ރިޕޯޓް / ދަނގެތީގައި މީހަކު މަރާލުން

މަހުމޫދުގެ މަރު: ސާލިމް ހައްޔަރުކުރުމަކީ ލިބުނު ހައިރާންކަމެއް!

މަހުމޫދު މަރައިލި މައްސަލައިގެ ތުހުމަތަށް ހައްޔަރުކުރި ބިދޭސީމީހާ ބިޑި އަޅުވައިގެން ދަނގެތި ޕޮލިސް ސްޓޭޝަނަށް މިއަދު ވައްދަނީ.---ފޮޓޯ: ނިޝާން އަލީ/ މިހާރު

16 އޮކްޓޯބަރ 2021 - 19:11

38 comments

ދަނގެތީގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރުގެ މަރުގެ ހާދިސާ އެނބުރިގެން މި ދަނީ ހީނުކުރާ ކަހަލަ ގޮތަކަށެވެ؛ މި ރަށުގެ މީހުންނަށް މިއަދު ކުއްލި ހައިރާން ކަމެއް މި ގެނުވީ މި ރަށުގައި ދިރިއުޅޭ އުމުރުން ދުވަސްވީ މީހަކު ބަލަހައްޓަން ގެނެސްފައި ހުންނަ ބަންގްލަދޭޝްގެ ޒުވާން ސާލިމް ހައްޔަރު ކުރުމާ އެކު އެވެ.

މި މަރުގެ ތުހުމަތު އެންމެ ފުރަތަމަ ކުރެވުނީ އެހެން ރަށަކުން އައިސް މި ރަށުގައި އުޅޭ ދެ މީހަކަށެވެ. އެއީ އެފަދަ ނުބައި ކަމެއް ކުރަން ކެރޭ ވަރުގެ ބަޔަކު އެ ނޫނީ ރަށުގައި ނޫޅޭނެ ކަމަށް ގަބޫލު ކުރެވޭތީ އެވެ. އެކަމަކު ބޮޑު ޖަރީމާގެ ތުހުމަތަށް މިއަދު ސާލިމް ހައްޔަރުކުރުމާ އެކު މި ދެ މީހުންނާ ހިސާބުން ތުހުމަތު ނުނިމޭކަން މިހާރު ވަނީ އެނގެން ފަށައިފަ އެވެ.

މީގެ ކުރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ، މި ރަށުގައި އުޅުނު ތޮއްޑޫ ތިން މީހުން ފުރަތަމަ ގެންދިޔައީ އާންމުން ރުޅިގަދަވެފައި ތިބުމުން "ހިމާޔަތް" ދޭން ކަމަށް ވިޔަސް އެ މީހުން މިހާރު އެހެން މައްސަލައެއްގައި ތިބީ ހައްޔަރުކޮށްފަ އެވެ. އެ މީހުންނަށް މަރުގެ ތުހުމަތު ރަސްމީކޮށް އަދި ކޮށްފައެއް ނުވެ އެވެ.

ސާލިމް ހައްޔަރުކޮށްގެން ފުލުހުން ގެންދަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސާލިމް ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން، އުމުރުން ދުވަސްވީ މީހާ ދިރިއުޅޭ ގެއަށް ގޮހެވެ. އުމުރުން ދުވަސްވީ މީހާ އެހެން ގެއަކަށް ފޮނުވާލައި، ފޮރެންސިކް ފުލުހުން ވެސް އަންގި އަރުވައިގެން ގޭތެރެއަށް ވަދެ ހަރަކާތްތެރިވި އެވެ.

ސާލިމް ހައްޔަރު ކުރުމަށް ފަހު އޭނާ ނުނެރެ އެ ގޭގެ ބޭރުގައި ފުލުހުން ގިނަ އިރުތަކެއް ވަންދެން މަޑު ވެސް ކުރި އެވެ. ކޯޑޯން ކުރި ސަރަހައްދުގެ ބޭރުގައި ގިނަ އަދަދެއްގެ އާންމުން ވެސް އެއްވެ ތިއްބެވެ.

