ދަންޖެހުނު ކަމަށް ބުނާ މީހާ އަކީ ފިލިޕިންސް އަންހެނެއް. އޭނާ މާލޭގައި އުޅެނީ ފިރިމީހާއާ އެކު. އެއީ ވެސް ނަރުހެއް.
ކްރައިމް ސީނެއްގައި ފުލުހުން ހަރަކާތްތެރިވަނީ: ރިސޯޓެއްގައި ފެންމަތިވީ ނުރުހުމުގައި އަތްލާން އުޅުނު މައްސަލައެއް ކަމަށް ފުލުހުން ބުނޭ --- ފޮޓޯ/މިހާރު
27 އޮކްޓޯބަރ 2021 - 06:41
އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕިންސްގެ އަންހެން ނަރުހަކު މިދިޔަ ހުކުރު ދުވަހު ދަންޖެހިގެން މަރުވި ކަމަށް ބުނާ މައްސަލައެއްގައި ބޮޑެތި ޝައްކުތަކެއް އުފެދި އެއީ މަރާލާފައި އޮތް މީހެއް ކަމަށް ބެލެވިގެން ފުލުހުން ތަހުގީގު ފަށައިފި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އަންހެން ނަރުސް އުޅޭ ގޭގައި އޭނާ ދަންޖެހިފައި ހުއްޓާ ފެނިގެން ކަމަށް ބުނެ، ފުލުހުން ސީން އަށް ދިއުމުގެ ކުރިން ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
ކައިވެނި ކޮށްގެން ދަރިއެއް ވެސް ހުންނަ ނަރުސް މީހާ ރާއްޖޭގައި އުޅެމުން އައީ އޭނާގެ ފިރިމީހާއާ އެކީގަ އެވެ. ފިރިމީހާ އަކީ ވެސް ނަރުހެކެވެ.
އޭނާ މަރާލާފައި އޮތް ކަމަށް އެންމެ ބޮޑަށް ޝައްކުވި އެއް ސަބަބަކީ ދަންޖެހިފައި ހުރި ކަމުގެ ނިޝާނެއް ހަށިގަނޑުން ފެންނަން ނެތުން ކަމަށް ވަނީ އެނގިފަ އެވެ. އަދި އޭގެ އިތުރުން ވެސް ޝައްކުވާ ގިނަ ކަންތައްތަކެއް ހުރި ކަމަށްވެ އެވެ.
އަންހެން ނަރުސް މީހާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމެއް ހަދަން ވެސް ނިންމާފައިކަން އިތުބާރު ހުރި ގޮތަކަށް "މިހާރު" އަށް ވަނީ ކަށަވަރުވެފަ އެވެ.
ދަންޖެހިގެން މަރުވި ކަމަށް ބުނެ ފުލުހުންނަށް ރިޕޯޓްކުރި މައްސަލައާ ބެހޭ ގޮތުން ފުލުހުން އަދި މިހާތަނަށް ތަފުސީލެއް ހާމަކޮށްފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަބީބު.
27 October 2021
ނޫނޭވާ ކަމެކޭމީ ހައްގު ގާނޫނު އެއްފަރާތްކޮއްފަ އުޅެގެން ވާނީ މި ހެން އަޅެއެއްފަ ހަރުވެސް ހައްގު ގާނޫނު ނަގާކިޔާ އެއައް ހުކުމްކުރަން ފަށާބަލަ ހުޅަނގުން ނުދޭނެ ރަނގަޅު ނަސޭހަތެއް
އަސްލު.
27 October 2021
އެޕިލިޕިންސް މީހާ އެހެން ނަރުހަކާ ރައްޓެހެވެގެން އުޅެނިކޮށް ވައިފުއަށް ފަޅައެރީމަ ހިގައި ދިޔަ ހަމަނުޖެހުމެއްގައި ދިމާވި ކަމެކޭ އެބަކިއާ
ބުރުގާ
27 October 2021
އަނެއްކާ އަނެއްޗަރުކޭސް ފެށުނީ...
ރަންދެލި
27 October 2021
މި މައްސަލާގައި ހިމެނެނީ ބިދޭސީން ކަމަށް ވާތީ މި މައްސަލަ ތަހުގީގު ކުރާނީ ސީރިއަސް ނޫން މައްސަލައެއްގެ ގޮތުގައި ހެން ވަރަށް ހީ ވެއެވެ!
ކޮބާ
27 October 2021
ކޮބާ ތަފާތަކީ ސީރިއަސް ވެގެން އެއްގަމާ ކަނޑުގެ ހުރިހާ ގަލެއްފުރޮޅައިގެން ބަލަންފެށި ބައެއް މައްސަލަތަކަށް 9 އަހަރު 8 ވެއްޖެ
ކިޔު
27 October 2021
ޝައްކު މަރުތަޖުގައި ހަގީގަތް ހޯދަން މަސައްކަތްކުރުން ވ މުހިއްމު. ވިލިފުށީ ދެމަފިރިންވެސް މަރުވި ގޮތް ސާފު ނުވޭ. ވ ސުވާލު އުފެދޭ. މަސައްކަތުން ނަތީޖާ ފެނުން ގާތް. ދަނގެތީ މަރުގަވެސް ފުލުހުން ކުރި ހިއްވަރާއި މަސައްކަތުން ލިބުނު ނަތީޖާ ވ ރަނގަޅު. ތަހުގީގު ވ ކާމިޔާބު.
ރިޕްލައި
02 November 2021
ކޮންތާކު. ދަނގެތީ މީހާގެ ގާތިލުން ރަށުތެރޭގަ އަދިވެސް އުޅޭނެ. ބިދޭސީ މީހާއަށް އެކަނި އެހުރިހާ ކަމެއްކުރެވިދާނެތަ. ސިކުނޑި ގަބޫލެއް ނުކުރޭ.
ރަދީފްއޮފިޝިއަލް
27 October 2021
ސީރިއަސް މައްސަލައެއްގެ ގޮތުގަ ތޯ؟؟؟
ޭެއިސްމާލު
27 October 2021
އަންނި އަށްހަރަދު ނުކޮށް މިކަމަށް ހަރަދު ކޮށްބަލަ
ޥަކަފުޅު
27 October 2021
އަންނިއަކަށް ޚަރަދެއް ނުކުރޭ. ކުރަނީ މަޖްލީހުގެ ރައީސަށް. ކުރީގެ ރައީސަކަށް. ތިހެން ކޮމެންޓް ކުރިޔަކަސް ކަމެއް ނުވާނެ. ޚަރަދުކުރުން ހުއްޓާލަން ބޭނުންނަމަ ދާއިރާގެ މެމްބަރު ލައްވާ ގާނޫނު ބަދަލު ކުރަން އުޅުނީމަ ވާނީ.
ޗަކަފުޅު
27 October 2021
ވަކަފުޅުމެން އަރާހިކިފަ ތިބޭ ވަރުން މަޖްލިސް ރައީސަކީ އެހެން މީހަކަށް ހަދަން އުޅުނަސް އެތަނުގަ ހުރީ ކާކުކަން އެންމެންނަށް އެބަ ފެނޭ. އޭނަ ނޫން މީހަކު ހުރިނަމަ އެވަރު ނުކުރާނެކަންވެސް އެންމެންނަށް އެނގޭ.
އެޑްމުންޑޯ
27 October 2021
ރާއްޖޭގައި މަރުގެ ހަގީގަތް ދެނެގަނެވޭނެ ގޮތްތަކެއް އަދި ހަމަޖެހިފައި ނެތީމަ ތިފަދަ ޖަރީމާ ހިންގާމީހުން ބިރުކަނޑާލާފައި ދަންޖެހުނިއޭ ބުނެ ނިންނާލަނީ ، ކިތަންމެ ބޮޑު ޚަރަދެއްކޮއްގެންވެސް ޕޯސްޓް މޯޓަމް ހަދާފައި މަރުވިގޮތް ހޯދުމަކީ މުހިއްމު ކަމެއް
ފަތާފޮޅި
27 October 2021
ކޮންކަމެއްގެ ހަގީގަތެއްބާ ހޯދުނީ.....
މިޑްމުންޑޯ
27 October 2021
އެޑްމުންޑޯ ބަލަ ތިޔަ ޕޯސްޓްމޯޓަމް އިންވެސް މަރުވިގޮތް ނޭގޭނެ. އެއިން އެގޭނީ މަރުވި ސަބަބު. މިސާލަކަށް ނޭވާ ނުލެވިގެން، ހިތްހުއްޓިގެން، ދަންޖެހިގެން މަރުވާ މީހާ އާއި ކަރުގައި އެއްޗެއް އޮޅައިބާރުކޮށްގެން މަރާލާ މީހާގެވެސް ޕޯސްޓްމޯޓަމް ނަތީޖާ ދައްކާނީ އެއްގޮތަކަށް.
ކަންނާޑި.
27 October 2021
އެޑްމޮންޑޯ ތިބުނީ ގޯސްކޮށް. އެގޭނެ ދަންޖެހުނަސް ގަދަކަމުން މަރާލިޔަސް
ހަކޫނާ މަޓާޓާ
27 October 2021
މިޑްމުންޑޯ ތިޔަބުނީ ނުބައިކޮށް. ޕޯސްޓްމޯޓަމް އިން އިނގޭނެ ހުރިހާ އެއްޗެއް