ރިޕޯޓް

100 ދުވަހުގެ އެންމެ ބޮޑު ބަދަލު: "ކޮތަރު ކޮށީ"ގެ ސިފަ ކަނޑުވާލުން!

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ދަށުން 25 ބުރީގެ 16 ޓަވަރުގެ މަސައްކަތް ކުރިއަށް ގެންދާ ސަރަހައްދު.---ފޮޓޯ: އެޗްޑީސީ

އެއީ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ ޓީމުން ފުންކޮށް ވިސްނައިގެން ކުރި ކަމެއް ހެއްޔެވެ؟ އެއީ އެޗުޑީސީގެ އޭރުގެ ވެރިންނަށް، ދިވެހިންގެ ހާލަތު ވަޒަންކުރެވުނު ގޮތް ހެއްޔެވެ؟ އެއީ އޭރުގެ ރައީސް އަބްދުﷲ ޔާމީން، އެމަނިކުފާނުގެ ރައްޔިތުންނަށް "ހައްގު މިންވަރު" ކަމަށް ގަބޫލުފުޅުކުރެއްވި ވަރު ހެއްޔެވެ؟

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިހާރު މައްޗަށް ނަގާފައިވާ 25 ބުރީގެ ފްލެޓް ޓަވަރުތަކުގެ ހަގީގަތް އެނގޭ މީހެއްގެ ހިތަށް އެ ސުވާލުތައް އެރުން އެކަށީގެންވެ އެވެ. ރާއްޖޭގެ ތާރީޚުގައި ވެސް ސަރުކާރަކުން ބޯހިޔާވަހިމަކަށް ފެށި އެންމެ ބޮޑު މަޝްރޫއު، "ހިޔާ މަޝްރޫއު" ގައި ހިމެނޭ 7،000 ފްލެޓްތަކުގެ ހާލަތު އޮތީ "ކޮތަރު ކޮށީ"ގެ ބައްޓަމަށެވެ. (މާލޭގައި ކުރިން އެކި ގޭގޭގައި ކޮތަރު ގެންގުޅުނު އިރު، އެ އެއްޗެހި ނިދަން ވަރަށް ކުދިކުދި ކޮޓަރިތަކެއް ހިމެނޭ ގޮތަށް ލަކުޑިން ކުދިކުދި ގެ ހަދާފައި ހުރެ އެވެ.)

ބޭރުން ބަލާއިރު އިމާރާތް ރީތިވެދާނެ އެވެ. އެކަމަކު އެތެރޭގައި ހުރި ފްލެޓްތައް އެހާ ކުއްޖެވެ. އެއީ ރާއްޖޭގައި މިހާތަނަށް ހަދާ އެންމެ އުސް އިމާރާތްތައް ކަމަށް ވިޔަސް، އެއިން ޓަވަރެއްގައި އެންމެ ތިނެއް، ނުވަތަ ދެ ލިފްޓް ހުރުމުން، ތަނުގެ ވަޒަންވެރިންނަށް އެ ދެވެނީ އަނިޔާއެކެވެ. ދެ ކޮޓަރި އާއި ދެ ފާހާނަ އާއި ބަދިގެ އާއި ސިޓީން ރޫމެއް، އެންމެ 550 އަކަފޫޓަށް ފައްތާލުމުން، ރައްޔިތުންގެ ދިރިއުޅުން ވެސް އެހާމެ ބޮޑަށް ފިއްތާލެވެނީ އެވެ.

އެކަމަކު ގެދޮރަށް ޖެހިފައިވާ 7،000 މީހުންނަށް އެ ވެސް ރަންގަނޑަކަށް ވެދާނެ އެވެ. މައްސަލައަކީ އެއް ތަނަކަށް އެތައް ހާސް އާއިލާއެއް ޖަމާކުރާ އިރު އެ މީހުން އުޅެން ޖެހޭނެ ހާލަތަށް އޭރުގެ ސަރުކާރުން ވިސްނާފައި ނުވުމެވެ. ހާލުގައި ތިބި ބަޔަކަށް އިތުރު ގޮތެއް ނެތުމުން، ކޮންމެ އެއްޗެއް ވެސް ގަބޫލުކުރާނެތީ އޭގެ ނުބައި ފައިދާ ކުރީގެ ސަރުކާރުން އެ އޮތީ ނަގަން ނިންމައިފަ އެވެ.

އާ ސަރުކާރުން ގަބޫލުކުރާ "ހައްގު މިންވަރު" މާ މަތި

އާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި އެމަނިކުފާނުގެ ޓީމަށް އެކަން ގަބޫލެއްނުކުރެއްވުނެވެ. އަދި އެއީ ގެދޮރަށް ޖެހިފައިވާ ދިވެހި ރައްޔިތުންނަށް ހައްގު މިންވަރު ނޫން ކަމަށް އާ ސަރުކާރުން ހަމައެކަނި ގަބޫލުކުރީކީ ވެސް ނޫނެވެ. މަޝްރޫއުއަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ތިން ކޮޓަރީގެ ފްލެޓްތައް ހަދަން ވެސް ނިންމީ އެވެ.

މިއީ އާ ސަރުކާރުގެ މަސައްކަތުގެ ފުރަތަމަ 100 ދުވަހު ފެނުނު އެންމެ ބޮޑު ބަދަލެވެ. އޭގެ ސަބަބުން އެތައް ހާސް ދިވެހިންނެއްގެ ދިރިއުޅުމަށް އުފާވެރިކަމެއް ގެނެސްދޭނެ ވަރުގަދަ ނިންމުމެކެވެ.

"ބަލަންވާ ވަރަށް ނުބެލި، [ހަމައެކަނި] ނަންބަރުތައް އިތުރުކުރަން [އިމާރާތް] ކުރެވިފައި ހުރި ތަން [ފެންނަނީ]."

ހައުސިން ޑިވެލޮޕްމަންޓް ކޯރަޕޭޝަން (އެޗުޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު "މިހާރު"ގެ ނޫސްވެރިންނަށް ދެއްވި އިންޓަވިއުގެ މައިގަނޑު މައުލޫއު ބިނާކުރެއްވީ ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަނަށް އޭރުގެ ސަރުކާރުން ދިން 369 މިލިއަން ޑޮލަރު (5 ބިލިއަން ރުފިޔާ)ގެ ސޮވެރިން ގެރެންޓީއާ އެކު ނެގި ލޯނުގެ ދަށުން ހިންގާ މަޝްރޫއަށެވެ. ސުހައިލް އަކީ އެޗުޑީސީން ކުރިން ހިންގި ހައުސިންގެ އެތައް މަޝްރޫއުއެއްގެ ތަޖުރިބާކާރެކެވެ. އެކަމަކު އަލުން އޭނާ އެޗުޑީސީއާ ހަވާލުވެވަޑައިގެންނެވި އިރު ފެނިވަޑައިގަތީ، ކުރިން އިސް މަގާމުތަކެއް އަދާކުރެއްވި ކުންފުނި އޭރު އޮތް ހާލަތެއް ނޫނެވެ.

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ފޯމު ލާން ގޮސް ތިބި ބަޔަކު ކިޔޫ ނަންބަރު ބަލަނީ: 7000 ފްލެޓް ލިބޭ މީހުން ކުރީގެ ސަރުކާރުން ކަނޑަ އެޅި

ހާއްސަކޮށް 7،000 ފްލެޓް މަޝްރޫއުން އޭނާއަށް ލިބިވަޑައިގަންނަވާ އުދާސްތައް ގިނަ އެވެ. ދިގު މުއްދަތެއްގައި އުޅެން ރައްޔިތުންނަށް ހަދައިދޭ ގެދޮރު، އެހާ އުސް އިމާރާތްތަކެއްގައި އަދި އެހާ ބޮޑު ތޮއްޖެހުމެއް އަންނާނެ ގޮތަށް އިމާރާތްކުރަން އޭރުގެ ސަރުކާރުން ނިންމުމުން ވެސް އޭނާ ހައިރާންވެވަޑައިގަނެ އެވެ.

"ހުޅުމާލެ ދެ ވަނަ ފިޔަވަހި [ޑިޒައިންކުރީ] 160،000 މީހުންނަށް. ސޯޝަލް ހައުސިން 25 ބުރިއަށް ނުދިޔަސް އެކަން ކުރެވޭނެ،" އެހާ އުސް އިމާރާތްތަކެއް ހަދާއިރު ފަހުން ދިމާވެދާނެ ކާރިސާތަކުން ރައްކާތެރިވާނެ ފިޔަވަޅުތައް ވެސް އެޅެން ނެތްކަން ފާހަގަކުރައްވަމުން ސުހައިލް ވިދާޅުވި އެވެ.

"ބަލަންވާ ވަރަށް ނުބެލި، [ހަމައެކަނި] ނަންބަރުތައް އިތުރުކުރަން [އިމާރާތް] ކުރެވިފައި ހުރި ތަން [ފެންނަނީ]."

އޭނާ ވިދާޅުވި ގޮތުގައި 550 އަކަފޫޓުގެ ފްލެޓަކަށް ޖެހޭ އަގުގެ ނިސްބަތުން ވެސް ބޮޑެތި ސުވާލުތަކެއް އެބަ ހުއްޓެވެ. ފުރަތަމަ ކަމަކީ މަޝްރޫއު ނިމޭއިރު އެއްވެސް ފްލެޓެއްގައި ތަށި މުށި ޖެހުމާއި ކުލަ ލުން ހިމަނާފައި ނުވުމެވެ. އެއީ އެތައް ހާސް ބަޔަކު އުޅެން ވަންނަ ތަނަކަށް ބަލާއިރު ދޫކޮށްލައިގެން ނުވާނެ ކަންކަން ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

ތަށިމުށި ޖެހުމާއި ކުލަ ލުން ފަދަ ކަންކަން ކުރާ ނަމަ މަޝްރޫއުއަށް އިތުރު 42 މިލިއަން ޑޮލަރު (647 މިލިއަން ރުފިޔާ) ބޭނުންވެ އެވެ. އޭގެ މާނައަކީ މިހާރު ފްލެޓަކަށް ޖެހޭ އަގު ބޮޑުވެ، މަހަކު ދައްކަން ޖެހޭ އެއްޗެއް ވެސް މައްޗަށް ދިއުމެވެ.

ސުހައިލް ވިދާޅުވި ގޮތުގައި މަޝްރޫއުއަށް ހިނގާ ހަރަދަށް ބަލާ ނަމަ، ފްލެޓް ލިބޭ މީހުން މަހަކު ދައްކަން ޖެހޭ އަދަދު 11،000ރ އަށް އަރާނެ އެވެ. މިއީ ސޯޝަލް ހައުސިން ސްކީމްތަކުން މިހާރު ދޫކޮށްފައިވާ ފްލެޓްތަކުން މަހަކު ދައްކާ އަގަށް ވުރެ ގާތްގަނޑަކަށް ދެ ގުނައާ އެއްވަރުގެ ބޮޑު އަދަދެކެވެ.

ތިން ކޮޓަރީގެ ފްލެޓާ އެކު ހަމަޖެހުމެއް

ހިޔާ މަޝްރޫއުއާ ގުޅޭ ބޮޑެތި ސުވާލުތަކާއި ގޮންޖެހުންތަކެއް ހުއްޓަސް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގެންނަން ނިންމި ބަދަލުތަކުން އާންމުންނަށް ހަމަޖެހުމުގެ ނާވާއެއް ލެވޭނެ އެވެ. ދެ ކޮޓަރީގެ ބަދަލުގައި އެ މަޝްރޫއުގައި 2،500 ފްލެޓް ދެން ހަދާނީ ތިން ކޮޓަރި ހިމެނޭ ގޮތަށެވެ. ދެ ކޮޓަރީގެ ފްލެޓްތަކުގެ އަދަދަކަށް ވާނީ، މިހާރުގެ ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ، ރައްޔިތުންގެ މަޖިލިހުގައި ވިދާޅުވި ގޮތުން ނަމަ، 1،104 އެވެ. އެހެންކަމުން 7،000 ފްލެޓްގެ ބަދަލުގައި އެ މަޝްރޫއުގައި ދެން ހިމެނޭނީ ގާތްގަނޑަކަށް 3،600 ފްލެޓެވެ.

މީގެ ކުރިން ހިންގާފައިވާ ސޯޝަލް ހައުސިންގެ މަޝްރޫއުތަކުގައި ވެސް އާންމުކޮށް ހިމެނެނީ ތިން ކޮޓަރީގެ ފްލެޓެވެ.

ސުހައިލް ވިދާޅުވި ގޮތުގައި ދިވެހި އާއިލާތައް އުޅެނީ މައިންބަފައިން ވެސް ގޮވައިގެންނެވެ. މިހާރުގެ އެވްރެޖް އާއިލާއެއްގައި ދެ ކުދިން ނުވަތަ ތިން ކުދިން ތިބޭ އިރު، މާމަ އާއި ކާފައާ އެކު ހައެއްކަ މީހުން ފްލެޓެއްގައި ދިރިއުޅެ އެވެ. އެހެންކަމުން ސުހައިލް ވިދާޅުވީ "ސޯޝަލް ހައުސިންއޭ ކިޔަސް [އެއީ] އާއިލާތައް ދިގު މުއްދަތެއްގައި އުޅޭ ތަންތަން" ކަމަށެވެ.

"އެއީ ކްރައިސިސްއެއް އައިސްގެން ވަންނާނެ ތަނެއް ނެތިގެން ވަންނަ ތަންތަނެއް ނޫން،" ސުހައިލް ވިދާޅުވި އެވެ.

އެހެންކަމުން "[އަދަދު] އިތުރުކޮށްލާކަން ނޫން [ބަލަން ޖެހޭނީ]. އެކަށީގެންވާ ތަންތަނަށް ވެސް ވާން ޖެހޭނެ."

އާ ސަރުކާރުން ދީފައި އެ ވަނީ ފްލެޓް ލިބޭ ގިނަ ބަޔަކަށް އުފާވެރި ހަބަރެކެވެ. ބިޔަ ގިނަ ޓަވަރުތަކެއް ދެން ބަދަލުވެގެން ދާނީ "ކޮތަރު ކޮށީ"ގެ ސިފަތަކަށް ވުރެ، ބަޔަކަށް ހަމަ ނޭވާ ލެވިގެން އުޅެވޭނެ ތަންތަނަށެވެ. އެއީ އެފަދަ މަޝްރޫއުއެއްގައި އެންމެ ކުޑަވެގެން ވެސް ދިވެހި ރައްޔިތުންނަށް "ހައްގުވާ މިންވަރު" ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގަބޫލުފުޅުކުރައްވާ މިންވަރެވެ.

124 ކޮމެންޓް, 308 ރިއެކްޝަންސް

icon happy icon happy 75%
icon sad icon sad 5%
icon angry icon angry 20%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނައިބު ތުއްުތު

06 January 2021

ހުޅުދިވެހިރާއްޖެ އަށް ނަން ބަދަލުކުރަންވީ ... އެހެން ރައްތައްވެސް އެބަހުރި

The name is already taken The name is available. Register?

އަހްމަދު 55

25 June 2020

މައްސަލައެއް އުޅުންޏާ އެކަމެއް ހައްލު ކުރަން މަސައްކަތްކުރަންޖެހޭނީ ކޮންމެ ސަރުކާރަކަށްވެސް. އެއީ ރައްޔިތުންގެ މަސްލަހަތު ހިމެނޭތީ. މިހާރު މިފެންނަނީ ކުރީސަރުކާރުގެ މައްސަލަތައް އިސްތިހާރު ނުކުރެވިގެން އުޅޭތަން. މިގޮތަށް ކަންތަތަށް ކުރީމަ މިމީހުންގެ ޕްރައިއޯރިޓީ ތަކާމެދު ސުވާލު އެބައުފެދޭ

The name is already taken The name is available. Register?

