ވިޔަފާރި / އެމްއޭސީއެލް

ޓީއެމްއޭއިން އެންމެ ބޭނުންވި ގޮތްތަ؟ ނޫން، އެކަމަކު އަދިވެސް ވާދަވެރިންނަށް ހުރަހެއް!

ސީ ޕްލޭންތައް ޕާކުކޮށްފައި-- ފޮޓޯ: ނިޝާން އަލީ/ މިހާރު

06 ފެބުރުއަރީ 2020 - 10:37

27 comments

އެމްއޭސީއެލުން ބޮޑު ލޯނެއް ނަގައިގެން ތަރައްގީކުރި އާ ސީޕްލޭން ޓާމިނަލުން ޖާގަ ދޭ ގޮތް ސަރުކާރުން ކަނޑައަޅާ އިއުލާންކުރި އިރު، ޓީއެމްއޭއިން ބޭނުންވި ގޮތަށް ހުރިހާ ކަމެއް ނުވިޔަސް، މިހާރު ވެސް ވާދަވެރިކަމަށް ހުރަސްއެޅޭ ބޮޑެތި އެޑްވާންޓޭޖްތަކެއް އެ ކުންފުންޏަށް އޮތް ކަމަށް، އިންޑަސްޓްރީގެ ބައެއް ތަޖުރިބާކާރުން ރޭ ބުނެފި އެވެ.

އެމްއޭސީއެލްގެ ބޯޑުން ގޮތެއް ނިންމުމުގެ ކުރިން ސަރުކާރުން މަޝްވަރާކޮށް، މިހާރު ކަނޑައަޅާފައިވަނީ، ޓީއެމްއޭއިން އަމިއްލައަށް ހަދައިގެން ބޭނުންކުރަމުން އަންނަ ޓާމިނަލްގައި ލައުންޖްތައް ހިންގާ ޖާގައާ އެއްވަރުގެ ޖާގައެއް، މިހާރު ވެސް އެމްއޭސީއެލަށް ކުލި ދައްކާ ރޭޓަށް ދޫކުރުމަށެވެ. އެއީ ކިހާ ވަރެއްގެ ޖާގައެއްކަމާއި ކޮން ކުއްޔެއްކަން، ފިނޭންސް މިނިސްޓްރީން ނެރުނު ރަސްމީ ނޫސްބަޔާނުގައި ބުނެފައެއް ނުވެ އެވެ. އެކަމަކު ނޫސްވެރިންނަށް ލިބުނު އެހެން މައުލޫމާތުތަކުން އެނގެނީ، ޓީއެމްއޭ އަށް ލައުންޖްތައް ހަދަން ދެނީ 5،000 އަކަމީޓަރުގެ ޖާގައެއް ކަމެވެ.

މިހާރު އެމްއޭސީއެލުން ދީފައިވާ އަގު ކަމަށް، ނޫސްވެރިންނަށް މައުލޫމާތު ލިބިފައި ވަނީ އަކަމީޓަރަކަށް ގާތްގަނޑަކަށް 23 ޑޮލަރެވެ. އެކަމަކު އެއީ، އޮޑިޓް ރިޕޯޓުން އެނގޭ ގޮތުގައި، އާ ޓާމިނަލުން ޖާގަ ދޭން ޓީއެމްއޭއާ އެކު މަޝްވަރާ ވެސް ކުރި އަގެވެ.

ޓީއެމްއޭގެ އިތުރުން އަމިއްލައަށް ޓާމިނަލެއް ހަދައިގެން މިދިއަ އަހަރު ސީޕްލޭން ހިދުމަތަށް ނުކުތް މަންޓާ އެއާއަށް ވެސް، މިހާރު އެ އެއާލައިނުން ބޭނުންކުރާ ވަރުގެ ޖާގައެއް، މިހާރު ދައްކާ ކުލީގައި، އާ ޓާމިނަލުން ދޭ ގޮތަށް ވަނީ ނިންމައިފަ އެވެ.

