ޕާކިސްތާނުގެ ޓެލެކޮމިއުނިކޭޝަން އޮތޯރިޓީ (ޕީޓީއޭ).
03 ސެޕްޓެމްބަރ 2020 - 06:58
އޮންލައިންކޮށް ބައިވެރިން ހޯދަން ހިންގާ ޑޭޓިން އެޕްތަކެއް ޕާކިސްތާނުގެ ގާނޫނާއި ގަވައިދުތަކަށް ނުފެތޭތީ އާއި ބޭއަދަބީ ކަންކަމަށް ހިތްވަރު ލިބޭތީ އަންގާރަ ދުވަހު ބްލޮކްކޮށްފި އެވެ.
ޕާކިސްތާން ޓެލެކޮމިއުނިކޭޝަން އޮތޯރިޓީ (ޕީޓީއޭ) އިން ބްލޮކްކުރި އެޕްތަކަކީ ޓިންޑަ، ޓެގްޑް، ސްކައުޓް، ގްރައިންޑާ އަދި ސޭހައި އެވެ. އެތަނުން ބުނީ ބްލޮކްކުރި އެޕްތައް ބްލޮކް ކުރުމުގެ ކުރިން، ޕާކިސްތާނުގެ އާންމު މުޖުތަމައުއާ ނުގުޅޭ ކަންކަން އިސްލާހުކުރަން އެ އެޕްތައް ހިންގާ ކުންފުނިތަކަށް އެންގި ކަމަށާއި އެއްވެސް ފަރާތުން މިހާތަނަށް އިޖާބައެއް ދީފައި ނުވާ ކަމަށެވެ.
Press Release: PTA has blocked access to five dating/live streaming applications i.e. Tinder, Tagged, Skout, Grindr and SayHi. pic.twitter.com/gFJxsgcn6m
— PTA (@PTAofficialpk) September 1, 2020
ބްލޮކްކުރި އެޕްތަކަށް ޕާކިސްތާނުން ބޭނުންވާ ކަހަލަ އިސްލާހީ ބަދަލުތަކެއް ގެނެސްފި ނަމަ އަލުން ހުއްދަ ދިނުމާ ދޭތެރޭ ވިސްނާނެ ކަމަށް ޕީޓީއޭ އިން ބުންޏެވެ.
މިދިޔަ ޖުލައި މަހުގެ ތެރޭގައި ޕާކިސްތާނުން ވަނީ ޓިކްޓޮކުން ވެސް އާންމު މިންގަނޑަށް ނުފެތޭ ކޮންޓެންޓްތަކަށް ހިތްވަރުދޭ ކަމަށް ބުނެ އެ އެޕް އެ ގައުމުގައި މަނާކުރަން ޖެހިދާނެކަމުގެ އިންޒާރު ދީފަ އެވެ. އަދި މި މައްސަލާގައި މިދިޔަ ހަފުތާގައި ޓިކްޓޮކްގެ ވެރިންނާ އެކު ބޭއްވި މަޝްވަރާތަކުގައި ޓިކްޓޮކުން ވަނީ ޕާކިސްތާނުން ފާޅުކުރި ކަންބޮޑުވުންތަކަށް ވަރަށް އަވަހަށް ހައްލު ގެނެސްދޭނެ ކަމަށް ބުނެފަ އެވެ.
ޕާކިސްތާނާ އަވަށްޓެރި އިންޑިއާ އިން ވަނީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ބުނެ ޗައިނާގެ ބައިޓްޑާންސުން ހިންގާ ޓިކްޓޮކް ޖޫން މަހު އެ ގައުމުގައި މަނާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޣޯސް
03 September 2020
އާޅެ ރާއްޖޭގައި މިފަދަ އެއްވެސް ކަމެއްނުކުރޭ. ކީއްވެ.