ރިޕޯޓް / ޕީޕީއެމްގެ ކޯޅުން

މަޖިލިސް މެމްބަރުން އަދިވެސް ދާނީ ދެ ބައިވަމުން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން. ރައީސް ޔާމީނަށް ތާއީދުކުރާ މެމްބަރުންގެ އަދަދު ދަނީ މަދުވަމުން - ފޮޓޯ: މަޖިލިސް

ޕީޕީއެމްގެ އެތެރޭގެ ކޯޅުން ބޮޑުވެ ޕާޓީ ދެ ބައިވިިއިރު ގިނަ ބައެއް ސަމާލުކަން ހުއްޓިފައި ވަނީ އެ ޕާޓީ ތަމްސީލްކުރާ ރައްޔިތުންގެ މަޖިލިސް މެމްބަރުން ނަގާ ކޮޅަކާ މެދުގަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ސާފު އަޣުލަބިއްޔަތު އޮތީ ސަރުކާރު ހިންގާ މައި ޕާޓީގަ އެވެ.

ރައީސް އަބްދުﷲ ޔާމީނާއި މައުމޫން އަބްދުލް ގައްޔޫމާ ދެމެދު ހިޔާލު ތަފާތުވުން އުފެދި ޕާޓީ ދެ ބައިވެގެން ދިޔައިރު މަޖިލީހުގެ ހަތް މެމްބަރަކު މިހާރު ވެސް ވަނީ ޕާޓީގެ ރައީސް މައުމޫން ތާއީދުކުރަން ނިންމައި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ވިޕްލައިނަށް އަމަލުނުކުރާނެ ކަމަށް ފާޅުގައި ވިދާޅުވެފަ އެވެ. އެހެންވެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ރައީސް ޔާމީނަށް ގެއްލުމުގެ ބިރު ވަނީ ކުރިމަތިވެފަ އެވެ.

ފާޅުގައި މައުމޫނަށް މެމްބަރުންތަކެއް ބައިއަތު ހިފުމުން ސަރުކާރަށް ތާއީދުކުރާ މެމްބަރުންގެ އަދަދު މިހާރު އެވަނީ ގާތްގަނޑަކަށް 44 އަށް ތިރިވެފަ އެވެ. މީގެ ސަބަބުން މަޖިލިސް ތެރެއިން ސަރުކާރުން ކުރިން ނިންމި ގޮތަށް ކަންކަން ނިންމަން ފަސޭހައެއް ނުވާނެ އެވެ.

މަޖިލިސް މެމްބަރުންގެ ތެރެއިން ރައީސް މައުމޫނަށް މިވަގުތު ބައެއް މެމްބަރުން ބައިއަތު ހިފިއިރު "ދެކޮޅަށް ކިރޭ" މެމްބަރުންތަކެއް ވެސް އެބަ ތިއްބެވެ. އޭގެ ތެރެއިން ބައެއް މެމްބަރުން މިހާރު ވެސް މަޖިލިސް ތެރޭގައި ދަނީ ސަރުކާރުން ހުށަހަޅާ ކަންތައްތަކަށް ނޫނެކޭ ވިދާޅުވަމުންނެވެ.

މިވަގުތު ރައީސް ޔާމީނަށް ތާއީދުކުރައްވާ މެމްބަރަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވީ ޕީޕީއެމްގެ ގިނަ މަޖިލިސް މެމްބަރުން ތިބީ ހަދާނެ ގޮތެއް ނޭނގިފައި ކަމަށެވެ. ބައެއް މެމްބަރުން ރައީސް ޔާމީނަށާއި މައުމޫނަށް ވެސް ތާއީދުކުރައްވާ ކަމަށް ވިދާޅުވި އެވެ.

