ރިޕޯޓް / ކުރީގެ ނައިބު ރައީސް އަދީބު

އަދީބުގެ މައްސަލައަށް މިވީ ކިހިނެއް؟

އަދީބު: އޭނާގެ މައްޗަށް ކުރި ހުރިހާ ދައުވާތަކެއް ބޭރުކޮށްލުމުން އޭނާ އިއްޔެ ވަނީ މިނިވަންވެފައި -- ފޮޓޯ/މިހާރު

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ މައްސަލާގައި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ކުރި ހަތް ދައުވާ އިއްޔެ ކޯޓުން ބޭރުކޮށްލުމުން އޭނާ މިނިވަންވުމާ އެކު، ގިނަ ފާޑުކިޔުންތަކެއް އަމާޒުވި އެވެ. އެކަން ވެގެން ދިޔައީ އެ ޚިޔާނާތުގައި ބައިވެރިވި މީހުންގެ މައްސަލަތައް އިންސާފުވެރިކަމާ އެކު މި ސަރުކާރުން ވެސް ނުބަލާނެ ކަމަށާއި ހަމައެކަނި އަމާޒަކީ އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ޖަލުގައި ބެހެއްޓުން ކަމަށް އިދިކޮޅުން ކުރާ ތުހުމަތަށް ލިބުނު އިތުރު ބާރަކަށެވެ.

ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދެ ދައުވާގެ އިތުރުން މަގާމުގެ ނުފޫޒު ބޭނުން ކުރުމުގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އަދީބުގެ މައްޗަށް މިދިޔަ އަހަރު ދައުލަތުން ކުރީ ކުށަށް އިއުތިރާފްވުމަށް އަދީބާ އެކު ދައުލަތުން ހެދި އެއްބަސްވުމެއްގެ ދަށުންނެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅޭ އެތައް ތަފްސީލުތަކެއް އަދީބު ކިޔައި ދެއްވާ އެ ޝަރީއަތް ލައިވް ބްރޯޑްކާސްޓް ކުރަން ވެސް ދައުލަތުން ކްރިމިނަލް ކޯޓުގައި ކުރިން އޮތީ އެދިފަ އެވެ. އެކަމަކު އެ ހިސާބަކަށް ނުދެވެނީސް މައްސަލަ ބޭރުވީ އެވެ.

އެއްބަސްވުން، މުއްދަތު، ޑަބަލް ޖެޕަޑީ، ތަހުގީގު!

އެ މައްސަލަތައް ބޭރުކޮށްލުމުގައި ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދު ދެއްކެވި ފުރަތަމަ ސަބަބަކީ ބަންދުގައި ތިބި މީހުންގެ މައްޗަށް ވަކި މުއްދަތެއްގެ ތެރޭގައި ދައުވާކުރަން ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި ބުނާ މުއްދަތަށް ވުރެ ފަހުން އެ މައްސަލަ ހުށަހެޅުމެވެ. ޖިނާއީ އިޖްރާއާތުގެ ގާނޫނަށް ޖުލައި، 2017 ގައި އަމަލުކުރަން ފެށިއިރު ބަންދުގައި ތިބި މީހުންގެ މައްސަލަތަކުގައި 30 ދުވަހުގެ ތެރޭގައި ދައުވާ ކުރަން އެ ގާނޫނު ލާޒިމް ކުރާއިރު، އަދީބުގެ މައްޗަށް އެ ހަތް ދައުވާ އުފުލާފައިވަނީ އެ މުއްދަތު ހަމަވިތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ފަހުން ކަމަށް ގާޒީ އިސްމާއިލް ރަޝީދުގެ ނިންމުމުގައިވެ އެވެ.

އެކަމަކު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފައިވާ ގޮތުގައި ޖިނާއީ އިޖުރާއާތުގެ ގާނޫނަށް އަމަލު ކުރަން ފެށިއިރު، އަދީބު ބަންދުގައި ހުންނެވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެންނެއް ނޫނެވެ. އޭރު އަދީބު ބަންދުގައި ހުންނެވީ ރިޔާސީ ލޯންޗް "ފިނިފެންމާ"ގައި އެއްޗެއް ގޮއްވާލި މައްސަލަ އާއި ފިސްތޯލައެއްގެ މައްސަލާގައި ކަމަށް ވާތީ އެމްއެމްޕީއާރުސީގެ މައްސަލަތަކުގައި ގާނޫނުުގައި ބުނާ އެ މުއްދަތުގައި އޭނާގެ މައްޗަށް ދައުވާ ކުރަން ލާޒިމްނުވާ ކަމަށް ޕީޖީ އޮފީހުން ދެކެ އެވެ.

