ޚަބަރު / ރޯދަ މަސް

ޝަހީމްގެ ޝަކުވާ އަށް އިސްލާމިކް މިނިސްޓަރުގެ ރައްދެއް

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަދި މިހާރުގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ

އިސްލާމީ މަރުކަޒުގައި އިމާމުވެ ދަމު ނަމާދު ކުރަން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ފުރުސަތު ލިބިވަޑައި ނުގެންނެވި ސަބަބު އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި ޝަހީމް ވަނީ މި ރޯދަމަހު އިސްލާމީ މަރުކަޒުގައި އިމާމުވެ ދަމު ނަމާދުކުރަން ފުރުސަތު ލިބިވަޑައިނުގަންނަވާތީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އެކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ޝަހީމް ފާޑުވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ ހިޔާލު ތަފާތުވިޔަސް ކުރީގެ ރައީސް ނަޝީދުގެ ހަނދާން ވަނީ މިފަދަ ދުވަހެއްގައި ކަމަށާއި އެމަނިކުފާނުގެ ވެރިކަމުގައި އެންމެ ހިޔާލު ތަފާތުވިއިރު ވެސް އިސްލާމީ މަރުކަޒުގައި އިމާމުވެ ދަމު ނަމާދުކުރަން ފުރުސަތު ދެއްވި ކަމަށެވެ.

"މިފަހަރު އެކަން ވާ ގޮތެއް ނުވި،" ޝަހީމް ވިދާޅުވި އެވެ.

އެ ވާހަކައާ ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. ޒާހިރު ވިދާޅުވީ އިމާމުވެ ދަމު ނަމާދުކުރެއްވުމުގެ ފުރުސަތު ހޯއްދެވުމަށް މި މަހު 27ގައި އެ މިނިސްޓްރީ އަށް ޝަހީމް ފޮނުއްވި ސިޓީގައި އެދިވަޑައިގެންފައި އޮތީ "ކޮންމެވެސް މިސްކިތެއް" ހަމަޖައްސައިދިނުމަށް ކަމަށެވެ.

އެކަމަކު މިނިސްޓްރީގެ މިސްކިތްތަކާ ގުޅޭ ބައިން ޝަހީމަށް ގުޅައި، ބޭނުންވާ ވަކި މިސްކިތެއް އޮތްތޯ ބެލި އިރު އިސްލާމީ މަރުކަޒު ކަމަށް ވިދާޅުވި ކަމަށާއި ނަމަވެސް އޭގެ މާ ކުރިން އޮތީ އެ ތަނަށް އިމާމަަކު ހަމަޖައްސާފައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ހުޅުމާލޭ ފިތުރޯނުމަގުގައި ހުންނަ ދިގަލި މިސްކިތުގައި ޝަހީމަށް އިމާމުވެ ދަމު ނަމާދުކުރެވޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.

ސޯޝަލް މީޑިއާގައި އެފަދަ ގޮތަކަށް ޝަހީމް ވާހަކަ ދެއްކެވުމުން ރައްޔިތުންނަށް ކަމުގެ ހަގީގަތް އޮޅި ހިތުގައި ނުތަނަވަސްކަން އުފެދޭނެ ކަމަށް ވިދާޅުވެ، މި ވާހަކަ ސިޔާސީ ކަންކަމާ ގުޅުވީތީ މިނިސްޓަރު ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

52 ކޮމެންޓް, 43 ރިއެކްޝަންސް

icon happy icon happy 58%
icon sad icon sad 7%
icon angry icon angry 28%
icon wow icon wow 7%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޟާނު

29 April 2021

ދެއްކުންތެރިކަން މާބޮޑީދޯ ސަހީމުގެ

The name is already taken The name is available. Register?

ޝަފީރު

29 April 2021

ޝަހީމުގެ މިފަހަރުގެ ކަންކުރެއްވިގޮތަކަށް ތާއީދެއް ނުކުރަން. ޝިހީމުގެ ފަހަތުގައި ދަމުނަމާދުކުރަން ބޭނުންވެ އެފުރުޞަތަށް އެދި ތިބީ ކިތަށް ކިތަށް މިސްކިތަށް ނަމާދަށް އަރާމީހުންކަން ޝަހީބު ސިކުނޑިގައި ނެތުމަކީ ފަހަރެއްގައި ބޮޑާވުންކަމުގައި ދެކޭނެ މީހުންވެސް މިހާރު ތިބޭނެ

The name is already taken The name is available. Register?

