25 ސެޕްޓެމްބަރ 2021 - 10:41
އައްޑޫ ހިތަދޫގެ ފްލެޓް ސަރަހައްދުގެ ސެކިއުރިޓީ އަށް ހާއްސަ ސަމާލުކަމެއް ދީގެން އެކަމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ކައުންސިލުން މިއަދު ބުނެފި އެވެ.
އައްޑޫ ސިޓީ ކައުންސިލް އިދާރާ އާއި އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ވެސް ހިމެނޭ ސަރަހައްދުގައި ހުރި ފްލެޓްތަކުގައި މީހުން ދިރިއުޅެން ފެށި ފަހުން، ފަހަކަށް އައިސް މާރާމާރީ އާއި އެކި ހަމަނުޖެހުންތައް ހިންގާތީ، ފްލެޓްތަކުގައި ދިރިއުޅޭ މީހުންގެ މެދުގައި ބިރުވެރިކަމެއް އުފެދިފައިވެ އެވެ. މީގެ ހަފުތާއެއްހާ ކުރިން ވެސް ފްލެޓެއްގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ ބަޔަކު ޒަހަމްކޮށްލާފައިވެ އެވެ.
ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަހުމަދު ސައީދު މިއަދު ވިދާޅުވީ ފްލެޓްތަކުގައި އުޅޭ މީހުންގެ ފަރާތުން އަންނަ ޝަކުވާތަކުގެ ތެރެއިން ގިނަ ކަންކަމަކީ ވެސް ސެކިއުރިޓީއާ ގުޅޭ ގޮތުން އަންނަ ޝަކވާތައް ކަމަށެވެ. އެކަމަކު މިހާތަނަށް ސެކިއުރިޓީ ބެލެހެއްޓޭނެ ހަރުދަނާ އެއްވެސް ނިޒާމެއް އެ ސަރަހައްދުގައި ނެތް ކަމަށް ވިދާޅުވި އެވެ.
"އެހެންވެ މިހާރު މިކަމާ ގުޅޭ ގޮތުން ފުލުހުންނާ އެކީ ވެސް މަޝްވަރާތަކެއް ކުރިއަށް އެބަދޭ،" ސައީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އައްޑޫގައި ފުލުހުންގެ ވަސީލަތްތައް މަދުވުމަކީ ވެސް ފްލެޓްތަކުގެ ސެކިއުރިޓީ އަށް މަސައްކަތްތަކެއް ކުރަން ޖެހޭ އިރު ގޮންޖެހުމެއް ކަމަށެވެ.
"އެ ބޭފުޅުންގެ ރިސޯސް ވަރަށް މަދު. އެހެން ވިޔަސް މިހާރު ދެން ވަރަށް ބޮޑު އިސްކަމެއް ދީގެން ފްލެޓް ސަރަހައްދުގެ ސެކިއުރިޓީ އަށް މަސައްކަތްކުރެވޭނެ. އެގޮތުން އެ ސަަރަހައްދުގައި ސީސީޓީވީ ކެމެރާ ހަރުކުރެވޭނެ ގޮތްތަކެއް ހަމަޖެހިގެން ދާނެ." ސައީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެ މަސައްކަތްކުރެވޭތޯ ވަރަށް ބޮޑަށް ބަލާނެ އެވެ.
"ވީހާ ވެސް އަވަހަކަށް ހައްލެއް ހޯދަން ޖެހިފައި އޮތް ކަމަށްވާތީ މިކަން ވީހާ ވެސް އަވަސްކުރުމަކީ ކައުންސިލުން ވަރަށް ބޮޑަށް ބޭނުންވާ ކަމެއް." ސައީދު ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
67584
26 September 2021
ނާތަހުޒީބު، ތައުލީމެއްނެއް މީހުން ވަރަށް ގިނަ ރަށެއްވީމަ ތިހެން ތިވަނީ. ތިޔަތަނުގަ ކުދިންނައް ތައުލީމު އުގަންނައިދޭން ބުރަމަސައްކަތް ކުރަންފެނޭ. ޕޮލިޓިކްސް ސަކަރާތުގަ ވަގުތު ބޭކާރުނުކޮށް ބެލެނިވެރިން ދަރިންނަށް ވަގުތު ދީގެން ތަރުބީޔަތު ކުރެވޭނީ. ޕިންކް، ޔެލޯ، ރެޑް ލައިގެން ޖަލްސާއަށް ހިންގީމަ ވާނިތިހެން.