"މި މީހުން [ސަރުކާރުގެ އޮފިޝަލުން] ރާއްޖޭގެ އަމިއްލަ އެއާލައިންތައް މި މަރާލަނީ، ހަމައެކަނި އެމީހުންގެ މަސްލަހަތަށް،" ސަރުކާރުގެ ނިންމުން އިިއުލާންކުރުމާ އެކު، ނަން ނުޖަހާ ގޮތަށް ވާހަކަދެއްކެވި، އިންޑަސްޓްރީގެ ތަޖުރިބާކާރަކު ވިދާޅުވި އެވެ.

އެ ވާހަކާގައި ކޮންމެވެސް ވަރެއްގެ ބަރުދަނެއް އެބަ ހުއްޓެވެ: ހާއްސަކޮށް ސީޕްލޭން އޮޕަރޭޓްކުރާ ގޮތާއި، ލައުންޖްތައް ހަދަން ބޮޑު ޖާގައެއް، މާކެޓް ރޭޓަށް ވުރެ ކުޑަކޮށް އެއް ބަޔަކަށް ދިނުމުން، ލިބޭ އެޑްވާންޓޭޖްތައް ގިނަ އެވެ.

އެއް ކަމަކީ، ބައެއް ތަޖުރިބާކާރުން ބުނާ ގޮތުގައި، ރިސޯޓްތަކާ އެކު އެއާލައިނަކުން އެއްބަސްވުމެއް ހަދަންޏާ، ލައުންޖްގެ ހިދުމަތް އެ ރިސޯޓަކަށް ލިބޭ ގޮތަށް އޮތުމުން ލިބޭ އެޑްވާންޓޭޖެވެ. މިހާރު ޓީއެމްއޭއަށް ދިން ވަރުގެ ޖާގައެއް އެ އަގުގައި، އެހެން އެއްވެސް އެއާލައިނަކަށް، އަދި ކުރިއަށް އޮތް ދެ އަހަރު އެ ވިޔަފާރީގެ ތެރެއަށް ވަންނަ ބަޔަކަށް ވެސް ނުލިބޭ ނަމަ، މާކެޓްގައި ވާދަވެރިކަމަށް އެ އެޅެނީ ހުރަހެއް ކަމަށް، ސަރުކާރުގެ ނިންމުމާ ދެކޮޅު ތަޖުރިބާކާރުން ގަބޫލުކުރެ އެވެ.

"އެއާލައިނަކުން ގޮސް ރިސޯޓެއްގައި މި ބުނަނީ ތިމަންނަމެން އަތުގައި އެބަ ހުއްޓޭ ކަލޭމެންނަށް ލައުންޖް ހަދަން ދޭނެ ޖާގަ، އަހަރެމެންގެ އެއާލައިނުން ދަތުރުކުރަންޏާ އެ ޖާގަ ދޭނަމޭ. އެއީ ކިހާ ބޮޑު އެޑްވާންޓޭޖެއްތޯ،" ކުރިން ވާހަކަ ދެއްކެވި ތަޖުރިބާކާރު ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ޓީއެމްއޭ އަށާއި މަންޓާ އެއާއަށް މިހާރު ވެސް އެމްއޭސީއެލަށް ދައްކާ ރޭޓްގައި، އެ އެއާލައިނެއްގެ އޮޕަރޭޝަންސްގެ ފެންވަރަށް ބަލައިގެން ޖާގަ ދިނީ، ފޮރިން އިންވެސްޓްމަންޓަށް އިތުބާރު ހޯދައިދޭށެވެ. އެކަމަކު ރާއްޖޭގައި އެތެރޭގެ ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދޭ ހަމައެކަނި ބޭރު ބަޔަކީ ޓީއެމްއޭ އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު (ކ)، އެއާޕޯޓްގެ މަސައްކަތްތަކާ ބެހޭ ގޮތުން މައުލޫމާތު ދެއްވަނީ: ފިނޭންސް މިނިސްޓްރީން މިހާރު ވަނީ އާ ސީޕްލޭން ޓާމިނަލް ދޭނެ ގޮތް ކަނޑައަޅާފައި -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެމެރިކާގެ އިންވެސްޓްމަންޓް ކުންފުނި ބްލެކްސްޓޯނުން 2013 ގައި، ޓީއެމްއޭގެ ބޮޑު ހިއްސާއެއް ގަތީ، ރާއްޖޭގެ އެންމެ ބޮޑު އެއް މަހުޖަނު ޗަމްޕާ ހުސެއިން އަފީފާއި އޭނާގެ ވިޔަފާރީގެ ބައިވެރިންގެ އަތުންނެވެ. އަދި 2017 ގައި، އެމެރިކާގެ ބެއިން ކެޕިޓަލް އާއި ޗައިނާގެ ޓެންޕަސް ގްރޫޕް ގުޅިގެން، ބްލެކްސްޓޯން އަތުން ޓީއެމްއޭ ގަތީ ގާތްގަނޑަކަށް 500 މިލިއަން ޑޮލަރަށް ކަމަށް، އޭރު ވާހަކަ ދެކެވުނެވެ.

އެކަމަކު މިހާރު ވެސް ޓީއެމްއޭގެ ބޯޑުގައި، އަފީފްގެ ހިއްސާއެއް އޮންނަ ގޮތަށް، ބޭރުގެ އެހެން ކުންފުންޏެއްގެ ދައުރު ހިމެނޭ ކަމަށް، އަޑުއަރާފައިވެ އެވެ. އަނެއްކޮޅުން އެމްއޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑުގައި، އަފީފްގެ ކޮންޓްރޯލް އޮންނަ ތިން މެމްބަރަކު ތިއްބަ އެވެ.

ބެއިން އާއި ޓެމްޕަސްއިން ޓީއެމްއޭ ގަތްއިރު ވެސް، އާ ސީޕްލޭންގެ މަސައްކަތް އޮތީ ފަށައިފަ އެވެ. އަދި އޭރު ވެސް ސިއްރުން އެމްއޭސީއެލުން ގެންދިޔައީ އާ ސީޕްލޭން ޓާމިނަލް ހިންގާނެ ގޮތަކާ މެދު ހަމައެކަނި ޓީއެމްއޭއާ އެކު މަޝްވަރާކުރަމުންނެވެ. ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީން ހެދި އޮޑިޓުން އެނގޭ ގޮތުގައި އެ މަޝްވަރާތައް 2015 އިން ފެށިގެން އޮތީ ކޮންމެވެސް ސިފައެއްގައި ފެށިފަ އެވެ. އަދި ރަސްމީ މަޝްވަރާތަކަށް ދާން 2017 ގައި، އޭރުގެ އެމްއޭސީއެލްގެ ބޯޑުން ނިންމި އެވެ.

"އާ ޓާމިނަލަކީ ހަމައެކަނި ޓީއެމްއޭއަށް ހަދައިދިން ތަނެއްގެ ގޮތުގައި އަޅުގަނޑަށް ސިފަވަނީ،" އޭރުގެ މަޝްވަރާތައް ކުރިއަށް ދިޔަ ގޮތް އެނގިވަޑައިގަންނަވާ ބޭފުޅަކު، ނަން ނުޖަހާ ގޮތަށް ވިދާޅުވި އެވެ.

ޓީއެމްއޭ އެންމެ ބޭނުންވި ގޮތެއް ނޫން

ސަރުކާރުގެ ނިންމުން މި އައީ، ޓީއެމްއޭއަށް އަދިވެސް އެޑްވާންޓޭޖަކަށް ވިޔަސް، އެނގިފައިވާ ގޮތުގައި، ޓީއެމްއޭއިން އެމްއޭސީއެލްއާ އެކު މަޝްވަރާކުރި ގޮތަކަށް ނޫނެވެ. ކުރީގެ މެނޭޖްމަންޓުން ނިންމާފައި އޮތީ ޓާމިނަލްގެ ވަރަށް ބޮޑު ބައެއް، ގާތްގަނޑަކަށް 81 ޕަސެންޓް، ޓީއެމްއޭއަށް، ދިގު މުއްދަތަކަށް ދޭ ގޮތަށް ކަމަށް އެނގިފައިވެ އެވެ. އެހެންކަމުން އާ ސަރުކާރުން މިހާރު ނިންމާފައި އެ އޮތީ، ޓީއެމްއޭއިން އެންމެ ބޭނުންވި އުސޫލަކުން ނޫނެވެ. އަދި އެމްއޭސީއެލްގެ ބޯޑުން ގޮތެއް ނިންމުމުގެ ކުރިން ސަރުކާރުން ވަކި ގޮތެއް ކަނޑައެޅުމަކީ، ޓީއެމްއޭ ބޭނުންވި ހުރިހާ ކަމަކަށް އެމްއޭސީއެލްގެ ނިންމުން މިސްރާބުު ވިޔަނުދީ ހިފެހެއްޓުން ކަމަށް ވެސް ބެލެވެ އެވެ.

ފިނޭންސް މިނިސްޓްރީގެ ނޫސް ބަޔާނުގައި ބުނީ މިހާރު އޮތް ގޮތުން އެމްއޭސީއެލްއަށް ވެސް އާމްދަނީ އިތުރުވާނެ ކަމަށެވެ. އެއީ ޓީއެމްއޭ އާއި މަންޓާއަށް ޖާގަ ދީފައި، ދެން ބާކީ އޮތް ބައި، މާކެޓް ރޭޓްގައި ބިޑަށް ލައިގެން ކުއްޔަށް ދިނުމުގެ ފުރުސަތެވެ. ބެލެވޭ ގޮތުގައި ދެ އެއާލައިނަށް ޖާގަ ދީފައި އެމްއޭސީއެލަށް ގާތްގަނޑަކަށް 8،000 އަކަމީޓަރުގެ ޖާގަ، ލައުންޖްތަކަށް ކުއްޔަށް ދޭން ބާކީ އޮންނާނެ އެވެ.

އޭގެ އިތުރުން، ދެ އަހަރުގެ ތެރޭގައި، އެމްއޭސީއެލަށް މުޅި ޓާމިނަލް ލިބޭނެކަން ސަރުކާރުގެ ނިންމުމުން އެނގެ އެވެ.

މި ގޮތަށް ނިންމުމުން "ސީޕްލޭން އޮޕަރޭޝަންސްގެ ވާދަވެރިކަން މިހާރަށް ވުރެ އިތުރުކުރުމަށް ފުރުސަތު ލިބި، އަދި މިހާރު ވެސް ސީޕްލޭންސް އޮޕަރޭޝަންސް ހިންގާ ފަރާތްތަކުގެ އިތުބާރާ އެކު ސީޕްލޭން ޓާމިނަލް ކުރިއަށް ގެންގޮސް އެމްއޭސީއެލްއަށް ސީޕްލޭން ޓާމިނަލުން ބޮޑު އާމްދަނީއެއް ލިބިގެންދާނެ އެވެ،" ފިނޭންސްގެ ބަޔާނުގައިވެ އެވެ.

އަލަށް ހަދާ ސީޕްލޭން ޓާމިނަލް: މިތަނުގެ އެއް ފްލޯ އެއްކޮށް ޓީއެމްއޭއަށް ލިބޭނެ -- ފޮޓޯ: އެމްއޭސީއެލް

އާ ޓާމިނަލްގައި ލައުންޖްތައް ހަދަން ހާއްސަކޮށްފައި ވަނީ 15،242 އަކަމީޓަރެވެ. އޭގެ ތެރެއިން ތިން ބައި ކުޅަ އެއް ބައި، ނުވަތަ ޓާމިނަލްގެ އެއް ބުރި އެއްކޮށް މިހާރު ލިބިފައި އެވަނީ ޓީއެމްއޭއަށެވެ. މަންޓާއަށް ދެނީ ކިހާ ޖާގައެއް ކަމެއް ފިނޭންސް މިނިސްޓްރީން ބުނެފައެއް ނުވެ އެވެ.

އެތެރޭގެ މައުލޫމާތު ހުރި ބައެއް މީހުން ބުނާ ގޮތުގައި ޓީއެމްއޭ އާއި މަންޓާ އަށް ކުޑަ އަގެއްގައި ޖާގަ ދިނުމުން، އެމްއޭސީއެލް އަތުން ބޮޑު އަގެއްގައި ޖާގަ ހޯދައިގެން ލައުންޖްތައް ހަދާނެ ރިސޯޓްތައް ވަރަށް މަދުވާނެ އެވެ.