ގެ ވަށައިގެން ބޮޑު ސަރަހައްދެއް ކޯޑޯންކޮށް ބަހައްޓާފައި ފުލުހުން އޭނާ ޕޮލިސް ސްޓޭޝަނަށް ގެންދިޔައީ އެ ރަށު ގެސްޓްހައުސްއެއްގެ ކާރަކަށް އަރުވައިގެންނެވެ. ޕޮލިސް ސްޓޭޝަނަށް އޭނާ ވެއްދި އިރު ހުރީ ވެސް ބިޑި އަޅުވައިފަ އެވެ.

ސާލިމް އަކީ ކާކު؟

ދަނގެތިން ވާހަކަ ދެއްކި މީހުން ބުނި ގޮތުގައި ސާލިމް އަކީ ވަރަށް މަޑުމަޑުން ހުންނަ މީހެކެވެ. އޭނާ އަކީ މިކަހަލަ ކަމަކަށް އެއްވެސް މީހަކު ޝައްކު ކުރާ ވަރުގެ ވެސް މީހެއް ނޫން ކަމަށް މި ރަށުގެ މީހުން ދެކެ އެވެ.

އޭނާ އަބަދުވެސް އުޅޭނީ އޭނާ ބަލަހައްޓަން ހަވާލުކޮށްފައި ހުންނަ މީހާގެ ގާތުގަ އެވެ. އުމުރުން ދުވަސްވީ މީހާ ބޭރަށް ނުކުތަސް ބައެއް ފަހަރު އޭނާއެކު ވެސް އުޅޭނެ އެވެ. އޭނާ އަަކީ އިތުރު އެއްވެސް މަސައްކަތެއް ކުރާ މީހެއް ކަމެއް އެނގިފައެއް ނެތެވެ.

ސާލިމް އެކަނި މަގުމަތިން ފެންނާނީ ވެސް މަދުމަދުންނެވެ. އެއީ ރަށުގެ މީހުންނާ މާ ގިނައިން ވާހަކަ ދައްކައި ހަދާ މީހެއް ވެސް ނޫން ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހުން ބުނެ އެވެ.

ސާލިމް ދިރިއުޅޭ ގެ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މިސްކިތަށް ގޮސް އުޅޭ މީހުން ބުނާ ގޮތުގައި ސާލިމް އަކީ ބަރާބަރަށް ނަމާދު ވެސް ކުރާ މީހެކެވެ. ފަތިހު ހޭލައިގެން ފަތިސް ނަމާދަށް ވެސް ދާނީ މިސްކިތަށެވެ.

"މިހާރަ"ށް ދިން އިންޓަވިއުގައި ދަނގެތީ ކައުންސިލުގެ މެމްބަރުން ވިދާޅުވެފައި ވަނީ އެ ރަށަކީ އަމާން އެއްބައިވަންތަ ރައްޔިތަކު އުޅޭ ރަށެއް ކަމަށެވެ. އަދި އެ ރަށުގެ ބަޔަކު މީހަކު މަރާލުން ފަދަ ބޮޑު ކުށެއް ކުރާނެ ކަމަށް ގަބޫލެއް ނުކުރެވޭ ކަމަށާއި އެންމެންނަކީ ވެސް އެކަކު އަނެކަކު ދަންނަ މީހުން ކަމަށް ވެސް ވިދާޅުވި އެވެ. ދަނގެތީގައި ގިނަ އަދަދެއްގެ ބިދޭސީން ވެސް އުޅޭ އިރު އެ މީހުންގެ ފަރާތުން ވެސް މީގެ ކުރިން ގޯސް އަމަލުތަކެއް ފެނިފައި ނެތް ކަމަށް ވެސް ކައުންސިލުގެ މެމްބަރުން ވިދާޅުވި އެވެ.