ހަކީމް.
26 September 2021
ކަލޭ ކިޔަވައިގެން ހުރިވަރުން ވަގު އައިޑީގަ އަމިއްލަ ނަން ބޭނުން ނުކޮށް އޮވެގެން ބޮޑު މުޖުތަމައުއަކަށް ރައްދުކޮށް ތިކަހަލަ ޙަޔާތް ކުޑަ ވާހަކަ ދައްކަނީ. ކަލެއަށް ތަފާތު ހިސާބު ނޭގުމަކީ އައްޑީސިޓީ މީހުންގެ މައްސަލައެއްނޫން. ތިޔަބުނާ ޑްރަޤުބޯކުދިންނާއި ވައްކަން ކުރާ ކުދިންނަކީ މާލެއަށް ކިޔަވަންދިޔަ ކުދިންގެ ތެރެއިން އުފެދުނު ބައެއް.
678543
26 September 2021
ނާތަހުޒީބުކަން. ރުޅިގަދަވެފަ ކޮންޓްރޯލް ގެއްލިފަ. އިރާދަކުރެއްވިޔާ ކޮންމެވެސް ދުވަހަކުން ތައުލީމީ ޖީލެއް ތިތާވެސް އުފެދޭނެ.
އޮނަރަބްލް އަފީފު ދީދީ
26 September 2021
ފުލުހުންގެސެންޓަރެއް ބައިނަލްއަޤުވާމީ އުސޫލްތަކާއިޙިލާފަށް ކަސްޓޯޑިއަލްއާއިއެކު ކީއްކުރަންތޯ ގޭންއެއަރޕޯޓްގައިބަހައްޓަނީ؟! މާލެއިން އައްޑުއަށްދާފުލުހުންނަކީ މިތަނުގައި "ޗުއްޓީ ހަދާލަން" އަންނަ ކުދިންކޮޅެއްތޯ. # މިސިޓީގެ ކޮންމެ 1000 މީހަކަށް ފުލުހަކު އައްޑުއަށްފޮނުވާފައި ފުލުހުންގެ ހިދުމަތް އައްޑުއަށްވެސް ދެވުނީކަމަށް ބުނާއިރު "ޕްރޮޓެކްޓް އެންޑ ސާރވް" ޝިއާރުގެ ދަށުން ރައްޔިތުނަށް ރައްކާތެރިކަމާއި ހިމާޔަތްދޭން 40 ފުލުހުންނަކީ އެކަށީގެންވާ އަދަދުތޯ؟
ޏީމާ
25 September 2021
ޢެފްލެޓް ތަކުގެ ތެރެއިން ފްލެޓެއްގަ އުޅޭ އޭގެން ބައެއް.އެތާއުޅެނީ މުޅީންވެސް އެމީހުން.އަންހެނެއް ނޫޅޭނެ.ނުބައިއެއްޗިހި ކިޔުމާއި ތަޅާފޮޅުންވެސް ..ޕޮލިހުން އައިސް ހުއްޓުވީ.މިބުނާ ފްލެޓް ގެ ކާރީ އުޅޭ މީހުނައް ނުކެރޭ ދޮރުވެސް ހުޅުވާކަލާކައް.ފުރަތަމަ ފަހަރު ތަޅއިގަތީމަ ހުއްޓުވިނަމަ މިހާހިސާބަކައް ނައީސް..