"ޓީއެމްއޭއަށް މިހާރު އެ ލިބުނީ ގާތްގަނޑަކަށް 80 ވަރަކަށް ރިސޯޓަށް ލައުންޖް ހަދަން ދެވޭނެ ޖާގަ ކުޑަ އަގެއްގައި،" އެއް ތަޖުރިބާކާރަކު ވިދާޅުވި އެވެ.

"ދެން ހީވަނީ އެމްއޭސީއެލްއަށް އޮންނާނީ އާ ޓާމިނަލްގެ ތަންތަން މަރާމާތުކުރުމުގެ ބައިހެން. ކުއްޔަށް ހިފާނެ މާ ގިނަ ބަޔަކު ނުތިބޭނެ."

ބާ ޓާމިނަލަށް ބަދަލު ދޭން ޖެހޭތަ؟

ހާއްސަ އޮޑިޓް ރިޕޯޓްގައި ތިން ކަމެއް ފާހަގަކޮށްފަައިވެ އެވެ. އެއީ އެމްއޭސީއެލުން ޓީއެމްއޭއާ އެކު ވަކިން ކުރަމުން ދިޔަ މަޝްވަރާތަކުގައި ވާހަކަ ދެއްކި އަަގުގައި ޓާމިނަލް ހިންގާ ނަމަ އެމްއޭސީއެލްއަށް ލިބޭނެ އާމްދަނީ އާއި (ގާތްގަނޑަކަށް 5.6 މިލިއަން ޑޮލަރު)، ޓީއެމްއޭ އިން ހަދާފައިވާ ޓާމިނަލްގައި ލައުންޖްތައް ހިމެނޭ ޖާގައާ އެއްވަރުގެ ޖާގައެއް (5،382 އަކަމީޓަރު)، މިހާރު ވެސް ދީފައިވާ ރޭޓްގައި ދީފައި ބާކީ އޮންނަ ޖާގަ، މާކެޓް ރޭޓްގައި ދޫކުރުމުން ލިބޭނެ އާމްދަނީ އާއި (33 މިލިއަން ޑޮލަރު) އަދި މުޅި ޓާމިނަލްގެ ލައުންޖް އޭރިޔާ، މާކެޓް ރޭޓްގައި ސީދާ އެމްއޭސީއެލުން ކުއްޔަށް ދިނުމުން ލިބޭނެ އާމްދަނީ (47 މިލިއަން ޑޮލަރު) އެވެ.

ސަރުކާރުން ނިންމާފައި އެވަނީ،، ބެލެވޭ ގޮތުގައި، އޮޑިޓް ރިޕޯޓްގައި ދީފައިވާ ދެ ވަނަ ލަފަޔަށެވެ. އެއީ މިހާރު ވެސް ޓީއެމްއޭއިން ލައުންޖްތަކަށް ދޫކޮށްފައިވާ ޖާގަ އާ ޓާމިނަލުން، މިހާރު ވެސް ނަގާ ކުލީގެ ރޭޓްގައި، ކުރިއަށް އޮތް ދެ އަހަރަށް އެ ކުންފުންޏަށް ދިނުމެވެ.

MACL in ethah haas million rufiyaa eh dhookohlaneetha?

MACL in ethah haas million rufiyaa eh dhookohlaneetha?

The most trusted news source in the Maldives

Mihaaru

ހާއްސަ އޮޑިޓަށް ބިނާކޮށް ކުރިން ލިއެފައިވާ ރިޕޯޓެއް

އެކަމަކު އިންޑަސްޓްރީގެ ބައެއް ތަޖުރިބާކާރުންނާއި ނަން ނުޖަހާ ގޮތަށް ވާހަކަދެއްކެވި އެމްއޭސީއެލްގެ ބައެއް ވެރިން ވިދާޅުވާ ގޮތުގައި، 1993 އިން ފެށިގެން ޓީއެމްއޭއިން ހިންގަމުން އަންނަ ބާ ޓާމިނަލަކަށް، އެމްއޭސީއެލުން ބަދަލެއް ދޭ އުސޫލުން އާ ޓާމިނަލުން ޖާގަ ދޫކުރުމަކީ، ފޮރިން އިންވެސްޓްމަންޓް ހިމާޔަތްކުރުމެއް ނޫނެވެ.

