ރިޕޯޓް / ރ. ދުވާފަރު

ދުވާފަރު ކައުންސިލް: މުޅި ނިޒާމަށް ވެސް ބޮޑު ޝޮކެއް!

ދުވާފަރު ކައުންސިލް މެމްބަރުން--

ލާމަރުކަޒީ ގާނޫނަށް މި ފަހުން ބޮޑު ބަދަލެއް ގެނައި އެންމެ މުހިންމު ބޭނުމަކީ ކައުންސިލަރުންނަކީ އިންތިހާބު ކުރުމުން ކޮންމެ ދުވަހަކު އޮފީހަށް ގޮސް ހަމައެކަނި ޖަލްސާ ކުރަން ތިބޭ ބަޔަކަށް ނުހެދުމެވެ.

ރަށުގެ ތަރައްގީ އަށް އެންމެ ފުޅާކޮށް މަސައްކަތް ކުރެވޭނެ އަދި ރައްޔިތުންނާ ކައިރިން ހިދުމަތް ދިނުމަށް މަގު ފަހި ކުރުމަށް އެ މީހުން މާލީ ގޮތުން ބާރުވެރި ކުރުވުމެވެ. އެކަމަށް އެންމެ ބޮޑަށް ވަކާލާތު ކުރި ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ ރައީސް ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވެފައިވާ ގޮތުން ނަމަ "ރަށު މުސްހަނދިކަން ރަށަށް ގެނެސްދިނުމުގެ" ބޭނުމުގަ އެވެ.

އެ ގާނޫނު ފާސް ކުރިތާ އަހަރުތަކެއް ނުވަނީސް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ހެދި މޮނިޓަރިން ރިޕޯޓަކުން ފެންމަތިވެފައި މިވަނީ މާލީ ބާރުވެރިކަމުގެ ނާޖާއިޒް ފައިދާ ނަގައި އަމިއްލަ ޖީބު ފުރަން ފޫގަޅާލައި ރ. ދުވާފަރު ކައުންސިލުން ހިންގި ބޮޑެތި ޖަރީމާތަކެކެވެ. މިލިއަނުން ކައުންސިލް މެމްބަރުންނާއި މުއައްޒަފުން ގުޅިގެން އަމިއްލަ އެކައުންޓަށް އެޅުމާއި ތިޖޫރީން ނަގުދު ފައިސާ ނަގައި ބެހުމާއި މާލިއްޔަތު ގާނޫނެއް އެހެން އެއްޗަކަށް ނުބަލައި އަދި މުސާރަ ވެސް ހިތުހުރި ގޮތަކަށް ދެމުން ދިޔަ ގޮތެވެ.

ކައުންސިލުން މުސާރަ ނަގަމުން ރިސޯޓުގައި ފުލް ޓައިމް ވަޒީފާގައި!

ދުވާފަރު ކައުންސިލު އެތެރޭގެ ހާލަތު އޮތް ހިސާބަކީ މިއީ އެވެ؛

ލާމަރުކަޒީ ގާނޫނު ބުނާ ގޮތުން މަގުބޫލް އުޒުރެއް ނެތި ވިދިވިދިގެން ހަތް ޖަލްސާ އަށް މެމްބަރަކު ހާޒިރު ނުވާ ނަމަ އެ މެމްބަރަކު މަގާމުން ވަކި ވާނެ އެވެ.

އެލްޖީއޭގެ ޓީމުން ދުވާފަރަށް ގޮސް ކައުންސިލުން ހޯދި މައުލޫމާތުތަކުން އެނގުނު ގޮތުގައި ކައުންސިލްގެ ބައެއް މެމްބަރުން އެއްވެސް އުޒުރެއް ނެތި އެއަށް ވުރެ ގިނަ ދުވަހު ހާޒިރު ނުވެ އެބަހުއްޓެވެ. އޭގެ ތެރެއިން އެއް މެމްބަރަކީ އަހުމަދު ސަމޫހެވެ. އޭނާ އެއްވެސް އުޒުރެއް ނުދައްކާ 55 ދުވަހު ކައުންސިލްގެ އޮފީހަށް ނުނުކުންނަ ކަމަށް ރިޕޯޓުން ދައްކަ އެވެ. އޭގެ އިތުރުން ގަވައިދާ ހިލާފަށް 40 ދުވަހުގެ ޗުއްޓީއެއް ވެސް ނަގައިފަ އެވެ.

