ރިޕޯޓް

ދިރާސީ އަހަރު ދަންމާލިޔަސް ފިލާވަޅުތައް ފުރިހަމަކުރެވޭނެބާ؟

ތާޖުއްދީން ދަރިވަރުންތަކެއް ކިޔަވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މިއީ އެއްވެސް މީހަކު ހިތަށް ވެސް އެރި ފަދަ ހާލަތެއް ނޫނެވެ. މުޅި ދިރިއުޅުން ހުއްޓުމަކަށް ގެނައި ކޮވިޑް-19އާ އެކު ތައުލީމީ ނިޒާމް ގާތްގަނޑަކަށް ހުއްޓި ދަރިވަރުންގެ ތަރުބިއްޔަތަށް އެރި ލޮޅުމުން ސަލާމަތެއް ނުވެވެ އެވެ. ޔުނެސްކޯއިން ބުނާ ގޮތުގައި ކޮވިޑްގެ ސަބަބުން 1.1 ބިލިއަން ދަރިވަރުންގެ ކިޔެވުމަށް ވަނީ އަސަރުކޮށްފަ އެވެ. އެއާ އެކު މިއިން ޒަމާނެއްގައި ވެސް ތައުލީމީ ނިޒާމަށް ނުލިބޭ ވަރުގެ ބޮޑު ގެއްލުމަކާ މި ވަނީ ކުރިމަތިލާން ޖެހިފަ އެވެ.

ކޮވިޑުގެ ސަބަބުން ރާއްޖޭގެ ތައުލީމީ ނިޒާމަށް ވެސް ވަރަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެ އެވެ. މީގެ ކުރިން ޖެނުއަރީގައި ފަށަމުން އައި ދިރާސީ އާ އަހަރު ފަށަން މިހާރު ތާވަލްކޮށްފައި އޮތީ އަންނަ އަހަރުގެ އޮގަސްޓް 10 ގަ އެވެ. އެ ބަދަލު ގެންނަން އެޑިއުކޭޝަން މިނިސްޓްރީއަށް މަޖުބޫރުވީ އޯ ލެވެލް އަދި އޭ ލެވެލް އިމްތިހާނު ފަސްކުރުމުން ސްކޫލުތަކަށް ދިމާވާނެ ޖާގައިގެ ދަތިކަން ހައްލުކުރުމަށެވެ. މިހާރު ގްރޭޑު 10 އަދި 12 ގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ފައިނަލް އިމްތިހާނު، އަންނަ އަހަރުގެ ޖޫން ހިސާބުގައި ނިމުމާ ހަމައަށް، އެ ދަރިވަރުން ކިޔަވަމުން އަންނަ ސްކޫލުގައި ދެމިތިބޭނެ އެވެ. އެހެންވެ ސްކޫލުތަކުން އަލުން ޖާގަ ދިނުމަށް ބަދަލުތަކެއް ގެންނަން އޮތީ ޖެހިފަ އެވެ. ކޮވިޑުން ރައްކާތެރިވުމަށް މިދިޔަ މާޗު 12 ގައި މާލޭ ސްކޫލުތައް ބަންދުކުރިއިރު، ދަރިވަރުންނަށް އޮތީ ފުރަތަމަ ޓާމުގެ 40 ދުވަހު ކިޔަވައިދީފަ އެވެ. އެއަށް ފަހު ސްކޫލުތައް ބަންދުކޮށް، އަލުން ޖުލައި 1 ގައި ހުޅުވުމާ ދޭތެރޭގައި، އޮންލައިންގެ އެކި ވަސީލަތްތައް މެދުވެރިކޮށް ކިޔަވައިދިނެވެ. އެކަމަކު މާލެ ސަރަހައްދުގެ ހާލަތު އަދިވެސް ގޯސްވަމުން ދާތީ އިތުރު ދެ ހަފުތާއަށް ސްކޫލުތައް ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދިނުން ކުރިއަށް ގެންދިއުން ނޫން ގޮތެއް ނެތެވެ.