"ދާއިރާގައި މިހާރު ފަށާފައި ހުރި ތަރައްގީގެ މަޝްރޫއުތައް ކުރިޔަށް ގެންދެވެން އޮތީ ރައީސް ޔާމީނާ އެކު ހުރެގެން. އެކަމަކު ވިސްނަން އެބަ ޖެހޭ އެ މަޝްރޫއުތައް ހިންގި ނަމަވެސް ރައްޔިތުންގެ ލޯބި އޮތީ ރައީސް މައުމޫނަށް ކަމަށް ވުމުން އަންނަ ދައުރުގައި މަޖިލިސްގެ ގޮނޑި ކާމިޔާބުކުރަން އެހާ ފަސޭހައެއް ނުވާނެކަން ރައީސް ޔާމީނާ އެކު ހުރެގެން،" އެ މެމްބަރު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ބައެއް މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. ސަރުކާރަށް އޮތް ސާފު އަޣުލަބިއްޔަތު ގެއްލުމުގެ ފުރުސަތު ބޮޑު.- ފޮޓޯ: މަޖިލިސް

ރައީސް ޔާމީނާ އެކު ތިއްބެވި ބައެއް މެމްބަރުން ދެކެވަޑައިގަންނަވާ ގޮތުގައި މިހާރު ނިންމަން ޖެހިފައި ވަނީ ވަރަށް ދަތި އަދި އުނދަގޫ ނިންމެވުމެކެވެ. އެއިން ކޮންމެ ނިންމުމެއް ނިންމެވި ނަމަވެސް ފައިދާއެއް ނެތް ކަމަށް އެ މެމްބަރުން ދެކެވަޑައިގަންނަވަ އެވެ.

"މިހާރު ރައީސް މައުމޫނާ ދެކޮޅަށް ހުރެއްޖެ ނަމަ އަންނަ ދައުރުގެ ގޮނޑި ގެއްލުމުގެ ބިރު ވެސް އެބަ އޮތް. މިހާރު މިއޮތް ގޮތުން ކޮންމެ ކޮޅަކަށް ނިންމި ނަމަވެސް މެމްބަރަށް އަންނަ ޕްރެޝަރު ކުޑައެއް ނުވާނެ،" ކުރިން ވާހަކަދެއްކެވި މެމްބަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބައެއް މެމްބަރުންނަށް ވަކިކޮޅެއް ނަގަން ދާއިރާގެ ރައްޔިތުންނާއި ނުފޫޒު ގަދަ އެކި ބޭފުޅުން ޕްރެޝާކުރަމުން ވެސް ދާ ކަމަށެވެ.

"ދާއިރާގެ ރައްޔިތުން ބޭނުން ވަނީ ރައީސް މައުމޫންގެ ނިންމެވުމާ އެއްގޮތަށް ހުންނަން. އެކަމަކު ސަރުކާރުގެ ތެރެއިން ޕްރެޝަރު އެބަ އާދޭ ދާއިރާގެ ތަރައްގީއަށް މަޝްރޫއުތައް ކުރިޔަށް ގެންދަން ބޭނުން ނަމަ ރައީސް ޔާމީނާ އެކު ހުންނަން. އެހެންވެ އެއްވެސް ގޮތެއް ނިންމަން މިވަގުތު ވަރަށް އުނދަގޫ،" އެ މެމްބަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕީޕީއެމްގެ ބައެއް މެމްބަރުން އެއް ދުވަހު ރައީސް މައުމޫނަށް ތާއީދުކުރައްވާފައި ޖެހިގެން އަންނަ ދުވަހު ރައީސް ޔާމީން ކޮޅަށް ވަޑައިގަތުމުން އެ މެމްބަރުންގެ އެއްވެސް އަގެއް ނޯންނާނެ އެވެ.

"އަޅުގަނޑުމެން ދުށިން ބައެއް މެމްބަރުން މައުމޫނަށް ތާއީދުކުރައްވައި ނޫސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ފަހު ޖެހިގެން އައި ދުވަހު ރައީސް ޔާމީނަށް ތާއީދުކުރާކަން ދެއްކުމުގެ ގޮތުން ކޮންމެވެސް މިނިސްޓަރަކާ އެކު ފޮޓޯ ނެގި ތަން. އެގޮތަށް ކަންތައް ކުރުމުން އެ މެމްބަރަކަށް އެއްވެސް ބަޔަކު އިތުބާރެއް ނުކުރާނެ. ދެކޮޅަށް ފަައި ލައިގެން ހުރުމުގެ ބޭނުމެއް ނެތް ތިމާގެ އެހާ ގަޓެއް ނެތިއްޔާ،" އޭނާ ވިދާޅުވި އެވެ.