އިތުރަށް ބެލިބެލުމުން އެނގުނީ އޭނާ ކައުންސިލަށް އިންތިހާބު ކުރި ފަހުން ކުރަމަތި އައިލެންޑް ރިސޯޓުން ވަނީ ވަޒީފާ ހޯދައިފަ އެވެ. އެތަނުގައި ފުލް ޓައިމް ވަޒީފާ އަދާ ކުރަމުން އަންނަތާ ދުވަސްތަކެއް ވެއްޖެ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އޭނާ ވަޒީފާ އަދާ ކުރާކަން އެހެން ކައުންސިލަރުންނަށް ވެސް އެނގެ އެވެ. އެކަމަކު އެއްވެސް ސުލޫކީ މައްސަލައެއް ނުބަލަ އެވެ. ފިޔަވަޅެއް އަޅާކަށް ވެސް ނުވިސްނަ އެވެ. އަދި އެލްޖީއޭ އަށް މިކަން ރިޕޯޓު ކޮށްފައެއް ވެސް ނުވެ އެވެ. ރައްޔިތުންގެ އިތުބާރާއި ވޯޓު ހޯދައިގެން އިންތިހާބުވި ކައުންސިލް އޭނާ އަށްވީ ޕާޓް ޓައިމް ޖޮބަކަށެވެ!

ދުވާފަރު

ހަމައެކަނި ނުހައްގު ގޮތުގައި މުސާރަ ނެގުން އެކަންޏެއް ނޫނެވެ. ކައުންސިލަރުންގެ މުސާރައިގެ އޮނިގަނޑު އޮންނަ ގޮތުން ކޮންމެ މެމްބަރެއްގެ އަސާސީ މުސާރައަކީ 9600ރ. އެވެ. އެކަމަކު ދުވާފަރު ކައުންސިލުން ގާނޫނުތަކާ ހިލާފަށް އެކަން ވެސް އަމިއްލަ އަށް ބަދަލުކޮށްލައިގެން ކޮންމެ މެމްބަރަކަށް ދެމުން ދިޔައީ އަސާސީ މުސާރައިގެ ގޮތުގައި 10،600ރ. އެވެ. އަދި ހާޒިރު ނުވާ ދުވަސްތަކަށް މުސާރައިން ކަނޑަމުން ވެސް ގެންދިޔައީ ބޭނުން ގޮތަކަށެވެ.

އެލްޖީއޭގެ ރިޕޯޓުގައި ކައުންސިލަށް ބޭނުންވާ ތަކެތި ހޯދުމަށާއި ވާނުވާ ނޭނގޭ ގޮތަށް މެމްބަރުންގެ އަމިއްލަ އެކައުންޓަށް ދެ މިލިއަނަށް ވުރެ ގިނަ ފައިސާ ވަނީ ޖަމާކޮށްފަ އެވެ. އަދި ކައުންސިލަށް ތަކެތި ގަންނަން ހުޅުވައިލުމުގެ ބަދަލުގައި އެ ފައިސާ ވެސް ދެނީ މެމްބަރުންނަށެވެ. އަދި ޕެޓީ ކޭޝް ވެސް އެއްވެސް ހުއްދައެއް ނެތި ހަމައެއް ލަމައެއް ނެތި އެއީ ބޭނުން ކުރަމުންނެވެ.

އެ ހުރިހާ ކަމެއް ކުރުމަށް ފަހު ބާއްވާފައި އޮތީ ހިސާބު ދިމާ ނުވާ އެކްސެލް ޝީޓެއް އެކަންޏެވެ. އޭގެން އެއްވެސް އެއްޗެއް އެލްޖީއޭ އަށް ވެސް ސާފު ނުވެ އެވެ.

އެނގިފައިވާ ގޮތުގައި އެލްޖީއޭގެ ޓީމުން ކައުންސިލްގެ ހަރަދުތައް އޮޑިޓް ކުރުމަށް އެ ރަށަށް ގޮސް މޮނިޓަރިން ރިޕޯޓް އެކުލަވައިލުމަށް ކައުންސިލަރުންގެ އެއްބާރުލުން ހޯދަން އެތައް ގޮތަކުން މަސައްކަތް ކުރި އެވެ. އެކަމަކު އެ މެމްބަރުންގެ ފަރާތުން މާ ގިނަ މައުލޫމާތެއް ނުދެ އެވެ. އަދި ހިސާބުތަކާ ގުޅޭ ގޮތުން ގިނަ ވާހަކަތަކެއް ނުދައްކަ އެވެ. މުޅި ރިޕޯޓު ހަދަން ޖެހުނީ ލިބެން ހުރި ބައެއް ލިޔުންތަކާއި ޑޮކިއުމަންޓުތަކަށް ބަލައިގެނެވެ.