އެކަޑެމިކް ކަލަންޑަރަށް ގެނައި ބަދަލާ އެކު، މި އަހަރު ދެ ވަނަ ޓާމު ފަށަން މިހާރު ހަމަޖައްސާފައިވަނީ ޖެނުއަރީ 10، 2021 ގަ އެވެ. އެ ޓާމް ނިމޭނީ ޖޫން 24، 2021 ގަ އެވެ.

ދިރާސީ އަހަރުގެ ކިޔަވައިދިނުން އިތުރު ހަ މަހަށް ދަންމާލުމުން، ދަރިވަރުންނަށް ދެން ވާނެ ގޮތަކާ މެދު ބެލެނިވެރިންގެ ކަންބޮޑުވުންތަކެއް އެބަ ހުއްޓެވެ. އެއް ކަމަކީ ސިލަބަސް ފުރިހަމަކުރެވޭނެތޯ ނުވަތަ ނޫންތޯ އުފެދޭ ސުވާލެވެ.

މާލޭގެ ބޮޑު ސްކޫލެއްގެ އިސް ވެރިޔަކު ވިދާޅުވި ގޮތުގައި، އޮންލައިންކޮށް ކިޔަވައިދެމުން އަންނާތީ ފިލާވަޅުތައް މުޅިން ފުރިހަމައެއް ނުވާނެ އެވެ. ދިރާސީ އަހަރު އިތުރު ހަ މަހަށް ދަންމާލިޔަސް އެ ކުދިންނަށް ކިޔަވައިދެވޭނެ ގޮތް ނެތް ފިލާވަޅުތައް ހުންނާނެ ކަމަށް ވިދާޅުވި އެވެ.

ހަމަދު ސްކޫލުގެ ދަރިވަރުން އައްޑޫ ހައި ސްކޫލުގައި: - ފޮޓޯ: އައްޑޫ ހައި ސްކޫލް ފޭސްބުކް ޕޭޖް

"ކުރިން ނޯމަލްކޮށް ކިޔަވައިދޭ ގޮތަކަށް ނޫން މި ކިޔަވައިދެނީކީ. ކިޔަވައިދޭ ޕީރިއަޑުތައް ވެސް މަދުކޮށްފައި، ކޮންޓެންޓް އަވާސް [ގަޑި] ވެސް މަދުކޮށްފައި މިހާރު މި ދަނީ އޮންލައިންކޮށް ކިޔަވައިދޭތީ. އެހެންވެ އަހަރު ދަންމާލުމަކުން ކިޔަވައިދޭނެ ބައިތަކެއް ނެތިއެއް ނުދާނެ. ސަބަބަކީ މިހާރު މިދަނީ ތަންކޮޅެއް ލަސްލަހުން،" ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަދެއްކެވި އިސް އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި ޓީޗަރުން ތިބީ އޮންލައިންކޮށް ކިޔަވައިދޭން އެއްވެސް ގޮތަކަށް ތައްޔާރުވެފައި ނޫން ކަމަށެވެ. އާ ހާލަތާ އެކު ޓީޗަރުންގެ މަސައްކަތް ބުރަވިއަސް ސީދާ ކްލާހަށް ގޮސްގެން ކިޔެވުމުގެ ބަދަލުގައި އޮންލައިންކޮށް ކިޔަވައިދޭން ޖެހޭތީ އެންމެ ރަނގަޅު ނަތީޖާ ނުލިބިދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެހެން ބައެއް ސްކޫލްތަކުގެ ވެރިން ވެސް އެގޮތަށް އެއްބަސްވެ އެވެ. އެމީހުން ބުނާ ގޮތުގައި އޮންލައިންކޮށް މުޅިން ކިޔަވައިދޭތީ ދަށް ގްރޭޑުތަކުގެ ދަރިވަރުންނަށް ބައެއް ފިލާވަޅުތައް ނަގައެއް ނުގަނެވޭނެ އެވެ. އެކަމުގެ މިސާލެއްގެ ގޮތުން އޭނާ ދެއްކެވީ، އޮންލައިންކޮށް ކިޔަވާއިރު ލިޔަންކިޔަން ނުދަންނަ ކުއްޖަކަށް ދިމާވާނެ ގޮންޖެހުންތަކެވެ. ބައެއް ސްކޫލްތަކުގައި މިހާރު ވެސް ރަނގަޅަށް ލިޔަންކިޔަން ނުދަން ދަރިވަރުން އުޅެ އެވެ. އެކުދިންނަށް ޓީޗަރުންގެ ވަރަށް ބޮޑު އެހީތެރިކަމެއް ދޭން ޖެހެ އެވެ.