ދެވަނަ ސަބަބެއްގެ ގޮތުގައި ކްރިމިނަލް ކޯޓުން ފާހަގަކުރީ އަދީބާ އެކު ދައުލަތުން ހެދި ތަހުގީގަށް އެއްބާރުލުން ދިނުމުގެ އެއްބަސްވުމާއި އިއުތިރާފްގެ އެއްބަސްވުމުގެ ގާނޫނީ މައްސަލަތަކެވެ. އިއުތިރާފްގެ އެއްބަސްވުން ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ ދަށުން ހަދާފައި ވިޔަސް، އެ އެއްބަސްވުމުގައި ކުށަށް އިއުތިރާފްވާން އަދީބަށް ޝަރުތުކުރީ ބޭސްފަރުވާއަށް އޭނާ ރާއްޖެއިން ބޭރަށް ފޮނުވާ ގޮތަށް ކަމަށް ވާތީ އެއީ ސައްހަ އެއްބަސްވުމެއް ކަމަށް ކޯޓުން ނުބެލި އެވެ. އެއީ ވަކި ކުށަކަށް އެއްބަސްވުމުން ނޫނީ ބޭސްފަރުވާ ނުލިބޭ ގޮތަށް ހެދުމަކީ މަޖުބޫރު ކޮށްގެން ބަޔާން ހޯދުން ކަމަށް ވުމެވެ. އަދިި ތަހުގީގަށް އެއްބާރުލުން ދިނުމުގެ އެއްބަސްވުމަކީ ގާނޫނު ދަންނަ އެއްބަސްވުމެއް ނޫން ކަމަށް ވެސް އެ ނިންމުމުގައިވެ އެވެ.

ގާނޫނު އަސާސީ ބުނާ ގޮތުން އެކަށީގެންވާ ބޭސްފަރުވާ ލިބުމަކީ އަސާސީ ހައްގެކެވެ. އަދި ދައުލަތުގެ ބެލުމުގެ ދަށުގައި ބަންދެއްގައި ތިބޭ މީހުންގެ ބޭސްފަރުވާގެ ކަންކަމަކީ ވަކިން ޚާއްސަކޮށް ދައުލަތުގެ މައްޗަށް ލާޒިމްވާ ކަމަކަށް ވާތީ ގައިދީން ބޭރަށް ފޮނުވުމާ ގުޅޭ އުސޫލުތަކެއް ވެސް ގާނޫނުތަކާއި ގަވާއިދުތަކުގައި އޮވެ އެވެ. އެހެންވެ، ވަކި ކުށަކަށް އެއްބަސްވުމުން ނޫނީ ބޭސްފަރުވާއަށް ނުދެވޭނެ ކަމަށް ބުނެ އެއްބަސްވުމެއް ހެދުމަކީ އޭގެ ޒާތުގައި މައްސަލައެއް ކަމަށް ގާޒީއަށް ފެނިވަޑައިގަތެވެ.

މީގެ އިތުރުން އަދީބު ވެސް ހިމެނޭ ގޮތުން ސުޕްރީމް ކޯޓުން ފެބްރުއަރީ 1، 2018 ގައި ނެރުނު އަމުރުގައި، އޭނާގެ ޝަރީއަތަށް ވެސް ސިޔާސީ ނުފޫޒު ފޯރާފައިވާ ކަމަށް ބަޔާން ކޮށްފައިވާތީ އެ މައްސަލަތައް އަލުން ތަހުގީގު ކުރިއިރު، ކުރިން ވެސް އެ މައްސަލަ ތަހުގީގުކުރި ފުލުހުން ދެވަނަ ފަހަރަށް ވެސް ތަހުގީގުގައި ބައިވެރިވެފައި އޮތުމަކީ ގާނޫނާ ޚިލާފް ކަމެއް ކަމަށް އެ ނިންމުމުގައިވެ އެވެ. އަދި އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ހިމެނޭ ޅ. މާބިންހުރާގެ މައްސަލާގައި ކުރިން އަދީބަށް ދައުވާކޮށް ޖަލަށް ލާފައި ވާއިރު އެ މައްސަލަ ވެސް ހިމެނޭ ގޮތުން އަނެއްކާވެސް އޭނާއަށް ދައުވާ ކުރުމަކީ ގާނޫނު އަސާސީން މަނާކުރާ އެއް ކުށަކަށް ދެ ފަހަރު ދައުވާ ކުރުން (ޑަބަލް ޖެޕަޑީ) ކަމަށް ބެލެވޭނެ ކަމަށް ވެސް ގާޒީ އެވެ.