ގަލަން
25 September 2021
ހިތަދޫ ފްލެޓްތަކުގައި އެއްވެސް ފަރާތަކަށް ދޫނުކޮށް ކައުންސިލުން "ހިފަހައްޓާފަ،"ރިޒާވް" އެޕާރޓްމެންޓެއް ނުވަތަ ފްލެޓެއް އެބައިން. އެތަން ފުލުުހުންނަށް ދެއްވާ. އެތަނަކީ ގްރައުންޑްފްލޯރ ގައި މަގާއި ކައިރީ ހުރިތަނެއް ކަމުން އެތަނުގައި "ފުލުހުންގެ ޑެޕޯ" އެއް ހަދައި، ސީސީޓިވީ ކެމެރާ މޮނިޓަރ ކޮށް ތަން ބެލެހެއްޓުމާއި ކަމެއް ދިމާވެއްޖެނަމަ އަވަހަށް އެޓެންޑްވުމަށް ފަސޭހަވާނެ. މިއީ ބަޔަކު ކިޔައިދީގެން އާދޭސް ދަންނަވައިގެން ކުރަންޖެހޭ ކަންކަމެއްނޫން.
ޑޮކްޓާރ. ބަނާނާ
25 September 2021
ފުލުހުން ރާއްޖޭގައި އަޅާ ހުރިހާ ފުލެޓް ތަކެއްގެ ސެކިއުރިޓީ ބަލަހައްޓާ ނަމަ ދެން އެބޭފުޅުން ކުރާނެ އެހެން ކަމެއް ނޯންނާނެ. ފުރަތަމަ ކަމަކީ ހިތަދޫ ވަލުތެރޭ އަޅާފައިވާ ފުލެޓްތަކުގެ ސެކިއުރިޓީ ބެލެހެއްޓޭނެ ގޮތަކަށް އެތާގެ ވަށައި ފެންސް ޖަހާ ސެކިއުރިޓީ ކެމެރާ ހަރުކޮށް އެތަނުގައި ސެކިއުރިޓީ އެޖެންސީ އަކުން މީހުން ހޯދާ ގާރޑުން ބޭތިއްބުން. މީ ސަރުކާރުން ކުރަންޖެހޭކަމެއްް! ދެން ފުލުހުންނަށް އެތަން ބެލެހެއްޓޭނޭ! މިކަންކުރަން މިހާ ވަރުވެސް ނޭގޭތޯ ؟
ދޮންކެޔޮ އަހަންމަދު.
25 September 2021
ތިޔަބުނާ ބޭފުޅުން ހަމައެކަނި ސިކުއުރިޓީ ބަލަހައްޓާންވާނީ ކ.އަތޮޅު މާލޭގެ ފުލެޓްތައް އެހެން ނޫންތޯ؟ ކަލޭމެން ހީކުރީ އަހަރުމެންނަކީ ގަމާރުން ކަމަށްތަ ؟ ތިވަރުން ކޮންމެހެން ކަލޭމެންގެ ދަށުވެގެން ތިބޭކަށް ބޭނުމެއްނުވޭ. ދޫކޮށްލާންވީނު.
އޮނަރަބްލް އަފީފު ދީދީ
25 September 2021
ފުލުހުންގެ މުއައްސަސާގެ އޮނިގަނޑަށް ބަދަލުގެނެސް ފުލުހުންގެ އެންމެ އިސްވެރިޔަކީ (މިހާރުގެ ސީޕީ) ޑައިރެކްޓަރ ޖެނެރަލް އޮފް ޕޮލިސް ކަމަށް ކަޑައަޅުއްވާފައި ރާއްޖޭގެ 3 ސަރަހައްދަކަށް ޕޮލިސް ކޮމިޝަނަރުން ކަޑައެޅުމަށްޓަކާ ތިލަދުންމަތިން ފާދިއްޕޮޅަށް ނޯތު، ކ.އަތޮޅުން (މާލެ ހިމަނައި) ދާލަށް ސެންޓްރަލް އަދި ކޮޅުމަޑުލުން އައްޑުއަށް ސަދާން ރީޖަން ކަމަށް ހަމަޖައްސަވާ ރީޖަންތަކުގެ ކޮމިޝަނަރުން ރިޕޯޓް ކުރާންޖެހޭނީ ޑީޖީއަށް ކަމުގައި ނިންމަވާންވީ ނޫންތޯ.
