ޚަބަރު / ސްޓެލްކޯ

ސްޓެލްކޯގެ އިންޖީނުތައް ސައުންޑް ޕްރޫފްކޮށް، ދުންހޮޅިތައް އުސްކުރަން މަޖިލީހުން އަންގަނީ

އެސްއޯއީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގެ ތެރެއިން: އެ ކޮމިޓީން ވަނީ ސްޓެލްކޯގެ އިންޖީނުގެތަކުގެ މައްސަލައިގައި ގިނަ ހުށަހެޅި ރިކޮމެންޑޭޝަންސްތައް ފާސްކޮށްފަ-- ފޮޓޯ:މަޖިލިސް

ސްޓެލްކޯ ހުންނަ ސަރަައްދުގައި ދިރިއުޅޭ މީހުންނަށް އެ ކުންފުނީގެ އިންޖީނުތަކުގެ ސަބަބުން ވާ އުނދަގޫތަކަށް ދާއިމީ ހައްލެއް ހޯދުމަށް އެ އިންޖީނުތައް ސައުންޑްޕްރޫފްކޮށް، ދުންހޮޅިތައް އުސްކުރަން އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީ އާއި އެންވަޔަރުމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ ޖޮއިންޓް ކޮމިޓީން ފާސްކޮށްފި އެވެ.

މީހުން ދިރިއުޅޭ ސަރަހައްދާ މާ ކައިރީގައި ސްޓެލްްކޯގެ ޖަނަރޭޓަރުތައް ބެހެއްޓުމުގެ ސަބަބުން އާންމުންނަށް ލިބޭ ގެއްލުންތަކަށް ހައްލު ހޯދައިދިނުމަށް ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް ނަސީމް ހުށަހަޅުއްވާފައިވާ ގަރާރު ދިރާސާކޮށް، އެ ކަން ހައްލުކުރުމަށް ސަބް ކޮމިޓީއަކުން މިދިޔަ ހަފުތާގައި ރިކޮމެންޑޭޝަންތަކަކާ އެކު ރިޕޯޓެއް ހުށަހަޅާފައިވެ އެވެ.

އެ ރިޕޯޓު ދިރާސާކުރުމަށް މިއަދު ބޭއްވި ތިމާވެއްޓާ ބެހޭ ކޮމެޓީ އާއި އެސްއޯއީގެ ޖޮއިންޓް ކޮމިޓީން މާ ބޮޑެތި ބަދަލުތަކެއް ރިޕޯޓަކަށް ނުގެނެ އެވެ. އެ ރިޕޯޓުގައިވާ ކަންކަން ޖޮއިންޓް ކޮމިޓީން ފާސްކުރި ނަމަވެސް، އެންމެ ފަހުގެ ނިންމުން ނިންމާނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުންނެވެ.

ކޮމިޓީން ފާސްކުރި ރިޕޯޓުގައި ހިމެނޭ ބައެއް ކަންކަން:

1. އިންޖީނުތައް ސައުންޑްޕްރޫފް ކުރުމާއި ވައިބްރޭޝަން ކުޑަކުރާ ސިސްޓަމެއް ހަރުކޮށް، ދުންހޮޅިތައް އުސްކުރަން އެންގުން. އެ މަސައްކަތް 2022 ގެ ނިޔަލަށް އެންމެ ލަސްވެގެން ކުރުން.

2. ރިޕޯޓް މަޖިލީހުން ފާސްކުރާތާ 45 ދުވަހުގެ ތެރޭގައި ބެކަޕް ޕަވާ ހައުސްތައް އަޕްގްރޭޑް ކުރާނެ ގޮތުގެ ޕްލޭނާއި ވަގުތީ ތާވަލެއް ސްޓެލްކޯ އިން އެކުލަވައިލާ އެސްއޯއީ ކޮމިޓީ އަށް ފޮނުވުން.

3. ސްޓެލްކޯގެ އިންޖީނުގެ އެހެން ތަނަކަށް ބަދަލު ނުކުރެވޭ ނަމަ އެ ސަަރަހައްދުގައި އުޅޭ އާންމުންނަށް އެހެން ގޮތެއް ހޯދައިދައިދިނުން.

