ކުރުނބާ މޯލްޑިވްސްގެ އެންމެ ކުރީ ދުވަސްވަރު ހެދި ޓޫރިސްޓް ކޮޓަރިތަކެއް. އެއީ ރާއްޖޭގެ އެންމެ ފުރަތަމަ ހުޅުވި ރިސޯޓް. ފޮޓޯ: ކުރުނބާ މޯލްޑިވްސް
18 ޑިސެމްބަރ 2017 - 06:54
މީގެ 40 ވަރަކަށް އަހަރު ކުރިން ހައި ސީޒަންގެ ތެރޭގައި ރާއްޖޭގެ ރިސޯޓެއްގެ އެނދު ވިއްކި އަގު ހަނދާން ހުންނާނީ ކިތައް މީހުންގެ ބާވަ އެވެ؟ އެ އަގު އެނގިއްޖެ ނަމަ ގިނަ މީހުން މިހާރު ހައިރާންވާނެ އެވެ. އެކަމަކު ހަގީގަތަށް ބުނާ ނަމަ އެ ޒަމާނަށް ބަލާއިރު އެއީ ނިސްބަތުން ބޮޑު އަގަކަށް ވެސް ވެދާނެ އެވެ.
ދުނިޔޭގެ އެންމެ މަޝްހޫރު މަންޒިލްތަކުގެ ތެރޭގައި މިހާރު ހިމެނޭ ރާއްޖޭގެ ބައެއް ރިސޯޓުތަކުގެ ކޮޓަރިއެއް 1976 ގެ ސީޒަންގައި ދެ މީހަކަށް، ހުރިހާ ވަގުތެއްގެ ކެއުމާ އެކު، ވިއްކީ ބޮލަކަށް އެންމެ 14 ޑޮލަރަށެވެ. އެންމެ މީހަކަށް ނަމަ 25 ޑޮލަރެވެ.
އެ ދުވަސްވަރު ރާއްޖޭގައި ޑޮލަރުގެ ރޭޓް ހުންނާނެ ކަމަށް ބެލެވެނީ 7ރ އިން ތިރީގަ އެވެ.
އޭރު ރާއްޖޭގެ ޓޫރިޒަމް ބިނާވެފައި އޮންނަނީ ޔޫރަޕްގެ ފިނި މޫސުމުގެ ދުވަސްވަރާ އެވެ. ސީޒަން ނިމުމުން ދެން އަންނަނީ އޮފް ސީޒަން އެވެ. އެކަމަކު އޮފް ސީޒަންގައި ވެސް ދެ މީހަކަށް ކޮޓަރިއެއް ވިއްކީ ބޮލަކަށް 14 ޑޮލަރަށެވެ. އެންމެ މީހެއް ނަމަ، ސީޒަންގެ އަގަށް ވުރެ ކުޑަވެ، 20 ޑޮލަރަށް ލިބުނެވެ.
އެދުވަސްވަރު އެއާޕޯޓް ޓްރާންސްފާގެ ގޮތުގައި މީހަކަށް ޗާޖުކުރީ ކޮޅަކަށް އެއް ޑޮލަރެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވި ރިސޯޓްތަކުގެ ތެރޭގައި ހިމެނޭ ކުރުނބާ އާއި ވިލިނގިލިން 1976 ގައި ކޮޓަރި ވިއްކި ރޭޓުތައް.
މީގެ 45 އަހަރު ކުރިން 1972 ގައި ޓޫރިޒަމް ފެށުނީ ކ. ވިހަމަނާފުށި (ކުރުނބާ މޯލްޑިވްސް) އިންނެވެ. މިހާރު އެ ރިސޯޓަށް އެކަނި ބަލާލިޔަސް އެވްރެޖް ރޫމް ރޭޓަކީ ދުވާލަކަށް 600 ޑޮލަރެވެ. އެކަމަކު ހައި ސީޒަންގައި އެ ރިސޯޓުން ދެ މީހަކަށް، ހުރިހާ ވަގުތެއްގެ ކެއުމަކާ އެކު، ކޮޓަރިއެއް އޭރު ވިއްކީ ބޮލަކަށް 14 ޑޮލަރަށެވެ.