"ކުރިން އެ ކުއްޖާ ކައިރީގައި ބަހައްޓައިގެން، އަތުގައި ހިފަހައްޓައިގެން ހުރެ އަކުރު އަޅަައި މި ދެނީ އިނގިލި ޖައްސައިގެން. [މިހާރު] އެ ފުރުސަތެއް ނެތް ދެއްތޯ،" ނަން ނުޖަހަން ޝަރުތުކޮށް ވާހަކަދެއްކެވި ޕްރިންސިޕަލަކު ވިދާޅުވި އެވެ.

"ޕޭރެންޓުންގެ ކަންބޮޑުވުންތައް އަޅުގަނޑުމެން އަންޑަސްޓޭންޑް އެބަ ވެއޭ ވަރަށް ބޮޑަށް. އެހެން ނަމަވެސް މި ހާލަތުގައި ކުރެވޭނެ ކަމެއް ނެތް."

އޭނާ ވިދާޅުވީ މި ހާލަތުގައި ކީ ސްޓޭޖް 1، 2 (ގްރޭޑު1-6) ގެ ދަރިވަރުންގެ ކިޔެވުމުގައި ލިބޭ ކުރިއެރުން ވަރަށް ކުޑަވާނެ ކަމަށެވެ. އެކަމަކު އެންމެ ބޮޑު ގެއްލުމެއް ލިބޭނީ މި އަހަރު ގްރޭޑު 9 ގައި ކިޔަވާ ދަރިވަރުންނަށް ކަން ފާހަގަކުރެއްވި އެވެ.

އަހަރުގެ ތެރޭގައި ކިޔަވައިދޭނެ ދުވަސްތައް ކަނޑައަޅަނީ އެޑިއުކޭޝަން މިނިސްޓްރީންނެވެ. އެއާ އެއްގޮތަށް، އެ ޓާމެއްގައި ކިޔަވައިދޭނެ ކޮންޓެންޓް ނިންމާނީ އެ ސްކޫލަކުންނެވެ.

ކީ ސްޓޭޖް 4 އަށް ކިޔަވައިދޭ ޓީޗަރަކު ބުނީ ގްރޭޑު 10ގެ ދަރިވަރުންގެ ކޮންޓެންޓް މިހާރު ކަވަރުކުރެވިފައިވާ ކަމަށެވެ. އެހެންވެ އެ ކުދިންނަށް ބޮޑަށް މިހާރު އޮތީ އަންނަ އަހަރުގެ މެއި/ޖޫންއަށް ފަސްކޮށްފައިވާ އޯ ލެވެލް އިމްތިހާނަށް ތައްޔާރުވުން ކަމަށް އޭނާ ބުންޏެވެ.

