މާލޭގެ ސްކޫލެއް. ސްކޫލްތަކުގައި ދަރިވަރުންނާ ބައްދަލުވާ މުވައްްޒަފުން ލައިސަންސް ނަގަން ޖެހޭ ނިޒާމެއް ގާއިމްކުރަމުން އަަންނަ ކަމަށް އެޑިއުކޭޝަން މިިނިސްޓަރު މިއަދު ވިދާޅުވި. ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/މިހާރު
02 ނޮވެމްބަރ 2021 - 11:38
ސްކޫލްތަކުގައި ދަރިވަރުންނާ މުއާމަލާތުކުރަން ޖެހޭ ހުރިހާ މުވައްޒަފުންނަށް ވެސް އެކަމުގެ ހުއްދަ ދީ ލައިސަންސެއް އޮންނަންޖެހޭ ގޮތަށް ހަމަޖައްސަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
ގަލޮޅު މަދަރުސާގައި އުމުރުން އެންމެ ހަތަރު އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ އަނިޔާދިން މައްސަލައާ ބެހެ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ދަރިވަރުންނާ ދިމާވާނެ މުވައްޒަފުންނަށް ލައިސަންސް ދިނުމަކީ ސްކޫލްތަކުގައި އެފަދަ ހާދިސާތައް ހިނގިޔަ ނުދިނުމަށް އަޅާ ފިޔަވަޅެއް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ގަލޮޅު މަދަރުސާގައި ހިނގި ފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ކަންތައްތައް ތަރުތީބުކުރަމުން އަންނަ ކަމަށެވެ.
"ތައުލީމީ ގާނޫނުގެ ތެރެއިން މިހާރު ޓީޗާ ލައިސަންސިން މަޖުބޫރުވެފައި މި އޮތީ. އެހެންވީމާ ހަމަ ޓީޗާ ލައިސަންސިން އާ އެކުއެކީގައި، ދަރިވަރުންނާ ދިމާވާނެ އެހެނިހެން ފަރާތްތަކަށް ވެސް މިކަހަލަ ލައިސަންސިން ނިޒާމެއް ގާއިމްކުރުމުގެ ކަންތައްތައް ވެސް މިނިސްޓްރީން ކުރިއަށް އެބަ ގެންދޭ،" އައިޝަތު އަަލީ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ މިއަދު ޖަވާބުދެއްވަނީ. އޭނާ ވިދާޅުވީ ދަރިވަރުންނާ ދިމާވާ ހުރިހާ މުވައްޒަފުން ލައިސަންސް ނަގަން ޖެހޭ ނިޒާމެއް ގާއިމްކުރަމުން އަންނަ ކަމަށް. ފޮޓޯ: މަޖިލީހުގެ އިދާރާ
ގަލޮޅު މަދަރުސާގައި ކުއްޖަކަށް ޖިންސީ އަނިޔާދިން ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅޭ ގޮތުން، ހިންނަވަރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ މުގައްްރިރު ކުރެއްވި ސުވާލުގައި އެއްސެވީ އެފަދަ ކަންތައްތައް ތަކުރާރުވިޔަ ނުދިނުމަށް އަޅަމުން ގެންދާ ފިޔަވަޅުތަކަކީ ކޮބައިތޯ އެވެ.
އެ ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ އެފަދަ މައްސަލަތައް އެޑިއުކޭޝަން މިނިސްޓްރީން ވަރަށް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލާ ކަމަށެވެ. ގަލޮޅު މަދަރުސާގައި ޖިންސީ އަނިޔާދިން މައްސަލަ ސްކޫލަށް ހުށަހެޅީ ބެލެނިވެރިން ކަމަށާއި އެކަން ފުލުހުންނަަށާއި ޖެންޑާއަށް ހުށަހެޅީ ސްކޫލުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެފަދަ ކަމެއް ހިނގައިފި ނަމަ، ތުހުމަތުވާ ފަރާތްތައް ވަގުތުން ސަސްޕެންޑްކުރާ ކަމަށް ވެސް ވިދާޅުވި އެވެ
"އަޅުގަނޑުމެން މި ފިޔަވަޅު އަޅަނީ ދަރިވަރުން އުޅޭ މާހައުލުން އެފަދަ ފަރާތްތައް އެކަހެރިކުރުމަށް ޓަކައި،" އައިޝަަތު އަލީ ވިދާޅުވި އެވެ.
ސްކޫލްތަކަކީ ދަރިވަރުނަަށް ރައްކާތެރި މާހައުލަކަށް ހެދުމަށް ޓަކައި މިހާރުވެސް ވަރަށް ގިނަ ފިޔަވަޅުތައް އަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ ފިޔަވަޅުތައް އެޅުމަކީ އޭނާ ވިދާޅުވިގޮތުގައި އެކިއެކި ގާނޫނުތަކުން ލާޒިމުވެސް ކޮށްފައިވާ ކަންތައްތަކެކެވެ.