އޭނާ އެ އިޝާރަތްކުރެއްވީ ހއ. ދިއްދޫ ދާއިރާގެ އަބްދުލްލަތީފް މުހައްމަދާއި ވެލިދޫ ދާއިރާގެ މެމްބަރު މެމްބަރު އަބްދުﷲ ޔާމީނަށެވެ. އެ ދެ ބޭފުޅުން ވަނީ މައުމޫންގެ ފަޅިއަށް ޖެހިވަޑައިގަތުމަށް ފަހު އަލުން ރައީސް ޔާމީން ކޮޅަށް ދީލައިލައްވައިފަ އެވެ.

މަޖިލީހުގެ މެމްބަރުންގެ ތެރެއިން މިވަގުތު ސަރުކާރަށް ތާއީދުކުރައްވާ ބައެއް މެމްބަރުން ތިިއްބެވީ ކޮންމެވެސް ބޮޑު އެދުމެއްގައި ނުވަތަ އެނޫން ވެސް ސަބަބަކާ ހެދި "ފިތިފައި" ކަމަށް ބައެއް މީހުން ދެކެ އެވެ. އެހެންވެ ރައީސް ޔާމީނާ ދެކޮޅަށް ނުކުންނެވުމާ މެދު ގޮތެއް ނިންމަން ގިނަ މެމްބަރުން ޖެހިލުންވާ ކަމަށް ގަބޫލުކުރާ މީހުން މަދެއް ނޫނެވެ.

މަޖިލީހުގެ ޖަލްސާއެއްގައި އޭދަފުށީ ދާއިރާގެ މެމްބަރު ސަލީމް ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވީ މަޖްލިސްގެ ބައެއް މެމްބަރުން ތިއްބެވީ ބިރުން ކަމަށް. --ފޮޓޯ: މަޖިލިސް

"ސަރުކާރަށް ތާއީދުކުރާ ގިނަ މެމްބަރުންނަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވަރަށް ބޮޑެތި މަންފާ ލިބޭ ކަންތައްތައް ސަރުކާރުން އެބަ ކޮށްދޭ. އަޅުގަނޑުމެން ދެނެހުރި ބައެއް މެމްބަރުންނަށް ތެޔޮ ވިއްކަން އެކި ކަހަލަ ޑީލްތައް ހަދާފައިވާކަން. އަދި ބައެއް މެމްބަރުންނަށް އެބަހުރި ސަރުކާރުގެ ތަންތަން ނުއަގުގައި ކުއްޔަށް ދީފައި. މިކަހަލަ މަންފާތައް ލިބޭ މެމްބަރުން ވަރަށް ގިނަ،" ރައީސް ޔާމީނަށް މިވަގުތު ތާއީދުކުރައްވާ މެމްބަރަކު ވިދާޅުވި އެވެ.

ރައީސް މައުމޫނަށް ތާއީދުކުރައްވާ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވީ ރައީސް މައުމޫނަށް ތާއީދުކުރައްވަނީ އެމަނިކުފާނުގެ އުމުރުން ދުވަސްވެ، މުސްކުޅިވި ދުވަހު އެ މަނިކުފާނަށް ދެރައެއް ލިބޭ ތަން ދެކެން ބޭނުންނުވާތީ ކަމަށެވެ.

