ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް. އެއާޕޯޓުގެ ޑިއުޓީ ފްރީ އަށް އެވޯޑެއް ވަނީ ލިބިފައި--
25 އޮކްޓޯބަރ 2021 - 18:19
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ޑިއުޓީ ފްރީއަށް "ޓްރެވަލް ރީޓޭލް ސުޕަސްޓާ" އެވޯޑް ލިބިއްޖެ އެވެ.
މިއީ އެއާޕޯޓުގެ ޑިއުޓީ ފްރީއަށް ލިބުނު މިފަދަ ފުރަތަމަ އެވޯޑެވެ. މިއީ މަލްޓި މީޑިއާ ޕަބްލިޝިން ޕްލެޓްފޯމެއް ކަމަށްވާ "މޫޑީ ޑެވިޓް ރިޕޯޓް" އިން ދޭ އެވޯޑެކެވެ. މި އެވޯޑު އިއުލާނު ކުރީ ވާޗުއަލްކޮށް ބޭއްވި ޓްރެވަލް ރީޓޭލް އެކްސްޕޯގަ އެވެ.
އެމްއޭސީއެލްއިން ހިންގާ ވެލާނާ އިންޓަނޭޝަނަލްގެ ޑިއުޓީ ފްރީއަށް މި އެވޯޑް ލިިބުނީ އޭޝިއާ ޕެސިފިކް ސަރަހައްދުންނެވެ.
ވީއައިއޭގެ އިތުރަށް ގްލާސްގޯ އާއި ލަންޑަންގެ ހީތްރޯ އެއާޕޯޓާއި ދުބާއީ އާއި ނޯތު އެމެރިކާ އާއި ސިންގަޕޫރުގެ ޓްރެވަލް ކުންފުނިތަކަށް ވެސް އެވޯޑް ލިބިފައިވެ އެވެ.
އެއާޕޯޓުގެ ޑިއުޓީ ފްރީގައި ދުނިިޔޭގެ ނަން މަޝްހޫރު ބްރޭންޑްތަކުގެ އައުޓްލެޓްތައް ހުރެ އެވެ. އެމްއޭސީއެލް އިން ބުނީ ކުރިއަށް އޮތްތަނުގައި ވެސް އިތުރު ބްރޭންޑްތަކުގެ އައުޓްލެޓްތައް ޑިިއުޓީ ފްރީއަށް އިތުރުވާނެ ކަމަށެވެ. މަޝްހޫރު ބްރޭންޑްތަކުގެ އިތުރުން ދިވެހި އުފެއްދުންތަކުގެ ފިހާރަތައް ވެސް ޑިއުޓީ ފްރީއަށް އިތުރުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިޔަފާރިވެރިންނަށް
26 October 2021
މަޓީގެ ވިޔަފާރިވެރިންނަށް ފޯރިނަގަން ސަބަބެއް.
ގާނށ
25 October 2021
ޝުކުރިއްޔާ ހިއްވަރުގަދަ ރައީސް ޔާމީން އެއަރޕޯޓް ފެނުނީމަ މަނިކުފާނުގެ ހިންގުންތެރިކަން ވިސްނި މަނިކުފާނަށްޓަކައި ފަޚްރުވެރިވޭ ތިވަރުގެ ހިންގުންތެރިއެއް އަދި ނުފެނޭ