މިނިސްޓަަރު ވިދާޅުވި ގޮތުގައި މިސަކާރުގެ ދައުރު ފެށުނު ފަހުން، ސްކޫލްތަކުގައި ޖިންސީ އަނިޔާ ދިންކަމަށް ތުހުމަތުކުރެވޭ 40 މައްސަލައެެއް ބަލައި 30 މީހަކު ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ. ނުނިމި ހުރި މައްސަލަތަކުގައި ހިމެނޭ މީހުންނާ ދެކޮޅަށް ކިރިޔާ ހެއްކެއް ލިބުނަސް އެމީހުން ވެސް ވަޒީފާއިން ވަކިކުރެވޭނެ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ. ސްކޫލްތަކުގައި ޖިންސީ އަނިޔާދިނުމުގެ ހަތް މައްސަލައެއް މިހާރުވެސް އަންނަނީ ބަަލަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
02 November 2021
ވެމްކޯ މީހާއަށް ލައިސަންސް މަސްވެރިޔާއަށް ލައިސަންސް މަސައްކަތު މީހާްަށް ލައިސަންސް ސިޔާސީ މީހާ އަށް ބޭނުންވަނީ ފާޓުފުޅާ އަގައެއް
އުދުހޭ
02 November 2021
ކޮންމެހެން ލައިސަންސް ދޭކަށް ނުޖެހޭ. ވަޒީފާދޭއިރު ސްކްރީން ކޮށްފަ ވަޒީފާ ދީފަ ދެން ކުދިން ޓޮއިލެޓަށްދާއިރު ހަވާލުވާ މީހާ ފޮތެއްގައި ސޮއިކުރާ ގޮތަށް ހެދީމަ ނިމުނީ. އަދި ހަވާލުވާ މީހާ އަމަލުކުރަންޖެހޭނެ ސްޓޭންޑަރޑްތަކެއް ހަދައި އެއަށް އަމަލުކުރުން މުހިންމު.
ބަދުރު
02 November 2021
ކުޑަކުދިންނާ ގުޅޭ ޚިދުމަތް ތަކުގައި އުޅޭނަމަ އެމީހަކު އެހުރީ ވަރަށް ރިސްްކް ބޮޑު، ހުތުރުކަން ބޮޑު ބަދުނާމަަކަށް ހުށައެޅި އަދި ނުހަނު ފަސޭހައިން ކުށް ސާބިތު ކުރެވޭނެ ދިގު މުއްދަތެއްގެ ޖަލު ހުކުމެއްގެ ތުންފަތްމަތީގަ ކަން ވިސްނާާތި. ކުލި ނުދައްކައިގެން ގޭން ނުކުންނަން އަންގާ ނަމަ އެމީހާގެ 18 އަހަރުނުވާ ކުއްޖެއް ހުރިތޯ ވިސްނަންވާނެ. ބޭބެ ބެހުނީއޭ ކުއްޖާލައްވަ ބުނުވީމަ ކުލީގެ ހަތަރެސްކަން ހަމަވީ.
ކުޗީ
02 November 2021
އަވަހަށް މިކަން ކުރޭ. 63 އަހަރުވާއިރު މިއީކީ މިކަން ކުރި ފުރަތަމަ ފަހަރަކަށް ނުވާނެ. ގަލޮޅު މަދަރުސާގައި ތައުލީމު ހާސިލް ކުރި ގިނަ ކުދިންތަކެއް މިމީހާއާއި ދިމާވެފައި ހުންނާނެކަން ޔަޤީން.
ވޮލް
02 November 2021
މަރަށް މުހިންމު ކަމެއް،
ރައްޔިތުންނަށް ދަތިކުރުން ހުއްޓާލާ
02 November 2021
މަޖްލިސް މެމްބަރުންވެސް އެމްްިކިއުއޭ އެޕްރޫވްޑް ސެޓްފިކެޓެއް އޮތުން ލާޒިމް ކުރޭ.
ސިމްޕަލް
02 November 2021
ސްކޫލްތަކުގައި އެކަނިތޯ؟ ކުޑަކުދިންގެ ހިޔާގައި ތިބޭ ކުދިންނާވެސް މުއާމަލާތުކުރަން ޖެހޭ މީހުންގެ ބެކްގްރައުންޑް ޗެކް ހަދާ ހުއްދައެއް ދިނުން ރަގަޅުވާނެ. އަދި އެއީ ވަކި މުއްދަތަކުން އާ ކުރަން ޖެހޭ އެއްޗަކަށްވެސް ވާންވާނެ. މިފަދަ ކަމެއް ކުރަން އެންމެ އެކަށީގެންވަނީ ފުލުހުންގެ ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން.
ކޮވެލި
02 November 2021
ދެރަކަމަކީ މުސްލިމުންނޭ ކިޔައިގެން އުޅޭކަން. މިވާހަކަތަށް ޝޭޚުން ދައްކާނަމަ ހާދަ ރަނގަޅޭ ހިތަށް އަރާ. އޭރުން މިފަދަ މީހުންނާމެދު ހޭލުންތެރިކަން އިތުރުވާނެ.