ރިޕޯޓް / ބާސްކެޓް

އަމްރާ: ކިޔެވުމުގައި ނަމޫނާއެއް، ބާސްކެޓްބޯޅައިގައި ތަރިއެއް

އަމްރާ.-- ފޮޓޯ: ބާސްކެޓް އެސޯސިއޭޝަން

އުމުރުން ކިތަންމެ ހަގަސް އަމްރާ މުހައްމަދު އާމިރުގެ އުއްމީދުތައް ހުރީ ވަރަށް އުހުގަ އެވެ. ކިޔަވައި ނިންމައިގެން ޑޮކްޓަރަކަށް ވުމުގެ ހުވަފެންތަކާ އެކު، އޭނާގެ ދެން އޮތް އުއްމީދަކީ ރާއްޖޭގެ އެންމެ މޮޅު ބާސްކެޓް ކުޅުންތެރިޔާ އަށް ވުމެވެ. ކިޔެވުމުން ރަން ވަނަތައް ހޯދަމުން އޭނާ މިހާރު ވެސް އަންނަނީ ބާސްކެޓްބޯޅަ ކޯޓުގައި ވިދަމުންނެވެ.

ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ވުމުގެ ހުވަފެނުގައި ކުލަ ޖައްސަން އަދި ކިޔެވުމުން ކުރިއަށް ދިއުމަށް އަމްރާ، 15، އަށް ވަނީ ރަނުގެ ފުރުސަތެއް ލިބިފަ އެވެ. ބާސްކެޓްބޯޅައިގެ ދުނިޔޭގެ ރަސްގެފާނު ކަމަށްވާ އެމެރިކާގެ ސްޓާޝިޕް އިންޓަނޭޝަނަލް ސްކޮލަޝިޕެއް ލިބި އެ ފުރުސަތުގެ ބޭނުން ހިފުމަށް އަންނަ އޮގަސްޓް މަހު އޭނާ ފުރާނެ އެވެ.

ބިޔޯންޑް ބާސްކެޓްބޯލް އެކަޑެމީން އޭނާއަށް ސްކޮލަޝިޕް ހުށަހެޅީ، ހުޅުމާލޭގައި ކުރިއަށްގެންދިޔަ ސެލެކްޝަނެއްގައި އޭނާ ދެއްކި ހުނަރު ފެނިގެންނެވެ. އެމެރިކާގެ ޕްރައިވެޓް ސްކޫލަކާ ގުޅުމާ އެކު، އެ ކުޅިވަރުން އޭނާގެ ހުނަރު ވަރަށް ބޮޑަށް ތަރައްގީކުރެވޭނެ އެވެ.

އަމްރާ (ކ) ޕްރީ ސްކޫލުގެ ހަރަކާތެއްގައި.

ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ކެޕްޓަންކަން ވެސް ކުރަމުން އަންނަ ދަރިވަރު ބުނާގޮތުން އޭނާގެ މޮޓޯއަކީ، "ކޮންމެ ކަމެއް ކުރިޔަސް އެކަމެއް އެންމެ މޮޅަށް" ކުރުން ކަމަށެވެ. އޭގެ ނަތީޖާއަކަށް ވެގެން ދިޔައީ، އުމުރުން 13 އަހަރުގައި ބާސްކެޓްގެ ރާއްޖޭގެ ސީނިއާ ޓީމުން ޖާގަ ހޯދުމެވެ. މިދިޔަ ޑިސެމްބަރު މަހު އޮތް ސައުތު އޭޝިއަން ގޭމްސް އިން ލޯ މެޑަލް ހޯދި ގައުމީ އަންހެން ބާސްކެޓްބޯޅަ ޓީމުގައި އޭނާ ހިމެނުނެވެ. ތަޖުރިބާކާރު ކުޅުންތެރިންނާ ފައި ހަމަކޮށް، ކުޅިވަރުގައި އެ ލިބުނު ކާމިޔާބީ އޭނާ ފާހަގަކުރެ އެވެ. ބާސްކެޓްބޯޅައާ އަމްރާ ވަނީ އާއިލީ ގޮތުން ވެސް ގުޅިފަ އެވެ. އޭނާގެ ބައްޕަ ފަރާތު ބޮޑުބޭބެ އަބްދުﷲ އާމިރު (އައްލޯ) އަކީ ކުރީގެ ހުނަރުވެރި ކުޅުންތެރިޔެކެވެ. އަދި ފަހުން ބާސްކެޓްބޯޅަ އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީކަންކޮށް އެ ކުޅިވަރު ތަރައްގީ ކުރުމުގައި ބޮޑު ހިއްސާއެއްވި އެވެ.