ޑޮކްޓާރ. ބަނާނާ
25 September 2021
ސިނަމާލެ އަދި ޑިފެންސް ފްލެޓް ގެ ތަޖްރިބާކުރެވިއްޖެ! ކިތަށް ކުދިންތޯ މިފްލެޓް ތަކުަގައި ޑްރަގާއި ގޭންގް ތަކަކަށް ދިޔައީ! މިކަން މާލޭގައި ދިރިއުޅޭ ބަޔަކަށް އިގޭނެ! ފުލުހުން ގެ ބޮލަށް ހުރިހާ ކަމެއް ކަޑާނުލާ ރާއްޖޭގެ ހުރިހާ ދިމާލެއްގައި ތިއަޅާ ފުލެޓް ތަކުގެ ސެކިއްރިޓީ ޕްލޭނެއް ހަދާ ސެކިއުރިޓީ މީހުން ބައިތިއްބާ ކެމެރާ ހަރުކޮށްބަލަ. !ހަމަ މިހާވަރުވެސް އެގިވަޑައި ނުގަންނަވަނީތޯ ؟
ޑޮކްޓާރ. ބަނާނާ
25 September 2021
ބަލަ އައްޑު އަތޮޅު ހިތަދޫ ފަދަ ޑްރަގް މައްސަލަ ތައް ގިނަވެފައިވާ ހިސާބެއްގައި ހިސާބެއްގެ ވަލުތެރޭ މިފުލެޓް އެޅިއިރު ކަލޭމެން ނުވިސްނަންތަ އެތާގެ އާއްމު ރައްޔިތުމިހާގެ ރައްކާތެރިކަމަށް ! ކީއްވެތޯ ފުލުހުންނާއި މަަޝްވަރާ ކޮށް މީހުން ތިތަނަށް ވެއްދުމުގެ ކުރިން ސެކިއުރިޓީ އެސެސްމެންޓެއް ހަދާ ރައްޔިތުމިހާ ގެ ސެކިއްުރިޓީ ކަންތައް ހަމަނުޖެއްސީ. ސިޔާސީ ދޮރެއް ދޮރާއްޓެއް ނުދަންނަ ބޭފުޅުން ތަންތަނުގެ ވެރިންނަށް ލުމުން ވާގޮތް މިފެންނަނީ . ބަނާނާ
ޢަހުމަދުލާމި
25 September 2021
ޜަގަޅު ވާހަކައެއް.
ޞވޗޗޗ
25 September 2021
މިހާލަތު މިއަށްވުރެ ބޮޑަށް ހުޅުމާލެ ހިޔާ ފްލެޓް އަށް މީހުންތައް ވަނީމަ ދިމާވާނެ. ކުޑަތަންކޮޅަކަށް އެއްފަހަރާ ސަޅިސްހާހުގެ އާބާދީއެއް ދިއުމަކީ އިޖުތިމާއީ މައްސަލަތައްފުނިޖެހިގެންދާ ސަބަބަކަށްވާނެ
ށަވިޔަނި
25 September 2021
ކުދިކުދި ރަށްތައް ފިޔަވައި ހުރިހާތަނެއްގައި ހަމަނުޖެހުން. ވަރަށް ވިޔާނުދާ ބައެއް މިގައުމުގައި މިހާރު މިއުޅެނީ. މިމީހުން މައިތިރިކުރެވޭނީ ހަރުކަށި އަދަބުދީގެން.