4. މުސްތަގުބަލުގައި މާލެ އަށް ކަރަންޓު ދޭން ރާވާފައި ވަނީ ތިލަފުއްޓާއި ހުޅުމާލެ އިން ކަމަށް ވާތީ، އެކަން ކުރުމަށް ކަނޑައަޅާފައިވާ ސުންގަނޑިތަކަށް އެ މަސައްކަތް ނިންމުން އަވަސްކުރަން ކަމާބެހޭ އިދާރާތަކަށް އެންގުން.

5. އެ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ޕޮލިސީ ލެވެލެއްގައި ގޮތްތަކެއް ނިންމުމަށް އެންގުން.

6. ސްޓެލްކޯގެ ގޯތިތެރޭގައި ހުރި ތެޔޮ ތާންގީތަކުން ނުރައްކާތެރި ހާދިސާއެއް ދިމާނުވާނެ ކަން ކަށަވަރުކުރުމާއި ގަވާއިދާ އެއްގޮތަށް ހުރިތޯ ބަލަން އެންގުން.

7. ކޮމިޓީގެ ރިޕޯޓު ސްޓެލްކޯ އިން ތަންފީޒު ކުރަމުންދޭތޯ އެސްއޯއީ ކޮމިޓީން ގަވާއިދުން މޮނިޓާކުރުން.

ސްޓެލްކޯގެ ޖަނެރޭޓަރުތަކާ ހެދި، އެ ސަރަަހައްދުގައި ދިރިއުޅޭ މީހުންނަށް އުނދަގޫވާ ވާހަކަ އާއި ސިއްހީ މައްސަލަތަކުގެ ވާހަކަ ދައްކާތާ އެތައް އަހަރެއްވި ނަމަވެސް، މިއީ ވެސް މާލޭގައި ހައްލު ނުުކުރެވޭ ލިސްޓުގެ އެންމެ ކުރީގައި އުޅޭ އެއް ކަންތަކެވެ.

މި މައްސަލަ ހައްލުކޮށްދެއްވުމަށް އެދި މިދިޔަ ޖޫން މަހު މެމްބަރު މީކާއިލް މަޖިލީހަށް ހުށަހެޅުއްވި ގަރާރުގައި ވިދާޅުވެފައި ވަނީ އިންޖީނުގެ އެހެން ތަނަކަށް ބަދަލުކުރުން އަވަސް ކުރުމަށާއި އެ މަސައްކަތް ނިމެންދެން ވަގުތީ ހައްލެއް ވިޔަސް ހޯދައިދެއްވުމަށެވެ.

އެ ސަރަހައްދުގެ ޖައްވުގައި އަބަދު ތެޔޮ ވަސް ހިފާފައި ހުރުމާއި ދުމުގެ ސަބަބުން ވައި ނުސާފުވުމަކީ ކުރިމަތިވެފައިވާ މައްސަލައެއް ކަމަށާއި އޭގެ ސަބަބުން ދިމާވާ ސިއްހީ މައްސަލަތަކުގެ ލިސްޓެއް ވެސް ހުށަހެޅުއްވި އެވެ. މި މައްސަލަތަކާ ގުޅިގެން ތިމާވެއްޓާ ބެހޭ މިނިސްޓަރު އައިމިނަތު ޝައުނާ އާއި ސްޓެލްކޯގެ އިސްވެރިން ވެސް ކޮމިޓީ އަށް ހާޒިރުކޮށް، ކަންކަން ސާފުކުރި އެވެ

2 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކޮރަލް

22 September 2021

ގާނޫނު ހެދުމަށް ވުރެ ތަހުގީގު ކޮށް ހުކުމް ކުރާ ތަނަކާ ވައްތަ ރެވެ.

The name is already taken The name is available. Register?

މުޑަހަންޖާ

22 September 2021

ހަމައެކަނި ކ.މާލޭގެ އިންޖީނު އަޑުކަނޑުވާފަ ދުންހޮޅި އުސްކުރަންޖެހެނީ އެއީ ކީއްވެގެންބާ، ރަށްރަށުގަ ރަށުތެރޭ ހުންނަ އިންޖީނުގެއިން ރައްޔިތުންނަށް ދުއްތުރާވިއަސް މައްސަލައެއްނެތީބާ. ދައުލަތުން ވަކިރަށެއްގެ ގަބީލާގަނޑެއްގެ ކަންކަމާ އުޅުމުގެ ބަދަލުގައި ރައްޔިތުންގެ މެދުގައި ހަމަހަމަ އުސޫލެއް ގެންގުޅޭނެ ދުވަހެއް އަންނާނީ ކޮންދުވަހަކުންބާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454