މަރުގެ ތުހުމަތުކުރެވޭ ފިރިމީހާ އަކީ ވެސް ނަރުހެއް. މި ދެމަފިރިންގެ ކުޑަ އަންހެން ދަރިއަކު ވެސް ހުރޭ.
އައިޖީއެމްއެޗުގައި މަސައްކަތްކުރަމުންދިޔަ ދެ ނަރުހުން.-
27 އޮކްޓޯބަރ 2021 - 15:22
އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުންދިޔަ ފިލިޕީންސްގެ ނަރުހަކު ދަންޖެހިގެން މަރުވި ކަމަށް ބުނާ މައްސަލާގައި އޭނާގެ ފިރިމީހާގެ މައްޗަށް ތުހުމަތުކުރެވި އޭނާ މިއަދު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެ މަރުގެ މައްސަލައިގައި 29 އަހަރުގެ ފިލިޕީންސް ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދިން ނަމަވެސް، "މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި ހައްޔަރުކުރީ އޭނާގެ ފިރިމީހާ، މާވިން އެވެ. އޭނާ އަކީ ވެސް އައިޖީއެމްއެޗްގެ ނަރުހެކެވެ.
ޑައިލިސިސް ސެންޓަރުގައި މަސައްކަތްކުރާ މޭރީ ގްރޭސް ނަމަކަށް ކިޔާ އަންހެން މީހާގެ މަރުގެ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރީ ދަންޖެހިގެން މަރުވި ކަމަށް ބުނެ އެވެ. އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހު އެވެ. ނަމަވެސް އެ މަރުގައި ބޮޑެތި ޝައްކުތަކެއް އުފެދިގެން އެއީ މަރާލާފައި އޮތް މީހެއް ކަމަށް ބެލެވިގެން ފުލުހުން ވަނީ ތަހުގީގު ފަށައިފި އެވެ.
ފުލުހުން އެ ގެއަށް ދިއުމުގެ ކުރިން ފިރިހެން މީހާ ވަނީ އޭނާގެ އަންހެނުންގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށް ވަނީ އެނގިފަ އެވެ.
އެ މައްސަލައިގައި ފުލުހުން ޝައްކު އުފައްދާ އެއް ސަބަބަކީ ވެސް ދަންޖެހިފައި ހުރި ކަމުގެ ނިޝާނެއް ހަށިގަނޑުން ފެންނަން ނެތުމެވެ. އަދި އޭގެ އިތުރުން ވެސް ޝައްކުވާ ގިނަ ކަންތައްތަކެއް ހުރި ކަމަށްވެ އެވެ.
މަރުވި ސަބަބު ދެނެގަތުމަށް އަންހެން މީހާގެ ހަށިގަނޑު ޕޯސްޓުމޯޓަމް ހެދުމަށް ބޭރަށް ފޮނުވަން ވަނީ ނިންމައިފަ އެވެ. ފުލުހުން ބުނީ އެކަމާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކުން މަޝްވަރާކުރަމުން އަންނަ ކަމަށެވެ.
މެއި 3، 2016 މާވިން އާއި މޭރީ ކައިވެނިކޮށް، ދަރިއަކު ވެސް އެބަ ހުއްޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢިހްސާސް
28 October 2021
ތިޔޮއްލޯބި ނަރުސް އެމަރާލި. ބޭނުން ނެތިއްޔާ ހެޔޮގޮތުގަ ދޫކޮށްލީމަ ވީނުން.
ބަރުބާދު
27 October 2021
ފިރިހެންމީހާޔައް ދިވެއްސަކާ ހިތާވެވުނީކަމައްވާނީ.
ހޭބަލި
27 October 2021
ޑިއުޓީގަ ހުރެފަ ބްރޭކަށްދިޔަ މީހާ ދެންގެނައި މަރުވެގެން ސްޓްރެޗަރގަ. މޫނާއި އެއްޗެހި ދުޅަކޮށްލާފަ ??