"އެއީ މިސާލަކަށް، ސަރުކާރުން ވަކި މުއްދަތަކަށް ދިނީ ރިސޯޓެއް. އެ ރިސޯޓް މުއްދަތު ހަމަވެގެން ފައިބާ އިރު، ހަދާފައި ހުރި ކޮޓަރިތަކާއި ރެސްޓޯރެންޓްތަކާއި، މުޅި ރިސޯޓަށް، ސަރުކާރުން ބަދަލު ދިނުން ކަހަލަ ކަމެއް،" އެއް ތަޖުރިބާކާރަކު ވިދާޅުވި އެވެ.

ޓީއެމްއޭ އިން ހަދާފައިވާ ޓާމިނަލަށް އެމްއޭސީއެލުން ކުރިން ދީފައި އޮތް 25 އަހަރުގެ މުއްދަތު ހަމަވިތާ ކިތައްމެ ދުވަހެކެވެ. އަދި އާ ޓާމިނަލް ހެދުމުގެ މަސައްކަތް މީގެ ތިން އަހަރު ކުރިން ފެށުމާ އެކު، އެމްއޭސިީއެލުން ޓީއެމްއޭއާ އެކު ވަމުން އައީ މުޅިން ވެސް އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓެއް ކަމަށް، މައުލޫމާތު ހުރި ބައެއް ފަރާތްތަކުން ބުނެ އެވެ.

ފުރަތަމަ މަޝްވަރާތަކުގައި، ކުޑަ އަގެއްގައި އާ ޓާމިނަލުން ޖާގަ ހޯދުމުގެ އިތުރުން ބާ ޓާމިނަލް ދޫކޮށްލުމުގެ ބަދަލެއްގެ ގޮތުން 30 މިލިއަން ރުފިޔާ ހޯދަން ވެސް ޓީއެމްއޭއިން އުޅުނު ކަމަށްވެ އެވެ. އެކަމަކު އެމްއޭސީއެލްގެ ކުރީގެ މެނޭޖްމަންޓުން ގެނައި އިނގިރޭސިވިލާތުގެ ވަކީލަކު، މަައްސަލަ ދިރާސާކުރުމަށް ފަހު ބޯޑަށް ލަފާދިނީ، އެއީ ދޭން ޖެހޭނެ ބަދަލެއް ނޫން ކަމަށެވެ.

އެ ވަކީލުގެ ކޮންޓްރެކްޓް މިހާރުގެ މެނޭޖްމަންޓުން ވަނީ ބާތިލްކޮށްފަ އެވެ.

27 ކޮމެންޓް, 18 ރިއެކްޝަންސް

icon happy icon happy 6%
icon sad icon sad 6%
icon angry icon angry 89%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އައްލާބެ

07 February 2020

ޓީއެމްއޭއަކީ ރާއްޖޭގެ ޓޫރިޒަމް ދާއިރާ ކުރިއަރުވަން ކޮށްފައި އޮތް ބޮޑު އިންވެސްޓްމަންޓެއް.. ޓޫރިޒަމް ތަރައްގީ ވުމުގައި އެމީހުންގެ ހިއްސާ ބޮޑު މީސީދާ ސަރުކާރުން ބައިލިބޭމީހެއްކަން އިނގޭ ބަލަ މިކުޑަކުޑަ ގައުމުގައި ތިޔަ ތީއެމްއޭ ތިޔާ އުޅެނީ ދުނިޔޭގެ އެއްވެސް ތާކުން ނުވާ ފައިދާވާތީ ތިޔާ މީހުން މިތަނައް އައީ ކުއްޔައް 4 ބޯޓް ހިފައިގެން މިހާރު މުޅިދުނިޔޭގައި އޮއްކަމައް ބުނާ ބިޔަ ސީޕުލޭންއިންޑަސްޓުރީއަކީ މިދިވެހިރާއްޖެ މިގައުމައްގައްދާރު ވާމީހުން ތބމވގއ

The name is already taken The name is available. Register?