މަހުމޫދު ގެއްލުނު ރޭ ގޯތި ތެރެއިން އަޑެއް އިވިގެން ރަށުގެ މީހަކު އެ ގޭގެ ތެޅިގަލުން ހަދާފައި ހުރި، ފުދޭވަރަކަށް ތިރި ފާރެއްގެ މަތިން ބަލާލި އިރު އޭނާ ޝައްކު ކުރެވޭ އަމަލުތަކެއް ކުރަނިކޮށް ފެނުނު ކަމަށް ފުލުހުންނަށް ވަނީ މައުލޫމާތު ދީފަ އެވެ.

މަންޒަރު ދުށް ފަރާތަށް ފެނުނީ އަނދިރީގައި މީހެއްގެ ދެ ފައިގައި ހިފާފައި ދަމަމުން ގެންދާ ކަމަށް ބެލެވޭ މަންޒަރެއް ކަން "މިހާރު" އަށް ވަނީ ކަށަވަރު ވެފަ އެވެ. އެކަމަކު، އަނދިރިކަމުން އެއީ ކިހިނެެއް ހިނގައިދިޔަ ކަމެއްކަން އޭނާ އަކަށް ވެސް ޔަގީނެއް ނޫނެވެ.

އެ މަންޒަރު ފެނުނީ މަހުމޫދު ގެއްލިގެން ހޯދުމުގެ މާ ކުރިންނެވެ. އެނގިފައިވާ ގޮތުގައި އެ ރޭ ގާތްގަނޑަކަށް 9:00ގެ ފަހުން ފެނުނު އެ މަންޒަރު އެ ގޭގައި އުޅޭ އުމުރުން ދުވަސްވީ މީހާގެ އާއިލާ މީހަކާ ހިއްސާ ކުރުމުން އެ ވާހަކަ އެހުމުން، ބުޅަލެއް މެރީ ކަމަށް ސާލިމް ބުނެފައިވެ އެވެ.

38 ކޮމެންޓް, 29 ރިއެކްޝަންސް

icon happy icon happy 21%
icon sad icon sad 45%
icon angry icon angry 28%
icon wow icon wow 7%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބާޣީ އަފީފް ދީދީ

18 October 2021

މިގައުމުގެ މީހުން ބަންގާޅީން ދަސްކުރަން ވެއްޖެ. ދުނިޔޭގެ ގައުމުތަކަށް ބަންގާޅީންނަކީ ކޮންބަޔަކުކަން އެނގި ބަންގާޅީން އެތެރެވުން މުޅިން މަނާކުރާ ގައުުމުތައްވެސް އެބަހުރި. އެންމެ ފުރަތަމަ ވިސާނެތި ބަންގާޅީން މިތާ އުޅޭއިރު ތަނެއްގެ ގާނޫނާޚިލާފަށް ރުހިގެން އަމިއްލަޔަށް އުޅޭނީ ކޮންވައްތަރެއްގެ އިންސާނުންތޯ ބަލާލަންވީ ނޫންބާ. އަހަރެމެން އެހެންގައުމަކަށްގޮސް ވިސާނެތި ވަގަށް އުޅެވެންއޮތުމުން އެގޮތަށް އުޅޭނެބާ. ބަންގާޅީންނަކީ ކޮންމެފަދަ ކުށަކަށްވެސް އަރާ

The name is already taken The name is available. Register?

ރޭޑިއޯ

18 October 2021

މަގޭ ވިސްނުން ވަރަށް އެހެންކަހަލަ.. ސާލިމާ މަރުވި މީހާޔާ ދެމެދު އޮތީ ކޮން ގުޅުމެއްބާ

The name is already taken The name is available. Register?

މާލްދީބީ

18 October 2021

ސާލިމު ކުރި ކަމެއް ކަމެއް ގަބޫލެއް ނުކުރަން.

The name is already taken The name is available. Register?

ޟިއިތާޏު

17 October 2021

ބަނގުލަދޭޝްމީހުން މިގައުމުގައި ނުކުރާކުށެއްނެތް

The name is already taken The name is available. Register?