"އަޅުގަނޑުމެންނަށް މިހާރު މި ފެންނަ މެމްބަރުންގެ އިތުރަށް ވެސް އަޅުގަނޑުމެންނަށް ތާއީދުކުރާ މެމްބަރުން އެބަ ތިބި. ދެން އަޅުގަނޑުމެންނަށް ފާޅުގައި ތާއީދުކުރަން ނުކުރެފައި ތިބީ ބިރުން. ބައެއް ބޭފުޅުންނަށް ލިބޭ މަންފާ ހުއްޓިދާނެތީ ވެސް ނުކެރިފައި އެބަ ތިބި،" ސަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަޖްލިސް ބައެއް މެމްބަރުން ރައީސް މައުމޫނަށް ތާއީދުކުރައްވަނީ އެއްވެސް ހުށަހެޅުމަކާ ގުޅިގެން ނޫން ކަމަށެވެ. އަދި މަޖިލީހުގެ ކޮންޓްރޯލް އިދިކޮޅު މެމްބަރުން ހޯދައި ސަރުކާރު ހަމަ މަގަށް އަޅުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސަރުކާރަށް ތާއީދުކުރާ މެމްބަރުންގެ ތެރެއިން ހައެއްކަ މެމްބަރަކަށް ބޮޑު މަންފާއެއް ލިބެނީ. ދެން ބައެއް މެމްބަރުން އެބަ ތިބި އަނބިދަރިންނާއި ތިމާގެ މީހުން އަދި ރައްޓެހިންނަށް އެކި ތަންތަނުން ވަޒީފާ ހޯދައިދީފައި -- ރެޑްވޭވް ސަލީމް

"އަޅުގަނޑުމެން ރައީސް މައުމޫނަށް ތާއީދުކުރަން ނިންމީ އެއްވެސް ހުށަހެޅުމެއް ނެތި. އަޅުގަނޑުމެން އިތުރު މެމްބަރަކު ގެންނަން ދޭނެ ސެންޓެއްހާ މިންވަރު ވެސް ނެތް. އަދި މިތަނަށް ނުވެސް ގެންނާނަން ފައިސާއެއް ދީގެނެއް،" ސަލީމް ވިދާޅުވި އެވެ.

ސަރުކާރަށް ތާއީދުކުރައްވާ މެމްބަރުންގެ ތެރެއިން މައުމޫނަށް ތާއީދުކުރުމާ މެދު ގޮތެއް ނުނިންމާ ބައެއް ބޭފުޅުން ތިއްބެވީ ޖަލަށް ދާން ޖެހިދާނެ ކަމަށް ބިރުން ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ. ނަމަވެސް މިހާރު އެގޮތަށް ބިރުގަންނަން ނުޖެހޭ ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.

"ފްރޭމްކޮށްގެން ޖަލަށް ލާފާނެ ކަމަށް ބައެއް މެމްބަރުން އެބަ ތިބި. ނަމަވެސް އެހެން އެކަމެއް އަބަދު ނުކުރެވޭނެ. އަދި އެ ފުރުސަތެއް ވެސް ދެނެއް ނުލިބޭނެ،" އޭނާ ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ ސަރުކާރަށް ގިނަ މެމްބަރުންތަކެއް ތާއީދުކުރަނީ ބިރުން އަދި އެކިއެކި ނުފޫޒާ ގުޅިގެން ކަމަށެވެ.

"ސަރުކާރަށް ތާއީދުކުރާ މެމްބަރުންގެ ތެރެއިން ހައެއްކަ މެމްބަރަކަށް ބޮޑު މަންފާއެއް ލިބެނީ. ދެން ބައެއް މެމްބަރުން އެބަ ތިބި އަނބިދަރިންނާއި ތިމާގެ މީހުން އަދި ރައްޓެހިންނަށް އެކި ތަންތަނުން ވަޒީފާ ހޯދައިދީފައި. އެ މީހުންނަށް ހީވަނީ ވަޒީފާއެއް ގެއްލިއްޖެ ނަމަ ދެން އިތުރު ގޮތެއް ނޯންނާނެ. މިކަހަލަ މޮޔަ ވިސްނުން ވެސް އެބަ ގެންގުޅޭ ބައެއް މެމްބަރުން،" އޭނާ ވިދާޅުވި އެވެ.

ސަލީމް ދެކެވަޑައިގަންނަވާ ގޮތުގައި މިހާރު ރައީސް ޔާމީނަށް ތާއީދުކުރައްވާ ގިނަ މެމްބަރުން އަންނަ މަޖިލީހުގެ އިންތިހާބުގައި ނުހޮވޭނެ އެވެ.

"2018 ވަނަ އަހަރު ރައީސް ޔާމީނަކަށް ވެސް އިންތިހާބު ކާމިޔާބެއް ނުވާނެ. އަދި ރައީސް މައުމޫންގެ ސަޕޯޓެއް ނެތި އޭގެ ތެރެއިން ގިނަ މެމްބަރުން ވެސް ނުހޮވޭނެ،" އޭނާ ވިދާޅުވި އެވެ.