ކުރުނބާގެ ފަހުން ހުޅުވި ރިސޯޓުތަކުގެ ތެރޭގައި ބަނޑޮސް އައިލެންޑް ރިސޯޓާއި ވިލިނގިލި ރިސޯޓުގެ ރޭޓް ވެސް އުޅެނީ ގާތްގަނޑަކަށް އެއްވަރެއްގަ އެވެ. ނަމަވެސް ބަރޮހާއި ފުރަނަފުށި (މިހާރުގެ ޝެރެޓަން މޯލްޑިވްސް ފުލްމޫން ރިސޯޓް)ގެ ރޭޓްތައް އުޅުނީ ދެ މީހެއް ނަމަ ބޮލަކަށް، ފުލްބޯޑު 12.50 ޑޮލަރަށެވެ. އެންމެ މީހެއް ނަމަ 16.50 ޑޮލަރަށެވެ.
އޭރު ރާއްޖޭގައި ހިންގީ އެންމެ ދެ ޓޫރިސްޓް އެޖެންސީ އެވެ. އެއީ ކުރީގެ ރައީސް އިބްރާހިމް ނާސިރު އުފެއްދެވި ކްރެސެންޓް ޓޫރިސްޓް އެޖެންސީ އާއި ރާއްޖެއަށް ޓޫރިޒަމް ތައާރަފްކުރަން އިސްކޮށް ހަރަކާތްތެރިވި ކޮލިގޭ މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކާއި) އެމްޑީޕީ ސަރުކާރުގެ ފޮރިން މިނިސްޓަރުކަން ކުރެއްވި އަހުމަދު ނަސީމް ގުޅިގެން އުފެއްދެވި ނިއުމަން ޓޫރިސްޓް އެޖެންސީ އެވެ.
އޭރުގެ ރިސޯޓްތަކުގެ ފެންވަރު ވެސް މިހާރުގެ ނިސްބަތަށް ބަލާއިރު ވަރަށް ދަށެވެ. ގިނަ ރިސޯޓުތަކުގައި ފީނަން ދިއުން ފިޔަވައި އިތުރު ހަރަކާތެއް ނޯވެ އެވެ.
ރިސޯޓުތަކުގެ އަގު އުފުލެން ފެށީ 1980ގެ އަހަރުތަކުގައި އާ ރިސޯޓުތައް ހުޅުވައި، ފެންވަރު މަތިވެ އާ ހިދުމަތްތައް ވެސް ތައާރަފްވާން ފެށުމާ އެކު އެވެ.
މިހާރު ރާއްޖޭގެ އާދައިގެ ގެސްޓް ހައުސްއެއްގެ ކޮޓަރިއެއް ވެސް ދުވާލަކަށް 50 ޑޮލަރަށް ނުވިއްކަ އެވެ. ޓޫރިޒަމްގެ ހައި ސީޒަންގައި ރާއްޖޭގެ ރިސޯޓުތަކުގެ އެވްރެޖް ރޫމް ރޭޓް އުޅެނީ 200 ޑޮލަރުން މަތީގަ އެވެ. އަދި އެންމެ މަތީ ފެންވަރުގެ ރިސޯޓުތަކުގެ އަގު ފެށެނީ ވެސް 500 ޑޮލަރުންނެވެ.
ރާއްޖޭގެ މިހާރުގެ ފެންވަރު މަތީ ރިސޯޓެއްގެ ކޮޓަރި އާއި ވަކި ޕޫލް: މިހާރުގެ އަގުތައް އުޅެނީ ދުނިޔޭގެ ފެންވަރުން ވެސް މަތީގައި
"އެ ޒާމާނުގައި ކޮޓަރި ވިއްކި އަގުތަކާ މިހާރާ އަޅައެއް ނުކިޔޭނެ. މިހާރު ރާއްޖޭގެ ޓޫރިޒަމް އެއަށް ވުރެ އެތައް ގުނައެއް ފެންވަރު މަތިވެއްޖެ،" ޓޫރިޒަމް ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވި އެވެ.