މި އަހަރުގެ ޖެނުއަރީ މަހު ދިރާސީ އާ އަހަރުގެ ކިޔެވުން ފެށި ދުވަހު އިމާދުއްދީން ސްކޫލްގެ ދަރިވަރުން ސްކޫލްގައި ---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

"ދެން ތިބި ގްރޭޑުތަކުގެ ދަރިވަރުން އަދިވެސް ކަވަރުކުރަން ބައިވަރު ބައިތައް ހުންނާނެ. މިހާރު ހަފުތާއަކު ދެ ޕީރިއަޑުވަރު އިންނަނީ. އާއްމު ހާލަތުގައި ގިނަ މާއްދާތަކަށް ފަހެއް ނުވަތަ އެއަށް ވުރެ ގިނަ ޕީރިއަޑްސް އިންނާނެ ހަފުތާއަކު. އެހެންވީމަ ހުންނާނެ ބައިވަރު ޓޮޕިކްތައް ކަވަރުކުރަން،" ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަދެއްކި ޓީޗަރު ބުންޏެވެ.

ނިއު ނޯމަލްގައި ކިޔަވައިދިނުމުގެ އުސޫލަށް ގެނައި ބަދަލާ އެކު، ގްރޭޑް 5 އިން ފެށިގެން ގްރޭޑް 8 ގެ ދަރިވަރުންނަށް ނަގައިދޭނީ ހަފުތާއަކު ޖުމްލަ 24 ޕީރިއަޑެވެ. ގްރޭޑު 9، 10 ގެ ދަރިވަރުންނަށް ނަގައިދޭން ހަމަޖައްސާފައިވަނީ 23 ޕީރިއަޑެވެ.

ބެލެނިވެރިއަކު ބުނި ގޮތުން، އޭނާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މިހާރު ދަރިވަރުންނަށް ކިޔަވައިދެމުން އަންނަ ފިލާވަޅުތައް ރަނގަޅަށް ނަގައިނުގަނެވޭތީ އެވެ. ކިޔެވުން މިގޮތަށް ދާތީ ކަންބޮޑުވާކަން ފާހަގަކޮށް އޭނާ ބުނީ އެހެން ބެލެނިވެރިން ވެސް ބޭނުންވަނީ ދަރިވަރުންގެ ފިލާވަޅުތައް އަންނަ އަހަރު އަލުން ނަގައިދޭން ކަމަށެވެ.

"[މިނިސްޓްރީން] ބުނެފައި އެބަ އޮތް ރިޕީޓެއް ނުކުރާނެއޭ. އެކަމަކު ވަރަށް ބޮޑު އެއްޗެއް ދޯ ގެއްލިގެން ދިޔައީ. އަހަރެން ދަންނަ ވަރަށް ގިނަ ބެލެނިވެރިން ބޭނުންވާ ގޮތަކީ މި އަހަރު ދެން ސްކޫލު މިގޮތަށް ބަހައްޓާފައި އަންނަ އަހަރު މި އެއްޗެހި ގްރޭޑު 4 ވިއްޔާ 4 ގައި ގްރޭޑު 9 ވިއްޔާ 9 ގައި [އަލުން] ކިޔަވައިދިނުން. އެއީ ބެލެނިވެރިން ވެސް ބޭނުންވާ ގޮތަކީ،" އޭނާ ބުންޏެވެ.

ޕްރައިވެޓް ސްކޫލުތަކަށް ވާނީ ކިހިނެއް؟

އަމިއްލަ ސްކޫލަކުން ވާހަކަދެއްކެވި ބޭފުޅަކު ވިދާޅުވީ މިިދިޔަ މާޗު މަހު ސްކޫލުތައް ބަންދުކުރުމާ އެކު އޮންލައިންކޮށް ކިޔަވައިދޭން ފެށި ކަމަށެވެ. އޭގެ ފަހުން ބަރާބަރަށް ކްލާސްތައް ކުރިއަށް ގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް މިނިސްޓްރީގެ އެކަޑެމިކް ކަލަންޑަރަށް އަމަލުކުރުމަކީ އެ ސްކޫލުތަކަށް މަޖުބޫރުކަމެކެވެ.

