އެޗްޑީސީން ޓްރާންސްޕޯޓާއެކު އެއްބަސްވުމެއްގައި ސޮއި ކުރުން-- ފޮޓޯ/އެޗްޑީސީ
28 އޮކްޓޯބަރ 2021 - 20:13
ޑްރައިވިން ލައިންސެންސް ނަގަން ފަރިތަކުރާ ތަނެއް ހަދަން ހުޅުމާލެ އިން ބިމެއް ކަނޑައަޅައިފި އެވެ.
ލައިސެންސް ނަގަން ބޭނުންވާ ފަރާތްތަކުން ފަރިތަ ކުރުމާއި ޑްރައިވިން ޓެސްޓުތައް މިހާރު ކުރިޔަށް ގެންދަނީ މާލޭގެ އިންޑަސްޓްރިއަލް ވިލެޖުގެ ތެރެއިން މަގެއްގަ އެވެ.
ނަމަވެސް އެ މަސައްކަތް ހުޅުމާލެއަށް ބަދަލުކުރުމަށް ނިންމައި، ބިމެއް ކަނޑައަޅަން ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ވަނީ ޓްރާންސްޕޯޓް މިނިސްޓްރީއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
Hulhumale gai hadhaa Male City Driving Centre ge masakkai baarah kuriyah pic.twitter.com/aMDdApPeuN
— Dr Mohamed Muizzu (@MMuizzu) October 26, 2021
ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ ލައިސެންސް ނަގަން މިހާރު ބޭނުންކުރާ ސަރަހައްދުގައި ގިނަ ދަތިތަކެއް އެބަހުރި ކަމަށާއި ހުޅުމާލޭގައި ހަދާ ތަނުން އެ ހުރިހާ ކަމަކަށް ވެސް ހައްލު ލިބޭނެ ކަމަށެވެ.
ލައިސެންސް ނަގަން ދުއްވާ ތަނެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ހުޅުމާލެ ފިތުރޯނުގަސް މަގުގައި ޕޯޓާ ޖެހިގެން އޮންނަ ހުސް ބިމެވެ. ސިޓީ ކައުންސިލާ ގުޅިގެން އެ ސަރަހައްދު ތަރައްގީކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.
ރެނާޓަސް އެޕާޓްމަންޓް ބިލްޑިންގް ކުރިމައްޗަށްވާ ގޮތަށް އޮންނަ އެ ބިމުގައި ކުރިޔަށް އޮތް މަހެއްހާ ދުވަސް ތެރޭގައި ޑްރައިވިން ޓެސްޓު ހެދުމުގެ ކަންކަން ހަމަޖެހޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުޗީ
29 October 2021
މިކަހަލަ ހުރިހާ ކަމެއް ބަދަލު ކުރަން ލަސްވެއްޖެ.
މޯޑް
29 October 2021
އެއްމެ ކޮރަފްޓް މުއަށްސަސާ. ގަރާޖް ސިޓީނަމުގަ ޖަރީމާ ހިންގާ މިނިސްޓްރީ
ހަންޓޭ
31 October 2021
ބުރޯ މިހާރު އެކަން ކުރަނީ މާލެ ކައުންސިލުން
ބަރެނާ
28 October 2021
ހުޅުމާލޭ ފޭސް 2 ގެ މީހުން ނޫޅޭ ދިމާލެއްގަ ތިޔަކަން ކޮށްބަލަ! ފޮޓޯ އިން ފެންނަނީ އެންމެ ކާރޫބާރޫ ބޮޑު މަގުގައި ތިކަން ކުރާތަން! ނުރަައްކާ އެކްސިޑެންޓް ހިނގުން ގާތް
ބަސީރު
28 October 2021
ވަރަށް ރަނގަޅު ކަމެއް