ރައީސް ޔާމީނަށް ކުރެއްވި ތާއީދު މައުމޫން އަނބުރާ ގެންދެވުމަކީ އޭގެ ޒާތުގައި ކުޑަ ކަމެއް ނޫނެވެ. މައުމޫންގެ ތާއީދާ އެކު ނޫނީ ކާމިޔާބުނުވާނެ ދާއިރާތައް ރާއްޖޭގައި މަދެއް ނޫނެވެ. އެހެންކަމުން އެ ދާއިރާތަކުގެ ބައެއް މެމްބަރުން އަވަސް ނޫނީ ފަހުން ނަމަވެސް މައުމޫންގެ ފަޅިޔަށް އެރުން ވަރަށް ކައިރި އެވެ.

54 ކޮމެންޓް, 222 ރިއެކްޝަންސް

icon happy icon happy 87%
icon sad icon sad 3%
icon angry icon angry 10%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަންމަކަޅެ

31 October 2016

ދިވެހިރާއްޖޭގެ ވެރިކަން ަޮންނާނީ ކާމިނީގޭ އާއިލާ ނޫންނަމަ އެންދެރިމާގޭ އާއިލާގެއަތުގަ އަޅުގަޑުމެން ނިންމަންޖެހޭނީ ވެރިކަން ބޢަްވާނީ އެތަނުން ކޮން އާއިލާއެއްގެ އަތުގަތޯ...ކުރިއަށް އޮތް ފަންސާސް އަހަރުވެސް މިކަން އޮންނާނީ މިގޮތަށް

The name is already taken The name is available. Register?

އައި

31 October 2016

މަޖިލިސް މެމްބަރުން ދައްކާނެތަ ތެދުބަހުން ވާހަކައެއް، މިހާރު ތިއޮތީ ބިޑަށް ލެވިފަ އޮޓޮމެޓިކުން، އެންމެ މަތިން ބިޑު ކާމިޔާބް ކުރާ މީހަކަށް ބައިއަތު ހިފާނެ،

The name is already taken The name is available. Register?

އަލީ

31 October 2016

ރަގަޅު ވާހަކައެއް..ޕީޕީއެމް ގިނަ އެމްޕީތައް މިވަގުތު ތިބީ ސައިލެންޓް މޯޑްގައި.ޔާމީނުގެ ފަހަތުގައި ފާޅުގައި ތިބީ ވަރަށް މަދުބައެއް..

The name is already taken The name is available. Register?

މަސްވެރިންނށް ލިބެމުން ދާ 10000ރ

31 October 2016

ސަލީމް ތީ ކާކުން ނޭގޭބަޔަކަށް ސަލީމްގެ ފެންވަރު ނޭގިދާނެ. އެގޭނީ ތީ މަޖްލިސްގެ އިއްޒަތްތެރި މެންބަރެއްކަން. ވައްސަލާމް

The name is already taken The name is available. Register?

ސާޕޫރު ޔަގާނެގީ

31 October 2016

މަގޭ ސަލާމް ސަލީމަށް

The name is already taken The name is available. Register?

އެއަރކޯން ޒަހަރޭ

31 October 2016

އެއްގޮތުން ނުވެއްޖެއްޔާ އަނެއްގޮތަކުން ނަޝީދު ދުއްވާލަން މަސައްކަތް ކުރިމީހުން މިހާރު ތިއުޅެނީ ހަދާނެ ގޮތް ހުސްވެގެން. ހިސާބައްވުރެ ބޮޑަށް ވެރިކަމަށް ބޫތުކޭމަ ވެސް ތިޔަހެންވާނެ. ކަލޭމެންގެ ހުރިހާ ކަމެއް ފެއިލް ވީމަ ދެން ކަލޭމެން ނިންމީ ބަގާވާތެއް ކުރަން އެކަން ވަރަށް ފުރިހަމައަށް ކަލޭމެން ކޮއްފީމު. އެކަމަކު މިހާރު ކަލޭމެން ކިރި ބަގާވާތުގެ ރަހަ ކަލޭމެންގެ ކަރުބުޑުގައި ލާދޯ.

