25 އޯގަސްޓް 2019 - 07:58
ޓެކްނޮލޮޖީ ބޭނުން ނުކުރާ މީހަކު ހުރުމަކީ ވަރަށް ނާދިރުކަމެކެވެ. ދިރިއުޅުމުގެ ހުރިހާ ދިމާއެއް، އެއްވެސް އުމުރުފުރައެއް އިސްތިސްނާ ނުވާ ގޮތަށް މިހާރު ވަނީ ޓެކްނޮޖީގެ އަވާގައި ޖެހިފަ އެވެ.
އާ ދިރާސާއަކުން މިކަމާ ބެހޭ ގޮތުން ވަރަށް ޝައުގުވެރި ވާހަކައެއް ވަނީ ހާމަކޮށް ދީފަ އެވެ. ޗައިނާގެ ލެނޯވާ އިން ހެދި ދިރާސާއެއްގައި ބުނާ ގޮތުން ޓެކްނޮލޮޖީ އަކީ މިހާރު ކޮންމެ މީހަކަށްވާ ވާނުވާ އަންގައިދޭ ވަސީލަތެވެ. ޓެކްނޮލޮޖީ އާންމުވެފައި އޮތް މިންވަރަކީ ކޮންމެ މީހެއްގެ އިނގިލި ކުރިން ކުޅެލެވޭހާ ވަރަށް ދުނިޔެ ކުޑަވުމެވެ. މީގެ ނަތީޖާ އަކީ ކޮބައި ހެއްޔެވެ؟
ދިރާސާގައި ބުނީ ޓެކްނޮލޮޖީ ބޭނުން ކުރާ މީހުންނަށް އެ މީހުންގެ އުމުރަށް ވުރެ 11 އަހަރު ހަގުކަން އިހުސާސްކޮށްދޭ ކަމަށެވެ. މި ދިރާސާ އަށް ދުނިޔޭގެ އެކި ހިސާބުތަކުން 15،000 އަށް ވުރެ ގިނަ މީހުން ޓެކްލޮޖީ ބޭނުންކުރާ ގޮތް އެނަލައިޒްކޮށްފައިވެ އެވެ.
Join us September 5 as we announce all new tech to transform the way we live, work and play. #LenovoTechLife #IFA19 pic.twitter.com/qQdwLdrFg3
— Lenovo (@Lenovo) August 19, 2019
ގިނަ ބަޔަކު އެެއްބަސްވި ގޮތުގައު ޓެކްނޮލޮޖީގެ ސަބަބުން ދިރިއުޅުމަށް ވަރަށް ބޮޑު ފަަސޭހަ ކަމެއް ގެނެސް ދީފައިވެ އެވެ. އެގޮތުން ސްމާޓް ޑިވައިސްތަކުގެ ޒަރީރާ އިން މިހާރު ޒަރޫރީ ހުރިހާ ބޭނުންތަކެއް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފުރިހަމަކޮށްލެވެ އެވެ.
މީގެ ސަބަބުން ހައްޓަށް ލުއިވެ އެވެ. އުފެއްދުންތެރިކަން އިތުރުކޮށްދެ އެވެ. ކުރަން ޖެހޭ ފިކުރުތައް ކުޑަކޮށްދެ އެވެ. އެތައް ބަޔަކާ ގުޅުން ބަދަހި ކުރެވި މުވާސަލާތު ކުރަން ވެސް އެތައް ގޮތަކުން ފަސޭހަވެފައިވެ އެވެ.
ސައިކޮލޮޖިސްޓް އަދި ޑިޖިޓަލް ނިއުޓްރިޝަންގެ ބާނީ ޖޯސްލީން ބްރޫވާ ވިދާޅުވި ގޮތުގައި ޓެކްނޮލިޖީއަކީ މިހާރު މީހާ ކަންކަމުގައި މަޝްއޫލުކޮށް، ބިޒާކޮށްލާ ކަމެކެވެ. ހާއްސަކޮށް މި ޖީލުގެ ޒުވާނުންނަށް މިއީ ވަރަށް ވެސް ރަނގަޅު ބަދަލެކެވެ.
"މި ބަދަލުތަކާ އެކު ހަގީގަތުގައި ޒުވާންކަން އިހުސާސް ކުރެވެނީ. އެހެން މީހުންނަށް ބަރޯސާވާ މިންވަރު ޓެންކޮލޮޖީގެ ސަބަބުން ކުޑަވުމަކީ ވެސް އޭގެ އެއް ސަބަބު،" ބްރޫވާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy