އައްޑޫ ފްލައިން ސްކޫލު ހިންގުމުގެ އެއްބަސްވުމުގައި އެމްއެންޔޫ އާއި ގަން އެއާޕޯޓާއެކު މިއަދު ސޮއިކުރެއްވުމަށް ފަހު އެއްބަސްވުން ބަދަލުކުރަނީ.---ފޮޓޯ: އައިލެންޑް އޭވިއޭޝަން
28 އޮކްޓޯބަރ 2021 - 11:36
އައްޑޫގައި ފްލައިން ސްކޫލެއް ހިންގަން ގަން އިންޓަނޭޝަނަލް އެއާޕޯޓާއެކު ސަރުކާރުން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ނައިބު ރައީސް ފައިސަލް ނަސީމް ވެސް ބައިވެރިވެވަޑައިގެން، އެ ސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި، ހެނގަރާއި އޮފީސް އިމާރާތެއް ކުއްޔަށް ހިފުމުގެ އެއްބަސްވުމުގައި އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދެވެ. ގަން އިންޓަނޭޝަނަލް އެއާޕޯޓުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ގައިސް ނަސީރެވެ.
ފްލައިން ސްކޫލު ހިންގަން ގަން އެއާޕޯޓުން ބައެއް ކުއްޔަށް ދީފައިވަނީ ތިން އަހަރަށެވެ.
ގަން އެއާޕޯޓުގައި ފާއިތުވި 10 އަހަރު ފްލައިން ސްކޫލު ހިންގަމުން ދިޔައީ ސްރީ ލަންކާގެ އޭޝިއަން އެކަޑެމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) އެވެ. ނަމަވެސް، އެތަން ހިންގަމުން ދިޔަ ގޮތާއި ތަފާތު އެކި މައްސަލަތަކާ ހެދި، އެއްބަސްވުމުގެ މުއްދަތު އިތުރު ނުކުރަން އެ އެއާޕޯޓު ހިންގާ ކުންފުނިން ނިންމީ އެވެ.
Flight Training School facilities lease agreement signing ceremony.
— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 🎈 (@Roxeyna) October 28, 2021
In sha Allah this will bring a solution to all the students of Addu Flying school who have been having a really difficult time in completing their course. pic.twitter.com/x1P5YPF5Ql
އައްޑޫގައި ފްލައިން ސްކޫލު ހިންގާނީ ސަރުކާރުގެ 100 ޕަސެންޓު ހިއްސާ އޮންނަ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އާއި އައިލެންޑް އޭވިއޭޝަން ގުޅިގެން އުފައްދާ ޖޮއިންޓު ވެންޗާ ކުންފުންޏަކުންނެވެ. އެ ކުންފުނި އުފެއްދުމުގެ އެއްބަސްވުމުގައި މި މަހުގެ 14 ވަނަ ދުވަހު ވަނީ ސޮއިކޮށްފަ އެވެ.
އައިލެންޑް އޭވިއޭޝަންގެ އެމްޑީ މިހާދު ކުރިން ވިދާޅުވެފައި ވަނީ އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ކިޔެވުން ފެށުމަށް ތައްޔާރު ވަމުން އަންނަ ކަމަށެވެ. އެގޮތުން، އާއްމުކޮށް ހުޅުވާލައިގެން ފަށާ ފުރަތަމަ ބެޗުން 30 ދަރިވަރުންނަށް ޖާގަ ދޭއިރު، ބޮޑު އިސްކަމެއް ދޭނީ އޭއޭއޭގެ ދަރިވަރުންނަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ސަރުކާރުގެ ފްލައިން ސްކޫލެއް މި އުފައްދަނީ، އޭއޭއޭގެ މައްސަލަ ބޮއްސުންލައިގެން ގޮސް، އެ ދަރިވަރުންގެ ކިޔެވުން ފުރިހަމަ ނުވެ، އެތައް ދަރިވަރުންނެއް މާޔޫސް ވެފައިވާ ދަނޑިވަޅެއްގަ އެވެ. ކިޔެވުމަށް އެތައް ހާސް ޑޮލަރެއް ހަރަދުކޮށްގެން ވެސް 100 އަށް ވުރެ ގިނަ ދަރިވަރުންގެ ކިޔެވުން ވަނީ ހުއްޓިފަ އެވެ. އާ ފްލައިން ސްކޫލު ހިންގަން ނިންމާފައިވަނީ ޗެކް ރިޕަބްލިކްގެ ފްލައިން އެކަޑަމީންނެވެ. މީގެ 30 އަހަރު ކުރިން ހުޅުވި އެ ފްލައިން ސްކޫލުގައި މިހާރު ވެސް ދިވެހި ދަރިވަރުން އަންނަނީ ތަމްރީނު ހަދަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވެލިރަން
28 October 2021
ސަރުކާރުގެ ދަރަނި ބޮޑުވާނެ އަނެއް އެޑްވެންޗަރ.
ދޫރެސް.
28 October 2021
ސަރުކާރު ދަރަނި ބޮޑުވެފައިވަނީ ރަށެއްގައި ކޮށްލާ މިފަދަ ކަމަކުންނޫން. ސަރުކާރުގެ ދަރަނީގެ 95 ޕަސެންޓަކީ ކ.އަތޮޅު މާލެއަށް ކަންކަން ކުރާންވެގެން ނަގާފައިވާ ދަރަނިތަކުގެ ސަބަބުން ވެފައިވާ ކަމެއް.
ސީދިބެ.
28 October 2021
ވެލިރަން ހީކުރީ މާލޭ މީހުނަށް ފުލެޓް ދޭގޮތަށް އައްޑޫއަށް ދަތުރު ކުރާ ޓިކެޓް ދެނީ ނުއަގުގައި ކަމަށްތޯ ؟ މޯލްޑިވިއަނަށް އަހަރަކު ލިބޭ އެތައް މިލިޔަން ފައިދާގެ ތެރެއިން އައްޑޫ ދަތުރުތަކުން ިބެނީ ކިހާވަރެއްތޯ ކަލޭ ބަލާލަމްވީނު؟
އޮނަރަބްލް އަފީފު ދީދީ
28 October 2021
ތީގެ ތެރެއަށް މޯލްޑިވިއަން ވައްދައިގެން ކާމިޔާބު ކަމާއިއެކު ތިކަން ކުރުމަކީ ވަރަށް އުދަގޫ ކަމަކަށްވާނެ. # އަދި އަމުދުން މޯލްޑިވިއަން ހިންގާންއޮތް ސީނިއަރ މެނޭޖްމަންޓާއި ކުންފުނީގެ ބޯޑްގައި ތިބިމީހުންނަކީ ކ.މާލެ ނޫން ތަނެއްގައި ކުންފުނީގެ އެއްވެސް ކަމެއް ކުރާން ބޭނުން ބައެއްނޫން. # ގޭންއެއަރޕޯޓް ފުލްފުލޭޖްގައި އޮޕަރޭޝަނަށް ގެނައުމަށް އެންމެބޮޑަށް ހުރަސްއަޅާ އެއްބަޔަކީވެސް ޤައުމީއެއަރލައިން ކުންފުނި މޯލްޑިވިއަން ކަން އައްޑޫމީހުނަށް އިގޭ.
ޑިސްއޮނަރަބަލް ޑީޑީ
28 October 2021
ގަނޑުތަކެއްގާ އޮޅައޮޅައިގެން ރޮނގުތަކެއް އެޅިއަކަސް ކުރާނެ އެއްވެސް ފައިދާއެއްނޯންނާނެ.