އަދީބު އިންކާރެއް ނުކުރޭ، ދެން ވާނީ ކިހިނެއް؟

ކުށަށް އިއުތިރާފްވުމުން ވަކި ކަހަލަ ލުއިތަކެއް ދެވޭ ގޮތަށް އިއުތިރާފްގެ އެއްބަސްވުމެއް ހެދުމުގެ ފުރުސަތު ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ ދަށުން އޮންނާތީ އަދީބާ އެކު ދައުލަތުން އެ އެއްބަސްވުން ހެދީ ގިނަވެގެން 20 އަހަރުގެ ޖަލު ހުކުމް އޭނާއަށް އަންނަ ގޮތަށެވެ. ގާނޫނުގައި ބުނާ އަސްލު އަދަބު ކަނޑައަޅާ ނަމަ، އޭނާއަށް އޭރު 200 އަހަރަށް ވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމް އައުން އެކަށީގެންވެ އެވެ.

ޕީޖީ ޝަމީމް އިއްޔެގެ ޕްރެސް ކޮންފަރެންސްގައި -- ފޮޓޯ/މިހާރު

ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި އޮންނަ އިއުތިރާފްގެ އެއްބަސްވުންތައް ބަލައިގަތުމަށް ކޯޓުތަކަށް ލާޒިމެއް ނުވެ އެވެ. އެކަމަކު އެއްބަސްވުން ބަލައިނުގަތުމަށް ކޯޓުން ނިންމިޔަސް، ގާނޫނު ބުނާ ގޮތުން ދައުވާ ލިބޭ މީހާ އިއުތިރާފްވާން ބޭނުންވާ ނަމަ، އެ ފުރުސަތު އޮންނާނެ އެވެ. އަދި އިންކާރުކޮށްފި ނަމަ، ހެކިތަކާ އެކު މައްސަލަ ކުރިއަށް ގެންދިއުން ނުވަތަ އިތުރަށް ތަހުގީގު ފުރިހަމަ ކުރަން ބޭނުންވާ ނަމަ މައްސަލަ ބާތިލް ކުރެވެ އެވެ.

އެކަމަކު މި މައްސަލާގައި ކަން ހިނގީ ތަފާތުކޮށެވެ. އިއުތިރާފްގެ އެއްބަސްވުން ސައްހަ ނޫން ކަމަށް ނިންމީ އަދީބުގެ ފަރާތުން އެކަމަށް އެދިވަޑައިގަތުމަކާ ނުލަ އެވެ. މިއީ ޕީޖީ ހުސެން ޝަމީމްގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. އަދި އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް އިންކާރު ކުރައްވާ ކަމަށް އަދީބު އެއްވެސް އިރަކު ވިދާޅުނުވާ އިރު، އޭނާ އެންމެ ފަހުގެ އަޑުއެހުމުގައި ވެސް ވިދާޅުވީ އެއްބާރުލުން ދެއްވަން އަދިވެސް ތައްޔާރަށް ހުންނެވި ކަމަށެވެ. އަދީބުގެ ހަމައެކަނި ޝަކުވާއަކީ އެއްބަސްވުން ހެދުމުގައި އަމަލުކުރި ގޮތެވެ. އެކަމަކު ދައުވާއާ މެދު އޭނާއަށް އެއްޗެއް ވިދާޅުވާ ހިސާބަށް ނުދެވެނީސް، ގާޒީ އިސްމާއިލް ރަޝީދު ދައުވާތައް ބޭރުކޮށްލެއްވީ އެވެ.

ކްރިމިނަލް ކޯޓުގެ ނިންމުމަކީ އެ މައްސަލަތައް މައުޟޫއީ ގޮތުން ބެލުމަށް ފަހު ދައުވާތައް ސާބިތުނުވާ ކަމަށް ނިންމި ނިންމުމެއް ނޫނެވެ. އަދި އެ މައްސަލަ އިބްތިދާއީ މަރުހަލާއިން ބޭރުކޮށްލީ މަދަނީ މިންގަނޑުން ބަލާއިރު، މައްސަލަ ކުރިއަށް ގެންދެވޭނެ މިންވަރަށް ހެކި ނެތިގެނެއް ވެސް ނޫނެވެ. އެއީ އިޖްރާއީ ސަބަބުތަކަށްޓަކައި އައި ނިންމުމެއް ކަމަށް ވާތީ ދެން ދާން ޖެހޭނީ ހައި ކޯޓަށެވެ. އެހެންވެ، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިހާރު ވަނީ އިސްތިއުނާފް ކުރަން ނިންމައިފަ އެވެ.

ކްރިމިނަލް ކޯޓުގެ ނިންމުން ގޯސް ކަމަށް ހައި ކޯޓަށް ގަބޫލު ކުރެވިއްޖެ ނަމަ، އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން އަންގާނެ އެވެ. އެހެންވެއްޖެ ނަމަ، ކްރިމިނަލް ކޯޓުގައި އިބްތިދާއީ އަޑުއެހުންތައް އަލުން ފަށައި އިއުތިރާފްގެ އެއްބަސްވުމާ މެދު އަނެއްކާވެސް ކޯޓުން ގޮތެއް ނިންމަން ޖެހޭނެ އެވެ. އެއްބަސްވުން ބަލައިގަންނާނެތޯ އާއި އެއާ އެއްގޮތަށް އަދީބު ކުށަށް އެއްބަސް ވާނީތޯ ނުވަތަ އަދީބު އިންކާރު ކުރައްވާނީތޯ ނިންމަން ޖެހޭނީ އެހާ ހިސާބުންނެވެ.

އިއުތިރާފް އެއްބަސްވުން މާ މުހިންމެއް ނޫން!

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދެކޭ ގޮތުގައި އިއުތިރާފްގެ އެއްބަސްވުމާ އެއްގޮތަށް އަދީބު ކުށަށް އިއުތިރާފް ނުވިޔަސް، ހެކިތަކުން އޭނާގެ މައްޗަށް އެ ދައުވާ ސާބިތު ކުރެވޭނެ އެވެ. އޭނާއާ ދެކޮޅަށް އެ ހަތް މައްސަލާގައި އެކަނި ވެސް 700 އަށް ވުރެ ގިނަ ހެކި ހުށަހަޅާފައިވާތީ ޕީޖީ އޮފީހުން ދެކޭ ގޮތުގައި އަދީބުގެ އިއުތިރާފް ބަޔާނެއް ކޮންމެހެން މުހިންމެއް ވެސް ނޫނެވެ.

"އަޅުގަނޑުމެންނަށް ފުރުސަތު ދޭށޭ އަޅުގަނޑުމެން ހުށަހަޅަން އޮތް 700 އެތައް ޑޮކިއުމެންޓެއް ހުށަހަޅަން. އަޅުގަނޑުމެން ސާބިތުކޮށްދޭނަމޭ މި ހާދިސާގައި މިވަރުގެ ވައްކަން، މިވަރުގެ ޚިޔާނާތް ހިންގާފައި އޮތްކަން. އެ ފުރުސަތު ނުލިބިގެން މި އުޅެނީ،" އަދީބު މިވަގުތު މިނިވަންވުމާ އެކު، އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަމީމް ވިދާޅުވި އެވެ.

"އެ ފުރުސަތު ހޯދަން ހައި ކޯޓަށް އަޅުގަނޑުމެން މިދަނީ. ދެން އަޅުގަނޑު ގަބޫލުކުރަނީ ހައި ކޯޓުން ވަރަށް އަވަހަށް މައްސަލަ ނިންމާފައި ކްރިމިނަލް ކޯޓުން އަލުން ބަލާ ގޮތަށް ފުރުސަތު ލިބޭނެ ކަމަށް."