"ވަރަށް އުނދަގުލުން މިހާރު ރިޕޯޓުގައި ފާހަގަކޮށްފައިވާ މައުލޫމާތު ވެސް އެލްޖީއޭ އަށް ލިބުނީ. މެމްބަރުން އެއްބާރުލުމެއް ނުދޭ،" ކަމުގެ މައުލޫމާތު އެނގޭ މީހަަކު ބުންޏެވެ.

މި މައްސަލާގައި ކައުންސިލްގެ ބަހެއް ހޯދުމަށް "މިހާރު"ން ކުރި މަސައްކަތް ވެސް ކާމިޔާބެއް ނުވި އެވެ.

މިވަރު އަރުވާލީ ދުވާފަރު އެކަނި!

ކައުންސިލްތަކުގެ އޮޑިޓްތައް ހެދުމުގައި ކުރިން އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަތް ބޭފުޅަކު "މިހާރު" އާ ވާހަކަ ދައްކަވަމުން ވިދާޅުވި ގޮތުގައި ކައުންސިލްތަކުގެ އޮޑިޓްތަކުގެ އޮޑިޓްތަކުގައި ބޮޑެތި މާލީ ބާރުވެރިކަން ދިނުމުގެ ކުރިން ވެސް އަބަދުވެސް ވަރަށް ގިނަ މައްސަލަތައް ހުރެ އެވެ. ކައުންސިލްތަކަށް އިންތިހާބު ކުރާ ފަރްތަކަށް ގިނަ ފަހަރަށް މާލިއްޔަތު ގާނޫނާއި ގަވައިދާއި އަދި އަމަލު ކުރަން ޖެހޭ އިޖުރާއަތްތަކަށް ނުބަލަ އެވެ.

"ވަރަށް ގިނަ މައްސަލަތައް އަބަދުވެސް ފާހަގަވޭ. ކައުންސިލް އަށް މާލީ ބޮޑެތި ބާރުވެރިކަން ދޭން މަޝްވަރާ ކުރިއިރު ވެސް ފާހަގަ ކޮށްފައިވާނެ ބައެއް ކަންކަން. މާލީ ބޮޑު ބާރުވެރިކަމާއެކު އެ މެމްބަރުންގެ ބޮލުގައި އެޅުވޭ ޒިންމާ ވެސް އެހާ ބޮޑު ވާނެ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހަމައެކަނި ގިނަ އަދަދެއްގެ ފައިސާ ކައުންސިލަށް ވަންނަ ދޮރު ހުޅުވުމުގެ ބަދަލުގައި އެލްޖީއޭ ނުވަތަ އެހެނިހެން އިދާރާތައް މެދުވެރިކޮށް ވަރަށް ގިނަ ކައުންސިލްތަކަށް ޓްރެއިނިން އާ ވޯކްޝޮޕްތައް ބާއްވަން ޖެހެ އެވެ. ކޮޕަރްޝަނާއި އެހެނިހެން ކަންކަމަށް މަގުފަހިވާ ގޮތްތަކާއި އެ ދޮރުތައް ބަންދު ކުރުމާއި ވިސަލްބްލޯގެ ބާރުތަކާއި އެކަންކަން ކުރެވޭނެ ގޮތްތައް މުއައްޒަފުންނާއި ރަށު ރައްޔިތުންނަށް ވެސް ކިޔައި ދޭން ޖެހެ އެވެ.

"މި އޮންނަނީ ކުޑަކުޑަ ކޮމިއުނިޓީއެއް. އެއް ތަނެއްގައި ހިނގާ ކަންކަން އެހެން އެންމެނަށް އެނގޭނެ. ރަނގަޅަށް އަހުލުވެރިވެފައި އޮންނަ ނަމަ ޖަވާބުދާރީ ކުރުވޭނެ،"

މި މައްސަލާގައި "މިހާރު" އާ ވާހަކަ ދައްކަވަމުން އެލްޖީއޭގެ ސީއީއޯ ފާތިމަތު އަފްޝަން ލަތީފް ވިދާޅުވި ގޮތުގައި މިހާތަނަށް އެ އޮތޯރިޓީން 10 ކައުންސިލެއްގެ ރިޕޯޓް އެކުލަވާލައި ޕަބްލިޝް ކޮށްފި އެވެ. އެ ރިޕޯޓުތަކުން ވެސް އެކިއެކި މައްސަލަތައް ފާހަގަވި ނަމަވެސް ދުވާފަރު ކައުންސިލުގެ ރިޕޯޓުން ދެއްކި ފަދަ ކަންކަމެއް ނެތެވެ.