ސަހަރޯއޭ

29 April 2021

އަޖައިބެއް. ނަޝީދާހެދިތަ އިމާމުވެ ނަމާދުކުރަން ފުރުޞަތު ނުލިބިގެން މި އުޅެނީ؟ ފުރުޞަތު ލިބުނު މިސްކިތެއްގައި ކުރަންވީނުން. ޝަހީމުގެ ފަހަތުގައި ނަމާދުކުރަން ބޭނުންވާ ބަޔަކު އެ މިސްކިތަކަށް ދާނެއެއްނުން.

The name is already taken The name is available. Register?

ނަޝްް

30 April 2021

އަޅެ އަދި އެއްފަހަރު ކިޔާލަބަލަ. ޝަހީމު އެ ބުނަނީ ނަޝީދު ފުރުސަތު ދެއްވިއޭ އެބޭފުޅާގެ ވެރިކަމުގަ. ޚިޔާލު ތަފާތުވިޔަސް ނަޝީދު އެކަމަށް ނުފޫޒު ނުފޯރުވިޔޭ. އެކަމަކު މިހާރު މާ ގޯހޭ! ކިޔާލާފަ ކޮމެންޓް ކުރިނަމަ

The name is already taken The name is available. Register?

ހާމިދު ޝާހިދު

29 April 2021

ވަކިތަނެއްގައި އިމާމުވެ ނަމާދު ކުރުމަށް ޝައުގުވެރިވިކަމުގައި ވީނަމަވެސް، ވެރިކަމުން އެގޮތަށް ބޭނުންނުވަނީނަމަ އެގޮތް ހަމަޖައްސައި ނުދެވިދާނެ. ފުރުޞަތު ދިން މިސްކިތުގައި ދަމުނަމާދު އިމާމުވެ ކުރުން ކީއްތޯ

The name is already taken The name is available. Register?

ފޮނިޓައްޕު ހަސަނު

29 April 2021

ޝަހީމު ތިއުޅެނީ ކޮންމެ ކަމެއްގައި ވެސް ދީން ސިޔާސީ ކުރަން. އިސްލާމީ މަރުކަޒު ނޫނަސް ކިތައްމެ މިސްކިތެއް އެބަހުއްޓޭ އިމާމުވެ ދަމު ނަމާދު ކޮށްލަން.

The name is already taken The name is available. Register?

ޖަމީލް

29 April 2021

ދަމު ނަމާދުވެސް މި ކުރަނީ ސިޔާސީ ތާއީދު ހޯދުމަށް..

The name is already taken The name is available. Register?

އާދަމް ބެ

29 April 2021

މިނިސްޓަރ ހީވަނީ އިތުރު ފުޅު ހައްދަވަނީހެން ޝަހީމަށް ނުދޭންވެގެން މާކުރިން އެހެން ފަރާތަކަށް ޙަވާލު ކުރެވިފައޭ ވާނީ ސިޔާސީ މީހުން ހަދާ ތެދެއްވެސް މިހާރު ޤަބޫލު ކުރަން ދަތި

The name is already taken The name is available. Register?

މުޙައްމަދު123

29 April 2021

އިސްލާމީ މަރުކަޒުގައި ވަޒީފާ ދީފައި ތިބޭނެ ދެ އިމާމުން. އަލަކުން އެތަނަށް އިމާމަކު ހަމަޖައްސާކަށް ނުޖެހޭނެ.

The name is already taken The name is available. Register?

ނިކަމެތިރައްޔިތުމީހާ

29 April 2021

ގުރުއާން ކިޔަވަން އެނގުނަކަސް ސިޔާސީ މިހުން ތިފަދަ މާތް އެންމެ ގިނަ މީހުން ދާ މިސްކިތުގަ ތަރާވިސް ކުރަން ދޭކަށް ނުފެނޭ! އިސްލާމީ މަރުކަޒުގަ ހުންނަން ޖެހޭނީ ސިޔާސީ ނޫން ފަސްބައި ތާހިރު ހާފިޒެއް.

The name is already taken The name is available. Register?

ޢަހުމަދު ޔާސިރު

29 April 2021

ނުދިނީ ކޯޗެއް މިކިޔަނީ މިގަމާރުންތަ ގުބޯހައްދަނީ

The name is already taken The name is available. Register?

އަހުމަދުބއަލި

29 April 2021

ކޮންމެހެން ދޭންޖެހޭތަ،

The name is already taken The name is available. Register?

ގަހޭ

29 April 2021

ޝަހީމް ވިދާޅުވެއްޖެއްޔާ ޒަކާތު ފަންޑް ވެސް ހަވާލްކުރައްވާތި. އެހެންނޫނީ ކޯފާވެދާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454