‫މުޙުއްމާ

06 February 2020

ފ‫ިނޭންސް މިނިސްޓަރ މަޤާމުން ވަކިކޮށްފަ އޭނާގެ ކޮރަޕްޝަން މައްސަލަ ބަލަން އަޅުގަޑު ރައީސަށާއި މަޖްލިހަށާއި އެންޓިކޮރަޕްޗަނަށް ގޮވާލަން. އަދި ޓ.އެމް.އޭ. އާއި ޓަރމިނަލް ޙަވާލު ނުކޮށް އެމް.އޭ.ސީ.އެލް. އިން ހިންގަން އަޅުގަޑު ގޮވާލަން.

The name is already taken The name is available. Register?

ނިރު

06 February 2020

އާ ސީއޯ އެއް އައުމުގެ ކުރިން މޫސާ ސޯލިހް ތަން ވިއްކާހުސްކުރާނެ

The name is already taken The name is available. Register?

ޝޮކްތެރަޕީ

06 February 2020

ޓީއެމްއޭއަކީ ފުލައިޓު ދުއްވާ ކުންފުންޏެ. އެމީހުން ބޭނުންވާނީ އޮވީހެއް. ތި ޓާމިނަލް ހިންގަން ޖެހޭނީ ވެލާނާ އިއާޕޯޓުން. މީ މުޅިން ދެވިޔަފާރިއެއް ޓީއެމްއޭއައް ދީގެންނުވާނެ ސީޕްލޭން ޓާމިނަލް.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

06 February 2020

އޭސީސީއާއި އޮޑިޓް އޮފީހުން މިކަން ހުއްޓުވާންޖެހޭ. "ދައުލަތަށް ސީދާގޮތުން މާލީގެއްލުންލިބޭގޮތަށް މިފަދަ އެއްބަސްވުމެއް ހެދުމަކީ ޤާނޫނު މަނާކުރާކަމެއް" ކަމުގައިވާތީ މިކަންކުރާން އުޅޭ މީހުނާއިމެދު ފިޔަވަޅުއަޅާ ޤާނޫނުގެ ބާރު ކަޑުވާލަން އުޅޭމީހުން ޒިންމާތަކުން ދުރުނުކޮށްފިނަމަ ދައުލަތަށް އިއާދަ ނުކުރެވޭނެ ގެއްލުން ލިބޭނެތީ މަޖިލީހުގައި މައްސަލައޮތްކަމުގައިވިޔަސް "ރައްޔިތުނަށް އިންސާފު ކަށަވަރުކުރުމަށްޓަކާ" ކޯޓަށް ގޮސްގެންވެސް މިކަން ހުއްޓުވާންޖެހޭ.

The name is already taken The name is available. Register?

ހައްސާ222

06 February 2020

ނަމުގަ ކޮންމެ އެއްޗެއް ކިޔަސް ތިތަން ދޭނީ ޓީއެމްއޭ އަށް ފައިދާވާގޮތަށް. ޓީއެމްއެއިން މިހާރުވެސް ރެސްޓޯރެންޓް ހިންގައިގެންވެސް މިލިޔަނުން ފައިދާނަގާ. ތިޓާމިނަލް ގަ ހަދާ ރެސްޓޯރެންޓް ކެފޭ ވެސް ބިޑަށް ލައިގެން ސަރުކާރަށް އެންމެ ގިނަފައިސާ ދޭފަރާތަކަށް ދޭންޖެހެނީ. އެކަމަކު ހުރިހާ ތަނެއްދޭނީ ޓިއެމްއޭއަށް. މިއީ ގައުމަށް ވެވޭ ބޮޑުވެގެންވާ ހިޔާނާތެއް.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

06 February 2020

ތިޔަ އެއަރޕޯޓްގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސްއެޅޭވަރަށް ތިތަނުގައި ބިދޭސިންގެ އަދަދު ގިނަވެއްޖެ. # ޓީއެމްއޭގެ އެއްގަމު ވެހިކަލުން މުޅި ހުޅުލެ ފުރިފައިވާއިރު ހުޅުލޭގައި ވެހިކަލް ގަރާޖް ހެދުމަށް ވަނީ ހިލޭ ބިންދޫކޮށްފައި. # ބޭރުގެ ކުންފުންޏަކަށް މިގޮތަށް މިކަން ކުރުމަށް ފުރުސަތުދީފައިވަނީ "ނުފޫޒު ގަދަ ވިޔަފާރިވެރިންތަކެއް ސަރުކާރަށް މަޖުބޫރުކޮށްގެން" ކަމުގައި ޤަބޫލު ކުރެވޭ.