އެލްޖީއޭގެ ސީއީއޯ އަފްޝަން، މިހާރު އަށް އިންޓަވިއުދެއްވަނީ.-- ފައިލް ފޮޓޯ: މިހާރު

"ކައުންސިލްތަކުގެ ރިޕޯޓުތަކުގައި އިޝޫތައް ހުރޭ ކުދިކުދި. އެއީ ބައެއް ކަންކަން ސާފު ނުވުމާއި މާލީ ކަންކަމުގައި އެކަށީގެންވާ މައުލޫމާތު ނުލިބުމުގެ ސަބަބުން. އެހާ ބޮޑެތި މައްސަލަތަކަށް ނުވާތީ އަޅުގަނޑުމެން ވަރަށް ލީނިއަންޓްކޮށް މިހާތަނަށް ވެސް ބަލަމުން މިއައީ،" އަފްޝަން ވިދާޅުވި އެވެ.

މިއީ މައުލޫމާތު ނޭނގޭތީ އޮޅުމަކުން ވާ ކަހަލަ ކަންކަމެއް ނޫން. އެއްވެސް ހާލަަތެއް ނޯންނާނެ ކައުންސިލްގެ ފައިސާ އަމިއްލަ އެކައުންޓަށް ޖަމާކުރަން ޖެހޭ -- އަފްޝަން

ނަމަވެސް ދުވާފަރު ކައުންސިލްގެ ރިޕޯޓު އެލްޖީއޭ އަށް ވެސް ވީ ބޮޑު ޝޮކަކަށެވެ. އެވަރުގެ ބޮޑެތި ގޯސްތައް މިހާތަނަށް ފާހަގަ ކުރެވުނީ ހަމައެކަނި އެ ކައުންސިލުން ކަމަށް އަފްޝަން ވިދާޅުވި އެވެ. އަދި ކައުންސިލްތަކަށް ފިޔަވަޅު އެޅުމާއި ކައުންސިލަރުން ސަސްޕެންޑު ކުރުމަކީ މިހާރުގެ އެލްޖީއޭގެ ސިޔާސަތެއް ނޫން ކަމުގައިވީ ނަމަވެސް ދުވާފަރު ކައުންސިލަށް ފިޔަވަޅު އެޅުމަށް ބޯޑަށް ހުށަހަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ މައުލޫމާތު ނޭނގޭތީ އޮޅުމަކުން ވާ ކަހަލަ ކަންކަމެއް ނޫން. އެއްވެސް ހާލަަތެއް ނޯންނާނެ ކައުންސިލްގެ ފައިސާ އަމިއްލަ އެކައުންޓަށް ޖަމާކުރަން ޖެހޭ،" އަފްޝަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެލްޖީއޭ އިން މިހާރު ވެސް އެކި ރަށްރަށަށް ގޮސް ތަމްރީންތައް ދިނުމާއި އެކި ވޯކްޝޮޕްތައް ބޭއްވުމުގެ މަސައްކަތް ކުރިޔަށް ގެންދެ އެވެ. އަދި އޭގެ ނަތީޖާއެއް ގޮތުގައި ވަރަށް ރަނގަޅަށް އަމަލު ކުރާ ކައުންސިލްތައް ވެސް ތިބި ކަމަށް އަފްޝަން ވިދާޅުވި އެވެ.

ދުވާފަރު ކައުންސިލްގެ މައްސަލަ މިހާރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އިތުރުން ފުލުހުންނާއި ސިވިލް ސާވިސް ކޮމިޝަނުން ވެސް އަންނަނީ ބަލަމުންނެވެ.

