މާލެ ގެންނެވުމަށް ފަހު އަނބުރާ ޖަލަށް ގެންދެވުމަށް، މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި ރައީސް ޔާމީން ލޯންޗަށް އަރުއްވަނީ
25 އެޕްރީލް 2020 - 14:24
މި ރޯދަ މަހާ ގުޅިގެން، ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން ގެ އަށް ބަދަލުކޮށްދިނުމަށް އިދިކޮޅު ކޯލިޝަނުން މިއަދު އެދިއްޖެ އެވެ.
ޕީޕީއެމް/ޕީއެންސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެކި ކުށްތަކުގައި ޖަލަށް ލާފައިވާ ސިޔާސީ މީހުން، މީގެ ކުރީގެ ރޯދަ މަސްތަކުގައި، އެ މީހުންގެ އާއިލާއާ އެކު ހޭދަކުރުމުގެ ފުރުސަތު ދިނުމުގެ ބޭނުމުގައި ގެއަށް ބަދަލުކޮށްފައިވާ ކަަމަށެވެ. އަދި ޔާމީނުގެ ސިއްހީ ހާލަތު ވެސް މިވަގުތު ރަނގަޅު ނުވުމުން، ރޯދަ މަހު ގެއަށް ބަދަލު ކުރުމަށް އެދި މި މަސް ފެށުމުގެ ކުރިން ހުށަހެޅި ކަމަށާއި އެކަމަކު ރޯދަ މަހުގެ ދެ ވަނަ ދުވަސް ފާއިތުވެގެން ދާއިރު ވެސް އެކަމަށް ސަރުކާރުން އިޖާބަ ނުދޭ ކަމަށް ކޯލިޝަނުން ބުންޏެވެ.
"މިއިން އެންމެ ބޮޑަށް އެނގެނީ މި ސަރުކާރުގެ އަނިޔާވެރިކަން ކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ،" އެ ބަޔާނުގައި ބުންޏެވެ.
މި ރޯދަ މަހާ ދިމާކޮށް ޔާމީން ޖަލުން ގެ އަށް ބަދަލުކޮށްދިނުމަށް ޕީޕީއެމް/ޕީއެންސީން އެދޭއިރު، ޔާމީންގެ ވެރިކަމުގައި، އެ މަނިކުފާނުގެ އެއްބަފާ ބޭބޭފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް 2018 ގެ ރޯދަ މަހު ހުރީ ޖަލުގަ އެވެ އަދި މައުމޫން ގެ އަށް ބަދަލުކޮށްދިނުމަށް އެ މަނިކުފާނުގެ އާއިލާ އިން އެދުމުން އޭރު އިޖާބައެއް ނުދިނެވެ.
ޔާމީންގެ ބަލި ހާލުގެ ތަފްސީލެއް އިދިކޮޅަކުން ނުދެ އެވެ. އެކަމަކު ހިތުގެ އާލާސްކަންފުޅެއްގައި އައިޖީއެމްއެޗުގައި އެޑްމިޓްކޮށްގެން މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި އެ މަނިކުފާނަށް ފަރުވާ ދިނެވެ.
މަނީ ލޯންޑަރިންގެ ކުށުގައި، މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވާ ޔާމީން ގެއަށް ބަދަލު ކޮށްދޭން އިދިކޮޅުން ސަރުކާރުގައި އެދޭތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. ކޮރޯނާވައިރަސްގެ ނުރައްކާ ބޮޑުވުމާއި ޖަލުގައި މި ފަހަކުން ހަމަނުޖެހުން ހިންގުމުން އެތަނުގައި އެ މަނިކުފާނު ހުންނެވުން ރައްކާތެރި ނޫން ކަމަށް އިދިކޮޅުން އަންނަނީ ބުނަމުންނެވެ.
ޕީޕީއެމް/ޕީއެންސީގެ ނޫސް ބަޔާނުގައި ބުނީ ކޮވިޑް-19 ހަލުވި ކަމާއެކު މާލޭގައި ފެތުރެމުން ދާއިރު މި ބަލިމަޑުކަމުގައި ސަރުކާރަށް އެ ދެ ޕާޓީން އެއްބާރުލުން ދޭނެ ކަމަށެވެ. އަދި ބަދަލުގައި ޔާމީން ގެއަށް ބަދަލު ކުރުމަށް އެދުނު ނަމަވެސް މިހާތަނަށް އެކަން ކޮށްދީފައި ނުވާތީ، އެއީ މި ސަރުކާރުން އިހުސާންތެރިކަމާއި އެއްބައިވަންތަކަމަށް ފުރުސަތު ދޭން ބޭނުން ނުވާކަން އެނގޭ ކަމެއް ކަމަށް ބުންޏެވެ.
މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށާއި އެ މަނިކުފާނު ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހުކުމްކޮށްފަ އެވެ. ޔާމީންގެ ފަރާތްޕުޅުން އެ މައްސަލަ އިސްތިއުނާފް ކުރުމުން، ބައެއް އަޑުއެހުންތައް ހައި ކޯޓުން ކުރިއަށް ގެންދިޔަ ނަމަވެސް މައްސަލަ ނިމުމަކާ ގާތަށް އަދި ނުދެ އެވެ.