އޭނާ ވިދާޅުވީ އަންނަ ޑިސެމްބަރު މަހު ނިމޭ ފުރަތަމަ ޓާމާ އެކު ދަރިވަރުންގެ ފޮތްތަކުގައި ހުރި ފިލާވަޅުތައް ކަވަރުވާނެ ކަމަށެވެ. އެކަމަކު ފޮތުގައި ހިމެނޭ ބައިތަކުގެ އިތުރުން އެހެން އެއްޗެހި ވެސް ކިޔަވައިދޭން ޖެހޭތީ މިހާރު ހަމަޖައްސާފައިވަނީ، އެކަޑެމިކް ކަލަންޑަރަށް އިތުރުކުރި ހަ މަހުގެ ތެރޭގައި އެ ތަފްސީލުތައް ކިޔަވައިދޭން ކަމަށް ވިދާޅުވި އެވެ.

މާލޭގެ އަމިއްލަ ސްކޫލެއް ކަމަށްވާ ބްރައިޓްވޭގެ ދަރިވަރުން ޓެސްޓެއްގައި: އަމިއްލަ ސްކޫލްތަކުން އޮންލައިންކޮށް ކިޔަވައިދިނުން ބަރާބަރަށް ކުރިއަށް ގެންދޭ

"ތިއަރީ ބައި އަޅުގަނޑުމެންނަށް އެބަ ގެންދެވޭ. އެކަމަކު މިހާރު އަޅުގަނޑުމެން ކިޔަވައިދިނުމުގެ ސިސްޓަމެއް ނޫން އެއީކީ ހަމައެކަނި ތިއަރީ ބޮލަށް އަޅާލާފައި ދޫކޮށްލުން. އަޅުގަނޑުމެންނަށް ވެސް ފޮތްތައް ކަވަރުވާނެ. އެކަމަކު އަޅުގަނޑުމެން ފޮތްތަކުގައި މި ބުނަނީ ވީހާ ވެސް ބްރޯޑް ސެންސްއަކަށް ދާށޭ. މަޑުމަޑުން ޕްރޮމޯޓްކޮށްގެން ގެންދާށޭ،" އޭނާ ވިދާޅުވި އެވެ.

"ފޮތް ހުސްވެއްޖެ ކަމަށް ބުނެ އަތް އުރާލައިގެން ވެސް ނުތިބެވޭނެ. އަންނަ އަހަރަށް ކޮންމެވެސް ލެސަންތަކެއް ބަހައްޓައިގެން އެ ބައިތައް އަންނަ އަހަރަށް ކިޔަވައިދިނުމަށް މިހާރު މަސައްކަތް ކުރަނީ."

ތައުލީމީ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ އެ ބޭފުޅާ ވިދާޅުވީ ދަރިވަރުންގެ ފެންވަރު ރަނގަޅު ނަމަ އެ ކުދިންގެ ގްރޭޑު ބަދަލުކޮށްދޭން ބެލެނިވެރިން އެދެމުން އަންނަ ކަމަށެވެ. އެއާ އެކު، އަމިއްލަ ސްކޫލުތަކުގައި އޮންލައިންކޮށް ކިޔަވައިދީފައިވާ ވަގުތުތައް ބެލުމަށް ފަހު އެ ސްކޫލުތަކަށް ފަހި ފުރުސަތުތަކެއް، އެޑިޔުކޭޝަން މިނިސްޓްރީން ދޭން ޖެހޭނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

"މިނިސްޓްރީން ފްލެކްސިބިލިޓީ ދީފި ނަމަ ޖެނުއަރީން ފެށިގެން ހަމަ ކުރިއަށް ދާން ބޭނުންވޭ. އެކަމަކު މީގެ ކުރިން ވެސް އޮންނަ ސިޔާސަތަކީ އިންޓަނޭޝަނަލް ސްކޫލުތައް، އެޑިއުކޭޝަން މިނިސްޓްރީގެ އެކަޑެމިކް ކަލަންޑަރު ފޮލޯކުރަން ޖެހުން،" އޭނާ ވިދާޅުވި އެވެ.