The name is already taken The name is available. Register?

އަލީ ބަލީ ބަނޑަށްބަލީ

06 February 2020

ޓީއެމްއޭއަކީ ރާއްޖޭގެ ޓޫރިޒަމް ދާއިރާ ކުރިއަރުވަން ކޮށްފައި އޮތް ބޮޑު އިންވެސްޓްމަންޓެއް.. ޓޫރިޒަމް ތަރައްގީ ވުމުގައި އެމީހުންގެ ހިއްސާ ބޮޑު. އަދި ފޮރިން އިންވެސްޓްމަންޓެއް. އެމީހުންނަށް ވަކި މުއްދަތަކަށް ތިތަން ދިނުން ޓޫރިޒަމް އިންޑަސްޓްރީއަށް މިވަގުތަށް އެެންމެ ފައިދާ ބޮޑީ. ސޭޓު އަޑީގައި ހުރެގެން ވިލާގެ އަންބޮޑި ބޮޑުކުރަން ޖަހާ ސަކަރާތެއްތީ. ގަބޫލު ކުރިއަސް ނުކުރިއަސް އެމީހުން ޓީއެމްއޭ ފިތާލާފިއްޔާ ގެއްލުންވާނެ. ސަރުކާރުގެ ނިންމުން ރަނގަޅު.

The name is already taken The name is available. Register?

ފޫހި

06 February 2020

މަ ލޭކެކޭނީ މިހެންވެގެންނޭ. ދައުލަތުގެމުދަލާއި ތަކެތި ކޮރޮޕްޝަންތެރެއިންލާފަ ބޮޑުންނަށް ބައިއަޅާގޮތަށް ނުއަގުގައި ދީފައި ނިކަމެތިންގެ ކުދިކުދި ވިޔަފާރިތަކުން ހެސްކިޔާފަ ޓެކްސްނަގަނީ. އަދި އެއްމެ ދުވަހެއް ނުދެއްކިދިޔަޔަސް ޖޫރިމަނާ. ހާދަހާ ރުޅިއެއް މައާދެއޭ. ދައުލަތުގެ ތަކެތި ރަނގަޅުގޮތުގައި ބޭނުންކުރާނަމަ ޓެކްސް ނަގާކަށް ނުވެސްޖެހޭނެ.

The name is already taken The name is available. Register?

މޮނޮޕޮލީ

06 February 2020

ޜާއްޖޭގެ ސީޕްލޭން ސެކްޓަރ މޮނޮޕޮލައިޒް ކުރުމުގެ ފުރުސަތު ބޭރު ކުންފުންޏަކަށް ފަހިކޮށްދީގެން ނުވާނެ ! ÷ދަތުރުވެރިން އަތުން ނަގާ ޢެއާރޕޯރޓް ޓެކްސް ބޮޑުކޮށްފަ އެއާރޕޯރޓްގެ ތަންތަނުގެ ކުލި ނިސްބަތުން ބޮޑު ނުކޮށް ދިނުމަކީ ކޮރަޕްޝަން ! ބިޑަކާއި ނުލާ ދެނީ ކަޓު ނަގަންތަ؟ ނޫނީ ވައްކަން ކުރަންތަ؟’

The name is already taken The name is available. Register?

ނަމެއް

06 February 2020

ވަހީދުގެ ދައުރުގަ މުޅި އިންޑަސްޓްރީ އަސްލު މޮނޮޕޮލައިޒްކުރިއިރު އެެއްޗެކޭ ކިޔާނެ އެކަކުވެސް ނެތް. މިހާރުވިއްޔާ ދެން މަންތާއާއި މޯލްޑިވިއަންވެސް މިކަމުގަ ކުޑަކޮށް އެބައުޅޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454