ޔާމީންގެ އިސްތިއުނާފް ޝަރީއަތް އަވަސްކޮށް ދިނުމަށާއި އެ މަނިކުފާނު ގެއަށް ބަދަލު ކޮށްދޭން އިދިކޮޅު ކޯލިޝަނުން ގޮވާލާއިރު، އިސްތިއުނާފް ނިމެންދެން ކަފާލާތުގެ ދަށުން އެމަނިކުފާނު މިނިވަންކޮށް ދޭން ހައި ކޯޓުގައި ވެސް އެމަނިކުފާނުގެ ފަރާތުން ކުރިން އެދުނެވެ. އެކަމަކު ހައި ކޯޓުން ނިންމާފައިވަނީ ކަފާލާތު ދެވެން ނެތް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަށުމީހާ
28 April 2020
އެމެރިކާ މޮޔަވީތަ ނޫނީ ލިބުނު ވަރު މަދުވީތޯ.
ތޮރާ
26 April 2020
ޝަހީމް ޖަލުގައި އެހެން މީހުންވެސް މާކުދި ކުއްކޮއްގެން ތިބި މީހުން ، ވެރިކަމުގައި ހުރެ ރައްޔިތުންގެ ތިޖޫރިން ކުރީ ވައްކަން، ޝަހީމް ތިބޭފުޅާ މަޑުން ހުންނަވާ ތިދައްކަވަނީ އެކަށީގެން ނުވާ ފަދަ ވާހަކަތައް.
ރާއްޖެތެރޭމީހުން
25 April 2020
ވެރިކަމުގައި ތިބިއިރު ކަލޭމެންގެ ބަސްމަގާ، ޢަމަލުތައް ބެހެއްޓުނު ގޮތް ކަލޭމެން އަމިއްލައަށް ހަނދާންނެތިއްޔާ އަރުޝީފްތައް ބަލާ. އޭރުން ކަލޭމެން އަމިއްލަޔައްވެސް ހަމަހޭގައި ލަދެއް ހަޔާތެއް ހުރިއްޔާ ތިޒާތުގެ ވާހަކައެއް ނުދައްކާނެ. އަނިޔާވެރިކަމުގެ އިންތިހާ ވެރިކަންކުރި ވެރިއެއް އެއީ. އެދުވަހު ކައިރީގައި ހިއްވަރުދޭންތިބި މީހުން ތި ބަޔާންތައް ނެރެން ތިތިބީ. އަޅުގަނޑުގެ ދުޢާ އަކީ ތިއެއްމެނަށް ހައްގު އަދަބު ދެދުނިޔޭގައިވެސް ލިބުން. ވައްސަލާމް
ބަހުރުވަ
25 April 2020
ރައީސް މައުމޫނުވެސްް ހައްގުންކަމަކާނުލާ ބޭވީޖަލުޖަލުގަ ރަމަޟާން މަހެއްގަ!ކީވެތަ ޔާމީން ގެޔަށްބަދަލުކުރަންވީ އޭނައެއީ ކުށްސާބިތުވެ ހުކުމް ތަންފީޒުކުރަން ޖަލަށް ލާފަހުރިމީހެއް!
ސިރުފާ
25 April 2020
ބަލަރޯދަމަހައްގެ ހަތަަވީސްވިލޭރޭ ތިމާގެ މުސްކުޅި ބޭބެ ކޯޓްގައި ނުވަގަޑިއިރު ބައިންދާފައި ހުކުންކުރީ ކޮބާ އެހަދާން މިހާރު ނެތީތަ؟ މީނައަށްމިލިބެނީ ހައްގުއަދަބު.
ރާއްޖެގެ މިނިވަންކަން
25 April 2020
ދައުލަތުން ކިހާ ފައިސައެއްތަ ބަދަލުގެ ގޮތުގާ ރައްޓެހިންނަ ބަހަނީ. ދެރަ
އަލީ ރަސްގެފާން
25 April 2020
ދިވެހިންނަކީ ގަމާރު ބައެއް. ފުޓުބޯޅަ ޓީމަކަ ސަބޯޓު ކުރާހެން. ސިޔާސީ ޕާޓިއަކައް ސަބޯޓު ކުރަނީ. ހައްގެ ބާތިލެ އެމީހުންނަކަ ނޭގެ. ރާއްޖެ މިދަނީ އަޅުވެތި ކަމަކާ ދިމާލައްކަމެއްވެސް އެމީހުންނަކަ ނޭގެ.
ޜާގޮޑިރާޖާ
26 April 2020
ތީ ކޮންގައުމެއްބޭފުޅެއްތޯ.ބަންގްލަދޭސް ބޭފުޅެއްތޯތީ.
1234
25 April 2020
ގެއަށްބަދަލިކޮށް މުޅިންމިނިވަންކުރާސެވެ. އަދި ޔާމިނާއިއެކު ހައްޔަރުގަތިބި އެންމެންދޫކޮށްލާށެވެ. އެއަށްފަހު ހުރިހާމިނިވަނުން ޖަލުތަކަށްލާށެވެ.
އެމެރިކާ
25 April 2020
އަހަރެން ދެން ޔާމިނަ ވޯޓްދެވެންޏާ ދޭނީ ރައިސް ޔާމިނަ.
ޝޮކްތެރަޕީ
25 April 2020
ރޔާމިނާ ވެލާނާ ނާސިރާ ދެބޭފުޅުންނަކީ ވަރައް ބަސްބަދު ޤައުމު ތަރައްގީ ކޮއްދިން ދެބޭފުޅުން. މީ ހަގީގަތަކީ ދެންތިބީ މަކަރާހީލަތުން ކަންކުރާ މީހުން.
އައިސް
25 April 2020
ތިވަރަު ބޮޑު ތެދެއް މި ގަރުނުގަ ވެސް މީހަކު ނުހަދާނެ.