އެޕަލް ނުރުހުނަސް، ޗާޖަރުތައް ބަދަލުކުރަނީ

އާ ޑިވައިސްއެއް ގަންނަ ކޮންމެ ފަހަރަކު، އާ ޗާޖަރަކަށް ބޭނުންޖެހޭ ގޮތަށް އޮންނަ އޮތުމަކީ ކޮންމެހެން ވާންޖެހޭ ގޮތް ނޫން ކަމަށް، ޔޫރަޕިއަން ޕާލަމެންޓްގައި އެއްބަސްވެއްޖެ އެވެ. މި އެއްބަސްވުމުގައި ޔޫރަޕިއަން ކޮމިޝަނަށް ގޮވާލާފައި ވަނީ، އަންނަ ޖުލައި މަސް ނިމުމުގެ ކުރިން މި ގަވާއިދަށް އަމަލުކުރަން ފެށުމަށެވެ.


ޔޫރަޕިއަން ޔޫނިއަނުން ބަހުސަށް ހުށަހެޅި މައުލޫ އަކީ ސްމާޓްފޯން އުފައްދާ ކުންފުނިތަކުން އެއް މިންގަނޑަކަށް އަމަލުކުރުމެވެ. އާ ޑިވައިސްއެއް ގަތް ނަމަވެސް، މުސްކުޅި ޗާޖަރު ނުވަތަ ކުރިން ބޭނުންކުރި ޗާޖަރު ބޭނުންކުރެވޭ ނިޒާމެއް ހަމަޖެއްސުމެވެ.

ސްމާޓްފޯން އުފައްދާ ކުންފުތަކުން، އަމިއްލަ އަށް އިސްނަގައިގެން، މި ކަންބޮޑުވުމަށް ހައްލެއް ހޯދޭތޯ އީޔޫ އިން ކުރި މަސައްކަތްތަކަށް 10 އަހަރު ފާއިތުވެ ދިޔައިރު ވެސް ކޮޅެއްގައި ނުޖެހެ ވެ. މިކަމާ ގުޅޭ ގޮތުން އެޕަލް އިން ބުނީ މިގޮތަށް ހެދުމުން އުފެއްދުންތެރިކަން ނިކަމެތިވާނެ ކަމަށެވެ.

އެޕަލް ދެކޭ ގޮތުގައި، ޑިވައިސްތައް ތަފާތުވާ ފަދައިން ޗާޖަރު އަދި ޗާޖިން ކޭބަލް ވެސް ތަފާތުވާން ޖެހެ އެވެ. އެޕަލް އަކީ ޗާޖަރު ވިޔަފާރިން ބޮޑު ފައިދާއެއް ހޯދާ ކުންފުންޏެކެވެ. އެޕަލް ޑިވައިސްތަކުގައި ބޭނުންކުރެވޭ މިންގަނޑަށް ޗާޖަރު އުފެއްދުމަށްޓަކައި ވަކި ލައިސަންސެއް ގަންނަން ޖެހެ އެވެ.

ޔޫރަޕިއަން ޔޫނިއަނުން ގޮވާލަނީ އެ މީހަކު ގެންގުޅޭ ހުރިހާ ޑިވައިސްއެއްގައި އެއްކޮޅު ބޭނުންކުރެވޭ ގޮތަށް ޗާޖަރުތައް ބަދަލުކުރުމަށެވެ. މި ގޮތުން އެންމެ ކަމުދާ ކޮޅަކީ "ޓައިޕްސީ" އެވެ. ގޫގުލް، ސެމްސަން އަދި ވާވޭ ފަދަ އެންޑްރޮއިޑް ފޯނު އުފައްދާ ކުންފުނިތަކުން މިހާރު ވަނީ މި މިންގަނޑަށް އަމަލުކުރަން ފަށައިފަ އެވެ. މިކަމުގައި ބަސްނާހައިގެން އުޅެނީ އެޕަލް އެކަންޏެވެ.

އާ ޑިވައިސްއެއް ގަންނަ ކޮންމެ ފަހަރަކު އާ ޗާޖަރެއް ސަޕްލައިކުރުމުން "އިލެކްޓްރޯނިކް ކުނި" ގިނަވުމަކީ ވެސް އީޔޫ އަށް ރިހުމަކަށް ވެ އެވެ. މިކަމުން ސަލާމަތްވެވެން އޮތް އެންމެ ކައިރި ގޮތަކީ ވެސް ހުރިހާ ޑިވައިސްއަކަށް ކަމުދާ ގޮތަށް ޗާޖަރުތައް ބަދަލުކުރުމެވެ.