ކިޔަވަން ވަގުތު ދެމުން ކުޅިވަރުގައި ކުރިއަށް ދިއުމަކީ އެހާ ފަސޭހަކަމަކަށް ނުވީ ނަމަވެސް، އެ ދެ ކަންތައް އެކީ ރަނގަޅަށް ކުރެވެނީ އާއިލާ އާއި ގާތް މީހުންގެ އެހީއާ އެކު އެވެ. ހާއްސަކޮށް އޭނާގެ މަންމަ، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ބައްޕަ މުހައްމަދު އާމިރުގެ އެހީ ވަރަށް ބޮޑެވެ.

އަމްރާ، ބާސްކެޓް ކުޅެނީ.

މީގެ ފަސް އަހަރު ކުރިން ބާސްކެޓު ކުޅެން ފަށައި އެ ކުޅިވަރަށް ހާއްސަވި ނަމަވެސް އަމްރާ އަކީ ސްކޫލުގައި ވަރަށް ހަރަކާތްތެރި ދަރިވަރެކެވެ. އިންޓަ ހައުސްގެ ހުރިހާ ކުޅިވަރެއްގައި ބައިވެރިވުމުގެ އިތުރުން ލަވަ ލިޔުމާއި އަތުލިޔުމުން ފެށިގެން ގޮސް އިނގިރޭސި ހަފުތާގައި ބައިވެރިވެ އޭނާގެ ހުނަރު ދައްކާލާފައި ވެ އެވެ. ތައުލީމީ ގޮތުން އެ ހޯދަމުން އަންނަ ނަތީޖާއަކީ އޭގެ ހެއްކެކެވެ.

"އަސްލު ފޫހިވާނެ ވަގުތެއް ނުވޭ އެއްވެސް ވަރަކަށް. އެހާ ވެސް ބިޒީކޮށް އުޅެނީ،" އަމްރާ ބުންޏެވެ.

އިމްތިހާނުތަކުން އަބަދު ވެސް "އޭ" ގްރޭޑު ހޯދަމުން އަންނަ އަމްރާ ބުނާގޮތުން، ސްކޫލުން ގެއަށް ދިއުމަށް ފަހު އޭނާ އެންމެ ފުރަތަމަ ކުރާ ކަމަކީ ފިލާވަޅުތައް މުތާލިއާކުރުމެވެ. އެހެންވެ، އިމްތިހާނެއް ބޯމަތީގައި އޮތަސް ކުޅިވަރަށް ވަގުތު ދޭން ހުރަހެއް ނޯވެ އެވެ. އޭގެ ހެއްކަކީ، ޑިސެމްބަރު މަހު ސައުތު އޭޝިއަން ގޭމްސް އަށް ބާސްކެޓްބޯޅަ ޓީމާ އެކު ދިއުމެވެ.

އަމްރާ (މ) ބައްޕަ އާމިރު (ކ) އާއި މަންމަ މާރިޔާއާ އެކު.

އޭނާގެ ދުވަހުގެ ތާވަލު ރާވާފައި އޮންނަނީ އެކަންކަމަށް ފަހިވާ ގޮތަށެވެ. ފަރިތަކުރުން ފަތިހު އޮންނަ ކަމުގައިވާނަމަ ފަތިހު 4 ޖަހާއިރު އޭނާ ހޭލަ އެވެ. އަދި 7 ޖަހާއިރު ކުޅެ ނިންމާފައި ގެޔަށް ގޮސް ތައްޔާރުވެލައިގެން 7:20 އަށް ސްކޫލަށް ދެ އެވެ.

"ބާސްކެޓް ކުޅުނަސް ދެ ކަންތައް ބެލެންސް ކުރެވޭތޯ ބަލަން. އެކަމަކު އެންމެ ބޮޑު ސަމާލުކަމެއް ދެނީ ކިޔެވުމަށް. އަނެއްކާ ކޮންމެ ދުވަހަކު ސްކޫލުން އައިސް ކިޔަވާލަނީ. ފިލާވަޅުތައް ބަލާލާފައި އަރާމުކޮށްލާފައި އަނެއްކާ ވެސް ޓިއުޝަން ފަށަނީ،" އަމްރާ ބުންޏެވެ.