ރައްޔިތުންނަށް ބޮޑެތި ހުވަފެންތަކެއް ދައްކައި އިތުބާރު ހޯދައިގެން މަގާމްތަކަށް އައުމަށް ފަހު ބޮޑެތި ވައްކަން ކުރަން ދޫކޮށްލައިފި ނަމަ ނުވަތަ އަވަސް ފިޔަވަޅުތަކެއް ނޭޅިއްޖެ ނަމަ މީގެ މައްސަލަތައް ވަރަށް އަވަހަށް ވަރަށް ގިނަ ވާނެ އެވެ. ދިން މާލީ ބާރުވެރިކަމުގެ ބޭނުން ކެނޑޭނެ އެވެ.

65 ކޮމެންޓް, 25 ރިއެކްޝަންސް

icon happy icon happy 32%
icon sad icon sad 20%
icon angry icon angry 48%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބަކުރުބޭ

26 July 2022

އެންމެ ކުޑަމިނުން މެންބަރުކަމުގެ މަގާމުގެ އެއްވެސް ޝަރުތެއްނޯވޭ. ދިރިހުރިމީހަކު ކަމުގައި ވާނަމަ ކައުންސިލްގެ މަގާމަށް ކުރިމަތިލެވޭ. ދެން މެންބަރުންނަށް ނޭނގޭކަމެއް ނޭނގިކުރެވިދާނެއެއްނު. ތިހުރިހާ ކައުންސިލަރުން އައްޔަންކުރުގެ ބޭނުމެއް އެބަ އޮތްތަ. ހުރިހާ ޕާޓީތައް އުވާލީމަ މައްސަލަ ހައްލުވެދާނެ

The name is already taken The name is available. Register?

ދުވާފަރު މީހާ

25 July 2022

ކިހާ ބޮޑު ލަދެއް

The name is already taken The name is available. Register?

ބަކުންބެ

25 July 2022

މިއީ މުޅިން ފޭކް ވާހަތަކެއް، ހަޤީޤީ ބޮޑެތި ކޮރަޕްޝަންކޭސްތައް ދަނީ ދައުލަތުގެ ޕްރޮކިއުމަންޓްގެ ތެރެއިން، އެތަނުގެ ކޭހެއް ފެންމަތިވާ ވަރަށްވުރެ ހުރިހާ ބާރުހުރި ފަރާތްތައް ގުޅި އެގެންދަނީ، ތިޔައީ ކުޑަކުޑަ ނިކަމެތި ރަށެއްގައި ހިގާ "އިމްމެޓީރިއަލް" ކަމެއް ބޮޑުކޮށްލައިގެން ހުރިހާ މީހުންގެ ފޯކަސް ތިރަށަށް ގެންދަންޖެހޭވަރުކަމެއްހެނެއް ހީއެއް ނުވޭ، އިންޓަރނަލް ކޮންޓްރޯލް ލޯޕްހޯލްސްތަކެއް ނެތެކޭއެއް ނޫން މިބުނަނީ. ފޯކަސް އޮން "ވެއަރ އިޓް ރިއަލީ މެޓަރސް"

The name is already taken The name is available. Register?

މިސްޓަރ ޓިނޭ

26 July 2022

ފޭކޭ ބުންޏަކަސް ގަބޫލެއް ނުކުރާނެ، ސާބިތުކޮށް ދެއްވުމުގެ ބަދަލުގައި ހަމައެކަނި އަނގަބަހުން ބުނެލުމަކުން ނުފުދޭ ، ލާރިގަނޑު ފެނުނީމަ ބޮލަށް ތެޔޮ އެރީ

The name is already taken The name is available. Register?

ސަޅިބެސް

26 July 2022

ފޭކޭ. ބަކުންބެ ދޭބަލަ ބަކުން ކުޅެއް. ވިސްނޭ މީހުން މިކަމާ އުޅޭނެ

The name is already taken The name is available. Register?

ރަސްގެ

25 July 2022

ޔާމީނު އާއި އަދީބު ދަސްކޮށްދިން ފިލާވަޅުތައް މިއީ. އެ ދެމީހުންވެގެން ޤައުމުގެ ބައިތުލް މާލު ނެގީ. މަންޒަރު ބަލަން ތިބެފަ ރަށްރަށުގެ ކައުންސިލްތަކުން މިހާރު ރަށުގެ ބައިތުލްމާލު ނަގަން ފެށީ.ޕޕމ ކުދީންކޮޅެޢްވީމަ ސަޅިވާނެ.

The name is already taken The name is available. Register?