ސޯކާބެ

25 June 2019

މާލޭގެ ރައްޔަތަކައް އަގުހެޔޮކޮއް ގޯއްޗެއް ވިއްކާތީ ކަން ބޮޑުވާއިރު ރަށްރަށުގައި ހިލޭ ބިން ދޫކުރަނީ މީތޯ އިންސާފަކީ ކޮބާތޯ ގާނޫނީ ހަމަހަކަން ކޮން ގާނޫނެއްގަތޯ އޮތީ ހަމަ އެކަނި މާލޭގެ ރައްޔަތުން ޖެހޭނީ ބިންގަންނާށޭ މިކަމާ އިންސާފު ހޯދަން މަސައްކަތް ކުރާ މާލޭގެ މެމްބަރެއް މާލޭގެ ކައުންސަލަރަކު ނެތް މާދަމާ އަންނާނެ މާލޭގެ ރަށްޔަތުން ކައިރިޔައް ވޯޓްހޯދަން އަޅުވެތި މިިކުރަނީ މިހޮވޭމީހުން މިމީހުންނަކީވެސް ހަމަ ދިވެހިން ލަދެއް ނެތީމަ ވާހަކަ ދައްކަނީ

The name is already taken The name is available. Register?

އަހުމަދު އަލީ . ޅ.ހިއްނަވަރު

13 April 2019

ރައީސް ތިކުރައްވަނީ ގައުމީޖިހާދެއް ވަރައްފުރިހަމަ ވަރައްއުފާވެއްޖެ

The name is already taken The name is available. Register?

ިއިބްރާހީމް ރަޝީދު.

13 April 2019

ތި 7000 ފްލެޓް އެޅުމަށް ޙަވާލު ކުރީ 10،800 ޔުުނިޓް ހުރިހާ ކޮޓަރިތަކެއްގަ ތަށިމުށި ޖަހާ ކުލަލާ ފުރިހަމަ ކުރުމަށްފަހު ޙަވާލު ކުރާ ޕްރޮޕޯސަލް އެއް ހުށައަަޅާފަ ވަނިކޮށް. ޗައިނާ ސްޓޭޓް އައީވެސް އޭގެ ފަހުން. ޔާމީން ޤަބޫލް ކުރެއްވީ ކޮންމެ ޢިމާރާތެއްގަ 4 ޕެސެންޖަރ ލިފްޓްއާ 1 ސާވިސް ލިފްޓް އަދި ފާޚާނާތަކުގަ އެސް.އެސް ފިޓީންގްސްއާ ވޯލްޓްވޯލް ޓައިލްސް، ރޫމްތަކުގެ ފްލޯގައެއްކޮށް ޓައިލްސް ޖެހުން އެއީ ރައްޔިތުންނަށް ޙައްޤުވާވަރެއް ނޫންކަމަށް.

The name is already taken The name is available. Register?

ރުހާމި

13 April 2019

މީހަކަށް ތައުރީފް ކުރުމުގެ ނިޔަތުގަ އަނެއްބައެއްގެ ކުރެވުނު ރަނގަޅު އެއްކަމެއްވެސް ނެތްކަން ދައްކަން ރިޕޯޓްތަށް ފަށުއިކޮށް ލިޔަންނޫޅި އެތާގެ ފްލޯޕްލޭންގަނޑެއްހާ ވަރުވެސް ދައްކާލަދީބަލަ. އެހެންމީހުނަށް ގުދޯގުދޯ ނުގޮވާ އާކަމެއް ރައްޔިތުންނަށް ދެއްކޯތޯ ބަލާބަލަ، 100 ދުވަސް 6 މަސްދުވަހުން ގުނާނުނިމިގެން އުޅޭއިރު 5 އަހަރުގެ ދައުރު ހަމަކުރަން ކިތަށް އަހަރު ނަގާނެބާ؟ ކޮމެންޓް ޖަހާއިރު ކުލަޔާވަހަށްވެސް ބަލާލައްޗޭ!!

