"ކިހިނެއްތޯ ދެ ކޮޓަރިން އެއް ކޮޓަރި ކުއްޔަށް ދީގެން އުޅޭނީ. މި ފްލެޓްތައް މިގޮތަށް ކުއްޔަށް ނުދެވޭނެކަން އޮންނާނީ ކުރިން ވެސް އަންގާފައި"
ހައުސިންގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން (ކ) ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާ އެކު ނޫސްވެރިންގެ ބައްދަލުވުމެއްގައި. -- ފޮޓޯ: ރައީސް އޮފީސް
12 ސެޕްޓެމްބަރ 2021 - 19:08
ހިޔާ ފްލެޓް ލިބުމުން އެތަނުގައި ދިރިއުޅުމުގެ ބަދަލުގައި ކުއްޔަށް ދޭ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިއަދު ވިދާޅުވެއްޖެ އެވެ.
ހިޔާ ފްލެޓު ލިބުނު ބައެެއް މީހުން ފްލެޓް ކުއްޔަށްދޭ މައްސަލާގައި ފާޑުކިޔުން ބޮޑުވެފައި ވަނިކޮށް އަކްރަމް ވިދާޅުވީ ބޯހިޔާވަހިކަމަށް ޖެހިފައި ތިބުމުން ދިން ފްލެޓްތައް ކުއްޔަށް ދޭ ނަމަ އޮންނަ އުސޫލުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ.
ފްލެޓް ކުއްޔަށްދޭ ނަމަ އެންމެ ފުރަތަމަ އެގޮތަަށް އަމަލު ނުކުރުމަށް އަންގައި ޖޫރިމަނާ ކުރެވެ އެވެ. އަދި ސޯޝަލް ހައުސިންގެ ދަށުން ލިބޭ ފްލެޓް ކުއްޔަށްދޭ ނަމަ އަތުލުމުގެ ބާރު ވެސް އޮވެ އެވެ.
އެކަމަކު ހުޅުމާލޭ ފޭސް އެކެއްގައި އަޅާފައިވާ ފްލެޓްތައް ލިބުނު މީހުން ވެސް އެތަންތަން ކުއްޔަށް ދީގެން އާމްދަނީ ހޯދަ އެވެ. އެކަމަކު ދުވަހަކު ވެސް މިފަދަ ފްލެޓެއް އަތުލިކަމެއް އެނގިފައެއް ނެތެވެ.
އެހެންވެ ހިޔާ މަޝްރޫއުގެ ދަށުން ލިބުނު ފްލެޓް ކުއްޔަށްދޭ ނަމަ އަތުލާނެތޯ ސުވާލުކުރުމުން އަކްރަމް ވިދާޅުވީ މިހާރު ހުރި ތިން ކޮޓަރީގެ ފްލެޓްތައްް ލިބުނު މީހުންނަށް ކުލި ދައްކަން ދަތި ނަމަ އެއް ކޮޓަރި ކުއްޔަށް ދެވިދާނެ ކަމަށް އުސޫލުގައި އޮންނަ ކަމަށެވެ. ނަމަވެސް ހިޔާ ފްލެޓް ކުއްޔަށް ނުދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކަމަކު ކިހިނެއްތޯ ދެ ކޮޓަރިން އެއް ކޮޓަރި ކުއްޔަށް ދީގެން އުޅޭނީ. މި ފްލެޓްތައް މިގޮތަށް ކުއްޔަށް ނުދެވޭނެކަން އޮންނާނީ ކުރިން ވެސް އަންގާފައި،" އަކްރަމް ވިދާޅުވި އެވެ.
ފްލެޓްތައް ލިބުނު ބައެއް މީހުން އެތަންތަން ކުއްޔަށް ދޫކުރިޔަސް އެކަމާ މެދު ފިޔަވަޅެއް އެޅޭނީ ކަމާބެހޭ އިދާރާތަކުގެ ލަފާ ލިބިގެން ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ވަނީ ބުނެފަ އެވެ. އެޗްޑީސީން ބުނީ ފްލެޓްގެ އަގު ދައްކާ ނިމުމުގެ ކުރިން އެތަން އެއްވެސް މީހަކަށް ކުއްޔަށް ދިނުން ނުވަތަ ވިއްކޭނީ ކަމާބެހޭ އިދާރާތަކުން ކަނޑައަޅާފައިވާ ގާނޫނެއް ނުވަތަ ގަވާއިދެއްގެ ތެރެއިން ކަމަށެވެ.