ނޭމާ

26 July 2022

ޔާމީނާ އަދީބާ ކޭމަ. އެކަމުގެ ސަވާބު ހޯދަން އުޅޭމީހުންނަށް ވާގޮތް ތިޔަވަނީ. މީހެއްގެ ބޮލުގާ އެލުވުމަށް ވުރެ ތިމާގެ ހިތްނިޔަތް ނުބައިވަނީ ރުފިޔާ ފެނުނީމާ

The name is already taken The name is available. Register?

އައިމިނާ

25 July 2022

ތަންދޮރު ނުދަންނަ މީހުން ނިޒާމުތައް ގެނެސް ތަންފީޒު ކުރަން ވެއްދީމަ ވާގޮތް ތިޔަ ފެންނަނީ. ހުރިހާ ކައުންސިލަރުން އޮފީހަށް ވަދެފަ އަރިއަރިއަށް ފޮޓޯ ނަގާފަ މަސްދަތުރު ދިޔާމަ ރަނގަޅުވާނެ.

The name is already taken The name is available. Register?

އިސްރާފު

25 July 2022

ބޮޑުސޯބު އެނބުރޭގޮތަކަށް ދޯ ކުދި ސޯބުތައް ވެސް އެނބުރޭނީ...

The name is already taken The name is available. Register?

ނިކަމެތިރައްޔިތުމީހާ

25 July 2022

ކުދި ސޯބުތައް އެނބުރޭނީ ބޮޑު ސޯބު އެނބުރޭހެން! ބޮޑު ސޯބު ބުނީ އެ ލިބެނީ ހެޔޮވަރުގެ އަދަދެއް ނަމަ ހަލާލެއް ހަރާމެއް ބަލާނެ ކަމެއް ނެތޭ! ތިޔަ ލާ މަރުކަޒަކީ މި ގައުމުގެ ތަރައްގީގެ ދުވެލި ފަހަތަށް ޖައްސާ ސިސްޓަމެއް! ކުރިން ހުރި ގޮތަށް ކަތީބުން ބައިތިއްބާފަ ވުޒާރާތަކުން މިހާރު ވެސް ތި ކުރާގޮތަށް ޕުރޮޖެކްޓް ޖައްސަންވީ

The name is already taken The name is available. Register?

ޙަސީ

25 July 2022

މިއީ ޝޮކެއް ނޫން. މިރާއްޖޭގައި މި ނޫން ގޮތަކަށް ކަމެއް އެބަ ހިނގާތަ؟ ސިޔާސީ ގޮތުން ބޮޑެތި މަގާމުތަކަށް ހޮވާފައި ތިބެނީ ނުވަތަ ހޮވަނީ ތަޢުލީމެއް ތަޖުރިބާއެއް ނެތް، މީހުން. ވައްކަމާ މަކަރާ ހީލަތާ މިކަންކަމަކީ ކިހާވަރު ކަމެއްކަން ނޭނގޭ މީހުން.

The name is already taken The name is available. Register?

ދަންޑަހެލު

25 July 2022

ބަލަންޖެހޭ ވަރަށް ނުބަލާ ވަރަށް އަވަސް އަވަރުވާލައިގެން ވަކިކަހަލަ ޕްރޮޕަގެންޑަރއެއް ފެތުރުމަށްޓަކައި ކުރެވުނު ހުދުމުހުތާރު ޢަމަލެކެވެ. ތިމާމެން ފޯރުކޮށްދޭންޖެހޭ އީދާރީ ފަސޭހަތަކާއި މަސައްކަތްކުރުމުގެ ފަހި މާޙައުލް ޤައިމްނުކޮށްދީ އެހެން ފަރާތްތައް ބަދުނާމުކުރުމަކީ ޒިންމާދާރު ކުޑަކަމެއް. މާލީ ޢިޖްރަތްތަކާއި ދޮކޮޅަށް މަސައްކަތްކުރަން މަޖުބޫރުވަނީވެސް މިފަދަ ސަބަބުތަކާއި ހުރެ. އެލްޖީއަކީ ކައުންސިލްތައް ހަރުދަނާ ކުރާބައެއް ނޫން!

The name is already taken The name is available. Register?

އާދަންބޭ

25 July 2022

ތީ އެމް.ޑީ.ޕީ އިސްވެ އޮވެ ރައްޔިތުންނަށް ދިން ބޮޑު ގެއްލުމެއް. ކައުންސިލަރުން މުސާރަޔާ އިންތިޚާބު ކުރުމަށް އެތައް ސަތޭކަ މިލިއަނެއް ދިވެހި ދައުލަތުން ޚަރަދު ކުރަންޖެހޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454