ޝަމީމް ވިދާޅުވި ގޮތުގައި އެ ހަތް ދައުވާ ނޫނަސް، އިތުރު 150 އަށް ވުރެ ގިނަ ދައުވާކޮށް، 800 އަހަރަށް ވުރެ ދިގު ޖަލު ހުކުމެއް އިއްވޭނެ މިންވަރުގެ ހެކި ވެސް އެބަ ހުއްޓެވެ. އެކަމަކު އެކަމާ މެދު ގޮތެއް ނިންމާނީ ހައި ކޯޓުން މައްސަލަ ނިމޭ ގޮތަކުން ކްރިމިނަލް ކޯޓަށް އަލުން މައްސަލަ ދިއުމުން އެ މަރުހަލާގައި ކަން ހިނގާ ގޮތުން ބަލާފައި ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއްބަސްވުން ކުރިއަށް ގެންދާނަންތޯ ނުވަތަ ނޫންތޯ އަޅުގަނޑަށް ހީވަނީ އަދީބު އެ ސުވާލަށް ޖަވާބު ދެއްވަން ވާނެހެން އަދި ފަހުގެ މަރުހަލާއެއްގައި. އަޅުގަނޑުމެން މި ތިބީ އެއްބަސްވުމާ އެކު ވިޔަސް އަދި އެއްބަސްވުމާ ނުލައި ވިޔަސް މިކަމުގެ ކުރިއަށް ދާން ތައްޔާރަށް. އަޅުގަނޑުމެންގެ ފަސް ޖެހުމެއް ނެތް،" ޝަމީމް ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނުގެ މައްސަލައަކީ ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ކުޅޭކުޅޭ ކަމެއްގެ ގޮތުގައި ނެގޭ ވަރަށް ވުރެ، ދިވެހި ރައްޔިތުންގެ މަސްލަހަތާ މާ ބޮޑަށް ގުޅިފައި އޮތް ވައްކަމެކެވެ. އެ ވައްކަން ކޮޅެއްގައި ނުޖެހި ދާން، ގާޒީން ފެށިގެން ޕްރޮސެކިއުޓާ ޖެނެރަލްއާ ހަމައިން ވެސް، އަދި ފުލުހުން ފެށިގެން ރައީސުލް ޖުމްހޫރިއްޔާއާ ހަމައިން ވެސް، ދޫވެގެން ނުވާ ވަރުގެ ބޮޑު ހިޔާނާތެކެވެ. އަދީބު މިވަގުތު ދޫވުމުން ވެސް އާންމުން ވަނީ ރުޅިއައިސްފަ އެވެ.

މި ބޮޑު މައްސަލަ މިހާރު މި އޮތީ އިސްތިއުނާފް މަރުހަލާގަ އެވެ. ދެން އެ މައްސަލާގައި ލިބޭނެ ކުރިއެރުމެއް އެނގޭނީ ހައި ކޯޓުން ނިމޭ ގޮތަކުން ކްރިމިނަލް ކޯޓާ ހަމައަށް އަލުން ގޮސްގެންނެވެ. އެކަމަކު ދިގުލައިގެން ގޮސްފައިވާ މައްސަލާގައި ރައްޔިތުންނަށް ދެން ވެސް އޮތީ އިންތިޒާރުކުރުމެވެ.

39 ކޮމެންޓް, 39 ރިއެކްޝަންސް

icon happy icon happy 5%
icon sad icon sad 0%
icon angry icon angry 95%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަރުކާނު

17 July 2020

އަދީބުގެ ފަރާތުން ފައިދާ ނުވާ އެކަކުވެސް ނެތް. އެންމެ މަތންފެށިގެން ކޯޓްތަކާ ޕީޖީ ވެސް ތީގަ ހިމެނޭ. އަދީބުގެ ވަކީލުން އެޑްވައިޒަރުން ކޯޓްތަކުގައާއި ޕީޖީ އަދި އޭޖީގަވެސް. ދެން؟

The name is already taken The name is available. Register?

ޢައިނާ

15 July 2020

ވައްކަން ކޮއްގެންވެސް ފައިސާ އަތައްއްރައިފިއްޔާ ދެން ކޯޓަކުން އެމީހަކާ ދެކޮޅަކަށް މައްސަލައެއް ނުނިންމާނެ .. ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ

The name is already taken The name is available. Register?

ހެހެ

15 July 2020

ހައިކޯޓަށް ލައިގެން ޑްރާމާ ދައްކާ. ކޮންކަމެއްވާނީ..

The name is already taken The name is available. Register?

ޖައްސާން

15 July 2020

އަދީބުގެ ކުރީގެ ލޯޔަރު ކައިރީ އަހާބަލަ

The name is already taken The name is available. Register?

ވާގޮތަށް

15 July 2020

މިގައުމުގަ ހަމަ ހުރި ހާ ކަމެއްވެސް ވާގޮތަށް ތިޔާވީ. ވީއެއްޗެއް ނޭގޭނީ ސަރުކާރުގެ ވަޒީފާތަކުގަ އުޅޭ މީ ހުނަށް

The name is already taken The name is available. Register?