The name is already taken The name is available. Register?

މުހަންމާ

31 October 2016

މުހިންމީ 2018 ގެ ރިޔާސީ އިންތިހާބް. އިރާދަ ކުރެއްވިއްޔާ އަންނި ކާމިޔާބް ކިރާނެ

The name is already taken The name is available. Register?

ރަހިމްބެ

31 October 2016

މަމެންގެ ބިއުޓިފުލް ސަރުކާރު ހަލާކުވަނީ ދެއަތަށް ތިންއަތަށް ކެޑޭ ބައެއްގެސަބަބުން. މިކަން މަގަށްއަޅުވަންޖެހޭ.

The name is already taken The name is available. Register?

މަހަންމާކަލޯ

31 October 2016

ބިޔުޓިފުލް އޭކިޔައިގެން ޔާމިން އަށް ކުރާ މަލާމާތެއްދޯތީ

The name is already taken The name is available. Register?

މަހޭ

31 October 2016

ދާއިރާގެ ރައްޔިތުންނަށް ދަންނަވަން، މިހާ އަމިއްލަ އެދުން އިސްކުރާ ބަޔަކަށް އިތުރަށް ވޯޓު ނުދިނުމަށް. އަމިއްލަ އެދުން އިސްކުރާނަމަ ދާއިރާއަށް ކޮން ފައިދާއެތްތޯ ލިބެނީ؟ އަދި ރިޔާސީ ފަހު ދޮޅު އަހަރަށް އެޅީމާ ދެން ކޮނަް އިތުރު މަޝްރޫއެއްތޯ ހިންގޭނީ؟

The name is already taken The name is available. Register?

އީމެއިލް

31 October 2016

މަގޭ ހިތައް އަރަނީ ސަރުކާރުން ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތެއް ދިނުމަށް މިކަހަލަ ޝަރުތު ކުރެވިދާނެބާއޭ. މަޖިލިސް މެމްބަރު ކޮންމެ ކޮޅަކަށް ކޮންމެ ޕާޓީއެއްގަ ހުއްޓަސް ސަރުކާރުން ކޮށްދޭންޖެހޭ ކަންތައްތައް ކޮށްދޭންޖެހޭނެ. އަމިއްލަ އެދުން ބޮޑުވިއަސް ފުކެއް ބޮޑުވަރު. އަންނި ވެރިކަމަށް އަންނަނީ އަންނިއަށް ތާއީދު ކުރާ މީހުންނަ ކަންތައް ކޮށްދޭކަށް ނޫން. ވަހީދު ވެރިކަމަށް އަންނަނީ ވަހީދަށް ތާއީދު ކުރާ މީހުންނަ ކަންތައް ކޮށްދޭކަށް ނޫން. އަދި ހަމަ މިހެން ޔާމީނު ވެރިކަމަށް އަންނަނީ ޔާމީނަށް ތާއީދު ކުރާ މީހުންނަ ކަންތައް ކޮށްދޭކަށް ނޫން.

The name is already taken The name is available. Register?

ހެއްރަބެ

31 October 2016

ސަރުކާރުން މެމްބަރުންނަށް ބިރެއް ނުދެއްކޭނެ، މެމްބަރުން ސަރުކާރުދެކެ ބިރުގަންނަން ޖެހެނީ ސަރުކާރުގެ ދަށުވެފަ ތިބީމަ!! ގޯނި ގޯންޏަށް އަޅައިގެން ދިޔަ އެއްޗެހީފަ ހިފިފަ ތިބީމަ، މުޅި އާއިލާޔަށް ކުންފުނިތަކުން ވަޒީފާދީފަ ތިބީމަ، ބޮޑެތި ޕްރޮޖެކްޓްތަށް ބިޑަކާނުލާ ދީފަހުރީމަ، ރައްތަކާ ފަޅުތައް ދީފަހުރީމަ، މިކަންތަކަކީ މެމްބަރުންގެ ކަރަށް މަހާފަހުރި މަޅިތައް. ކިހިނެއް ހިރިވެސްނުލެވޭނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454