ކޮވިޑުގެ ސަބަބުން މާލޭގެ ސްކޫލުތައް ބަންދުކޮށްފައިވިއަސް ރަށްރަށުގެ ސްކޫލުތަކުގެ ކިޔެވުން ބަރާބަރަށް ކުރިއަށް އެބަ ގެންދެ އެވެ. އެކަމަކު އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ރަށްރަށުގައި ވެސް ކިޔަވައިދޭނީ މިނިސްޓްރީން ކަނޑައަޅާފައިވާ ވަގުތުތަކަށް ކަމަށެވެ. އެހެންކަމުން މިހާރު ކުރިއަށް މިދާ ދިރާސީ އަހަރުގެ ދެވަނަ ޓާމް، އެއްވެސް ސަރަހައްދެއް، އެއްވެސް ސްކޫލެއް އިސްތިސްނާވުމެއް ނެތި، ފަށާނީ އަންނަ ޖެނުއަރީ މަހު އެވެ.

15 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 18%
icon angry icon angry 82%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހެޔޮގޮތެއް ނެތް!

27 August 2020

މިފަހުން، ރައްކާތެރި ކަ މާއިއެކު، ގްރޭޑް 9 ން މައްޗަށް، ސްކޫލްތައް ހުޅުވައިގެން ދަރިވަރުން ސްކޫލަށް ގެންގޮސްގެން ކިޔަވައިދެތޯ ސްކޫލްތަކުން ވަރަށް މަސައްކަތެއް ކުރި އެވެ. ނަ މަވެސް ބެލެވިވެރިންގެ އެއްބާރުލުން ނުލިބ،، ޚާޟިރީ ދަށްވެ ޓީޗަރުންނަށް ޖެހެނީ، ސްކޫލަށް ޚާޞިރުވާ ދެތިން ކުޖަކަށް ކްލާސްތައް ނަގައި ދިނު މަށްފަހު، ޚާޟިރު ނުވާ ކުދިންނަށް އޮންލައިން ކްލާސްތައް ވެސް ނަގައިދޭށެވެ. ހެޔޮ އެއްގޮތެއް ވެސް ނެތެވެ!

The name is already taken The name is available. Register?

ވާވު

27 August 2020

ކުރިން ކުދިން ސްކޫލަށް ދިއައިރު ކޮންސެޓާ ކުޅިވަރާ މުބާރާތްތަކާ އިޖްތިމާއީ ވަރަށް ގިނަ ކަންކަމަށް ދުވަސްތައް ހޭދަވޭ. މިހާރު އެކަންކަން ނެތުމުން ހުރިހާ ދުވަހެއްހެން އެއޮންނަނީ ކިއެވުމަށްނޫންބާ؟ ދެން ދުވަސްތައް މަދުވެގެން އުޅޭ ސަބަބެއް ނުވިސްނޭ. ބައެއްފަހަރު ޓީޗަރުން އެބަ ނަގައިދޭ 3 ކްލާސް އެއްކޮށްލާފަ އޮންލައިންކޮށް. އެއީ ޓީޗަރުންނަށް ސޭވްވާ ގަޑިއެއްނޫންބާ؟ އަދި ކުދިންލައްވާ މަސައްކަތްކުރުވަން އެއްވެސް މަސައްކަތެއް ކުރާކަށްނުޖެހޭ ޓީޗަރުންނަށް.

The name is already taken The name is available. Register?

ހަނުހުންނަ މީހާ1

27 August 2020

އަޅުގަނޑުގެ ދަރި ގެންގުޅުނީ ޕުރައިވެޓް ސުކޫލެްްގައި. ނުކިޔަވައިދެވުނަސް ފައިސާ ދައްކަންޖެހޭތީ ސަރުކާރު ސުކޫލަކަށް ބަދަލުކޮށްފިން

The name is already taken The name is available. Register?