ހިޔާ ފްލެޓަށް، 25 އަހަރަށް ބަހާލައިގެން މަހަކު 7،500ރ. އަދި ސާވިސް ފީގެ ގޮތުގައި 1،000ރ. ދެއްކުމަށް ސަރުކާރުން ކަނޑައަޅާފައިވާއިރު އެ ކުލި ބޮޑުވެގެން ޝަކުވާކުރުމަށް ފަހު ދެ ކޮޓަރީގެ މިތަންތަން ކުއްޔަށް ދޫކުރަން އިސްތިހާރުކޮށްފައި ހުރީ އެންމެ ކުޑަކޮށް ވެސް 10،000ރ. އަށެވެ.
ފްލެޓް ލިބުނު މީހުންގެ ލިސްޓު އާންމުކުރީ އެމީހުން އުޅޭ ތަންތަނަށް ގޮސް ހާލަތު ބެލުމަށް ފަހު އެވެ. އެކަމަކު ލިބުނު ފްލެޓް ކުއްޔަށް ދޫކުރާތީ ފްލެޓްތައް ލިބުނީ ހަމަ ހައްގުވެރިންނަށްތޯ ބައެއް އާންމުން ސުވާލު އުފައްދަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ ރަޝީދު
14 September 2021
ބޭހޭ ކަންކަމާ ބެހިބަލަ ނިކަން. ފިޔަވަޅެއް ނޭޅޭނެ. ސައިޒް ގަ ހުރޭ
މުހަންމާފުތާ
14 September 2021
ފްލެޓް ކުއްޔަށް އެބަދޭންޖެހޭ އެތަން ހެދޭވަރުގެ ލާރި ނުލިބޭތީ. ކުއްޔަށް ދިނީމާ މިހާރު ކުއްޔަށް އުޅޭތަނަށް ދައްކާނެ އިތުރު ފައިސާކޮޅެއް ލިބުމާ އަދި އަލަށް ލިބުނު ފްލެޓް ހެދޭގޮތްވެސް އެބަވޭ. ވީމާ، އެދެވެނީ ކުއްޔަކަށޭ ބުނެވޭކަށް ނެތް. އެހެން ނޫނީ ކުރީ ޒަމާނުގަ ލިބިފައިހުރި ފްލެޓްތައްވެސް ކުއްޔަށް ދެވިގެން ނުވާނެ. އަކުރަމު ކަމާލުއްދީނަކީ ވޭފްޅިޒަމްގެ އައްޕަ.
ފުލެޓް ހަސަނު
13 September 2021
ތިޔަމީހުންނަށް ކަރުދާހުގަ ރޮނގު އެޅޭނީ.. ފިޔަވަޅު އެޅޭނީ ފުރަތަމަ އެތަނަށް ޒިޔާރަތްކޮށް މުޅިސަރަހައްދު އޮތް ހާލަތާ ވާނުވާ ބެލިގެން.. ހަދާފަ އޮތް މަގެއް ނެތް. ސެކިއުރިޓީ ގާޑެއް ނެތް. ލިފްޓްތައް ބޭނުންކުރަނީ ކުރާނެ ގޮތަކަށް. ކުނިއަޅަނީ އަޅާނެ ގޮތަކަށް. ސައިކަލު ޕާކު ކުރަނީ ކުރާނެ ގޮތަކަށް. މިކަންކަން ނުބެލެހެއްޓޭ ބަޔަކަށް ކުއްޔަށްދޭ ފްލެޓްތައް ހޯދާ ފިޔަވަޅު އެޅޭނެ ގޮތެއް ނުވިސްނޭ..
ނަންނު
13 September 2021
ކުއްޔަށް ދިނަސް ނުދިނަސް ފިޔަވަޅު ނާޅާ ނުތިބެވޭނެ. ކާރުގަ އަދި ސައިކަލްގަ އުޅުނަސް ކޮންމެވެސް ވަރަކަށް ފިޔަވަޅު އަޅައިގެން ގޭތެރެއަށް ވަދެވޭނީވެސް..