"އޭރުގެ އެންމެ މަތީ ފެންވަރުގެ ރިސޯޓަށް ވުރެ މިހާރު އެންމެ އާދައިގެ ގެސްޓް ހައުސްތަކުގެ ފެންވަރު ވެސް އެތައް ގުނައެއް ރަނގަޅުވާނެ."
ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވި ބައެއް ރިސޯޓްތަކުން 1976 ވަނަ އަހަރު ކޮޓަރިތައް ވިއްކި އަގުތައް.
ވޭތުވެދިޔަ 45 އަހަރުގެ ތެރޭގައި ރާއްޖޭގެ ޓޫރިޒަމަށް ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދައިފަ އެވެ. ހާއްސަކޮށް މިދިޔަ 25 ވަރަކަށް އަހަރު ދުވަހު އާ ރިސޯޓުތަކެއް ތައާރަފްވިއިރު އެއްގަމު ކޮޓަރިތަކުގެ އިތުރުން ޒަމާނީ ވަސީލަތްތަކާ އެކު ބޮޑެތި ވިލާތައް ވަނީ ފަޅުތެރެއަށް ފަތުރާލައިފަ އެވެ. އެއީ މުޅި ދުނިޔޭގެ ވެސް ސަމާލުކަން ލިބުނު ބަދަލެކެވެ. އެ ހިތްގައިމުކަން މިހާރު މިނަނީ ދުނިޔޭގެ އެންމެ މަތީ ފެންވަރުގަ އެވެ.
އޭގެ އިތުރުން ވޯޓާ ސްޕޯޓްސްގެ ހަރަކާތްތައް ފުޅާވެ، ކަނޑު އަޑީގެ ރެސްޓޯރަންޓާއި ސްޕާ ފަދަ ތަންތަން ތައާރަފްކޮށް ހައިރާންވާ ފަދަ ކުރިއެރުންތައް ވަނީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް މި ވަނީ އައިސްފަ އެވެ.
"ރާއްޖޭގެ ރިސޯޓުތަކުގެ އަގުތައް އުފުލެން ފެށީ ޕްރައިވެޓް ޕޫލާ އެކު މޫދު ކޮޓަރި ފަދަ ލަގްޒަރީ ޓޫރިޒަމް ތައާރަފްވުމާ އެކު. އޭގެ ކުރިން ބީޗް ކޮޓަރިއެއް އާއްމުކޮށް ވިއްކާނެ 50 ވަރަކަށް ޑޮލަރަށް. ސީޒަން ތެރޭގައި އޭގެ ދެ ގުނަ ބޮޑުވޭ،" ކުރިން ވާހަކަދެއްކެވި ތަޖުރިބާކާރު ވިދާޅުވި އެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވި ރިސޯޓްތަކުގެ ތެރޭގައި ހިމެނޭ ބަނޑޮސްގެ ކޮޓަރިތައް 1976 ވަނަ އަހަރު ކްރެންސެންޓް ޓޫރިސްޓު އެޖެންސީން ވިއްކި ރޭޓުތައް.