ޜައްޔިތުއާއިސަ

27 August 2020

އޮންލައިންކޮށް ކިޔަވަދޭއިރު އެންމެ ބޮޑު ޗެލެންޖެއްކުރިމަތިވަނީ ވަޒީފާއަށްދާ އަދި މަސައްކަތުގެ ގޮތުން ގިނަވަގުތު ހޭދަވާ މައިންނަށް. އޮންލައިންކޮށްފިލާވަޅުތައް ފަހުންހަދަންހަވާލުކުރާއިރު ޓީޗަރެއްގެ ދައުރުވެސް މިއަދާކުރަނީ އެފަދަ މައިން. ޓިޗަރުން އިންލައިންވާވަގުތު އިތުރުކޮށްގެންވެސް ކުދިންލައްވާ ފިލާވަޅުނިންމާފަ ކުލާސްނިންމާލުމެއްނޯވޭ. ކޮންމެކޮންމެ މަޔަކަށްނުވަތަ ބަފަޔަކަށްނޭނގޭނެ ފިލާވަޅުބުނެދޭކަށްވެސް

The name is already taken The name is available. Register?

9898

27 August 2020

ތައުލީމީ ވުޒާރާއިން ކީއްތަ އެކުރަނީ؟ ކިޔާއެއްޗެއް ދިމައެއްނުވޭ، ހީވަނީ މީހަކަށް ފޮނިދައްކަން އުޅޭހެން. ހެޔޮނިޔަތެއް ނުފެނޭ. ޓެލެކިލާހެކޯ. ރިޕީޓްނޫން ކަމެއްނުކުރޭ. އަދި އެއީ ކޮން ބޭނުމެއްގައި ކުރާ ކަމެއްތަ؟ ބޭކާރު ކަމެއްނޫނީ މިސަރުކާރުން ނުކުރުމަކީ "އަމާޒް" އެއްތަ؟

The name is already taken The name is available. Register?

ފފފފފ

27 August 2020

އަމާބުނީތީ ފަރައްދާހެން ކަންކަން ކުރުން އެއަށް ކިޔަނީ. ތައުލީމަށް އިސްކަންދޭނަމަ ހަދާނެގޮތަކީ ކުއްޖާގެ އުމުރުން 1 އަހަރު އިތުރަށް ކިޔެވުމަށް ހޭދަކުރަންޖެހުނަސް މިއަހަރު މިއީ ތައުލީމީ އަހަރުން ނުހިނގާ އަހަރެއްގެ ގޮތުގައިބަލައި މިއަހަރު ގްރޭޑް 1 ގައި ތިބިކުދިންން ދެން ފެށޭ ތައުލީމީ އަހަރުވެސް ހަމަ ގްރޭޑް 1 ގައި ބޭތިއްބުން. އަދި 10 އަހަރުގެ ޕްލޭނެއްހަދާ 10 އަހަރުފަހުން ދެން މިހާރު މިހިނގާ ސިސްޓަމަށް އަހަރުން ބެލުން.

The name is already taken The name is available. Register?

ނަގަންވީއޭ

27 August 2020

ސްކޫލް ގައި ކިޔަވާދޭއިރު ގްރޭޑް އެކެކުން ފެށިގެން ކިޔަވާ ކުދިން އަކީ އެއީ މަސައްކަތް ކުރާ ހިއުމެން މެޝިންސް ތަކަށް ހެދުމަށް ޓަކައި އެބަޖެހޭ ތިއަރީ އަދި ޕްރެކްޓިކަލް އެކްސްޕީރިއެންސް ލިބޭނެ އުސޫލުން ސްކޫލް ތަކުން ކިޔަވާދޭން އެކަން ކުރެވޭނީ ކޮން ސްކޫލެއްގައި ކޮންމެ ކްލާހަކަށް ލެބެއް ވާރކްޝޮޕް އަކާއި އެކު ހުރެގެންނޭ އިސްކަންދަރު ސްކޫލް 25 ބުރިއަށް ނަގަންވީއޭ އެކަން ކުރަން ދެން ހުޅުމާލޭގައި 1000 ފޫޓް 1000 ފޫޓް ގެ ސްކޫލެއް ބިނާ ކުރަންވީ 150 ބުރިއަށް

The name is already taken The name is available. Register?

