ކޯސްޓްގާޑް: ކުޑަ ކުއްޖާ ނުފެނު ކަމަށް ބަލައި ހޯދުން ވަނީ ހުއްޓާލާފައި. -- ފޮޓޯ: އެމްއެންޑީއެފް
23 އޮކްޓޯބަރ 2021 - 16:31
މި މަހުގެ 16 ވަނަ ދުވަހު ކަނޑަށް ވެއްޓި ގެއްލުނު ހަތަރު އަހަރު ކުއްޖާ ހޯދަން ހަފުތާއެއް ވަންދެން މަސައްކަތް ކުރިއިރު ވެސް ނުފެނުމުން، ހޯދުން ހުއްޓާލައިފި އެވެ.
އެމްއެންޑީއެފުން ބުނީ "ޑްރީމް" ލޯންޗަށް ރާޅެއް އަރައި އޭގައި އިން ކުޑަކުއްޖަކު ގެއްލުނު ހާދިސާއާ ގުޅިގެން ކޯސްޓްގާޑުން މިހާތަނަށް ކަނޑުމަތިންނާއި ވައިގެ މަގުން 4،706 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ. އެ ކުއްޖާ ހޯދުމަށް މިހާތަނަށް ކުރެވުނު މަސައްކަތުން ފެނިފައި ނުވާތީވެ، އެ މަސައްކަތް "ސަސްޕެންޑް" ކުރެވިފައިވާ ކަމަށެވެ.
މުޅި ރާއްޖެ އަށް ކުރި ގަދަ ވިއްސާރައިގައި ވަރަށް ކަނޑުގަދަ ވެފައި ވަނިކޮށް، މާލެ އިން ފުރައިގެން ވ. ފުލިދޫ އަށް ދަތުރުކުރަމުން ދަނިކޮށް ހިނގި ކަނޑުމަތީގެ ހާދިސާގައި އުމުރުން އެންމެ ހަތަރު އަހަރުގެ ޖުޔަލް ޖިނާހު ގެއްލުނީ ލޯންޗަށް ބޮޑު ރާޅެއް ޖެހުމުން ކަނޑަށް ވެއްޓިިގެންނެވެ. އެ ހާދިސާގައި އެކުއްޖާގެ މަންމަ މަރިޔަމް ނާހިދާ، 33، ވަނީ މަރުވެފަ އެވެ.
އެ ހާދިސާ ހިނގީ އެމްއެންޑީއެފުން އޭރު ބުނެފައިވާ ގޮތުގައި މާލެ އަތޮޅު އޮޅުވެލި ރިސޯޓުގެ އިރުދެކުނުން އެއް ނޯޓިކަލް މޭލު ދުރުގަ އެވެ. އެމްއެންޑީއެފުން ބުނެފައި ވަނީ ގެއްލުނު ކުއްޖާ ލައިގެން އިނީ ކަޅު ކުލައިގެ ޓީޝާޓެއް ކަމަށެވެ.
އޭރުން ފެށިގެން ސިފައިން ވަނީ ކުއްޖާ ފެނޭތޯ އެ ސަރަހައްދު ބަލައިފަ އެވެ. އެ ހިސާބުން ދަތުރުކުރާ މީހުންނާއި އެ ހިސާބުގެ ރަށްތަކުން ވެސް ކުއްޖާގެ ހަބަރެއް ވޭތޯ ބެލުމަށާއި އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ އަވަހަށް އަންގަން ވަނީ އެދިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބުރާ
24 October 2021
އެކުއްޖާ ހޯދުމަށް ކުރި މަސައްކަތް މިވަގުތަށް ހުއްޓާލިވާހަކަ އެއޮތީ. ކުޑަ ކުއްޖަކު އެހީތެރިއަކު ނެތި، ފެންމަތީގައި އޮވެވޭނެ ގޮތެއް ނެތި ކަނޑަށް ވެއްޓި ނުފެނި ހަފްތާއެއް ވީމާ ފެނިދާނެ ކަމުގެ އުންމީދު ކުޑަވީވަ ހުއްޓާލީ. އެކިމަކު އުންމީދަކީ ތިހާދިސާ ހިނގުމަށް މެދުވެރިވި ކަންތައް ތަޙްގީގުކޮށް ކޮޅެއްގައި ޖެހޭނެ ކަމަށް
ކެރަފާބެ
23 October 2021
ވ.ދެރަ! ކައްޕި ހެވިފަ ހަމަ ލޯންޗްގަ އެބަ ދަތުރު ކުރޭ! ނެތް ދޯ މިކަމުގަ ޒިންމާވާނެ މީހެއްވެސް ! މިއޮތީވާ ގައުމެއް
އައިސާފުޅު
24 October 2021
ކައްޕި އެކަންޏެއް ނޫން. ބެލެނިވެރިންވެސް ޒިންމާ ނަގަންޖެހޭ
ރޯޔަލް
23 October 2021
އިހެންވިއްޔާ ރިލުވާނު ހޯދުންވެސް ހުއްޓާލާ
އައިސާފުޅު
24 October 2021
ރިލްވާން ކޭސް އަކީ ތަފާތު ކޭސްއެއް. އޭނަ ކިޑްނެޕްކޮށް މަރާލި ބަޔަކު ޖެހޭ ހޯދަން. އެންމެންގެ ރަށްކަލަށްޓަކައި.
ގެދަބުޅި
24 October 2021
ކިތަންމެ ދުވަހެއް ހުއްޓާލިތާ. އެކަމެއް ނޭނގޭ؟
ޙިނި
23 October 2021
ޢަޖައިބެއް! ކުޑަކުއްޖެއް ކަންޑައްވެއްޓި ގެއްލުނީމަ މި ކަން ތަހުގީއެއްވެސް ނުކުރޭތަ.
ކަނޑުކޮސް
24 October 2021
ތަހުގީގު ކުރަނީ ވީގޮތެއް ނޭގުނީމާ. މިކަމުގައިވީގޮތް އެގޭން އެއޮތީ. ދަތުރުނުކުރަން ގޮވަގޮވާ އޮއްވާނުކުތީ. ގަދަކަން ލޮލަށް ފެންނަން އޮތީ. ނުކުތްއިރު އެކުއްޖާގެ ބައްޕަ މަންމަ އަކަށް ލައިފްޖެކެޓް އަޅުވާކަށް ނުވިސްނުނު. ކައްޕި އަކަށްވެސް އެކަމެއްވެސް ނުވިސްނުނު.
ޖުއްބާ
23 October 2021
ޒިންމާ އަދާކުރެވުނީ. މާލެތެރޭން ޕާޓޭންނާ ގަވައިދާ ހިލާފައް އުޅޭ ބިދޭސީން އަތުލާ ހޯދުންވެސް ހުއްޓާލިތާ ކިތަންމެ ދުވަހެއް.
ޟާންތީ
24 October 2021
ހުއްޓާލަންވީ. ބޭރުމީހުން ގެންނަނީ ހަމަ ދިވެހިން. ގެނެސްގެން ފައިސާނަގާފާ ވީއްލަނީ. ޒިންމާއެއް ނޯވޭ. އެކަމު ވަރަށް ވަތަނީވާނެ. ޢިންޑިޔާ އައުޓު ގޮވާފާނެ. ދެން ކޮލުގައި ދިވެހިދިދަ ތަތްކޮށްގެން ހިނގުން އޮންނާނީ