ސްޓިންޓް

15 July 2020

ޗިޗަންޑާ19 ތަފާތުވާނެ

The name is already taken The name is available. Register?

ގަހަނާ2

15 July 2020

ތިއޮތީ ފަނޑިޔާރު ގަނެލައިފަ ހަމަ ޔަގީން

The name is already taken The name is available. Register?

ހަސަނު1

15 July 2020

ކުރުޖަވާބު: ދޭތެރެ ދޭތެރެއިން އަދީބު ސަލާމަތްވާހެން މިހީވަނީ އަދީބުގެ ކޮރަޕްޝަނުން ފައިދާނުވާ ޕޮލިޓީޝަނެއް ނެތުމާއި ޖަލުބަލަހައްޓާ މީހުންނާއި، ޕޮލިހުންނާއި. ލޯޔަރުންނާއި ޖަޖުން ގަނެލެވޭ ވަރުގެ ކޭޝް އޭނައަތުގައި ހުރުމުން. އަދީބު ސަލާމަތް ކުރަންއުޅޭ ކޮންމެ ބުރަކުން އެތަށް ބަޔަކު މުއްސަނދިވޭ. އެކަމަކު އަދީބު އެކީ ސަލާމަތްވާނެއެނޭ ނުބުނާނަން. އެއީ އެކަން އެގޮތަށް ކޮށްފިއްޔާ ރަންބިސްއަޅާ ކުކުޅު ދޫކޮށްލެވުނީ

The name is already taken The name is available. Register?

އަލީފު

15 July 2020

ނޫސްވެރިން ގަމާރީތަ! ނަޝީދު ބުނެފައި އޮތީ އަދީބަކީ ޔާމީނު ސަރުކާރުގައި އެމްޑީޕީން އެޅުވި ފައްނެކޭ! ޔާމީނު އެކައުންޓަށް އަދީބު ޖަމާކުރި 1 މިލިއަންޑޮލަރަކީވެސް ޔާމީނު މަނީލޯންޑްރީގައި ބައްދަން ޖެއްސި މަޅިއެއް...ބޮޑިތަސްވީރަކީ ޔާމީނު ޖަލަށްލުން އެކަން ހާސިލްވެއްޖެ ...ދެން އަދީބުގެ ވެސް ކުށެއްނޯންނާނެ! ދެން އަނެތްކާ ވެސް ދުވަސްކޮޅަކުން އަދީބު ކޯޓަށް ގެންދިޔައީމާ ރައްޔިތުން ތިބޭނީ އޯކޭ ވެފައި މިހާރަށް މިބާބު ނިމުނީ.

The name is already taken The name is available. Register?

ޚުބުޅިބެ

15 July 2020

އަލީފު ތިގޮތަށް ގަބޫލުކޮށް ހެވިފަހުރޭ ދެން

The name is already taken The name is available. Register?

ޖުޑީޝަރީގެއަރިހަށް

15 July 2020

މިއީ ކޯޓުގެ ނިންމުމެއް. މިއީ ސަރުކާރުގެ ނުވަތަ ޕީޖީގެ ނިންމުމެއް ނޫން. މީތި އަދި އަލުން ބެލޭނެ، އަދި ޙުކުމްވެސް އަންނާނެ. އެކަމަކު ރައީސް ޔާމީނު އަދި ސަލާމަތްވާނެ. މީގައި އަދީބު ނުބެދޭނެ އެއްވެސް ގޮތެއް ނެތް.

The name is already taken The name is available. Register?

ޖުޑީޝަރީގެއަރިހަށް

15 July 2020

ކޮންމެ ސަރުކާރެއްގެ ނިމުންއަންނަނީ ކޯޓުގެތެރެއިން ކަން ދިވެހިންނަށް އޮޅިފައެއްނޯވޭ...

The name is already taken The name is available. Register?

ބޮން

15 July 2020

ޔާމީނު ސަލާމަތްވާ ކަމަށްވާނަމަ ޖަލުގައި ތިބި ހުރިހާ ކުށްވެރިންވެސް ސަލާމަތްވާނެއެވެ. ޔާމީނުގެ މައްސަލައަކީ އެއްވެސް އޮޅުމެއް ނެތް އެންމެ އާދައިގެ މީހަކަށްވެސް ފަސޭހައިން ދެނެގަނެވޭވަރުގެ ކަމެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!