އިބްރާހިމްބެ
13 September 2021
ފިޔަވަޅު އެޅޭނެ. ކުރެވޭނެ ކަންކަންވެސް އެބަހުރި. އަހަރެން މީ ޝަރުތު ހަމަވެ ފްލެޓް ނުލިބުނު މީހެއް.. ތި ކުއްޔަށްދޭ ފްލެޓްތަކުން ފްލެޓެއް ކުއްޔަށް ހިފާނަން. ދެން ކުލި ނުދައްކަ ހުންނާނީ ފްލެޓް ލިބުނުމީހާ އެޗްޑީސީ އަށް ދައްކަންޖެހޭ އެއްޗެއް ދައްކާނެނު. ނުދައްކައިފިއްޔާ ފްލެޓް އޭނަގެ ކިބައިން ވަކިކޮށް މަށަށް ދިނީމާ އަހަރެން ބަރާބަރަށް ކުލިދައްކާނަން. ސިމްޕަލް
ޓަކިބެ
13 September 2021
ކޮން ިިޔަވަޅެއް އެޅޭނީ. ސަރުކާރު ވަޒީފާތަކުގަޔާ ދައުލަތުގެ މުއައްސަސާތަކުގަ އުޅޭމީހުން ބަލަނީ މަހުންމަހަށަ ބަރާބަރަށް މުސާރަނެގޭތޯ. އެމީހުންގެ އެހެން ޒިންމާއެއްނޯވެ.
އިކުރާމް
13 September 2021
ފިޔަވަޅު އާޅާނެ ތަރުތީބަކާއި ޖޫރިމާނާ ކުރާނޭ ތަރުތީބަކާއި ފުލެޓު އަތުލާނޭ ތަރުތީބެއް އިޢުލާން ކުރަންވާނެ. ފަށަންވާނީ ފުރަތަމަ ފުލެޓާ ހިސާބުން. ރައްޔިތުންގެ ފައިސާއިން ތިމާމެންނާ ނުބައްދަލު މުސާރަނަގައި ޖީބަށް ކަހަމުންދާއިރު ލަދުގެ ކަންފުޅެއްވެސް ހުންނަންވާނެ
ނެތް ވައުދު
13 September 2021
ފްލެޓް ސަރަހައްދު މަގުތަކުގަ ބައްތި ޖަހާ ތާރު އަޅާބަލަ ކަނު އަނދިރީގަ ގޮސް ފެންގަނޑު ތެރެައަށް ފައިބައިގެން އުޅެން ޖެހޭތީ މިކަން ކިރަން ޖެހޭ ފަރާތްތަކުން ނުކުރާތީ ޒިންމާ ނުމަގާތީ ފިޔަވަޅު އަޅަން ޖެހޭނެ
ހަސަނު1
13 September 2021
ހާލުގައި އުޅޭ މީހުންނަށް ތައްޔާރު ކުރި ފްލެޓްތަކަށް ވަގުހަދައި އޮޅުވާލައިގެން ދޮގު މައުލޫމާތުދީގެން ފްލެޓް ހޯދާ އޭގެން ބޮޑު ފައިދާލާފައި ވިޔަފާރިކުރަން ފުރުސަތު ދީގެން ނުވާނެ، އެއީ ސޯޝަލް ހައުސިންގ. އެތަނުގެ ބޭނުމަކީ ހެޔޮއަގުގައި ދިރިއުޅޭވޭނެ ގޮތް މަގުފަހިކޮށްދިނުން. ކަލޭމެން އުޅޭވަރަށްވުރެ ތިތަން ފެންވަރު ދަށިއްޔާ ތިފްލެޓް ކަލޭމެންނަށް ހަލާލެއް ނޫން. ހައްގުވާ ބަޔަކަށް ދޫކޮށްފައި އަވަހަށްދޭ. ފިނިޝިންގ އޭކިޔާފައި ސަރުކާރުންވެސް ހޭވީ ބޮޑުހަޑިއެއް.
ޢަނީ
13 September 2021
އަތުނުލާ ކުލި ބޮޑުކުރޭ. ފްލެޓުދިނީ ކުލީގެ ވިޔަފާރިއަކަށްނޫން.ބިމުގެ މުއްސަނދި މަހުޖަނެކޭ ހިޔާފްލެޓު ވެރިއެކޭ ޢެއްވިސްނުމަކަށް ތިޔަދިޔައީ.