ދޮން ހަސަނު
27 October 2021
މަންމަ މަރުވެ ބައްޕަ ހައްޔަރު ކުރުމުން އެ ދަރިފުޅުގެ މިހާރުގެ ހާލަކީ ކޮބައިބާ؟ ބޭރު ޤައުމެއްގައި، އާއިލާ އާއި ދުރުގައި އެ ކުއްޖާ ވަރަށް ނިކަމެތި ވީނުންތީ.
އެދުން ފުއްދައިދޭ ކަމަނާ
27 October 2021
ފިރިހެން ނަރުސްގެ ހިތުގެ ގޮމަ ސަސްޕެންޑް އަރުވާލައިފި ތަހުގީޤު ނިމެންދެން
ޑައިވަރޭ
27 October 2021
ފޮޓޯތަކުން ފެންނައިރު ހާދަ ލޯބިކޮންނޭ ދެމަފިރިން ފެންނަނީ... ހާލަރު ބަދަލުވާން ފަޅިސިކުންތެއްވެސް ބޭނުމެއް ނުވާނެ
އަހުމަދުވަޣާރު
27 October 2021
މަރަށްމަރު ބޭނުމީ.އޭރުން ގައުމު ހަމަޔަކަށް ޢެޅޭނީ
ގުދުގުދާބެއްޔާ
27 October 2021
ފިރިމީހާއަށް ސައްކު ކުރެވޭނެތާ!؟އޭނާގެއަނބިމީހާމަރުވުމަށްފަހު ޖެހިގެން އައިދުވަހު އެދެމީހުންގެ 4 އަހަރުވީ އަންހެންދަރިއާއި، އަދި ފިރިހެންމީހާގެ މަންމަ މާލޭގައިބައިތިއްބާފައި،އެއަރޕޯޓްއަށް ފުރަން ދިޔައީމާ ދެން ސައްކުނުވާނެ ގޮތެއް އެބައޮތްތަ؟ސަރުކާރުގެހޮސްޕިޓަލްއެއްގެ ވަޒީފާގައި ހުރެމެލީވްއެއް ނަގަންޖެހޭނެދޯ ބޭރަށް ފުރަންޏާ! ދެން ފުރަން އިމިގްރޭޝަންއަށް ގޮސް ޗެކްއައުޓް ވާހިސާބުން ޕާސްޕޯޓް ހިފަހައްޓާފައި އޮތީމާ ނުފުރިގެން މާލެއައީމާ ސައްކު ނުވާނެބާ؟
ނަށީދު
27 October 2021
ދެން ފިރިމީހާ މަރާލަން އުޅުނު ކަމުގެ ތުހުމަތަށް ނަރުސް ހައްޔަރު ކުރާނީއެއް ނޫން.
ލައިލާ
27 October 2021
ނަރުސް މަރުވެފައި އޮއްވާ ކިހިނެތް ހައްޔަރު ކުރާނީ
ޚަނީދާ
27 October 2021
ތުހުމަތެއް ކުރެވުނީވެސް ފުލުހުންގެ ތަހުޤީޤުން ޢެނގޭތީ ކަންނޭގެ ޝައްކުވާ ފަދަކަމެއް. މަމޮޅު ހެދިގެން ތަހްގީގު ނުކޮށް ކޮންމެ މައްސަލައެއްގައި ވަގުތުން ހުކުމް އިއްވަން މިގޮވަނީ ގަމާރުން. ދިވެހި ފުލުހުންގެ ތަހުޤީޤުތައް ވަރުގަދަކަން އަންނި މައްސަލަ އަދި ދަނގެތި އަދި މިކަމުންވެސް އެނގިއްޖެ. މުއައްސަސާތައް ބަދުނާމުކޮށްފަ ގިނަފަހަރު ކޮމެންޓް މިކުރަނި ފުލުހުންގެ ބަންދަކަށް ނޫނީ މައްސަލައެއްގރ ތުހުމަތުގަ ފިޔަވަޅެއް އެޅިގެން ރުޅިއައިސް ތިބޭ ގަމާރުން
އައިސާފުޅު
27 October 2021
ކޮންމެހެން ދިމާވެފަ ހުރި ކަމެއްގެ ސަބަބަކުންނެއް ނޫން. ގިނަ ފަހަރު ހަމަ ނާގާބިލް ކަމަށް ފެންނަނީ.