އޮރެންޖް

18 October 2021

ދިވެހިން މިގަައުމުގަ ނުކުރާ ކަމެއް އެބައޮތްތަ؟ ދިވެހިން އެންމެ ގިނައިން މަރާފަ ހުރީވެސް ދިވެހިން. އަދި ސާލިމު ކުރިކަމެއް ޔަގީނެއްވެސް ނުވޭ.

The name is already taken The name is available. Register?

ޙަބީބު

17 October 2021

ކޮބައިބާ ބުޅާ އެވެސް ތެދެއްތޯ ބަލަންޖެހޭ އަދިބުޅާމެރިސަބަބުވެސް އޮޅުންފިލުވަންޖެހޭ

The name is already taken The name is available. Register?

ވަހީދު

17 October 2021

އޭނަގެ މޫނުން މަންޒަރު ސާފުކޮށް ފެންނަން އެބަހުރި.

The name is already taken The name is available. Register?

އަބްޑޫޅް

17 October 2021

ކުށްވެރި ކުރާނީ ބަންގާޅު މީހާ. އޭރުން ކުށް ކުރި ރަށު މީހާ ސަލާމްތް ވާނީ. ކުށްވެރިންނަކީ މި ރަށު މީހުން. އިއުރިރާފު ވޭ، އިއުރިރާފު ވޭ!

The name is already taken The name is available. Register?

ނަން ނުކިޔާ

17 October 2021

ދެންކޮބަޔޯ ބުޅާ؟

The name is already taken The name is available. Register?

ޙަސަން އަޙްމަދު

17 October 2021

އަޖައިބެއް! މިގައުމުގައި ދިރިއުޅޭ ބަނގްލަދޭޝް ޒުވާން ފިރިހެނުންންގެ އާބާދީ ދިވެހި ޒުވާން ފިރިހެނުންނަށް ވުރެ ބޮޑު. އެކަމަކު ދިވެހި ޒުވާނުން މީހުން މެރި އަދަދު މާގިނަ. ދެން ވެސް އެންމެން މި އަޖައިބުވަނީ ބަނގުލަދޭޝް މީހުންގެ ނުބައިކަމާ ހުރެ. ދިވެހިންނަކީ މާ މާތްބައެއް. ހުޅަނގުގައި މުސްލިމުންނަކީ ޓެރަރިސްޓުންނޭ ކިޔަނީ ވެސް މިކަހަލަ ވިސްނުމުގެ މީހުން.

The name is already taken The name is available. Register?

ބޯގޯސް އަފީފް ދީދީ

18 October 2021

ކަލޭ ކިތަންމެ ވަރަކަށް އުޅުނަސް ބަންގާޅީން މާތްބަޔަކަށް ނުވާނެ. ކަލޭ ތިއީ އެމީހުންފަދައިން ހަލާލެއް ހަރާމެއް ނޯންނަ މީހެއްވެ ކަލެޔަށް ބައިވަރެއް ލިބޭތީ އެމީހުން ދިފާއުކުރަންޖެހޭ. ކަލެޔަށް ނޭނގުނަސް ބަންގާޅީންނަކީ ބޭރުން މިތަނަށް އަރައި ތިބި ބަޔެއް. މިއީ ދިވެހިންގެ ގައުމު. ހޭކުޑަވެގެން ބަންގާޅީންނާ ދިވެހިންނާ އެއްވަރުކުރާކަށް ނުޖެހޭ.

The name is already taken The name is available. Register?

ޙާޖަރާ

17 October 2021

އޭނާ އަށް މަހްމޫދު ފެނުނީ ބުޅަލެއްގެ ސިފައިގަ ތޯއްޗެއް. މަޑުން ތިބޭމީހުން ކުރާ ކަންތައް މާ ނުބައިވާނެ ކަމުގެ ހެކި ތިއޮޓީ ފެނިފަ. ތީގެ އަޑީގަ އިތުރު ބަޔަކު އުޅޭނެ ކަމަށް ލަފާ ކުރެވޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454