ރަމަޟާން މުބާރިކް: މާދަމާ ރޯދަ

މާދަމާ އަކީ މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް. އިސްލާމީ ބައެއް ގައުމުތަކަށް މިރޭ ވަނީ ހަނދު ފެނިފައި. އޭގެ ތެރޭގައި މެލޭޝިއާ، އިންޑޮނީޝިއާ، ބުރޫނާއީ، ސޫދާން އަދި ތުރުކީ ހިމެނޭ.

މާދަމާ އަކީ މި އަހަރުގެ ބަރަކާތްތެރި ރޯދަ މަހުގެ ފުރަތަމަ ދުވަސް ކަމުގައި ސަރުކާރުން ކަނޑައަޅައިފި އެވެ.


އިސްލާމިކް އެފެއާޒް މިނިސްޓްރީގައި ދެންމެ ބޭއްވި، ހަނދު ސާބިތުކުރުމުގެ ޖަލްސާގައި މި ގޮތަށް ނިންމީ، މިއަދަކީ ޝައްވާލް މަހުގެ 29 ވަނަ ދުވަހަށް ވެފައި، މިއަދުގެ އިރު އޮއްސުމަށް ފަހު އިސްލާމީ ބައެއް ގައުމުތަކަށް ހަނދު ފެނިފައިވާތީ އެވެ. މިރޭ ހަނދު ފެނުނު ކަމަށް މިހާތަނަށް މައުލޫމާތު ލިބިފައިވާ ގައުމުތަކުގެ ތެރޭގައި މެލޭޝިއާ، އިންޑޮނީޝިއާ، ބުރޫނާއި، ސޫދާން އަދި ތުރުކީ ހިމެނެ އެވެ. ހަނދު ފެނިގެން، މާދަމާ އަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށް ކަނޑައެޅި ގައުމުތަކުގެ ތެރޭގައު ސައޫދީ އަރަބިއްޔާ، ޖޯޑަން، ޔޫއޭއީ އަދި ފަލަސްތީން ހިމެނެ އެވެ.

އިސްލާމިކް މިނިސްޓްރީގައި އޮންނަ ހަނދު ސާބިތުކުރުމާ ބެހޭ ކޮމިޓީން މިރޭ ބޭއްވި ބައްދަލުވުމުގައި މެންބަރުން ވިދާޅުވި ގޮތުގައި މިއަދުގެ އިރު އޮއްސުމަށް ފަހުގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް 19-24 މިނެޓް ވަންދެން ހަނދު ފެންމަތީގައި ހުންނާނެ އެވެ. އަދި އިސްލާމީ ހުރިހާ ގައުމަކަށް ވެސް މިއަދުގެ އިރު އޮއްސޭއިރު ހަނދު ފެންމަތީގައި ހުންނާނެ އެވެ.

ފަލަކީ ހިސާބުތައް ދައްކާ ގޮތުން، މި އަހަރުގެ ރޯދަ މަހުގެ ދިގުމިނަކީ 30 ދުވަހެވެ.