އަމްރާ ގައުމީ ބާސްކެޓްބޯޅަ ޓީމުގެ ކުޅުންތެރިންނާ އެކު.

އަހުލާގު: ދަސްވި އެންމެ ބޮޑު ފިލާވަޅު

ދިރިއުޅުން ތަރުތީބުކޮށް ކިޔެވުމުގައި ކުރިއަށް ދިއުމަށް އޭނާ އަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ ކުޅިވަރުން ކަމަށް އަމްރާ ބުންޏެވެ. އެގޮތުން ކުޅިވަރުގެ ތެރެއިން ޑިސިޕްލިން ދަސްވެ، އޭނާ އަށް ވަރަށް ގިނަ ފައިދާތަކެއް ކުރި އެވެ. އޭނާ ވަނީ ސްކޫލުން ދޭ އެތައް އެވޯޑްތަކެއް ހާސިލްކޮށްފަ އެވެ. އޭގެ ތެރޭގައި :ސްޓާ އޮފް އެކްސެލެންސް"، "އެވޯޑު އޮފް އިންސްޕިރޭޝަން" އަދި "އެވޯޑު އޮފް އެޑްމިރޭޝަން" ހިމެނެ އެވެ.

އިތުރު ހަރަކާތަކީ ވެސް ކިޔެވުމުގެ ބައެއް ކަމަށް ދެކި، ކުޅިވަރުގައި ބައިވެރިވުމަށް އަމްރާ ބާރު އަޅަ އެވެ. ނަފްސާނީ އަދި ޖިސްމާނީ ގޮތުން ވެސް ފައިދާތަކެއް ކުރާ ކަމަށް އޭނާ ބުންޏެވެ. އަމްރާ އެ ދަނީ، މޮޅަށް ކިޔަވަމުން ވެސް ކުޅިވަރުގައި ކުރިއަށް ދެވިދާނެކަން ސާބިތުކޮށްދެމުންނެވެ. އޭނާ އަށް ދެން އޮތީ އެމެރިކާ އިން ލިބިފައިވާ ފުރުސަތުގައި ވެސް އެކަން ސާބިތުކޮށްދިނުމެވެ.

"ބުރަ މަސައްކަތާއެކު ނުކުރެވޭނެ ކަމެއް ނޯންނާނެ،" އަމްރާ ބުންޏެވެ.

4 ކޮމެންޓް, 61 ރިއެކްޝަންސް

icon happy icon happy 87%
icon sad icon sad 0%
icon angry icon angry 13%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަސް2020

29 June 2020

މަރުޙަބާ! ހިތްވަރުގަދަ މަންމައެއްގެ ހިތްވަރު ގަދަ ދަރިއެއް، ކުރިއެރުމާއި ކާމިޔާބީއަށް އަބަދުމެ އެދެން!

The name is already taken The name is available. Register?

ޙަސަންދީ

29 June 2020

އަމްރާއަށް ކިޔެވުމާއި އަދި ކުޅިވަރުގައިވެސް ވަރަށް ކާމިޔާބް މުސްތަޤުބަލަކައް އެދެން ..

The name is already taken The name is available. Register?

fareedha

29 June 2020

ދިވެހިރާއްޖޭގަ އަންހެންކުދިންގެ ތެރޭގަވެސް ބާސްކެޓް ކުޅޭ މޮޅެތިކުދިން އެބަތިބި، އެކަމަކު އެކުދިންގެ ތެރެއިންވެސް ފުރުސަތުދެނީ ކޯޗުންބޭނުންކުއްޖަކަށް، އެވަރިހަމަ ޕްރެކްޓިސްެއަށް ގަވައިދުން އަޔަސް ނަޔަސް. ބާސްކެޓް އާއިލާއަކާ ގުޅުންއޮވެއްޖެންޔާ ނުވަތަ ނުފޫޒްގަދަ އާއިލާއަކާ ގުޅިފައޮވެއްޖެންޔާ އެނިމުނީ، އެކުއްޖާއަސް ހުރިހާ ފުރުސަތެއް ލިބޭނެ. ބާސްކެޓް ކޯޝުންނަކީ ވަރަށް ބަޔަސް ބައެއް.

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

29 June 2020

ކާމިޔާބީއަށް އެދެން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454