ކުރިން ނަމަ ޓޫރިސްޓުންގެ އަތުން މިހާރު ނަގާ ކަހަލަ ޓެކްސްތަކެއް ވެސް ނުނަގަ އެވެ. އޭރު ނަގަމުން އައީ ރިސޯޓުތަކުގެ ބިމު ކުއްޔާއި އެނދު ކުލި އެކަންޏެވެ. މިހާރު ރާއްޖޭގެ އާދައިގެ ގެސްޓް ހައުސްއެއްގައި އެއް ރޭ ނިދާ މީހަކު ވެސް ގްރީން ޓެކްސްގެ ގޮތުގައި ތިން ޑޮލަރު އަދި ސާވިސް ޗާޖުގެ ގޮތުގައި ފަސް ވަރަކަށް ޑޮލަރު [ރެއަކަށް 50 ޑޮލަރުގެ ރޭޓުން ކޮޓަރިއެއް ވިއްކާ ނަމަ] ޓީ ޖީއެސްޓީގެ ގޮތުގައި ހަ ޑޮލަރާ އެކު ޖުމްލަ 14 ޑޮލަރު ހަމައެކަނި ޓެކްސްގެ ގޮތުގައި ވެސް ދައްކަން ޖެހެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަހާނަމަ
19 December 2017
ޢޭރު މިކަހަލަ ހަބަރުތަށް ލިޔާ ނޫސްވެރިއެއްގެ މުސާރަވެސް ޖަހާލިނަމަ ވ ފުރިހަމަވީސް ?????
ސަރުކާނު
19 December 2017
އޭރު ދުނިޔޭގެ އެހެން ހިސާބުތަކުން ހޮޓެލްގެ އަގުތައްވެސް ހުރިވަރު އަލާކިޔާލިނަމަ ސަޅިވީސް. ގައިމުވެސް ލަންކާ ގައި ހޯތަލްގެ ރޫމެއްގެ އަގުވެސް 100ރުޕީސް ވަރުހެން ހީވަނީ ވާނީ
އިސްލާހު
18 December 2017
ކުޑަ އިސްލާހެއް. “ ނިއުމަން އޭޖެންސީއެއް ނޫން!!! ރަނގަޅު ގޮތަކީ “ މިއުމަން އޭޖެންސީ”””
ހަންވާނު
19 December 2017
ރަނގަޅަށް ތިޔަބުނީ! އެއީ.... "މުހައްމަދު އުމަރު މަނިކު އަހުމަދު ނަސީމް" ގެ ނަމުގެ ފުރަތަމަ އަކުރުތަށް އިނގިރޭސި ބަހުން ލޔުނީމަ އޮންނާނެގޮތް...
ތީއެހާ
18 December 2017
ސަޕްރައިޒިންގް ހަބަރެއް ނޫން، އެއިރު ރުފިޔާއަކަށް 4 މަލްބަރޯ ލިބޭ
މޮޑަފްް
18 December 2017
އަހަރުމެން ހައިރާނެއްނުވޭ. 1980އިގެ ތެރޭގަ މާލޭގެ ދެކޮޓަރީގެ ގެއެއްވެސް ލިބޭ މަހަކު 1200 ނޫނީ 1500 ވަރަކަށް ރުފިޔާއަށް. މިހާރު އެހެންތަ. 20 ހާހުން މަތީގަ މިހާރު އުޅެނީ.
އަހުމަދުބެ
18 December 2017
އޭރު ރިސޯޓް ހިންގީ ދިވެޙިންނެވެ. މިހާރު ދިވެއްސެއްގެ ނަމުގަ ރަށް އޮތަސް ރިސޯޓް ހިންގަނީ ބޭރު މީހުންނެވެ. ދެން ގިނައީ ބޭރުގެ އިންވެސްޓްމަންޓް ތަކެވެ. މިއީ ހަގީގަތެވެ.
