާޒިމް ވަނީ ޔާމީންގެ ޕީޕީއެމް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވައިފަ އެވެ.

ނާޒިމްގެ ކޮޓަރިން ފިސްތޯލައެއް ފެނުނު ކަމަށް ބުނެ، ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުކަމުން ވަކިކޮށް ހައްޔަރު ކުރި އެވެ. އެ ދައުވާތަކުން ސަލާމަތްވެ، މިނިވަންވުމަށް ފަހު، ދަގެނތި ދާއިރާ އަށް ކުރިމަތިލެއްވުމުގެ ކުރިން ޖުމްހޫރީ ޕާޓީއާ ނާޒިމް މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ގުޅިވަޑައިގަތެވެ. އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރުކަން ވެސް ކުރެއްވުމަށް ފަހު، އެ ޒިންމާތަކުން ދުރަށް ވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ބައެއް ސިޔާސަތުތަކާ މެދު އުފެދުނު ހިޔާލު ތަފާތުވުންތަކާ ހެދި އެވެ.

ނާޒިމް ވަނީ ޑިފެންސް މިނިސްޓަރުކަމާއި ހެލްތު މިނިސްޓަރުކަން ވެސް ކުރިން ކުރައްވައިފަ އެވެ.

128 ކޮމެންޓް, 76 ރިއެކްޝަންސް

icon happy icon happy 55%
icon sad icon sad 0%
icon angry icon angry 38%
icon wow icon wow 3%
icon inlove icon inlove 4%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބޮޑުވަޒީރު

11 July 2021

2012 ފެބުރުއަރީ ކަންތައް އޮތްބާލަންވެގެން ތިއުޅެނީ

The name is already taken The name is available. Register?

12343

11 July 2021

ކޮބައި ސިފައިންގެ ފުލެޓުތައް ހަދަންދިންފައީސާތައް؟ކޮބައިސޯފާއެއްބަސްވުން ނާޒިމުމެން ކަހަލަ ކޮބައިތިލަފަޅު؟

The name is already taken The name is available. Register?

11 ސިޔާސީ ޕާޓޭ

11 July 2021

ތީ މިހާރު ނުވެފަ އޮއްކަމަކީ. ވެރިޔަކަމާ، ބާރާ، ދުނިޔެވީ އެދުންތައް ހޯދަން އުޅެނީ ހުރިހާ އެންމެންވެސް. މައްސަލައަކީ ތީގެ ސަބަބުން މުޅި ގައުމުގެ އެއްބާވަންތަކަން ހަލާކުވެ، އެކަކު އަނެކަކު ޖެހި، އަނިޔާވެރިކަން އިތުރުވުން. އަދި ހާއްސަކޮއް ހަރުކަށި ސެކިއުލަރިސްޓުން މުޅި ގައުމުގަ ގިނަވެ މާތް އިސްލާމް ދީނަށް އޮއް ނުރައްކާ ބޮޑުވެން.

The name is already taken The name is available. Register?

ޙެހެހެ..

11 July 2021

ހުސް ލަނޑާ

The name is already taken The name is available. Register?

ސަރަނގު

11 July 2021

އެމްޑީޕީ ވެރިކަމަށް އާދެވުނީމަ ފުރަތަމަކުރަންޖެހޭ ކަމަކީ ބަޤާވާތްކުރިމީހުން ނާއި 2013ގެ ރިޔާސީއިންތިހާބު ހުއްޓުވި މީހުންހޯދާއި އިންސާފުޤާއިމުކުރުން.އެކަން ނުކުރުމުގެ ނަތީޖާ މިއަދު އެފެންނަނީ.

The name is already taken The name is available. Register?

ސުބޫތު

11 July 2021

ޙޭކުޑައިވެފަ ހުރެގެން އިސްތިއުފާ ދިނީ. ބަޣާވާތެއް ގެނައި ނަމަ ރޫހާނީ ލީޑަރ ބޭނުންހާ ގޮތަކަށް އުޅެން ދޫކޮށްލާފަ ނުބަހައްޓާނެ. ތަންތަނުގަ ބަޣާވާތެއް ގެނެސްފި ނަމަ ވެރިކަމުން ދުރުކުރާ މީހާ ހުންނަނީ ހައްޔަރުކޮށްފަ.މިރާއްޖޭގަ ވެސް ބަޣާވާތެއް ގެނައި އަމީންގެ ވެރިކަމުގަ އޭނާހުރީ ހައްޔަރުކޮށްފަ. ސަރަނގަށް އެނގެނީ ހަމައެކަނި ބަޣާގާވާތުގެ ނަން ދޮއްތަ.އެކަން ކުރާގޮތެއް ނޭގޭ.

The name is already taken The name is available. Register?

ބާގީ ފާޓީއައް ނޫނެކޭ ބުނާމީހެއް

12 July 2021

ކަލެޔައް އެގެނީ ތަންތާ ބަޣާވާތް ކޮއްފަހުރިގޮތް ސަރުތަކާނުލަ އިސްތިއުފާދޭން މަޖުބޫރު ކުރުމަކީ ބަޣާވާތް!

The name is already taken The name is available. Register?

ހައްމާދު

13 July 2021

ބަޤާވާތުކުރިކަމަށް ކިޔަސް އެކަން ޤަބޫލުކުރެވޭނަމަ ފިޔަވަޅު އެޅީސް

The name is already taken The name is available. Register?