The name is already taken The name is available. Register?

ކަރީޕަހުމީ

12 April 2019

އެހެންވީމާ ފުލެޓަކަށް މަހަކު /11000 ރުފިޔާ ދަށްކަން ޖެހެންޏާ 7000 ފުލެޓުން ސަރުކާރަށް /77000000 މަހަކު 770 މިލިޔަން ރުފިޔާ ލިބޭނެ އެއީ /4993515 ޔޫއެސް ޑޮލަރު ވީމާ އަހަރަކު /59922180 ޑޮލަރު އެހެންވީމާ ނުކުރާވަރުގެ ކަމެއްނޫން ތިޔަކީ މީ ޙިދުމަތް ތޯނޫނީވިޔަފާރިތޯ މިހެން ވެގެންނޭ ދިގުރާސްތާ 30 އަހަރު ރަށްޔަތުންނަށް ގޯތިނުދީ ފުލެޓް ވިޔަފާރި ކުރަންފެއްޓީ އޭރުން ޖެހޭނީ 100ރުފިޔާ ދިނަސް ވޯޓްލާން ރަށްޔަތުން އަޅުވެތިކުރީ މިކަމަށް ވަރަށް ވެދުން

The name is already taken The name is available. Register?

ކައްދާދި

12 April 2019

ތިޔަ ވިދާޅުވަނީ 550އަކަފޫޓްގަ ވާ 2 ކޮޓަރި ތޯ އަދި 3 ކޮޓަރި އަށް ބޮޑުކޮށްލާ ވަަހަކަ ތިޔަ އީ އަދި އަނެއް އަޖާއިބު ދޯ

The name is already taken The name is available. Register?

ކޭކުބެ

12 April 2019

އެތަން ހުރީ ނުނިންމާ. އެހެންވީމާ އެތެރޭގެ ބަދަލުތައް ގެނެވޭނެ. އެހެންވެ 2 ކޮޓަރި ހުރިތަނަށް ޖެހިގެން ހުރި ދެކޮޓަރިން 1 ކޮޓަރި ނެގީމާ ޖުމަލަ 7000 މަދުވަނީ 3600 އަށް. މީގައި އަޖައިބެއް ނެތް. އެއްކޮށްލުމުން ބޮޑުވެފައި އަދަދު މަދުވަނީ.

The name is already taken The name is available. Register?

ލައިލާ

12 April 2019

އިންޑިއާ އެމްބަސީ އަޅަން ބިޔަބޮޑު ބިން މާލޭން ދޫކުރީ ތިޔަ އަންނި ސަރުކާރުގަ, ނޭގޭވާހަކަ ނުދައްކާ, މިހާރު ހުޅުމާލޭން ވެސް ބިން އެދިނީ ހަމަ މުސަރުކާރުން,,އިންޑިއާގެ އަޅުންވިއްޔަ

The name is already taken The name is available. Register?

އިބްރާ

12 April 2019

2 ކޮޓަރިން 3 ކޮޓަރިއަށް ބަދަލުކުރާނަމަ އެއީ އުފާވެރި ޚަބަރެކެވެ. ނަމަވެސް ދުނިޔޭގެ އެތަންމިތަނުގައި 25ބުރީގެ ޓަވަރުތަކުގައި ސޯޝަލް ހައުސިންގ ހަދާފައި އެބަހުއްޓެވެ. ރާއްޖެ އަކީ ބިމުގެ ދަތިކަން ބޮޑުގައުމަކަށްވާއިރު 25 ބުރީގެ ޓަވަރު މީހުންދިރިއުޅޭށާއި އޮފީސްތަށްވެސް އެޅުން އެއީ މައްސަލައެއް ކަމަށް ނުދެކެމެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454