ކުމާރު
18 December 2017
40 އަހަރު ވެއަތުވެ ދިޔައީ ކެޕިޓަލިޒަމް ގެ އަލުވެތި ކަމުގަ.މާ ދުރުން ފެންނަ މުސްތަގްބަލުންވެސް އުއްމީދެއް ނުފެނޭ
Abdul Latheef
18 December 2017
އަހަރެން ތިވާހަކަ ވަރަށް ދައްކައިފިން އަޑުއަހާނެ ބަޔަކު ނެތުމުން ހުއްޓާލާފަ މިހިރީ. ދެނެއްނުލިބޭނެ ކެޕިޓަލިސްޓުންނަކަށް ގައުމެއް. އެގިދާނެތާ ހުރި ހިތްވަރެއް. 2018 އައިގަ ކުޅިދައްކާލާނަން
އަތްޖަހާ
18 December 2017
މިތާ ކޮމެންޓް ކުރި ބައެއް މީހުން ބޭނުންވަނީ ދިވެހި މުވައްޒަފުން ލައްވާ މަސައްކަތް ކުރުވާފަ އެމީހުންނަށް އެއްވެސް އެއްޗެއް ނުދޭން. އެކަމަކު ދިވެހިންގެ ބިން ބޭނުން ކޮށްފަ މިލިއަނުން ޖީބަށް ފައިދާ ލާން އެބަބޭނުންވޭ. މީ މިމީހުންގެ ވިސްނުން ހުރި ފެންވަރަކީ.
އެހެންތޭ
18 December 2017
މުވައްޒަފުން އަންނަނީ މުސާރަ އަށް ނުވަތަ އުޖޫރަ އަށް މަސައްކަތް ކުރަން. އެމެން އަންނަނީ ވަޒީފާ އަށް އައިސް މަކަރާއި ހީލަތް ހަދާ ދަތުގައި ރިއްސައޭ މެދު ފައިގައި ރިއްސައޭ ކިޔާ މަސައްކަތު ނާންނާ ކަށް ނޫން އަދި މަސައްކަތު އަތުވެއްޖެނަމަ ދެން ތިބި މީހުންނާއި ޒުވާބު ކޮށްގެން ދޭތެރެ ޖައްސައިގެން ކުރިއެރުން ހޯދާ ކަށް ނޫން. ރިސޯރޓް ތަކުގެ މުވައްޒަފުންނަށް ނުޖެހޭ ދުވާލަކު 9 ޑޮލަރުގެ މަގުން ކާން ދޭން. ދުވާލަކަށް 2 ޑޮލަރުގެ މަގުން ކާން ދޭން ޖެހޭނީ. އެއީ ގޭގައި ވެސް އެމެން ކާ ފެންވަރަށް ވުރެން މޮޅު ފެންވަރު އެއިރު ވެސް. ގޭގައި ހެދުނު ނުކައްކާ ސަޔާއި ބިސްކޯދު ޕަކެޓެެއް ދޯ ކާލަނީ މެންދުރު ރޮއްޓާއި ރިހާކުރާއި ދޯ ކަނީ.
މޭޓް
18 December 2017
ބޮލަކަށް 14 ޑޮލަރެވެ. އެންމެ މީހަކަށްނަމަ 25 ޑޮލަރެވެ. ބަލަ ބޮލެއް އެއީ އެކަކު ނޫންތަ؟
ިކެނެޑީ
18 December 2017
މަޗާ އެބުނަނީ ކަޕްލް އެއް އަންނަންޏާ ބޮލަކަށް 14، 14 އިންޓު 2 އިޒް 28. އެކަނި އަޔަސް ކަޕްލް އަޔަސް ދޭނީ 1 ރޫމް ދޯ. ދިވެހި އޯލެވެލް ޕޭޕަރ އެއް އިންނާނެ “ކިޔުމުގެ ދޭހަ” ކިޔާ، އޭތި މަނިކްފާން ހެއްދެވިންތޯ؟
ރަނގަޅު ކޮށްލާ ކެނެޑީ
19 December 2017
ދިވެހި އޯލެވެލް ޕޭޕަރ އެއް އިންނާނީ އެއް ނޫން. އޮންނާނީ
ދުންކަރާސް
18 December 2017
ގެސްޓު ހައުސްތަކު ގެ ކޮޓަރި 50 ޑޮލަރަށް މިހާރުވެސް ވިއްކާ.....އޭރު ލިބޭ 14 ޑޮލަރު މިހާރު ލިބޭ 140 ޑޮލަރާ ނުބައްދަލުވާނެ....