ފެންވަރުދަށޭ

27 August 2020

ރާއްޖޭގެ ސްކޫލް ތަކުން ވަކިން ޚާއްސަ ކޮށް ރާއްޖެތެރޭ ސްކޫލް ތަކުން ނިމިގެން އަންނަ ކުދިންގެ މެތެމެޓިކަލް ނޮލެޖް ވަރަށް ދަށް ހިސާބު އިލްމަށް ވަރަށް ނުފަރިތައޭ ގްރޭޑް 10 ނިންމާއިރު ވެސް މިހެން މިވަނީ އެއީ ކިޔަވާ ކުދިންގެ ވޮލިއުމް ބޮޑު ކުރަން ސަރުކާރުން މަސައްކަތް ކުރާތީވެ ރިސޯރޓްސް ތަކުގެ ޓެކްނިކަލް ޑިޕާރޓްމެންޓަށް ބޭނުންވާ މީހުން ނަށް ކަމުނުދޭ ރާއްޖެތެރޭ ސްކޫލް ގްރޭޑް 10 ނިންމާފައި އަންނަ ކުދިން ހިސާބު އިލްމް އަދި ދިވެހި ބަސް އަދި އިނގިރޭސި ވެސް

The name is already taken The name is available. Register?

އަލިހަންޑޯ ޓޮލޭޑޯ

27 August 2020

ކުދިން އޮންލައިން ކްލާހުގައި މަޑުމަޑުން ތިބެގެން ފިލާވަޅުތައް އަޑުއަހައިހެދުމުގެ ޝައުގެއްނުހުރޭ. ސަބަބަކީ ސްކޫލްގައި ކުދިން ކިޔަވަނީ ވަރަށް އެކްޓިވްކޮށް ހަލަބޮލި މާހައުލެއްގައި. އަޅުގަނޑުމެން ސްކޫލްގައި އުޅުނު އިރު މާގިނަ އެކްޓިވިޓީތަކެއް ނޯންނާނެ. އޭރުގައި މަޑުމަޑުން ތިބެގެން ކްލާހުގައި ކިޔަވަނީ، ބޯޑުން ފިލާވަޅު ނަގައިގެން ނޫނީ ޓީޗަރު ކިޔައިދިނުމުން ފޮތަށް ނަގައިގެން. މިހާރު ގިނަކުދިންތިބެނީ ހައިޕަރއެކްޓިވް ވެފައި.

The name is already taken The name is available. Register?

އަލިހަންޑޯ ޓޮލޭޑޯ

27 August 2020

މިހާރު ކުދިންކިޔަވާ ގްރޭޑް ރިޕީޓްކޮށްލުން އެންމެ ރަނގަޅު ގޮތަކީ. ދިރާސީ އައުއަހަރު 2222 ޖެނުއަރީގައި ފަށާގޮތަށް. އަޅުގަނޑުގެ ދަރިފުޅު ކިޔަވަނީ ގްރޭޑް 4 ގައި. އޭނާ އޮންލައިން ކްލާސްތަކަކަށް އެއްގޮތަކަށްވެސް އިންޓްރެސްޓެއް ނުހުރޭ. ގަދަކަމުން ޓެބް ދީފައި ބެހެއްޓުމުން އޭނާ ކުރާކަމަކީ ޗެޓްކުރުމާއި ކުޅޭ އެއްޗެތި ހިފައިގެން ކުޅުމާއި އާޓްވޯކްސް ހެދުން. ގެންގުޅޭ ތަކެތި އަތުލައިފިނަމަ ބޮޑާހާކާފައި ދަނީ. ބުނަނީ މިކްލާސް ބޯރިނގްއޭ. ކަނެކްޝަން މައްސަލަ އެހާބޮޑު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!