ބާގީ

11 July 2021

ރިޔާޒު ތިކަމުގަ އުޅޭތީ ކަމުނުދަނީ. އެހެންވެ މަ ސަޕޯޓެއް ނެއް. ސޮރީ

The name is already taken The name is available. Register?

އަރުތަ

11 July 2021

ރިޔާޒު ހަންބޯވާނެ، ފިސާރި ގާ ފުރޮޅާނެ.

The name is already taken The name is available. Register?

އަސް

15 July 2021

އަންނި އެބަ އުޅެެ ކޯލިޝަން ހަދާނެ ޕާޓީ އެއް ނުލިބިގެން

The name is already taken The name is available. Register?

ޚިޔާލު3

11 July 2021

ޔާމީނާ އަންނިއާއި ނޫނަސް ޕާޓީހެދޭނެތާ ފަސްބައި ހުތުރުނޫން މީހަކު މި ގައުމުގައި އުޅޭތަ؟ ނާޒިމުވެސް ރަގަޅު ތެދުވެރިކަމާއި އެކު މަސައްކަތް ކުރައްވަންޏާ. ބާރަށް ލިބިއްޖެއްޔާ ހިތްތިރިކަމާއެކު މަސައްކަތް ކުރުން ރަގަޅު.

The name is already taken The name is available. Register?

ރާލިއާކުރު

11 July 2021

ލާރި ހުރިއްޔާ ޕާރޓީ ހެދިދާނެ. ދިވެހިންނަށް ހުރިހާއެއްޗަކީ ލާރި. އެންމެފަހުގެ އައިފޯން ހިފާފަ ކޮފީގަ ތިބެވޭވަރު ކޮއްލަދޭންޖެހޭނެ. މަވެސް މިހިރީ ވަންނަގޮތަށް.

The name is already taken The name is available. Register?

ދާނީ ތޮޅިއަށް

11 July 2021

މާހާއްސަ ހަބަރެއްނޫން..ރިޔާސީ އިންތިހާބު ޖެހެންދެން މިބައިގަޑު މިގޮތަށް އަބަދުވެސް އަބުރާ ގޭސް ގަޑެކެވެ. ޢެކަމް އިންތިހާބު އޮނަ ދުވަހު އެ އެންމެން ތިބޭނީ ނަގޫ ގޮށްޖެހިފައެވެ.. މި ގޭސްގަޑުގެ ކެޑިޑެޓކަށް ނެރޭނީ ނާޒިމް ގެ ފުރެންޑު ވަހީދެވެ..

The name is already taken The name is available. Register?

އެންޓެނާ

11 July 2021

ދެން ތިވަރުގެ ހިމަ ތޮޅިޔަކާހުރެ ނުނިދިގެން ތިއުޅެނީޔޮ؟

The name is already taken The name is available. Register?

އަރުތަ

11 July 2021

ރައީސްކަންކުރި މީހަކު ރިޔާސީ އިންތިޚާބެއްގަ ވާދަކޮށްގެން އެންމެ ގިނަ ވޯޓު ލިބުނުމީހާ ތިޔަ ވަހީދަކީ...............

The name is already taken The name is available. Register?

ޥިޔަ

11 July 2021

ޥަހީދަކަށް މީހަކު ވޯޓެއް ނުދޭނެ.

The name is already taken The name is available. Register?

މަންޑޭލާ

11 July 2021

ދިވެހިންވާނީ ދިވެހިންނަށް . ރަގަޅުނުވާނެ.

The name is already taken The name is available. Register?

މީދިވެހިން

11 July 2021

ދިވެހިން ވާނީ ދިވެހިންނަށް. ދިވެހިން ނުވާނެ އިންޑިއާ މީހުނަކަށް

The name is already taken The name is available. Register?

ސަލީމު އިދުރީސް

11 July 2021

އެމްޑީފީގަ ނަސީދު ނުވަތަ ސޯލިހު ކަމުދާ މެންބަރުންތިބަސް ބަޢާވާތުގަ އެންމެ އިސްކޮއްހުރި މީހަޔައް އެމްޑީފީ މެންބަރުން ވޯޓުނުދޭނެ! ނަސީދު ވެރިކަމުގަ މިގައުމުގަ މިހާރު މިއޮއް މާލީނިޒާމު ތާރަފުކޮއް، ރައްޔިތުންނައް އާސަންދަޔާ 65 އަރުގެ ބޭފުޅުންނައް ފައިސާގެ އެހީ ދިނުންފަދަ ރައްޔިތުންނައް އެތައް ފައިދާއެއް ހުރިކަންތައް ކުރަނިކޮއް ސަބަބެއްނެތި ބަޢާވާތްކޮއް ރައްތުންތަޅާ ރޯނާގެނެވި ދުވަސް އަސްލު އެމްޑީފީ މެބަރުން ހަދާން ނުނެތޭނެ!

The name is already taken The name is available. Register?

ނެކްސްޓް

11 July 2021

ބަލަ އެމްޑީޕީގެ ނޫންބައެއް ނޫޅެނީތަ؟ ކޯލިޝަން ހަދައިގެން މުޅިންވެސް ވެރިކަންހޯދަނީ ދެން ކިޔާނެ އެމްޑީޕީގެ ވެރިކަމެކޭ، ތިހާ ވަރުގަދަ ޕާޓިއެއް ނަމަ އެންނެ ފަހަރަކުވެސް އަމިއްލަ ވެރިކަމެއް ހޯދަބަލަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454